މި ޑިވިޜަންގެ މައިގަނޑު މަސައްކަތަކީ ރާއްޖޭގައި މީހުން ޓްރެފިކް ކުރުން ހުއްޓުވުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ މުވައްސަސާތަކާއި ގުޅިގެން ކުރަންޖެހޭ ކަންކަން ހިންގާ ވިލަރެސްކުރުމެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގައި މީހުން ޓްރެފިކްކުރުމުގެ ކަންކަން ހިނގަމުންދާ ގޮތް ބެލުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވާ ޓްރެފިކްކުރުމާ ގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީ އިން ނިންމާ ނިންމުންތައް ތަންފީޒުކުރުމާއި، އެކަމަށް އެކުލަވާލަންޖެހޭ ޤަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމާއި، ޓްރެފިކްކުރެވޭ މީހުންނަށް ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދީ އެފަރާތްތައް ރީ-އިންޓަގްރޭޓް ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، މީހުން ޓްރެފިކްކުރުން ހުއްޓުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރުމެވެ.
މި ޑިވިޜަނުގެ ދަށުން ހިނގަމުންދަނީ 3 ސެކްޝަނެވެ. އެއީ ޕޮލިސީ އެންޑް އައުޓްރީޗް ސެކްޝަން، އެންޓި ހިއުމަން ޓްރެފިކިންގ އެޑްމިނިސްޓްރޭޝަން ސެކްޝަން އަދި، ވިކްޓިމް ސަޕޯޓް ސެކްޝަނެވެ.