ޕާފޯމެންސް އެންޑް ސެކިއުރިޓީ މޮނިޓަރިންގ ޑިޕާޓްމަންޓްގެ މައިގަނޑު މަސައްކަތަކީ، ހޯމް ސެކްޓަރ ގައި ހިމެނޭ އިދާރާތަކަށް ޤާނޫނުތަކުން ލާޒިމުކޮށްފައިވާ ޒިންމާތައް އަދާކުރަމުންދާ މިންވަރު ބެލުމާއި، ހޯމް ސެކްޓަރގެ ޕާފޯމަންސް މޮނިޓަރކުރުމާއި، ހޯމް ޑާޓާ މެނޭޖްމަންޓް ސިސްޓަމް (އެޗް.ޑީއެމް) ބެލެހެއްޓުމާއި، ސެކްޓަރގެ ޕަރފޯމަންސް އަދި ރާއްޖޭގެ ދާޚިލީ ސަލާމަތާއި އަމަން ބެލެހެއްޓުމާގުޅޭ ކަންކަން ހަރުދަނާކުރުމަށްޓަކައި ސިޔާސަތުތައް ކަނޑައެޅުމަށް
ބޭނުންވާ މަޢުލޫމާތާއި ތަފާސްހިސާބު ނަގައި އެނެލައިޒްކުރުމާއި، އެގޮތުން ފާހަގަކުރެވޭ ޕާފޯމަންސް، ސެކިއުރިޓީ އަދި އެކައުންޓެބިލިޓީ ހިރާސްތައް މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމެވެ. އޭގެއިތުރުން، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ އެއްބަސްވުންތަކާއި މުޢާހަދާތަކުންނާއި، ޤައުމި އަދި ބައިނަލް އަޤުވާމީ ފަރާތްތަކުން ހޯމް ސެކްޓަރގައި ހިމެނޭ އިދާރާތަކަށް ހުށަހަޅާ ހުށަހެޅުންތައް (ރިކޮމެންޑޭޝަންތައް) ތަންފީޒުވަމުންދާ މިންވަރު ބެލުމާއި، ދިވެހިރާއްޖެއާއި ބޭރުގެ ޤައުމުތަކާ ދެމެދު ސޮއިކުރެވިފައިވާ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅުންހުރި އެއްބަސްވުން، ޓްރީޓީ އަދި އެމް.އޯ.ޔޫތައް ތަންފީޛުވަމުންދާ މިންވަރު ބެލުމުގެ މަސައްކަތް ކުރުމެވެ.