މޯލްޑިވްސް މީޑިއާ ކައުންސިލުން ހުސްވެފައިވާ އާއްމު މެންބަރުގެ މަގާމަށް މެންބަރަކު އިންތިޚާބު ކޮށްފިއެވެ. ދެފަރާތަކުން ވާދަކުރި މިއިންތިޚާބުގައި 14 ވޯޓާއެކު އިންތިޚާބު ކާމިޔާބުކުރީ އަޙްމަދު މިޒްމާދު، މއ. ލޫޕިން ކ. މާލެ އެވެ.
މިއަދު ހެނދުނު 10:00 ން 11:00 އަށް ވެލާނާގެ 10 ވަނަ ފަނގިފިލާގައި ބޭއްވި އިންތިޚާބުގައި ވޯޓްލުމަށް ރަޖިސްޓްރީ ކުރި 22 މީޑިއާގެ ތެރެއިން 14 މީޑިއާއަކުން ވަނީ ވޯޓްދީފައެވެ.