އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސެސް

އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަކީ ޤާނޫނު ނަންބަރ 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލް ޤާނޫނު)ގެ 9 ވަނަ މާއްދާގެ (ހ) ދަށުން މިނިސްޓަރ އައްޔަނުކުރައްވާ ފަރާތެކެވެ.

އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް ރިޕޯޓްކުރައްވާނީ މިނިސްޓަރ އޮފް ހޯމްއެފެއާޒްއަށެވެ

އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސާރވިސްއަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް ސަޕޯޓް ސެކްޝަންގެ ނަމުގައި ސެކްޝަނެއް އުފައްދާފައިވެއެވެ.

އަދި މި ސެކްޝަންގެ މުވައްޒަފުންގެ މައިގަނޑު މަސްޢޫލިއްޔަތަކީ ބަޔާންކުރެވުނު ޤާނޫނުގެ ދަށުން ޖަލުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަން ބަލައި ފާސްކޮށް، އެތަންތަނުގައި ކަންކަން ހިނގަނީ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާގޮތުގެ މަތިންތޯ ބަލައި، މިނިސްޓަރަށް ރިޕޯޓުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތަކުގައި އިންސްޕެކްޓަރއަށް އެހީތެރިވެ ވާގިވެރިވެދިނުމެވެ

މީގެ އިތުރުން، އެޤާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިންސްޕެކްޓަރގެ ވަކިވަކި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިންސްޕެކްޓަރއަށް ވާގިވެރިވެ އެހީތެރިވެދިނުމެވެ.

ޝަކުވާއާއި އެދިވަޑައިގަތުންތައް