ޑިޕާޓްމަންޓް އޮފް ފޮރިންގ ލޭބަރ

ވަޒީފާއާބެހޭ ޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާބެހޭ ގަވާއިދުގެ ދަށުން ބިދޭސީން ދިވެހިރާއްޖޭގައި ވަޒީފާއަދާ ކުރުމަށް ގެނައުމަށް އަމަލުކުރަންޖެހޭ އުސޫލުތަކާއި ވަޒީފާއަދާކުރާ މުއްދަތުގައި ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަ ދޫކުރުމުގެ އެންމެހާ މަސައްކަތްތައް ކުރާނީ ޑިޕާޓްމަންޓް އޮފް ފޮރިންގ ލޭބަރ އިންނެވެ. މި ޑިޕާޓްމަންޓްގެ މައިގަނޑު

މަސައްކަތްތަކުގެ ތެރެރޭގައި ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ހުއްދަ ދޫކުރާ ސިސްޓަމް "އެކްސްޕެޓް ސިސްޓަމް" ގައި ވަޒީފާދޭ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކުން އައްޔަނުކުރާ ރިޕްރެޒެންޓޭޓިވް ސިސްޓަމްގައި ރަޖިސްޓަރީ ކޮށްދިނުމާއި, ވަޒީފާއަދާކުރަން ގެންނަ ބިދޭސީން ވަޒީފާއަދާ ކުރުމަށް ހަމަޖެހިފައިވާ ވަރކް ސައިޓް ރަޖިސްޓަރީ ކުރުމާއި , ކޯޓާ ދޫކުރުމާއި, ވަރކް ޕަރމިޓް ދޫކުރުން ހިމެނެއެވެ. އަދި ވަޒީފާ ހަމަޖައްސައިދޭ އެޖެންސީގެ ގަވާއިގެ ދަށުން އެޖެންސީ ރަޖިސްޓަރީކުރުމާއި , ބެލެހެއްޓުމުގެ އިތުރުން ވަރކް ޕަރމިޓް އަދި ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާ ރަޖިސްޓަރީކުރުމާ ގުޅިގެން ނެގޭ ޑިޕޮސިޓް ބަލައިގަތުމާއި ޑިޕޮސިޓް ރީފަންޑު ކުރުމުގެ ޚިދުމަތުގެ މަސައްކަތްވެސް ކުރެވެމުން ދަނީ މި ޑިޕާޓްމަންޓް އިންނެވެ.

ހަމަ މިއާއެކު, މި ދެ ގަވާއިދުގެ ދަށުން ހުއްދަ ދޫކުރެވޭ ތަންތަން އިންސްޕެކްޓް ކުރުމާއި , މޮނިޓަރ ކުރުމާ އަދި ޤަވާއިދާ ޚިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ އެންމެހާ މަސައްކަތްތައްވެސް ކުރަމުންދާނީ މި ޑިޕާޓްމަންޓްގެ ދަށުންނެވެ. މި މަސައްކަތްތަކުގެ އިތުރުން ޑިޕާޓްމަންޓްގެ ޕްރޮސެސްތަކާ, ސިޔާސަތުތަކާއި, ސިސްޓަމްތައް ދެމެހެއްޓެނެވި ގޮތެއްގައި ހަރުދަނާކޮށް ކުރިއެރުވުމާ, ޑިޕާޓްމަންޓްގެ އެފިޝިއަންސީ އިތުރުކޮށް, އޮޕަރޭޝަންތައް ސްޓްރީމްލައިންކުރުމާ އަދި ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާ ގުޅުންހުރި ހުރިހާ ކަމެއް ދާއިމީ ގޮތެއްގައި ކުރިއެރުވުން ޑިޕާޓްމަންޓްގެ މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.