ސެކިއުރިޓީ ސެކްޝަން

ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރ

މި ޔުނިޓުގެ މައިގަނޑު މަސައްކަތަކީ ސެންޓަރުގައި ބައިތިއްބާފަރާތްތަކާއި، މުވައްޒަފުން އަދި އިމާރާތުގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ.

ސެންޓަރުގެ ސެކިއުރިޓީ ބަލަހައްޓާ ހަތަރު ޝިފްޓަކީ ޝިފްޓް އޭ، ބީ، ސީ، އަދި ޑީ އެވެ. އެގޮތުން މި ސެކްޝަންގެ މަސައްކަތް ތަކުގެ ތަފްސީލް ތިރީގައި އެ ވަނީއެވެ. 

ޝިފްޓް ޔުނިޓުތައް

1.      ސެންޓަރުގައި ބައިތިއްބާ ފަރާތްތަކުގެ ސިއްޙީ ޙާލަތު ދެނެގަތުމުގެ އެސެސްމަންޓުތައް ހެދުން.

2.      ސެންޓަރުގައި ފަރުވާދެވޭ ބަލިމީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ދެނެގަނެ އެވަގުތައް ބޭނުންވާ ފަރުވާ ފޯރު ކޮށްދިނުން.

3.      ސެންޓަރުގައި ފަރުވާދެވޭ ބަލިމީހަކަށް ބޭނުންވާ ފަރުވާއެއް ސެންޓަރުގައި ޤާއިމުކުރެވިފައިވާ ވަޞީލަތްތައް ބޭނުންކޮށްގެން ފޯރު ކޮށް ނުދެވޭނަމަ ނުވަތަ ސްޕެޝަލިސްޓެއްގެ އެހީތެރިކަން ބޭނުންވާނަމަ، އެކަމުގެ ލަފާ ސެންޓަރުގެ އިސްވެރިޔާއަށް އެރުވުން.

4.      ބަލިހާލަތު ދެނެގަތުމަށް ބޭނުންވާ ތަހުލީލުތައް ކުރުމަށް އެންގުމާއި އެ ތަހުލީލުތަކުގެ ނަތީޖާ ބަލާ ފަރުވާ ކުރިއަށް ގެންދިއުން.

5.      ބަލިމީހާއަށް ފަރުވާ ކުރުމާއި ކައުންސެލިންގ ދިނުމާއި ބަލިތަކުން ރައްކާތެރިވުމަށް އިރުޝާދު ދިނުމާއި، ބަލިމީހާގެ ހާލަތު ގަވާއިދުން މޮނިޓަރކުރުން.

6.      ރިފަރކުރަންޖެހޭ ހާލަތްތަކުގައި ފަރުވާއަށް ބޭނުންވާ ޚާއްސަ ސެންޓަރުތަކާއި ހޮސްޕިޓަލްތަކަށް ބަލިމީހާ ރިފަރކުރުން.

7.      ހެލްތް ޕްރޮގްރާމްތައް ރާވައި ހިންގުން .

8.      ސިއްހީގޮތުން ސެންޓަރުން ކުރަންޖެހޭ ކަންކަމުގެ އެސް. އޯ. ޕީސް ތައް އެކުލަވާލުމުގައި އެހީތެރިވެދިނުން.