ޕޮލިސީ، ޕްލޭނިންގ އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޑިޕާޓްމަންޓް

މި ޑިޕާޓްމަންޓްގެ މައިގަނޑު މަސައްކަތަކީ މިނިސްޓްރީގެ މަޝްރޫޢުތައް އެކުލަވާލައި، އިންސްޕެކްޓްކޮށް، ތަންފީޒުކުރުމާއި، މަރާމާތުގެ މަސައްކަތްތަކަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށް، މިނިސްޓްރީ އާއި މިނިސްޓްރީގެ ދާއިރާއާ ގުޅޭ މަސައްކަތްތަކާ ގުޅޭ ސިޔާސަތުތައް އެކުލަވާލައި، ދުރުރާސްތާއާއި ކުރުރާސްތާގެ ޕްލޭންތައް ތައްޔާރުކޮށް، ލަނޑުދަނޑިތައް ހާސިލުކުރެވޭ މިންވަރު ވަޒަންކުރުމާއެކު، ޤައުމީ ތަރައްޤީގެ ޕްލޭނާއި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ހޯމް ސެކްޓަރއާ ގުޅުންހުރި ބައިތައް ތައްޔާރުކުރުމެވެ.