މި ޑިޕާޓްމަންޓްގެ މައިގަނޑު މަސައްކަތްތަކަކީ ރިހެބިލިޓޭޝަނަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމާއި، މި މިނިސްޓްރީގެ ދަށުގައި ހުރި ރިހެބިލިޓޭޝަންގެ މަސައްކަތްތައް މޮނިޓަރކޮށް އަދި ޕޮލިސީ ލެވަލްގައި ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް ލަފާ ދިނުމެވެ. އަދި ޤަވާޢިދުތައް ތަންފީޛު ކުރަމުންދާ މިންވަރު ދެނެގަތުމާއި، ރިހެބިލިޓޭޝަންގެ ދާއިރާއިން ދިރާސާ ކުރުމަށް އެކަށީގެންވާ ވަސީލަތްތައް ގާޢިމުކުރުމާއި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ރިވިއު ކުރުމެވެ.