މިއީ ޤާނޫނު ނަންބަރު: 32/2015 (ޓެރަރިޒަމް މަނާކުރާ ޤާނޫނު) ގައި ބަޔާންކުރާ ފަދައިން ހަނގުރާމަވެރި ސަރަޙައްދަކުން ނުވަތަ އެފަދަ ހަނގުރާމައެއްގައި ބައިވެރިވުމަށްފަހު އަނބުރާ ރާއްޖެ ގެނެވޭ ފަރާތްތައް މުޖުތަމަޢުއަށް ދިޔުމުގެ ކުރިން، އެފަރާތްތައް ފުރިހަމަ ކުރަންޖެހޭ ރިހެބިލިޓޭޝަން އަދި ރިއިންޓެގްރޭޝަން ޕްރޮގްރާމް ހިންގުމަށް
ކަނޑައެޅިފައިވާ މަރުކަޒެވެ. މި މަރުކަޒުގައި ފަރުވާ ފޯރުކޮށްދެނީ 'ވިކްޓިމްސް' ގޮތުގައި ކަނޑައެޅޭ ފަރާތްތަކަށެވެ. އެން.އާރު.ސީގައި ފޯރުކޮށްދޭ ރިހެބިލިޓޭޝަން ޕްރޮގްރާމްގައި ސައިކޯސޯޝަލް ސަޕޯޓް (ނަފްސާނީ އަދި އިޖުތިމާޢީ ފަރުވާއާއި އެހީތެރިކަން)، ރިލިޖަސް އިންޓަރވެންޝަން (ދީނީ ޢިލްމާއި ހޭލުންތެރިކަން)، ވޮކޭޝަނަލް ސަޕޯޓް (ހުނަރާއި މަސައްކަތްތެރިކަން ކުރިއެރުވުން)، އަދި އެޑިއުކޭޝަން (ތަޢުލީމް) އެވެ. ޕްރޮގްރާމްގެ ފުރަތަމަ ދެ މަރުހަލާއަކީ ޑިޓޭޗްމަންޓް އަށާއި، ރިހެބިލިޓޭޝަންއަށް ޙާއްސަކުރެވިފައިވާ މަރުހާލާއަށް ވާއިރު، ތިން ވަނަ މަރުހަލާ ޙާއްސަކުރެވިފައިވަނީ ރީއިންޓެގްރޭޝަން އަށެވެ.