ޖުވެނައިލް ޖަސްޓިސް ޓްރޭނިންގ ނިންމުމުގެ ރަސްމިއްޔާތު

`

 

27 ވަނަ ޖުވެނައިލް ޖަސްޓިސް ޓްރޭނިންގ ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒު ޢިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅު

24 އޮކްޓޯބަރ 2019

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

 

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު މާހިރު، ޑެޕިއުޓީ ޕީ.ޖީ އަލްއުސްތާޛް މުހައްމަދު ސަލީމް އެސިސްޓެންޓް ކޮމިޝަނަރ ޕްރިޒަންސް އަލްފާޟިލް މުޙައްމަދު އާސިމް، އިނިސްޕެކަޓަރ އޮފް ޕޮލިސް މުޝްތާޤު މުޙައްމަދު، މިނިސްޓްރީގެ އެކްޓިންގ ޕީއެސް އަދި ޖޭޖޭޔޫގެ އެގްޒެކްޓިވް ޑިރެކްޓަރ ޙާމިދު ޔޫސުފް، މި ޕްރޮގްރާމުގެ ހުރިހާ ފެސިލިޓޭޓަރުން، މި ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެންނެވި އެންމެހާ ބޭފުޅުން. އައްސަލާމް ޢަލައިކުމް ވަރަޙުމަތުﷲ ވަބަރަކާތުހޫ.

އާދެ! މިއަދު އަޅުގަނޑުހިތުން އަޅުގަނޑުމެން މިތާނގައި މިތިބީ 700 އާއިލާގެ ފަރުދުންގެ ގޮތުގައި. އަޅުގަނޑުމެންގެ މިމުޖުތަމައުގެ އަޅާލުންތެރިކަން ބޭނުންވެފައި އަޅާލަންޖެހޭ، މުހިންމު އާއިލާތަކަށް ވަރަށް މުހިންމު ހިދުމަތެއް ފޯރުކޮށްދޭންޖެހޭ ވަރަށް މުހިންމު ބޭފުޅުންކޮޅެއް. އާދެ މިޕްރޮގްރާމުގައި އަޅުގަނޑު ހިތަށްއަރާ ޙާމިދުވެސް ކިހާވަރަކަށް ވިސްނާލެއްވިންބާއޭ. މިއަދު 27 ވަނަ ޕްރޮގްރާމު ނިމުނުއިރު 700 ބޭފުޅުން މިތައްޔާރު ކުރެއްވުނީކަން. އާދެ އަޅުގަނޑުމެން ކޮންމެއަކަސް މިމަސަކަތަށް ފަށައިގަންނަހިނދު ޙާމިދު ވިދާޅުވި ފަދައިން ފާހަގަ ކުރެވިގެންދިއައީ މިމުޖުތަމަޢުގެ 700 އާއިލާއިން ވަރަށް މުހިންމު ޚިދުމަތެއް ފޯރުކޮށްދޭންޖެހޭ، ވަރަށް މުހިންމު މުއައްސަސާއެއް. އަދި މުއައްސަސާއާ ގުޅުންހުރި ހުރިހާ މުއައްސަސާތަކެއް ކޯޓުން ފެށިގެން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ފެށިގެން ޕޮލިސްއަށް. މިހުރިހާ މުއައްސަސާތައްއެކުގައި މިކުރާ މަސައްކަތްތައް ހަޤީގަތުގައި މުޖުތަމަޢުގެ ބޮޑުބަޔަކަށް މިމަސައްކަތުގެ މުހިންމު އިހްސާސް ވެގެންދޭ. އަދި ސަރުކާރުންވެސް މިކަމާމެދުގައި އަޅާލުންތެރިކަން ފޯރުކޮށްދޭންޖެހޭ. އެންމެ މަތީ ފެންވަރު ދޫކޮށްލާފައި އެންމެ ދަށު މިންވަރަށްވެސް އެކަން ކުރެވޭކަމުގެ އިހްސާސެއް ހަމަޔަޤީނުންވެސް އަޅުގަނޑަކަށް ނުކުރެވޭ. އާދެ، އެންމެ ފުރަތަމަ ދުވަހު ތިޔަ ބޭފުޅުންނާ ބައްދަލުކޮށް ދެއްކި ވާހަކަތަކުން ހަމަ ހަޤީގަތުގައިވެސް އަޅުގަނޑު ހިތަށްވެސް ފުންއަސަރުތަކެއްކުރި. އޭގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑާއި އަޅުގަނޑާއެއްކޮށް މިނިސްޓްރީގައި މަސައްކަތްކުރާ ޓީމާއެކުގައި  ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން މިޔުނިޓުގެ މަސައަކަތްތައް ހަރުދަނާކުރެވޭތޯ އަޅުގަނޑުމެން ވަރަށް މަސައްކަތްކުރިން. އެވިދާޅުވިހެން ސަރުކާރުގެ މިއަހަރުގެ ނިސްބަތުން ބަލާއިރުގައި މުވައްޒަފުން ނިސްބަތުން އެންމެގިނައިން އިތުރުކޮށްދެވުނު އެއްތަނަކަށް މިތަން ވެގެންވާނެ. މަސައްކަތް ކުރުމުގެ ޖާގަ މާހައުލު އަޅުގަނޑުމެން އިތުރުކޮށްދެވިފައިވާނެ. ދަތުރުކުރުމަށް ބޭނުންވާ ވެހިކަލް ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ކޮށްފައިވާނެ. އަދިވެސް ތަނުގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި ގިނަކަންކަން އަޅުގަނޑުމެން އެބަކުރަން. ހަމައެއާއެކު ކުޑަކުދީންގެ އަދުލުގެ މުޅިނިޒާމު ހަރުދަނާ ކުރުމަށްޓަކައި ކުޑަކުދީންގެ އަދުލުގެ ނިޒާމުގެ ބިލް ނުވަތަ ޤާނޫނުގެ ބިލް ގާނޫނަކަށް ހެދުމަށް ފުރަތަމަ ދުވަހުން ފެށިގެން ސަރުކާރުން ގިނަމަސައްކަތެއް ކުރެވެމުންއައިސް މިހާރު މަޖިލިހުގައިވަނީ. މި ޔުނިޓްގު ފަރާތުންވެސް ޤާނޫނަކަށް ބިލް ވެގެން އަންނައިރު ރަނގަޅު ޤާނޫނަކަށް  ބައްޓަންވެގެން ދިއުމަށް ގިނަ މަސައްކަތެއްކޮށްފައިވޭ. އަދި މިނިސްޓްރީންވެސް މަސައްކަތްތަކެއް ކޮށްފައިވޭ. އާދެ! އަޅުގަނޑު ޤަބޫލު ކުރާގޮތުގައި މިހުރިހާ މަސައްކަތެއް އަޅުގަނޑުމެން ސަރުކާރު ރައީސުލްޖުމުހޫރިއްޔާގެވެސް އިރުޝާދުގެމަތިން އަޅުގަނޑުމެން ކުރަމުން މިއަންނަނީ އަޅުގަނޑުހިތުން އާއިލާއެއް ކަމަށްވިއަސް މުޖުތަމައެއްކަމަށްވިއަސް، ޤައުމެއްކަމަށްވިއަސް އެބައެއްގެ މުސްތަޤުބަލްގެ އުޖާލާކަމާއި އުފާފާގަތިކަން ބިނާވެފައި އޮންނާނީ އެމުޖުތަމައެއްގެ ހެދިބޮޑުވަމުން އަންނަ ޖީލުގެ ޢިލްމީ ޤާބިލުކަމާއި އެބައިމީހުންގެ ހުނަރުވެރިކަމާއި ފަންނުވެރިކަމާއި ދުޅަހެޔޮކަމުގެ މައްޗަށް. އާދެ އެހެންކަމުން އަލުގަނޑުމެންގެ ހެދިބޮޑުވަމުން އަންނަޖީލުގެ ފަންނާއި ހުނަރު، އެބައި މީހުންގެ ޢިލްމީ ޤާބިލުކަމާއި ދުޅަހެޔޮކަން އިތުރު ކުރެވިގެންދާނީ މުޅި އަޅުގަންޑުމެންގެ ތުއްތު ކުދީންނާއި ފުރާ އުމުރުގެ ކުދީންނާއި ޒުވާން ޖީލަށް ބިނާކޮށްގެން މުހިއްމު މަސައްކަތްތަކެއް ކުރެވިގެން. އާދެ! އެގޮތުން ކުޑަކުދީންގެ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަކީ ކުޑަކުދީންގެ މެދުގައި އުފެދިގެންދާ ކަންތައްތަކުގެ ސަބަބުން އެކުދީންގެ އާއިލާތަކަށް އަދި ވަށައިގެންވާ މުޖުތަމަޢަށް މުޅި ޤައުމުގެ މުސްތަޤުބަލަށް ހުރި ގޮންޖެހުންތަކުން އަރައިގަނެ ޤައުމުގެ ކުރިމަގު ހެޔޮގޮތުގައި ބައްޓަން ކުރުމަށްޓަކައި ވަރަށް މުހިންމުކަމަކަށް ވެގެންދޭ. އާދެ އެހެންކަމުން އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ އަމާޒަކީ އިރާދަކުރެއްވީ އާދެ، ދެންމެ އެބުނެވުނު އަދަދަށް އިގޭތޯ. އާދެ 500 އެއްހާ ކުދީން ހަމައެކަނި މިޔުނިޓުން އެކުގަ މަސައްކަތްކުރާ ކުދީން. އަޅުގަނޑުމެން ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ އަޅުގަނޑުމެން ކުޑަކުދީންގެ އާބާދީއަށް ބަލައިލާއިރު ބިރުގަންނަވަރުގެ ހާލަތު އެބައޮތް. އަޅުގަނޑު ފިގާސްތަކަކަށް ނުދާނަން. އާދެ ކޮންމެއަކަސް މިކަމުގަ ސަރުކާރުގެ މުހިންމު އިސްނެގުން އެބައޮތް. މިހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުގެ އަމާޒުތަކެއް އެބައޮތް. ސަރުކާރުގެ ޕޮލިސީތަކެއް އެބަހުރި. އާދެ އެޕޮލިސީތައް ތަންފީޒުކުރެވިގެންދާނީ އަޅުގަނޑު ހިތުން ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނެރަލްއާއި ޖުވެނައިލް ޖަސްޓިސް ޔުނިޓާއި ކޯޓުތަކާއި އަދި ސްކޫލްތަކާއި މުޅިއެޑިޔުކޭޝަން ސިސްޓަމާއި މިހުރިހާ އެންމެން ގުޅިގެން އެއްކޮށް ކުރެވޭ މަސައްކަތުގެ ނަތީޖާއެއްގެގޮތުން. އާދެ އެހެންކަމުން އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ކުޑަކުދީންގެ ދުޅަހެޔޮކަމަށްޓަކައި، ޚާއްޞަކޮށް ކުށުގެ ވެށިން އަޅުގަނޑުމެންގެ ކުޑަކުދީން ސަލާމަތް ކުރުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށް މިއަދު މިއެޅިގެންދިޔައީ ނުވަތަ ކުރެވިގެންދިޔައީ ވަރަށް މުހިންމު މަސައްކަތެއް. އާދެ އެހެންކަމުންހަޤީގަތުގައިވެސް މިޕްރޮގްރާމް ރާވާ އިންތިޒާމުކުރައްވާ އަދި މިޕްރޮގްރާމަށް ފެސިލިޓޭޓް ކޮށްދެއްވާ ބައިވެރި ވިހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެވެސް ހިތުގެ އެންމެ ފުންމިނުން ވަރަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރާ މަރުޙަބާ އަދާކުރަން.

އާދެ! ކޮންމެއަކަސް އަޅުގަނޑުވެސް ބަލާލިން ތިބޭފުޅުން މިފަސްދުވަހު ކުރެއްވި ކަންތައްތައް ކުޑަކޮށް. އަޅުގަނޑު ކުޑަކޮށް އެހެން ފަރާތަކަށް ޖެހިލާނަން. އެބަޔަކަށް މާބޮޑަކަށް ނުދާނަން. ދުނިޔޭގެ މިއަދު ތަރައްޤީވެގެން މިދާ މުޖުތަމަޢުތަކުގައި ޙަޤީގަތުގައިވެސް ކުޑަކުދީންގެ ޢަދުލުގެ ނިޒާމު ހަރުދަނާކޮށް ބައްޓަންކުރުމުގައި ވަރަށް މުހިންމު އަސާސްތަކާ އުސޫލުތައް ހައްދަވާ. އެބައެއްގެ އެ މުޖުތަމައެއްގެ އެބައެއްގެ ދީނީ ޢަޤީދާއާއި އެބަޔަކު ޤަބޫލުކުރާ ހަމަތަކާއި އަޚްލާޤާއި ސަޤާފަތުގެ ތެރެއިން ކުޑަކުދީން ބައްޓަން ކުރުމުގެ މުހިންމު  މަސައްކަތްތައްކުރޭ. ރަސޫލުﷲ ޙަދީޘު ކުރައްވަނީ "من لم يوقّر كبيرنا ولم يرحم صغيرنا فليس منآ" ވަރަށް ކުޑަ އިބާރާތުން ވަރަށް ސާފު ވެއްޖެ. ތިމަންނަމެންގެ ބޮޑެތި މީހުނަށް އިޙްތިރާމު ނުކުރާ، ކުޑަ ކުދީންނަށް އޯގާވެރިނުވާމީހަކީ ތިމަންނަމެންގެ ތެރެއިން ވާ މީހެއް ނޫނެވެ. ބޮޑެތި މީހުނަށް އިޙްތިރާމް ނުކުރާ، ކުޑަކުދީންނަށް އޯގާވެރިނުވާ މީހަކީ އަހަރުމެންގެ ތެރެއިންވާ މީހެއްނޫނެވެ. ބައްލަވާ ދެން ކިހާ ހިސާބަކަށްތޯ މިކަން ގެންދާނީ. އެހެންވީމަ އަޅުގަނޑުމެންގެ ކޮންމެ ޢާއިލާއަކަށް ނިސްބަތްވިއަސް ކޮންމެ ރަށަކަށް ނިސްބަތްވިއަސް. ކޮންމެ ބައެއްގެ ތެރޭގައި ހުރިކަމުގައިވިއަސް އެކުޑަކުއްޖަކާ ދޭތެރޭގައި ޙަމްދަރުދީވެ، އޯގާވެރިވެ އޭނާގެ ހާލަތާ ދޭތެރޭގައި ނުވިސްނާމީހަކީ ޙަޤީގަތުގައި އިސްލާމީ މުޖުތަމަޢަށް އަޅުގަނޑުމެންގެ މުޖުތަމަޢު ތެރޭގައިވާ އެމުޖުތަމަޢެއްގެ ޙަޤީގީ ބައިވެރިއަކަށްނުވޭ. އެހެންވީމަ އަޅުގަނޑުމެންގެ ޙަޤީޤި ބައިވެރިއަކަށްނުވޭ. އެހެންވީމަ އަޅުގަނޑުމެންގެ ޙަޤީޤީ ބައިވެރިއަކަށް އިސްލާމީ މުޖުތަމަޢުގެ ދިވެހި މުޖުތަމަޢުގެ ޙަޤީޤީ ބައިވެރިއަކަށްވާނަމަ އެކުއްޖާއަކީ ކޮންމެ ލެވެލްއެއްގެ ކޮންމެ ފެންވަރެއްގެ ކޮންމެ ފަންތިއެއްގެ ކޮންމެ ރަށެއްގެ އާއިލާއަކަށް ނިސްބަތްވާ ކުއްޖަކަށްވިއަސް އެއީ އަޅުގަނޑުމެންގެ ހިތުގެ ބައެއް. އެ ވިސްނުން އަޅުގަނޑުމެންގެ ތެރޭގައި އިސްކުރެވުނީމާ އަޅުގަންޑުމެން މުޖުތަމަޢުގައި ހަމަޖެހުމާއި މަސްލަޙަތު އޮންނާނެ. އުފާ ފާގަތިކަން އޮންނާނެ.

ކުޑަކުދީން ކުށްތަކުން ސަލާމަތް ކުރުވި އަޅުގަނޑުމެންގެ މުޖުތަމަޢަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭނެ. އާދެ އެކަމުގައި ބައިވެރިވުމަށް، ތައްޔާރު ވުމުގެ ގޮތުން އަޅުގަނޑުމެން މިޕްރޮގްރާމްތައް މިހިންގަނީ .އެކަން ކުރަންޖެހޭނެ އަޅުގަނޑުމެންގެ ތެރޭގައި ހާމިދު 600 އެއްނޫން 6000 ވެސް ތައްޔާރު ކުރަންވީ. އަޅުގަނޑުމެން އެންމެން މިކަމަށް ހޭލުންތެރިވެ އެކަމަށް ސަމާލުވާ ބަޔަކަށް ވާންވީ. އޭރުން އިރާދަ ކުރެއްވިއްޔާ މިމުޖުތަމަޢު ރަނގަޅުވެގެންދާނެ. ކުޑަކުދީންގެ އަދުލުގެ ނިޒާމުގެ ވާހަކަ ދައްކާއިރު އަޅުގަނޑުމެން އަދުލުގެ ނިޒާމުގެ ތެރެއަށް ދާންޖެހެނީ ކޮންމެވެސް ގޮތަކަށް ކުށެއް ކުރެވިގެން. އޭނަގެ އަސްލު މަގުން ނައްޓާލައިގެން. އަޅުގަނޑުމެންގެ މިމަސައްކަތުގެ އަމާޒަކީ މަގުން ނައްޓާލުމުން މަގާހަމައަށް ގެނައުން. އެހެންވިއްޔާ އެކަމުގައި އެންމެ ފުރަތަމަ އަޅުގަނޑުމެނަށް އެގެންޖެހެނީ. ކޮބައިތޯ އެމަގުން ނައްޓާލައިގެން ދިޔަ ގޮތަކީ. ހަމަޔަޤީނުން ތިބެފުޅުން ވަރަށް ބައިވަރު އެއްޗެހި ކިޔާފަ ހުންނާނެ. އަޅުގަނޑު ހަމަޔަޤީން މި ޙަދީޘްވެސް ސްކޫލުގަ ވަރަށް ޢާންމުކޮށް އަންނަ އެކަމަކު އެއާ ދޭތެރޭ ވިސްނޭގޮތް އެކިމަރުޙަލާ ތަކުގައި ތަފާތުވާނެ ސްކޫލުގަ ވިސްނާގޮތަކަށް ނޫން މިހާރު ވިސްނާނީ އެބޭފުޅެއްގެ ޒިންމާއާއި މަސްއޫލިއްޔަތާއި ވަޒީފާއަށް ދިޔައިމަ އެހެންގޮތަކަށްވިސްނޭނެ އާދެ! ރަސޫލުﷲ ޙަދީޘެއްހަމަމީ އިނގޭތޯ "كل مولود يولد على الفطرة فأبواه يهودانه أو ينصّرانه أو يمجّسانه" ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިޠްރަތުގެ ސާފު ސީދާ ގޮތް މަތީގައެވެ. އޭނަގެ މަންމައާއި ބައްޕަ އޭނާ ޔަހޫދީ ކުރޭ. އޭނަ ނަޞާރާކުރޭ. އޭނަ މަޖޫސީ ކުރޭ. މިއަދު އަޅުގަނޑު މިތަނަށް އަންނަމުން ކުޑަކުޑަކޮށް ތަފާތު ގޮތަކަށް ކިޔާލެވުނު. ބައެއްފަހަރު އަލުގަނޑުމެންނަށް ހީވަނީ އަސްލުގައި ހަމައެކަނި އަޤީދާގެ ދީނުގެ ވާހަކައޭ މިޙަދީޘްގައިވަނީ ނޫން. ހަމައެކަނި އަޤީދާގެ ވާހަކައެއް ނޫން. ދީނުގެ ވާހަކައެއް ނޫން. ފަރުދެއްގެ އުފެދިގެން އަންނަ ބޮޑުވާ މީހެއްގެ މުޅިލައިފުގެ އޭނަގެ ޙަޔާތުގެ ހުރިހާ ދާއިރާއެއްގެ ވާހަކަ މިދެއްކެނީ. މަންމައާއި ބައްޕަގެ ކިބައިން އުފަންވެ އޭނަ ދުނިޔެއަށް އަންނައިރު. އަޅުގަނޑުމެންނަށް ވަރަށް ސާފު. އެންމެ ދުވަހަކު ފެންނުދީ ބާއްވައިފިއްޔާ ނިމުނީތާ. މަންމަ ކާރިން ނުދީފިއްޔާ ނިމުނީ ދޮއްތޯ. އެންމެ ދުވަހެއްގެ ތެރޭގައި. އޭނާ ދެންނުއޮންނާނެ ދުނިޔެއަކު. މިހާވަރުގަ އޮތްމީހަކު ކީއްވެތޯ މިހުރިހާ ހިސާބަކަށް ދިޔައީ. ރެކޯޑް ކުރާތީވެ ވަރަށް އުދަނގޫވޭ. ބައެއްފަހަރު ކުއްލިއަކަށް ހިތަށް އަންނަ އެއްޗެއް. އަޅުގަނޑު ބުނެލާނަން. މި ޔޫ-2 ގަ އޮއްވާ އަޅުގަނޑުގެ ފަހު ދަރިފުޅު ލިބުނީ. އެދުވަހުއައިސް އެގަޑީގެ އެތާނގެ އޭނާކާރީ ހުރެފަ ދެން ވަރަށް ބަލިކޮށް ކަހަލަ ގޮތަކަށް އޮތީ. އަދި އެއަށްވުރެ ހިތަށް ތަދުވީ ކުޑަކުދީންގެ އައިސީޔޫ އަށް ދިޔައިރު 11 ވަރަކަށް ކުދިން އެތާނގެ އެޑްމިޓްކޮށްފަ އޮތްއިރު ހަމަ ޙަޤީގަތުގަވެސް އިނގޭތޯ އަޅުގަނޑު ހިތަށްއެރި މިމީހުން ހެއްޔޭ އެތާ ޔޫ-2 އެތާމަތީގަ އެތިބީ. ކިހިނެއްހެއްޔޭ އޭނައެތަނަށް ދިޔައީ. ފައިގަ ހަމަހަޤީގަތުގަވެސް ފައިގަ ވަށަމިނުގައި އިނގިއްޔެއްގެ ބޮޑުމިން ނުހުންނަ ކިތައްކުދިންތޯ އެތާއެއޮތީ. އެމީހުން ހެއްޔޭ ގޮސް އެތާ ޖަލުގެ ޔޫ-2 އޭބުނީމަ އެގިލައްވާނެ. އެހެންވީމަ މައްސަލައެއް އެބައުޅޭ ދޮއްތޯ. އާދެ އަޅުގަނޑުމެންގެ އާއިލާ ތަކުގެ ތެރެއިން މިހާބޮޑު އާބާދީއެއް. އަޅުގަނޑުމެންގެ ދީނާއި އަޚްލާޤާއި ސަޤާފަތާއި ޝަރީއަތާއި ޤާނޫނުގެތެރެއިން ފަހަނައަޅައިގެންގޮސް އެހިސާބަށް ދާއިރުގަ ހަމަޔަޤީނުންވެސް ބައެއްގެ ޒިންމާތަކެއް އަދާނުކުރެވިގެން އެހިސާބަށްއެދަނީ. ވަކި ބައެއްގެ ކޮންމެހެން ޒިންމާއެކޭ ބުނާކަށްނޫން. އެކަމަކު އެންމެ ފުރަތަމަ މަންމައާއި ބައްޕައިން ފެށެންޖެހޭނެ. އެކުދިންނަށްޓަކައި ލޯތްބާއު އޯގާވެރިކަމާއި އަޅާލުމުން ފެށެންޖެހޭނެ. ރަނަގަޅު އާއިލާތަކުގެ ތަނަވަސްކަމާއި ދިރިއުޅުމުގެ ފުދުން ތެރިކަން ތަފާތު. އެކަމަކު ތަނަވަސް ވުމާއި ފަޤީރުކަމަކީ އޯގާވެރިކަމާއި ކުލުނާއި ހަމްދަރުދީއަށް އަސަރު ކުރަން ޖެހޭ އެއްޗެއްނޫން. ކުދިބައެއްގެ އެންމެ ބޮޑުކަމަކަށް ވެގެންދަނީ އޯގާވެރިކަމާއި ކުލުނައާއި ހަމްދަރުދީއާއި އަޅާލުން އެއިޙްސާސް ފޯރުކޮށްދިނުން. ލޯތްބާއި އެކުދީންނަށް ދޭންޖެހޭ. އެކުދިންނަށް ހައްޤުވެގެންވާ މިންވަރަށް ލޯބި ދިނުން.

އާދެ! އަޅުގަނޑު ތިބޭފުޅުންގެ ޢަރިހުގައި މިވާހަކަ މިދަންނަވަންޖެހެނީ މާދަމާ ތިބޭފުޅުންނަކީ އެއާއިލާތަކަށް ނިކުމެ މަސައްކަތް ކުރަން މުއާމަލާތް ކުރާ ބެފުޅުން އެހެންކަމުން އެކުއްޖެއްގެ ދީންވެރިކަމަށްވިއަސް އޭނާގެ އަޚްލާޤް ކަމަށްވިއަސް އޭނަގެ އުޅުން ކަމަށްވިއސް އޭނަ އެހެން މީހުނާއެކުކުރާ މުޢާމަލާތްތައް އޭނަގެ މަސައްކަތްތެރިކަމަށް އުފެއްދުން ތެރިކަމަށްވިއަސް މިހުރިހާ އެއްޗެއް ބިނާވެގެން އަންނަނީ މައިންބަފައިންގެ މައްޗަށް، އާއިލާގެ މައްޗަށް. އާއިލާގެ ތެރޭގައި އޮތް ބަދަހިކަމަކާ ހަރުދަނާކަމެއްގެ މައްޗަށް، އެކުދިންބިނާވެ އެކުދިން ބޮޑެތިވެ މުޖުތަމަޢުގެ ތެރެއަށް ނިކުމެގެންދަނީ. އެހެންކަމުން އަޅުގަނޑުމެން މިމަސައްކަތްކުރާ އެންމެން އަޅުގަނޑުމެންގެ އާއިލާތަކާ ދޭތެރޭ ފުންކޮށްވިސްނާ ފިކުރުކޮށް އާއިލާތަކަށް ފޯރުކޮށްދޭންޖެހޭ މުހިންމު މަޢުލޫމާތާ މެސެޖް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް. އެމަސްއޫލިއްޔަތު އަޅުގަނޑުމެން އަދާކުރަންވީ. އާދެ! އަޅުގަނޑުވެސް ދިގު ކުރާކަށެއްނޫން، އެހެންނަމަވެސް އަދި އެއްޕޮއިންޓަކަށް ކުޑަކުޑަކޮށް ޖެހިލަން ހިތަށްއަރާ. ހަޤީގަތުގައި މުޖުތަމައެއްގެ އަފްރާދުންގެ މެދުގައި އެމުޖުތަމައެއްގެ އޮންނަންޖެހޭ އަގުތައް ނުވަތަ ވެލިއުސްތައް ހިފެހެއްޓިފައި މިއޮންނަނީ އުސޫލީގޮތުން 4 ފަށަލައެއް ރައްކާތެރިކުރެވި ހިމާޔަތް ކުރެވިގެން. އެންމެ ފުރަތަމަ އެއީ ކުޑަކުއްޖެއްކަމަށްވިއަސް ޒުވާނެއްކަމަށްވިއަސް ބޮޑުމީހެއް ކަމަށްވިއަސް އެކުއްޖާގެ ކިބައިގައި އެޒުވާނާގެ ކިބައިގަ އެފަރުދެއްގެ ކިބައިގަ އުފެއްދޭ ސިފަތަކެއްގެ ސަބަބުން. އެބައެއްގެ ދީނާ އެބައެއްގެ އަޚްލާޤާއި އެބައެއްގެ ސަޤާފަތާ، ދުނިއޭގެ ހުރިހާ ދީންތަކާއި ޤައުމުތަކާއި ސަގާފަތާ މިއުޅެނީ. އެހެންވިމާ އެފަރުދަކީ ރަނގަޅު ފަރުދަކަށްވަނީ މުޖުތަމަޢުގެ ހުރިހާ އަފުރާދުންނަކީ ހުރިހާ މެމްބަރުންނަކީ ރަނގަޅު ބަޔަކަށް ވެއްޖެކަމަށް ވާނަމަ އެމުޖުތަމައަކަށް ދެން ބޭނުމެއްނުވޭ ދެން ފުލުހުންނެއް. ސިފައިންނެއް. ޖޭޖޭޔޫއެއް، ދެއްތޯ. ކޯޓެއް އެކަށްޗެއްވެސް ބޭނުމެއް ނުވޭ. ހުރިހާ އެންމެން ރަނަގަޅު ދެންކީއްކުރާ ބޭކާރު ބައެއްތޯ. އެކަމަކު އެބަޔަކަށް ބޭނުންވާންޖެހޭ ސަބަބު އެބައާދޭ. އެމުޖުތަމައެއް ކޮންމެ މުޖުތަމައަކީވެސް އިންސާނީ މުޖުތަމައެއް ކަމަށްވަންޏާ އެއްކަލަ އެމުޖުތަމައެއްގެ ހަމައިން ބޭރުވާ ކޮންމެވެސް މިންވަރެއްގެ ބަޔަކު އެބައުޅޭ. އެހްންވީމަ މުޖުތަމައު ރަނަގަޅު ކުރުމަށްޓަކައި އަމާޒު ހިފަންމިޖެހެނީ. އެންމެ ފުރަތަމަ މުޖުތަމައުގެ ވީހާ ބޮޑު ޕަސެންޓެއް، މުޖުތަމައު ގަބޫލުކުރާ ހަމަތަކުގެ އެބައެއްގެ ދީނުގަ އެބައެއްގެ އަޚްލާގުގެ އެބައެއްސަގާފަތެއްގަ އެބައެއްގެ ޝަރީޢަތެއްގެ އެބައެއްގެ ގާނޫނުގެ ތެރޭގައި ހިފެހެއްޓޭތޯ. އެހްންވީމަ އެފަރުދަކު އެބައިން ނައްޓާލީމަ ދެން މިއައިސް ޖެހެނީ އަސްލުގަ އޭނާގެ ކައިރި އާއިލާތަކަށް. އާދެ އާއިލާގެ ވަރަށް ބޮޑު ޒިންމާއަކާއި އަދި ޚާއްޞަކޮށް ކުށުގެ ވެއްޓަށްދާއިރުގައި އާއިލާގެ މައްޗަށްއާދޭ ވަރަށް ގިނަފަހަރަށް. ކޮންމެ ދީނެއްގެ ބައެއްކަމަށް ވިޔަސް މުޅިމުޖުތަމުގެ އާއިލާއާއި ދޭތެރޭ ދެކެވޭ ނަޒަރިއްޔާ. މިވެނި އާއިލާއެއްގެ މިވެނި މީހެއްގެ ދަރިއަކީ މިވެނިކަހަލަ ކުއްޖެކޭ. އެއީ އަސްލުގަ ކޮންމެ ސަގާފަތެއްގެ ވިޔަސް ވަރަށް އިމޯޝަނަލީ އަސަރުކުރާކަމެއް. އެއީ މުސްލިމުން ކަމަށްވިއަސް އެހެން ދީނެއް ކަމެއްވިއަސް. އެހެންވީމަ އާއިލާގެ އޮވޭ ވަރަށް ބޮޑުއަގެއް، އިއްޒަތެއް ކަރާމަތެއް އެއާއިލާގެ ކުދިން ރަނގަޅު ގޮތުގައި ބައްޓަން ކުރުމަށް. އެކުއްޖާ ދެން މާހާސްކަމެއްނެތް. އޯކޭ އެކަމަކު އާއިލާ އެބަޤަބޫލުކުރޭ ތިމަންނަމެންގެ އާއިލާއަށް ވެއްޖެއްޔާ ހުރެގެންނުވާނެ މިކަހަލަކުއްޖެއް. އެހެންވީމަ ފުރަތަމަ ފަރުދު ފޭލްވީ. ދެން ފޭލްވާނީ އާއިލާ. އާއިލާ ފޭލްވެއްޖެއްޔާ މުޅިމުޖުތަމައުވެސް އައިސް އެބަބުނޭ ނޫން ނޫން ނޫން އަހަރުމެންގެ މުޖުތަމައަކީ ތިޔަށްވުރެ ތަންކޮޅެއް ރަނަގަޅު ވާންޖެހޭ މުޖުތަމައެކޭ. ހަރުދަނާސިފަ ހުންނަންޖެހޭ މުޖުތަމައެކޭ. މިމުޖުތަމުއުގައި މިކަހަލަ ބަޔަކު އުޅެގެންނުވާނެއޭ. އެހެންވިއްޔާ އެމުޖުތަމައު އެބަ ހިއްވަރުދޭ އޭނަ އަސްލުގަ ބޭރަށް ދާންޖެހޭ މިންވަރަށްވުރެ ބޭރަށް ނުދިއުމަށް އޭނައަށް ޕްރެޝަރެއް އެބަބައިންދާ. އެމުޖުތަމައުވެސް ފޭލްވީ ދެން ނުހިފެހެއްޓުނީ. އެހެންވެއްޖެއްޔާ އަޅުގަނޑުމެން ދެން މިގޮވާލަނީ ފުލުހުންނަށް. ދެން މިގޮވާލަނީ ކަރެކްޝަން ބޭފުޅުންނަށް. މިހާރު ދެން ނެތޭ ހިފެހެއްޓޭކަށް. އާދެ އަޅުގަނޑުމެންގެ މުޖުތަމައުގަ ކުށްވެރިންގިނަވެ، ކުށްތައްގިނަވެ، ކުށުގެ ހާލަތު ގޯސްވެގެން ގޮއްސިއްޔާ އޭގެން އެއަންގާދެނީ މި ހަތަރު ބައިގަވެސް ކޮންމެވެސް މިންވަރެއްގެ ލީކްތަކެއް އެބައުޅޭ. ފޭލްވުމެއް އެބައުޅޭ. މުޖުތަމައެއް ހަމައިގަ އޮތުމަށްޓަކައި އެންމެ ފަހުގެ މަރުހަލާ ހަޤީގަތުގައިވެސް ބާރުގެ ބޭނުންކޮށްގެން ކޮންޓްރޯލް ކުރުން އެއީ ކުރަން ނުޖެހޭކަމެއް. އަޅުގަނޑުމެން ކުރަން ނޭދޭކަމެއް. ކުރަން ބޭނުންވެސް ނުވާކަމެއް. އެހިސާބެއް ދެވުނީމަ އޭނަވެސް ބޭނުންނުވާ ކަމެއް. އެކަމަކު އެހިސާބަށްދޭ. އެހެންވީމަ އަޅުގަނޑުމެންގެ އަމާޒުވާންޖެހޭނި އަބަދުވެސް ފަރުދު ހެޔޮ ގޮތުގައި ބިނާ ކުރުމަށް. އޭނަ ރަނގަޅު ގޮތުގައި ބައްޓަން ކުރުމަށް. އޭނައަށް ވިސްނާދިނުމަށް. އަޅުގަނޑު ނިންމާލަމުން ހަމަޔަޤީން ތިބޭފުޅުން މިބަޔަށް ވަރަށް ގިނައިން ވާހަކަދައްކާފަ އޮންނާނެ.

ކުށެއްގެ ތެރޭގައި ދަމުން ދަމުންގޮސް ކިތަންމެ ދުރަކަށްދެވޭ އިރުވެސް އޭނައަށް އަނބުރާ ނާދެވޭނެ އެއްމެކަމެއް އޭނައަށް އިހުސާސްނުވާނަމަ. މިއަދު އަޅުގަނޑު ހަޤީގަތުގައިވެސް މިވާހަކަ ދައްކަންވިސްނާލިއިރު. އާދެ! އަޅުގަނޑުމެން އަރަބިން މިކިޔަނީ  ނުއްޠަތުއްތަހުވިއްޔަ ދަ ރިޓާނިންގ ޕޮއިންޓް. އަޅުގަނޑު ދީނީ ވިސްނުމަކުން ވިސްނާލީމަ ވަރަށް ސާފުކޮށްފެނުނީ އެއަށް މިކިޔަން ޖެހޭނީ އަޅުގަނޑުމެންދީނީ ބަހުރުވައިން ތައުބާވުމޭ. ކުށެއް ކުރަމުން ކުރަމުން ކިތަންމެވަރަކަށް ދާއިރުވެސް އޭނައަށް މިކުށްކުރަމުންދަނީ އޭނައަކަށް ޤަބޫލެއް ނުކުރެވޭ އަސްލުގަ ތިމަންނަ ކުރަން ނުޖެހޭކަމެއް ކުށެއް ކުރާކަމެއް. ދެން ކިހިނެއްތޯ އޭނަ އޭގެއިން ދުރަށްދާނީ. ކޮންމެ ވައްތަރެއްގެ ކުށެއްކަމަށްވިއަސް އެކުރާކުށެއް އޭނަ ޤަބޫލެއް ނުކުރޭ. ކޮންމެވެސް މިންވަރެއްގެ ދެން ޤަބޫލުކުރާ ތަންކޮޅެއް އިނދެދާނެ. އެހެންނަމަވެސް އަސްލުގަ. އޭނައަކަށް ރަނގަޅަކަށް އެކުށް ކުށުގެ ގޮތުގަ ޤަބޫލެއްނުކުރޭ. އެހެންވީމަ އޭނަ އެނބުރި އައުމަށްޓަކައި އެންމެ ފުރަތަމަ އަޅަންޖެހޭ ފިޔަވަޅަކީ އޭނައަށް އެގެންޖެހެނީ ކުށެއްކަން. އޭނައަށް ޤަބޫލުކުރެވެންޖެހެނީ ކުށެއްކަން. އެކުށް ޤަބޫލު ކުރެވުމާއެކުގަ އަސްލު ތައުބާއޭ އަޅުގަނޑު މިބުނަނީ އެހެންވެގެން އިނގޭތޯ. ހަމަ މިއަށްބަލާލިއިރު 3 ކަމެއް މައިގަނޑު ގޮތެއްގައި. ދެން4 ވަނަ ކަމަށް މިދަނީ، އިނގޭތޯ. އޭގެތެރެއިން އެއީ އެންމެ ފުރަތަމަ ކުށް އޭނަ ޤަބޫލުކުރުން. ކުށަށް އިއުތިރާފުވުން. ދެން ކުށް ކުރެވުނީތީ ހިތާމަކުރުން. ކުށަށް ފާފަފުއްސެވުމަށް އެދުން. މާނައަކީ މައާފަށް އެދުން. ދެން އެ 3 ކަން އެހެންވިމަ އިޢުތިރާފް، ކުށްކުރެވުނީތީ ހިތާމަކުރުން ، މަޢާފަށް އެދުން. ﷲގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދުން. މިތިން ކަންތައް މީހެއްގެ ހިތުގައި ޤަބޫލުކުރެވި އެގޮތަށް ނުކުރެވޭހާ ހިނދަކު އޭނަ ކުށުން އެބުރި ގެންދެވޭނެގޮތެއް އެއްވެސް ގޮތަކަށް އަޅުގަނޑުމެންނަކަށް ނުފެންނާނެ. އެއީ ދީނީ ވިސްނުމަކުން ވިއަސް. ދުނިޔެވީ އެހެން މަގުތަކަކުންކަމަށް ވިއަސް. އޭނަ ކުށަށް އިއުތިރާފުވެ ކުށްކުރެވުނީތީ ހިތާމަކޮށް ކުށަށް އަބުރާ ނުދިއުމަށް އަޒުމް ކަނޑައަޅާ ފާފަފުއްސެވުމަށް ނޭދޭހާހިނދަކު ނުވަތަ އޭގެން ދުރުވަން ނޭދޭހާ ހިނދަކު. އޭނައަކަށް ކުށަކުން އަނބުރައެއް ނުދެވޭނެ. އެސަބަބައްޓަކާ އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ ތިބޭފުޅުން ތިވިދާޅުވާ އަދަދުގެ ކުދިން އަދި އެއަށްވުރެ ގިނަ ކަމަށްވިއަސް. އަޅުގަނޑުމެން ފަށަންޖެހެނީ އެކުދިން އެހިސާބަށް ގެންދާނެ ރަނގަޅު ވިސްނުމަކާއި ޕްރޮގްރާމުތަކަކާދޭތެރޭގައި. އަޅުގަނޑު ހިތުން ތިބޭފުޅުން އެމަސައްކަތް ކުރައްވަމުން ތިގެންދަވަނީ. އިތުރަށް އަޅުގަނޑުމެން ޑިވެލޮޕް ކުރަންޖެހޭ ބައިވަރު ކަންތައް އެބަހުރި. މިއަދުގެ މިމަސައްކަތަކީވެސް ހަމައޭގެތެރެއިން މުހިންމު ބޮޅެއް. އަޅުގަނޑުމެން އުއްމީދުކުރަނީ ﷲ އިރާދަކުރެއްވިއްޔާ މިމަސައްކަތްތައް އަލުގަނޑުމެންނަށް ކާމިޔާބުކުރެވިގެންދާއިރު އަޅުގަނޑުމެންގެ މުޖުތަމައަކީ ކުށްތަކުން ޚާއްޞަކޮށް ބޮޑެތި ކުށްތަކުން ސަލާމަތްވެފައިވާ ޒުވާން ގާބިލު މުޖުތަމައެއް އުފެދިގެންދާނެ ރަނގަޅު މުޖުތަމައަކަށް ވެގެންދިއުން. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ މަސައްކަތުގައި ބަރަކާތްލައްވާ އަޅުގަނޑުމެންނަށް ކާމިޔާބު މިންވަރު ކޮށްދެއްވާށި. އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން މިންވަރު ކޮށްދެއްވާށި. ވަރަށް ބޮޑަށް ޝުކުރިއްޔާ ވައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.