އެގްޒެކެޓިވް ސެކްރެޓޭރިއޭޓް ސެކްޝަން

މި ސެކްޝަނުން ކުރާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، މިނިސްޓަރާއި ސިޔާސީބޭފުޅުންނާއި ޕަރމަނަންޓް ސެކްރެޓަރީއާ ގުޅޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުމާއި، މިނިސްޓަރ ސީދާ ޖަވާބުދޭންޖެހޭ ސިޓީތަކާއި މިނިސްޓަރ އަދި ސިޔާސީ ބޭފުޅުންގެ އެޕޮއިންޓްމަންޓްތަކުގެ މަސައްކަތްތައް ކުރުމާއި، މިނިސްޓަރ، ސްޓޭޓް މިނިސްޓަރ، މިނިސްޓަރުގެ ނާއިބު އަދި ޕާރމަނަންޓް ސެކްރެޓަރީ ރާއްޖޭން ބޭރުގެ ޑެލިގޭޓުންނާއެކު ބާއްވަވާ ބައްދަލުވުންތަކާއި، ބާއްވަވާ ފޯރަމްތަކާއި ޕްރޮގްރާމްތައް ރޭވުމާއި، އެ ކަންކަމާއި ގުޅިގެން އިންތިޒާމް ކުރަންޖެހޭ އެންމެހާ ކަންތައްތައް އިންތިޒާމުކޮށް ބެލެހެއްޓުމާއި، ބައިނަލްއަޤްވާމީ ބައްދަލުވުންތަކުގައި މިނިސްޓްރީ ތަމްސީލު ކުރަންޖެހޭ ޙާލަތުގައި މިނިސްޓަރގެ އިރުޝާދާއެކު މިނިސްޓްރީ ތަމްސީލުކުރުން ހިމެނެއެވެ.

މި ސެކްޝަންގެ މަސައްކަތްތައް ހިނގަމުންދާނީ ޕަރމަނަންޓް ސެކްރެޓަރީގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ.