އެސެސްމެންޓް އެންޑް ޑިވޮލޮޕްމަންޓް ސެކްޝަން

ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރ

މި ސެކްޝަންގެ މައިގަނޑު މަސައްކަތަކީ އެސެސްމެންޓް ރިޕޯރޓްތައް ހަދާ،  ސެންޓަރުގައި ހިންގޭ ޕްރޮގްރާމްތަކަށް  އެދެވޭ ހެޔޮބަދަލުތަކެއް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތަށް ކުރުމެވެ. މި ސެކްޝަނުން ކުރަމުންދާ މައިގަނޑު މަސައްކަތްތަކު ތަފްސީލު ތިރީގައި އެވަނީއެވެ.

1.      ސެންޓަރުގައި ރިހިބިލިޓޭޓް ކުރެވޭ ފަރާތްތަކުގެ އެސެސްމަންޓް ރިޕޯރޓް ހެދުން.

2.      ދުނިޔޭގެ އެހެން ޤައުމުތަކުގައި ހިންގާ މިފަދަ ސެންޓަރުތަކުގައި ޢަމަލުކުރަމުންދާ "ބެސްޓް ޕްރެކްޓިސް"ތައް ދެނެގަތުމަށް ދިރާސާކޮށް އެ ދިރާސާތަކުގެ ނަތީޖާތަށް ސެންޓަރުގެ އިސްވެރިންނަށް ފޯރުކޮށްދިނުން

3.      ސެންޓަރުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކަށް ގެންނަންޖެހޭ ހެޔޮ ބަދަލުތައް ދެނެގަނެ، ސެންޓަރުން ހިންގާ ޕްރޮގްރާމްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

4.      ސެންޓަރުގެ މުވައްޒަފުންނަށް ފަންނީގޮތުން ބޭނުންވާ ޓްރޭނިންގތައް ދެނެގަތުން.

5.      އެޑްވައިޒަރީ ކޮމިޓީ އާއި އިވޭލުއޭޝަން ކޮމިޓީ އަށް ބޭނުންވާ ލިޔުންތައް ތައްޔާރު ކޮށް، ބައްދަލުވުމުގެ ސެކްރެޓޭރިއޭޓް މަސައްކަތްތައް މޮނީޓަރ ކުރުން.

6.      ސެކްޝަންގެ މަސައްކަތްތަށް ބޭނުންވާ ސްޓޭންޑަރޑް އޮޕަރޭޝަން ޕްރޮސީޖާ އެކުލަވާލުން.