ލުއައްޔު ސައީދު

މިނިސްޓަރުގެ ނައިބު

ތައާރަފް

އަލްފާޟިލް ލުއައްޔު ސަޢީދު އަކީ އޮޑިޓިންގ އަދި އެޝުއަރެންސްގެ ދާއިރާއިން 12 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ އަދި ފައިނޭންސް އެންޑް މެނޭޖްމަންޓް ދާއިރާއިން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. 

ލުއައްޔު ސައީދަކީ އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީން އެޕްލައިޑް އެކައުންޓިންގ ދާއިރާއިން ބެޗްލަރ އޮފް ސައިންސް އޮނަރސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

މަސައްކަތް

މިނިސްޓްރީގެ ކޯޕަރޭޓް އެފެއަރޒް ޑިޕާޓްމެންޓްގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ބަޖެޓް އެންޑް ފައިނޭންސް ސެކްޝަންގެ އެންމެހައި މަސައްކަތްތައް މިނިސްޓަރ އޮފް ސޭޓް ފޮރ ހޯމް އެފެއަރޒް ޙަސަން ޝުޖާޢުގެ ދަށުން ބަލަހައްޓަވާ އެންމެ އިސްބޭފުޅަކީ ޑެޕިއުޓީ މިނިސްޓަރ ލުއައްޔު ސައީދު.

އަދި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ "ކޯޕަރޭޓް އެފެއަރޒް ސެކްޝަން" ގެ މަސައްކަތްތައް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއަރޒް ޢަލީ ނަޛީރުގެ ލަފައާއި އިރުޝާދާ އެއްގޮތަށް ބެލަހައްޓަވާ އެންމެ އިސްބޭފުޅަކީ ސައީދު.