މީޑިއާ ރަޖިސްޓްރޭޝަން ސެކްޝަން

މީޑިއާ ޑިޕާޓްމެންޓް

 ދިވެހިރާއްޖޭގެ ޕްރިންޓް މީޑިއާއާއި، އިލެކްޓްރޯނިކް މީޑިއާ ތަރައްޤީކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައަޅައި، އެދާއިރާތައް ތަރައްޤީކުރުމަށް މަގުފަހިކޮށްދިނުން.

 ދިވެހިރާއްޖޭގެ ޕްރިންޓް މީޑިއާއާއި، އިލެކްޓްރޯނިކް މީޑިއާގެ ވަސީލަތްތައް ރަޖިސްޓަރީކުރުން.

 ދިވެހިރާއްޖޭގައި މަސައްކަތްކުރާ ނޫސްވެރިންނާއި ލިޔުންތެރިން ދަފްތަރުކޮށް، އެ ދަފްތަރު ބެލެހެއްޓުން.

 މީޑިއާގެ ރޮނގުން ބައިނަލްއަޤްވާމީ މަސްރަޙުގައި ރާއްޖެ ތަމްސީލުކޮށް ދިވެހިރާއްޖެ ބައިވެރިވާންޖެހޭ ފެސްޓިވަލްތަކާއި، ފެއަރތަކާއި އެނޫންވެސް އެފަދަ އެއްވުންތަކުގައި ރާއްޖެ ތަމްސީލުކުރުމާގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.

 މޯލްޑިވްސް މީޑިއާ ކައުންސިލުގެ އިންތިޚާބުގެ ކަންކަން ބެލެހެއްޓުން.