އައިޝަތު ނޫރާ މުޙައްމަދު

އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސެސް

ތައާރަފް

އާއިޝަތު ނޫރާ މުޙައްމަދު  އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަޤާމަށް އައްޔަންކުރެއްވީ 2020ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 16ވަނަ ދުވަހުއެވެ.

މި މަޤާމަށް ނޫރާ އައްޔަންކުރެއްވިއިރު އޭނާ ހުންނެވީ ދިވެހި ރެޑް ކްރެސެންޓްގެ އަމީން އާންމުކަމުގެ މަޤާމުގައެވެ.

ނޫރާއަކީ އިންސާނީ ޙައްޤުތަކާއި، ތަރައްޤީއާއި އިންސާނިއްޔަތާ ގުޅުންހުރި މަސައްކަތްތަކުގެ ތަޖުރިބާކާރު ބޭފުޅެކެވެ.

މިގޮތުން، މަދަނީ ޖަމްޢިއްޔާތައް ކުރިއެރުވުމާއި، ޒުވާނުންނާއި އަންހެނުންގެ ތަރައްޤީއާއި ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގެ ކުރިއެރުމަށްޓަކައި ގިނަގުނަ މަސައްކަތް ކުރައްވައިފައިވެއެވެ.

ހަމަ އެހެންމެ، އ.ދ.އާއި ރެޑް ކްރޮސް ރެޑް ކްރެސެންޓް ހަރަކާތް ފަދަ ބައިންލްއަޤުއާމީ ޖަމްޢިއްޔާތަކާއި ޤައުމީ ފެންވަރުގެ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ސަރުކާރުގެ އެކި މުއައްސަސާތަކާއެކު ގިނަ މަސައްކަތްތަކެއް ވެސް ކުރައްވާފައިވެއެވެ.

ނޫރާ ވަނީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ސްޓަޑީޒްގެ ދާއިރާއިން މާސްޓާސް ޑިގްރީއާއި ސައިކޮލޮޖީ އާއި ކޮމިއުނިކޭޝަންގެ ދާއިރާއިން ޑަބަލް މޭޖަރއާ އެކު ބެޗްލާރސް ޑިގްރީ ހާސިލް ކުރައްވައިފައެވެ.

އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ ހައިސިއްޔަތުން ނޫރާ އެންމެ އިސްކަމެއް ދެއްވަނީ ބަންދުގައި ތިބޭ ފަރާތްތަކުގެ އިންސާނީ ހައްޤުތަކާއި ކަރާމާތް ނެގެހެއްޓުމަށް ކުރެވޭ މަސައްކަތްތަކަށް ހެޔޮ ބަދަލުތައް ގެނައުމަށްޓަކައި އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވައި އެކަންކަން މިނިވަންކަމާއެކު ތަހުޤީޤުކުރައްވައި ޖަވާބުދާރީވެވަޑައިގަތުމަށާއި ނިޒާމީ ގޮތުން ޖަލުގެ ކަންކަން ހަރުދަނާކުރައްވަން މިނިސްޓަރ އޮފް ހޯމް އެފެއާޒަށާއި ތަންފީޒީ އިދާރާތަކަށް ލަފާދެއްވުމަށެވެ.

މަސައްކަތް

..