މި ޑިވިޜަންގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި މިނިސްޓްރީއަށާއި، މިނިސްޓްރީގެ ދާއިރާގެ އޮފީސްތަކަށް (ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީ، ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ، ނޭޝަނަލް ޑްރަގް އެޖެންސީ، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް) ބޭނުންވާ ޤާނޫނީ ލަފާދިނުމާއި، ޤާނޫނުތަކާއި ގަވާއިދުތައް މުރާޖަޢާކޮށް އިޞްލާޙުކުރުންހިމެނެއެވެ. މީގެއިތުރުން، ބައިނަލްއަޤްވާމީ އެއްބަސްވުންތަކާ ގުޅޭ މަސައްކަތްތައް ކުރުމާއި، އަދި ޤާނޫނީ ދިރާސާތައް ކުރުމާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި ދައުލަތުގެ ބަންޑާރަ ނާއިބުގެ ލަފާ ހޯދުމާއި، ކޯޓު މައްސަލަތަކުގައި އެހީތެރިވުމާއި، ޤާނޫނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުންވެސް ހިމެނެއެވެ.