އަލީ ނަޒީރް

މިނިސްޓަރ އޮފް ސްޓޭޓް

ތައާރަފް

2012 ވަނަ އަހަރުގެ ޖޫންމަހު އަދާލަތު ޕާޓީން ސިޔާސީ ދާއިރާއަށް ވެދެވަޑައިގަތް އަލީ ނަޛީރު މިހާރު ގެންދަވަނީ އެޕާޓީގެ ގިނަ އިސްމަގާމުތަކެއް ފުރުއްވަމުންނެވެ.

އޭގެތެރޭގައި އެޕާޓީގެ އިސްތަރުޖަމާނުގެ މާގާމާއި މަޝްވަރާ މަޖިލީހުގެ މެންބަރުކަމާއި ޕާޓީގެ އިދާރީ މަޖިލީހުގެ މެންބަރުކަން ހިމެނެއެވެ. 

މީގެ އިތުރުން އަދާލަތު ޕާޓީގެ މީޑިއާއާއި ޕަބްލިކް ރިލޭޝަންގެ މަސައްކަތްތަކުގައި އެންމެ އިސްކޮށް ހުންނަވަނީވެސް އަލީ ނަޛީރެވެ. 

އަލީ ނަޛީރަކީ  ޖުވެނައިލް ޖަސްޓިސް ޓްރެއިނިން އޯވަސައިޓް ކޮމިޓީގެ ޗެއާޕާސަންގެ އިތުރުން ނޭޝަނަލް ސްޓެޓިސްޓިކްސް އެޑްވައިޒަރީ ކޮމިޓީގެ މެމްބަރުކަމާއި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގެ ކައުންޓާ ރެޑިކަލައިޒޭޝަން ކޮމިޓީގެ މެމްބަރެކެވެ.

މަސައްކަތް

މިނިސްޓްރީގެ ދަށުން ހިނގަމުންދާ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް، މޮނިޓަރިންގ، ރިހެބިލިޓޭޝަން އެންޑް ޕީސް ޑިޕާޓްމަންޓް އަދި މީޑިއާ ޑިޕާޓްމަންޓް ގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ އެންމެހައި ކަންކަން މިނިސްޓަރގެ ލަފައާއި އިރުޝާދދާ އެއްގޮތަށް ބެލެހެއްޓެވުން.