ޕްރޮޖެކްޓް އެންޑް ރިސޯސް ޑިވެލޮޕްމަންޓް ސެކްޝަން

ޕްރޮގްރާމް އެންޑް އެލް.ޖީ ޑިޕާޓްމެންޓް

މި ސެކްޝަނުން މައިގަނޑުގޮތެއްގައި ކުރާނީ، ލާމަރުކަޒީ އުޞޫލުން އަތޮޅު ކައުންސިލްތައް، ރަށުކައުންސިލްތައް ހިންގުމަށް ބޭނުންވާ އިންފްރާންސްޓްރަކްޗަރ ޑިވޮލޮޕްމަންޓް މަޝްރޫޢުތަކަށް ބޭނުންވެއްޖެ ހާލަތެއްގައި ފަންނީ އެހީފޯރުކޮށްދިނުމާއި މި މިނިސްޓްރީން އަތޮޅުތަކުގައި ހިންގާ ޕީ.އެސް.އައި.ޕީގެ މަޝްރޫޢުތަކާއި ސްޓޭޓް ހައުސް މަރާމާތު ކުރުމާއި މިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާގެ މަޝްރޫޢުތައް އެކުލަވާލުމާއި، އިނިސްޕެކްޓްކުރުމާއި އެ މަޝްރޫޢުތައް ތަންފީޒުކުރުމެވެ.

މީގެ އިތުރުން މިނިސްޓްރީން ހިންގާ މަރަމާތުގެ މަސައްކަތްތަކަށް ބޭނުންވާ ޓެކްނިކަލް އެހީ ފޯރުކޮށްދިނުމާއި ހަދަންޖެހޭ އެސެސްމެންޓާއި އިންސްޕެކްޝަން ހަދައިދިނުންވެސް މިސެކްޝަނުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.