ސްޓްރެޓީޖިކް ޕްލޭން 2024-2028 އިފްތިތާހް ކުރުމުގެ ރަސްމިއްޔާތު

`

ސްޓްރެޓީޖިކް ޕްލޭން 2024-2028 އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި  މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ ޓެކްނޯލޮޖީ ޢަލީ އިޙްސާން ދެއްކެވި ވާހަކަފުޅު

(05 ޖޫން 2024)

 

 

ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާ ޝުކުރުކުރަން. އަޅުގަނޑުމެންނަށް ނަމޫނާ ދެއްކެވި އަޅުގަނޑުމެން އެންމެންގެ ޞާޙިބާ މުޙައްމަދު ރަސޫލުﷲ އަށް  ޞަލަވާތާއި ސަލާމް ލެއްވުމަށް އެދި ދުޢާކުރަން. މިޞަލަވާތާއި ސަލާމުގައި އެކަލޭގެ ފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ، ޑެޕިއުޓީ ކޮމިޝަނަރުން، ފުލުހުންގެ އެގްޒެކްޓިވް އޮފިސަރުން، އަދި މިރަސްމިއްޔާތުގައި ބައިވެރިވެ ވޑައިގަންނަވާ އެންމެހާ ފުލުހުންނާއި މިރަސްމިއްޔާތު ބައްލަވާ އެންމެހާ ބޭފުޅުން 

السلام عليكم ورحمة الله وبركاته. 

އާދެ! ދިވެހި ފުލުހުންގެ މިހާރުގެ ގާނޫނުގައިވާ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތް ބައްޓަން ކުރެވިގެން އަންނަންޖެހެނީ ދިވެހި ފުލުހުންގެ ސަފުތައް ތަރުތީބު ކުރެވިގެން އަންނަންޖެހެނީ ، ދިވެހި ފުލުހުންގެ މަސައްކަތް ތަރުތީބު ކުރެވިގެން ދާންޖެހެނީ، ދިވެހި ދައުލަތުން އެއިރެއްގެ ސަރުކާރު ހިންގަވާފަރާތަކުން ކަނޑައޅުއްވާ ވަކި އަސާސްތަކެއް ނުވަތަ ވަކި ޕްރިއޮރިޓީސްތަކެއްގެ މައްޗަށް ގާނޫނު ދަންނަގޮތުން މިއަށްކިއާ އުޅެނީ ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަރމެންޓެކޭ. އަޅުގަންޑުމެން ވާނެ މީގެ މަހެއް ހާދުވަސްކުރިން   ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަރމެންޓް ރައީސުލްޖުމްހޫރިއްޔާގެ ހާޟިރުގައި ފުލުހުންނާ ހަވާލިކޮށްފައި. އެ ޕޮލިސިންގ ރިކުއަރމެންޓްގައި ހުރި ކަންކަމުގެ މައްޗަށް ބިނާކޮށް ދިވެހި ފުލުހުންގެ ގާނޫނު ބަޔާންކުރާ   ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއް ފުލުހުން ކަނަޑައަޅަންޖެހޭނެ. މިއަދު މި ތަޢާރަފް ކުރެވިގެން މިދިޔައީ މިދެންނެވި އެކްޝަން ޕްލޭން. މިޕްލޭންގައި ދެންމެ ތިބޭފުޅުންނަށްވެސް ފެނިވަޑައިގެންނެވި ފަދައިން މި ޕްލޭންއަކީ ކޮމިޝަނަރ އޮފް ޕޮލިސް ޒިންމާވެ ވަޑައިގަންނަވާ މީގެ ފުރިހަމަ އިންޕްލިމެންޓޭޝަނަށް ކޮމިޝަނަރ ޒިންމާވެވަޑައިގަންނަވާ ޕްލޭންއެއް. އެހެން ނަމަވެސް މި ޕްލޭން އިންޕްލިމެންޓް ކުރުމުގެ ޒިންމާއަކީ ދިވެހި ފުލުހުންގެ ތެރޭގައި ކަނޑައެޅިފައިހުރި ސްޓްރަކްޗަރ ތެރޭގައި ކޮންމެ ސީނިއަރ އޮފިސަރެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް. ތިބޭފޫޅުންގެ ދުވާލުގެ މަސައްކަތް ފެށިގެން އަންނައިރުގައި އަދި ތިބޭފުޅުން ހަވާލުވެވަޑައިގެންތިބޭ ޔުނިޓްތަކުގެ މަސައްކަތްތައް ކުރަމުންދާއިރު ކޮންމެ ދުވަހަކުވެސް ކުރައްވަންވާ ސުވާލަކީ ތިމަންނާގެ ހަވާލުވެގެންތިބި ފުލުހުން ލައްވާ މިއަދު މިކުރުވާ މައްސައްކަތަކީ މިއަދު މިޕްލޭންގެ ކޮންތަނެއްގެ ކޮން އަމާޒެއް ހާސިލުކުރުވަން ކުރާ މަސައްކަތެއްތޯ. އެސުވާލައް ޖަވާބު ނުދެވޭ ކަމަށް ވެއްޖެއްޔާމުން ފަހަރެއްގައި އެކުރެވެނީކީ އަޅުގަނޑުމެން މިއެދޭ މަސައްކަތެއް ނޫން ކަމަށް ވެދާނެ. ފަހަރެއްގައި އެކުރެވެނީ ދިވެހި ރައްޔިތުން އެދޭ މަސައްކަތެއް ނޫން ކަމަށް ވެދާނެ. އެހެންވީމަ އަބަދުވެސް ތި ހުރިހާ ބޭފުޅުން ބައްލަވަންވާނެ ތިމަންނަ މިއަދު މިމަސައްކަތް ފޯކަސްކުރަނީ ދިވެހި ދައުލަތުގެ އެސެޓްތައް، ފުލުހުންގެ އެސެޓްތައް މި ބޭނުންކުރަނީ މި ދެންނެވި ޕްލޭންގެ ކޮންދިމާލަކުން ކޯއްޗެއް ހާސިލުކުރަންތޯ. ހަމައެއާއެކުގައި އަޅުގަނޑުމެންގެ މި ޕްލޭންގެ ނިމުމެއްވެސް އޮންނަންވާނެ. ކޮންމެވެސް ހިސާބަކުން މިކަން ވެއްޖެތޯ ނުވޭތޯ ވަޒަންވެސް ކުރެވެންވާނެ. ވަޒީރެއްގެ ހައިސިއްޔަތުން އަޅުގަނަޑު ކުރާނެ އެއްކަމަކީ ގަވާއިދުން މިޕްލޭން ތި ބޭފުޅުން ތަންފީޒް ކުރަމުންދޭތޯ ނުދޭތޯ ކަމިޝަނަރ ތުރޫކޮށް ބެލުން. އަދި ހަމައެއާއެކު ކޮމިޝަނަރގެ އެއްޒިންމާއަކީ މިޕްލޭން ގަވާއިދުން އިމްޕްލިމެންޓް ވެގެންއަންނަގޮތް ވަޒަންކޮށް ބެލެހެއްޓުން. ހަމައެއާއެކު ސަފުތަކުގެ ތެރޭގަ އޮންނަ ރޫހަކަށްވާންވާނެ ވީއެންމެ އަވަހަކަށް މި ޕްލޭން ތަންފީޒްކޮށް ނިންމުންވެސް. އެންގިވަޑައިގަންނަވާނެ އަޅުގަނޑުމެން މި ސްޓްރެޓީޖިކް  ޕޮލިސިންގ ރިކުއަރމެންޓެއް ކަނަޑައެޅިއިރުގަ މައިގަނޑު ތިންކަމެއް އޭގެތެރޭގައި ފާހަގަ ކޮށްފައިވާނެ. އެއްކަމަކީ މި ސްޓްރެޓީޖިކް  ޕޮލިސިންގ ރިކުއަރމެންޓާ މި އެކްޝަން ޕްލޭން ތަރުތީބްވެގެން އަންނައިރުގަ ތިބޭފުޅުންނަށް ދެވިފައިންނަ އިމްޕްލިމެންޓޭޝަން ގައިޑްލައިނެއް. މި   ގައިޑްލައިންގައި ވަރަށް ސާފުކޮށް ބާޔާންކުރާނެ ނަތީޖާ ނެރުމަކީ އަޅުގަނޑުމެންގެ އެންމެ މުހިންމު އަމާޒުކަމަށް. މިވަރުގެ ބޮޑު މުއައްސަސާއެއް ގާތްގަނޑަކަށް އަހަރެއްގެ މައްޗަ ދެ ބިލިއަން ރުފިޔާ ދިވެހި ދައުލަތުން ހޭދަކުރާ މުއައްސަސާއެއް. ދައުލަތުގެ ބަޖެޓްގެ %4 އެބަ އަރންކުރޭ. މާނައަކީ ދައުލަތަށް ލިބޭ ކޮންމެ 100 ރުފިޔާ އަކުން -/4 ރުފިޔާ ދިވެހި ރައްޔިތުން މެންޑޭޓް މިކުރަނީ ފުލުހުންގެ މުއައްސަސާއަށް ޚަރަދުކުރުމަށް. ކޮންމެ -/100 ރުފިޔާ އަކުން  -/4 ރުފިޔާ . އެހެންވީމަ މިވަރުގެ އެކްސްޕެންޑިޗާރއެއް ދައުލަތުންނަގާއިރުގަ ދައުލަތުގެ އިންނާނެ އެކްސްޕެކްޓޭޝަނެއް. ރައްޔިތުން އޮންނާނެ ވަރަސް ބޮޑު އެކްސްޕެކްޓޭޝަނެއް. އެ އެކްސްޕެކްޓޭޝަނަކީ ނަތީޖާ ނެރުން. އެހެންވީމަ އަޅުގަނޑުމެން އެންމެ ބޮޑު އެއް ޕްރިއޮރަޓީ އަކަށް މިކަން ނިމިގެންދާއިރުގަ ހުރިހާ ފުލުހުންގެ ވެސް ޚާއްޞަކޮށް ސީނިއަރކޮށްތިއްބަވާ އޮފިސަރުންގެ ވިސްނުންފުޅުގަ ހުންނަވަންވާނެ ނަތީޖާ ނެރުން އެއީކަން ތިމަންނާމެން ޒިންމާވާ އެންމެ ބޮޑު އެއްކަމަކީ.

ދެވަނަ ކަމަކީ ތިބޭފުޅުންނަށް ބޭނުންފުޅުވާ ކެޕޭސިޓީ  ބިލްޑްކުރުން.  ޚާއްޞަކޮށް މިހާރު ޓެކްނޮލޮޖީގެ ޒަރީއާއިން ދުނިޔެ ކުރިއަރައިގެން އަންނައިރުގަ ޕޮލިސިންގެ ތެރޭގައި ބޭނުންކުރާ އެންމެ ޒަމާނީ ޓެކްނޮލަޖީ އެކުއަރކޮށް އެ އިންޕްލިޓްކޮށް ޓެކްނޮލަޖީއާއެކު މަސައްކަތް ކުރަން ދަސްކުރަމަކީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ ކަމެއް. އެނގިވަޑައިގަންނަވާނެ ދިވެހިރައްޖެއަކީ ޓެކްނޮލޮޖީއަށް ޚަރަދު ކުރުމުގައި ނަމޫނާ ގައުމެއް. އެހެންނަމަވެސް އަދި  ޓެކްނޮލަޖީ ބޭނުންކުރުމުގައި އަޅުގަނޑުމެން މިއުޅެނީ ވަރަށް ފަހަތުގައި. މިސާލެއް ދަންނަވާލަން އަޅުގަނޑުމެން ހުރިހާ އެންމެން މޭޒުކުރިމަތީގައި ސިސްޓަމްތައް ބަހައްޓައިގެން އޭގެއިން ބަރާބަރަށް އީމެއިލް ކުރާނެ އެހެންނަމަވެސް އަދިވެސް ސީޓީލިއުން ހުއްޓައެއްނުލާ.  އަޅުގަނޑުމެން ބާރާބަރަށް އަޅުގަނޑުމެންގެ ސީސީޓީވީ ކެމަރާތައް ބަލާނެ. އޭގެއިން އެބަހުރި އަޅުގަނޑުމެން އަތުގަ ޑިޓެކްޝަން ޓޫލްސްތައްވެސް. އޭގެ އަދި އިމްޕްލިމެންޓޭޝަންތައް ހުންނާނީކީ ހުރިހާ ދިމާލަކަށް ދޫކުރެވިފައެއްނޫން. އަޅުގަނޑުމެން ހުރިހާ އެންމެން އަތުގަ ހުންނާނެ ޓެކްނޮލަޖީގެ އިތުރު ވަސީލާތްތައްވެސް. ޕޮލިސް އެޕްލިކޭޝަންތައްވެސް އެބަހުރި އެކަމަކު ޕޮލިސް އެޕްލިކޭޝަންއެއް އަދިއެއް ދިވެހި ރައްޔިތުންގެ ތެރެއިން ގިނަމީހުނެއް ޑައުންލޯޑެއްވެސް ނުކުރޭ. އެހެންވީމަ މިތިބަ ޓެކްނޮލޮޖީ ޑިވެލޮޕްކުރެވެމުން ދާވަރަކަށް   އެކުއަރ ކުރެވޭ ވަރަކަށް މިބޭނުން ކުރުމުގެ ރޫހް އަޅުގަނޑުމެންގެ ތެރެއަށް ގެންނަން އެބަޖެހޭ. ރައްޔިތުން ބޭނުންކުރަންޖެހޭ ޓެކްނޮލަޖީ ރައްޔިތުން އެވެއަރ ކުރުވާ ރައްޔިތުން ލައްވާ މިޓެކްނޮލަޖީ ބޭނުންކޮށްގެން އަޅުގަނޑުމެންގެ މަސައްކަތްތަކަށް އަވަސްކަން ގެންނަންޖެހޭ. ހަމައެއާއެކު އަޅުގަނޑުމެން އެކުއަރ ކުރާ ޓެކްނޮލަޖީ  ބޭނުންކޮށްގެން ނަތީޖާ ނެރުވުމަށްޓަކައި އަވަސްކުރުވަންޖެހޭ.

ތިންވަނަ ކަމަކަށް އަޅުގަނޑު މިދެންނެވި ގައިޑް ލައިންގަ ފާހަގަ ކޮށްފަ އިންނާނީ ތަފާތު ނުކުރުން. ދިވެހި ރައްޔިތުމީހާ މިއަދު އެދެނީ އޭނާއަކީ ވެރިއެއްތޯ ގެރިއެއްތޯ ނުބަލާ ތި ބޭފުޅުންގެ ޚިދުމަތް ދޭން. ގާނޫނާ ފުށުއަރާ ހިނދުގަ އޭނައަކީ ދައުލަތުގެ ވަޒީރެއްތޯ، އޭނައަކީ މަޖިލިސް މެމްބަރެއްތޯ، އޭނައަކީ މިވެނި ހައިސިއްޔަތެއްގެ މީހެއްތޯ މިއެއް ބެލުމެއް ނޯންނާނެ އަޅުގަނޑުމެނަކަށް.  އަދުގެ ސަރުކާރަކުން ތިބޭފުޅުންގެ މައްޗަށް އެއްވެސް މީހަކު އިންފުލުއެންސެއް ނުކުރާނެ މިއެނިމީހަކާ ދޭތެރޭގައި މިވެނި ގޮތަކަށް އަމަލުކުރާކަށް. އެހެންވީމަ ތިޔަ ފުލުހުންނަށް ފުރިހަމައަށް އެބާރު ލިބިގެންވާނެ ތަފާތުނުކޮށް ގާނޫނު ތަންފީޒްކުރުމަށް. އެކަން ކޮށްދެއްވުމަކީ އަޅުގަނޑު މެން ތިބޭފުޅުންގެ މައްޗަށް ގައިޑްލައިނެއްގެ ގޮތަށް ޕާސްކޮށްފަ މިއަންނަނީ ތިންވަނަ ކަމަކަށް.

ހަތަރުވަނަ ކަމަކީ ގުޅިގެން މަސައްކަތް ކުރުން އަޅުގަނޑުމެންގެ ފުލުހުންގެ މުއައްސަސާއަކީ ވަކިން މަސައްކަތް ކުރާ މުއައްސަސާއެއްނޫން. ދައުލަތުގެ އެހެން ހުރިހާ އިދާރާތަކާ ގުޅިގެން އަދި އާއްމުރައްޔިތުންނާ ގުޅިގެން މަސައްކަތްކުރާ އިދާރާއެއް. އެހެންވީމަ އަޅުގަނޑުމެން ނަތީޖާ ނެރުމަށްޓަކައި ކުރިއަށް ދާއިރު މިހުރިހާ އެންމެނާ އޮންނަގުޅުން ވަރަށް މުހިންމު.

ދެން އަންނަނީ ފަސްވަނަ ކަމަކަށް އެކައުންޓަބަލިޓީގެ ވާހަކަ. އަޅުގަނޑުމެނަކީ ޒިންމާނަގާ ޒިންމާދާރު ބަޔަކަށް ވާންޖެހޭނެ. ހަމައެއާއެކުގަ އަޅުގަނޑުމެން އަމަލުތަކަށް އަޅުގަނޑުމެން ޒިންމާވާންޖެހޭނެ. ވަޒީރެއްގެ ހައިސިއްޔަތުން އަޅުގަނޑު ކުރާ އަމުރެއް ވެއްޖެޔާ ނުވަތަ އަޅުގަނޑު ޕާސްކުރާ ގައިޑް ލައިނެއް ވެއްޖެއްޔާ އަލުގަނޑު އެއަށް ޒިންމާ ނަގާނަން. އަޅުގަނޑު އެދޭ އެދުމަކީ ހަމައެގޮތަށް ތިއިން ކޮންމެ ފުލުސް އޮފިސަރަކުވެސް ތިބޭފޫޅުންނަށް ގާނޫނުގަ ހަވާލުކޮށްފަ އިންނަ މުޅިތަރަހައިގެ ތެރޭގައި އެނަގަންޖެހޭ ފުރިހަމަ ޒިންމާ ނެގުން އަދި ހަމައެއާއެކު އެމީހަކަށް ކުރެވޭ ކަންކަމާ އަދު ކުރާކަންކަމަށް ފުރިހަމަ އެމީހަކު އުފުލުން. އަޅުގަނޑުމެން ތެރޭގައި އޮންނަ ސަގާފަތެއްމީ ޖެހިގެން އިންނަ މީހާގެ ބޮލަށް ބައެއް ޒިންމާތައް ކަނޑާލުމަކީ. މިބައިން ނެއްޓެންޖެހޭނެ އަޅުގަނޑުމެން. ވެރިއެއް ވެއްޖެއްޔާ އެމީކުރާ އަމުރަކަށް ، އޮފިސަރެއް ވެއްޖެއްޔާ އެމީހާކުރާއަމުރަކަށް އެމީހާ ފުރިހަމައަށް ޒިންމާ ވާންޖެހޭނެ. ދަށުގަ ތިބޭ ކުދިންގެ ބޮލުގަ ކަންކަންއެޅުމަކީ އެއީކީ އަޅުގަނޑުމެންގެ ރޫހަކަށް ވެގެން ނުވާނެ.

ފަހުކަމަކަށް އަޅުގަނޑު ފާހަގަ ކޮށްފަ އިންނާނީ މޮރަލް ވެލްފެއަރ ރިކްރިއޭޝަންގެ ވާހަކަ. ފުލުހުންގެ މުއައްސަސާއަކީ ޔުނިފޯމްޑް ތަރުތީބް މުއައްސަސާއަކަށް ވީތީ ތި ބޭފުޅުންގެ މޮރަލް ވެލްފެއަރ ރިކްރިއޭޝަން ކަންކަމަކީ އިސްކަންދީގެން ބަލަހައްޓަންޖެހޭ ކަމެއްކަމަށް އިންނާނެ ކަނަޑައަޅާފަ. ފުލުހުންގެ ހުރިހާ ސަފުތަކެއްގެ ހުރިހާ ބޭފުޅުންވެސް މިކަމަށް އިސްކަން ދެއްވުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭކަމެއް.

މުޅި ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަރމެންޓްގައި އަދި މިތައާރަފްކޮށްގެންދިޔަ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގަ ޖުމްލަކޮށް ފާހަގަ ކުރެވުނު ކުރައިމް ފޯކަސް ފޮލިސިންގަ އަޅުގަނޑުމެން މިއަދުގެ ސަރުކާރުން ޕްރައިވެޓީ އިންނާނެ 10 ކަމެއް ފާހަގަކޮށްފަ. ކޮމިޝަނަރވެސް ފާހަގަ ކުރެއްވި ފަދައިން އޭގެ ތެރެއިން އެންމެ އިސްކަންދޭކަމަކީ ގޭންގްތައް ހަދައިގެން ރާއްޖޭގެ އަމަންއަމާންކަން ނަގާލާފަ މިއޮތްއޮތުން. އަޅުގަނޑުމެންގެ އަމާޒެއްނޫން މިއަދު އޮތީ 10 ގޭންގު ކަމަށް ވެއްޖެއްޔާމުން 5 އަހރު ނިމޭއިރު އޭތި 3 ކަށް މަދުކުރުމަކީ.  އަޅުގަނޑުމެންގެ އަމާޒަކީ 10 ގޭންގުވެސް އެއްކޮށް ދިއުން. އެހެންވީމަ އަޅުގަނޑުމެންގެ ޓާގެޓްތަކަކީ އެއްވެސް ހާލެއްގައި އެކްސެޕްޓަބަލް ލެވެލް އޮފް ކްރައިމްއެއްނޫން. އަޅުގަނޑުމެންގެ ޓާގެޓްތަކަކީ މިކަހަލަ ކްރައިމްގައި ޒީރޯޓެލެރެންސް. ނަންއެކްސެޕްޓަރސް. ވަރަށް ގިނަ ފަހަރަށް އަޅުގަނޑުމެން ހިތަށް އަންނަކަމެއް މީ ދިވެހިރާއްޖޭގެ ހަކުރު މައްސަލަވެސް ހައްލެއް ނުވާނޭ. ސިކުނޑީގަ އެހެން އެކަން އޮންނަކަމެއް ވެއްޖެއްޔާ އެކަން ހައްލެއް ނުވާނެ. އަޅުގަނޑުމެން އެންވިޝަން ނުކުރާކަންކަން އޭނާގެ ތަބިއްޔަތުގައި އިންސާނާއަށް ހާސިލެއް  ނުކުރެވޭނެ. އަޅުގަނޑުމެން ސިކުނޑިން ގަބޫލުކުރަން އެބަޖެހޭ ދެ ބިލިއަން ރުފިޔާ އަހަރަކު ޚަރަދުކޮށްގެން އަޅުގަނޑުމެން  ޔުނިފޯމް މުއައްސަސާއެއް ތަރުތީބުކޮށްފަ އެބަޔަކަށް ބޭނުންވާ ގާނޫނީ ބާރުވެރިކަން ދިނީމަ އެ އޮބްޖެކްޓިވް ހާސިލްވާނެކަމަށް. ކުރީގަ އެކަންކަން ނުކުރެވި އޮވެދާނެ ޕޮލިޓިކަލް ވިލް ނެތީމަ.  އަޅުގަނޑު ޔަގީންކަން މިއަރުވަނީ ތި ބޭފުޅުނަށް އަދުގެ ސަރުކާރުގެ ޕޮލިޓިކަލް ވިލް އެބައޮތް. އެހެންވެގެން އަޅުގަނޑުމެން ދެވަނަކަމަކަށް މީގަ ކަނޑައަޅާފަ އިންނާނީ މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުން. މަސްތުވާތަކެތީގެ ވިޔަފާރިއަކީ  އާންމުކޮށް ޓްރޭޑް ކުރުމަށް ހުއްދައޮންނަހެން ދިވެހިރާއްޖޭގަ ކުރަމުން އަންނަކަމެއް މިހާރު. މަގުމަތީގަ ކަންމަތި ފިހާރަ ހިންގާ ފަދައިން ޑްރަގް ވިޔަފާރި ހިންގަމުން އެބަދޭ. މިކަން ހުއްޓަން ޖެހޭނެ ރާއްޖެގަ. ޑްރަގް ވިޔަފާރިއަށް ވަންނަން ހިތަށް އަރާމީހަ ތިން ހަތަރު ފަހަރު ވިސްނާލާފަ އޭނަ ބިރު ގަންނަން ޖެހޭނެ ތިމަންނާއަށް މިކަމަކަށް ރާއްޖެއިން ފުރުޞަތެއް ނޯންނާނެކަން. އެރިސްކަކީ ވެލިޑް ރިސްކަކަށް ހަދަންޖެހޭނެ ތިބޭފުޅުން. ފުލުހުން. މިއަދު މަސްތުވާ ތަކެތި ބޭނުންކުރާ، މީހާ މަސްތުވާތަކެތި ވިއްކާމީހާއަކަށް ނެތް އެއްވެސް ބިރުވެރިކަމެއް. ބިރުވެރިކަން ނެތި ފައިދާވާކަންތައް ކުރާނެ އިންސާނާ. ބިރުވެރިކަމެއް ނެތި ފައިދާވާކަންތައްތަކަށް ދިވެހިބަހުން ކިޔަނީ ވިޔަފާރި ކުރުމޭ. އެހެންވީމަ އެ މާހައުލު ނައްތާލަން ޖެހޭނެ އަޅުގަނަޑުމެން. ދިވެހިރާއްޖޭގަ ޑްރަގްގެ މާހައުލަކީ އޮވެގެން ވާނެއެއްޗެއް ނޫން. އަޅުގަނޑުމެން ޓޮލެރޭޓް ކުރާނެ އެއްޗެއްނޫން. އަދުގެ ސަރުކާރުގެ ވިސްނުމެއްނޫން ރާއްޖޭގެ 5 އަހަރު ނިމިގެން އަޅުގަނޑުމެން ދާއިރުގަ ދެންއަންނަ 5 އަހަރަށް ދިވެހި ދައުލަތާ ހަވާލުވާ ބޭފުޅުން އަނެއްކާވެސް މާތްކަލާކޯ ޑްރަގްގެ ވަބާއިން މިގައުމު ސަލާމަތް ކުރަންޖެހޭއޭ ބުނުމަކީ. އެއީއެއްނޫން އަޅުގަނޑުމެންގެ ޓާގެޓަކީ އަޅުގަނޑުމެންގެ ޓާގެޓަކީ އެމީހުން ދެން ދައްކަން ޖެހޭނީ އެހެން ވާހަކައެއް. އަޅުގަނޑުމެން މިފަހަރު މިމައްސަލަ ހައްލުކުރަންޖެހޭނެ. މިކަމުގެ ޑެލިވަރީގެ %90 ޒިންމާވާނީ ދިވެހި ފުލުހުންގެ ފަރާތުން.

ދެން މިހިރަކަންކަމަކީ ހިއުމަން ޓްރެފިކިންގ ގެވާހަކަ ޖުމްލަކޮށް އެހެންނަމަވެސް އަޅުގަނޑުމެން މިއަށް ކިޔަނީ ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅެމުން އަންނަ ބޭރުމީހުން. ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ބޭރުމީހުން އުޅެމުން އަންނާތި ދިމާވާ އެތަކެއް ސޯޝަލް މައްސަލަތަކެއް މިހާރު މިފެންމަތިވަނީ. އޭގެތެރޭގަ ދަމުން ދަމުން ދަމުންގޮސް ބައެއްރަށް ރަށުގަ ނަސްލު އޮޅޭހިސާބަށް މިހާރުގޮއްސި. ބައެއް ވިޔަފާރި ތަކަކީ އަޅުގަނޑުމެން އަތުން އެއްކޮށް ގޮއްސައޮތް ވިޔަފާރިތަކެއް. ޒަމާން ހިގައްޖެ އޭގަ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއެއްގެ ވާހަކަ ފުލުސް އޮފީހަށް ގެނައިމަ ތިމަންނަމެންގެ ކަމެއްނޫނޭ އެއީކީ. ތިމަންނަމެންގެ ޒިންމާއެއް ނޫނޭ އިމިގްރޭޝަންގެ ޒިންމާއެކޭ ބުނުން. އެދުވަސް މިހާރު ދިޔައީ. މިއަދު ރަސްމީކޮށް ފުލުހުންނާ މަތިކުރެވިފައޮތް ސްޓްރެޓީޖިކް  ޕޮލިސިންގ ރިކުއަރމަންޓް  ތެރޭގައި މަތިކުރެވިފަ އޮތް އެއް ޒިންމާއެއް އެއީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ  މައްސަލަ އިމިގްރޭޝަނާ ގުޅިގެން ހައްލުކޮށް ދިނުމަކީ. އޭގެ ތެރޭގައި ވަކިން ޚާއްޞަކޮށް ހިއުމަން ޓްރެފިކިންގ ގަ މިދާ އެންގަލްގަ މިދާ ކަންތައްތައް ތަހުގީގު ކޮށްފިޔަވަޅު އެޅުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެއް.  ދިވެހިރާއްޖޭގައި ވިޔަފާރިއެއް ގޮތަށް ކުރާކަމެއް ހިއުމަން ޓްރެފިކިންގ އަކީ. އެނގި ވަޑައިގަންނަވާނެ އިއްޔެ ވަގުތެއްގައި ހޯމްމިނިސްޓްރީން އަޅުގަނޑުމެން ވާނެ ދިވެހިރާއްޖޭގައި ތިބި މީހުންނަށް ވަޒީފާދޭ ނިޔަތުގައި 10000 އެތަށް އެމްޕްލޮއިޔަރުން ބިދޭސީންގެ ތެރެއިން އެއްލައްކަ ކޮންމެވެސް ވަރަކަށް މީހުން ރާއްޖެ ގެނެސް އެމީހުނަށް ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުރިވާހަކަ. ފައިސާގެ އަދަދަކީ 1.7 ބިލިއަން ދިވެހިރުފިޔާ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެއް އަހަރުގެ ބަޖެޓް ގާތްގަނޑަކަށް. މިލާރި ހޯދާނީ ކާކުހޭ. މިކަމާ ފިޔަވަޅު އަޅާނީ ކާކުހޭ. މިއަދުގެ ސަރުކާރުން އަޅާނެ. މީގެ އެންފޯސްމެންޓަށް ގެންނަން ޖެހޭ ހިސާބަށް އައިމަ ތިބޭފުޅުން އެކަމާ އުޅުއްވަންވާނެ. އެއީ ސްޓްރެޓީޖިކް  ޕޮލިސިންގ ރިކުއަރމަންޓްގައި އަޅުގަނޑުމެން މި ހިއުމަން ޓްރެފިކިންގ ގެ އެންގަލް ގެނެސްއަ އޮތްގޮތަކީ.

ދެން މިއިނީ ސައިބަރ ކްރައިމްއަށް އަޅުގަނޑުމެން ޓެކްލް ކުރުން. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން މިހާރު ވާނެ ސައިބަރ ސެކިއުރިޓީ އޭޖެންސީއެއް ހަދާ އެއެޖެންސީ ރަނިންގ އަށް ގެނައުމުގެ  މަސައްކަތް ކުރަމުން މިގެންދަނީ. ޕެރަލަލްކޮށް ޒިއްމާދާރުވާ ފަރާތެއްގެ ހައިސިއްޔަތުން  އަދި ހަމަމިއާއެކުގަ މިފަދަ ކްރައިމް ތަހުގީގުކޮށް ފިޔަވަޅުއަޅާ ފަރާތެއްގެ ހައިސިއްޔަތުން މޯލްޑިވްސް ޕޮލިސް ސަރވިސްގަ ގާބިލްކަން އިތުރުކޮށް ސައިބަރ ކްރައިމް ހުއްޓުވުމަކީ އަދި ސައިބަރ ސްޕޭސް ސޭފް ތަނަކަށް ހައްދަވާ ދެއްވުމަކީ ތިބޭފުޅުން ވަރަށް ބޮޑަށް އިސްކަން ދެއްވަން ޖެހޭނެ ކަމެއް.

ބާކީ މިހިރަކަންކަން ޓެރެރިޒަމާއި ޑޮމަސްޓިކް ވަޔަރލެންސް ، އަންހެނުންނާ ކުޑަކުދިންނާ ދެކޮޅަށް ކުރާ ކުށްތަކާ އަދި އޭގެ އިތުރުން ޕަބްލިކް ޑިސްއޯޑަލީ ކޮންޑަކްޓްތައް މެނޭޖް ކުރުމަކީ ތިބޭފުޅުންނަށް  ބާކީ އަޅުގަނޑުމެން މީގެތެރެއިން ވާހަކަ ދައްކާފަ ހުރި ކަންކަން. ސްޓްރެޓީޖިކް  ޕޮލިސިންގ ރިކުއަރމަންޓްގެ މައިގަނޑު ތިންވަން އޭރިއާއަކަށް އަޅުގަނޑުމެން ވާހަކަ ދައްކާފައިވަނީ ތިބޭފުޅުންގެ ޕެޓްރޯލިންގ ގެ ކަންތައްތައް ކޮމިއުނިޓީ ތެރޭގައި އިތުރުވުން. އަޅުގަނޑުގެ ވިސްނުމަކީ ދިވެހިރާއްޖޭގެ ކޮންމެ ހިސާބެއްގަވެސް. ޚާއްސަކޮށް ކެޕިޓަލް ސިޓީތަކުގައި ނުވަތަ ބޮޑެތި އާބާދީތައް އުޅޭ ސަރަހައްދުތަކުގައި މީހަކު މަގަށް ނިކުމެގެން ދެ މިނެޓް އޭނައަށް ހިނގާފަ ދެވިގެންނުވާނެ ދިވެހި ފުލުހަކާ ބައްދަލުނުވެ. ކޮންމެވެސް އެއް ހިސާބަކުން. އެއީކީ ތަނުގެ ސަލާމަތާ ރައްކާތެރިކަން ގެއްލިގެނެއްނޫން. އެއީ އަޅުގަނޑުމެން ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރާކަން އެމީހާއަށް ޔަގީންކަން ދޭންވެގެން. އެހެންވީމަ އަޅުގަނޑުމެން ސަފުތައް ތަރުތީބުވެގެން އަންނައިރު އަޅުގަނޑުމެންގެ ގިމަ މީހުން ތިބެންވާނީ އޮޕަރޭޝަނަލީ ޕޮލިސިންގ ކުރަން. އަޅުގަނޑުމެންގެ މަދުބައެއް ތިބެންވީ އިދާރީ ކަންކަން ކުރުމަށް. އެވިސްނުމުގަ ކޮމިޝަނަރ އޮފް ޕޮލިސް މިހާރު ޕޮލިސް ސަރވިސްގެ ސްޓްރަކްޓަރ ބައްޓަންކުރައްވަމުން އެގެންދަވަނީ. އަޅުގަނޑުމެން ފެންނަން ބޭނުންވާ މަންޒަރަކީ ސްކޫލަށް ކުދިން ޑްރޮޕްކުރަން ދާއިރުގަ އެތާނގެ ޓްރެފިކް ކަންތައްތަކާ ، އެތާނގެ އޯޑަލީ ކޮންޑަކްޓާ ، އެތަނުގެ ކުދިންނާ ބެލެނިވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން ފެނުން. ސްކޫލްތައް ފެށޭ ގަޑި ސްކޫލްތަކުގެ ބްރޭކް ގަޑިތައް، ސްކޫލްތަކުގެ ޓްރާންސްފަރ އޮފް  ސެޝަންތައް ހިންގާ ގަޑިތައް، ސްކޫލްތައް ނިމޭ ގަޑިތައް. މިގަޑިތަކުގައި ފުލުހުން އެތަންތަނުން ފެނުމަކީ މުހިންމުކަމެއް. ހަމައެއާއެކު މީހުން ބިޒީވާ މާކެޓް ސަރަހައްދުތަކުގައި ، މިސްކިތްތަކުގައި މިތަންތަނުގައި ފުލުހުންގެ ޕްޓްރޯލީ ފުލުހުން ފެނުން. ފުލުހުންގެ ފިޒިކަލް ޕްރެސެންސް ފުލުހުންގެ އެންގޭޖްމަންޓް އިތުރުވުމަކީ އެއީ މިއަދު ދިވެހި ރައްޔިތުމީހާ އެދޭ އެދުން. އެއަށް ޖަވާބު ދާރީ ވުމަށް އަޅުގަނޑުމެން މިދެންނެވި ޕެޓްރޯލިންގ ގެ ބައި ހިމަނާފަ މިވަނީ. ތިބޭފުޅުން ވަރަށް ރަނަގަޅަށް ކުރައްވަމުންގެންދަވާ ކަމެއް ކޮމިނިޓީ އެންގޭޖްޑް ޕޮލިސިންގ ސަރވިސްއެއް ދިނުމަކީ މިހާރުވެސް. މިކަންހަމަ އިތުރަށް ކުރިއަށް ގެންގޮސް ދެއްވުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭކަމެއް.  

ފައިނަލީ ޑިޒާސްޓަރ ކަންކަމުގައި ގުދުރަތީ ކާރިސާ ހިނަގައިގެން އުޅޭ ހާލަތްތަކުގައި މިހާރަށްވުރެވެސް ބޮޑަށް ފުލުހުންގެ ދައުރު ރައްޔިތުންނާ ވަރަށް ގާތުން ރައްޔިތުންނަށް ޚިދުމަތް ދޭތަން އަޅުގަނޑުމެން ދެކެން ބޭނުންވޭ. ދިވެހި ރައްޔިތުމީހާ އެދޭ ދިވެހި ސިފައިންވެސް ޑިޕްލޮއި ކުރެވިފައި ތިބި ތަންތަނުން އަންނަ ފަދައިން ދިވެހި ފުލުހުންވެސް ޑިޕްލޮއި   ކުރެވިފައި ކޮށްމެ ތަނަކުން ރައްޔިތުމީހާ ހާލުގަ ޖެހޭ ވަގުތުގަ އަވަހަށް އައިސް އެމީހާގެ އަތުގަ ހިފުން. އެހެންވީމަ އަޅުގަނޑުމެން އެދެނީ އެގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތް ބައްޓަންވެގެން ދިއުން. މިއަދު މި ނެރެވުނު  ސްޓްރެޓީޖިކް  އެކްޝަން ޕްލޭނާ އެއްގޮތަށް އަޅުގަޏޑުމެންގެ ސަފުތައް ތަރުތީބުކޮށް އަޅުގަނޑުމެންގެ ހިންގުން  ހަރުދަނާކޮށް އަޅުގަނޑުމެންނަށް ގެންނަންޖެހޭ އާލާތްތަކާ އެއްޗެހި ހޯދާ މީހުން ރެކްރޫޓްކޮށް ތަމްރީންކޮށް މިކަންކަން ކުރުން އެއީ ސީނިއަރކޮށް މިތިއްބެވި އެގްޒެކްޓިވް އޮފިސަރުންގެ އެންމެ ބޮޑު އެއްޒިންމާ.

އަޅުގަނޑު އެދޭ އެދުމަކީ ކޮމިޝަނަރ އޮފް ޕޮލިސް އާއެކު ވަރަށް ގާތުން ތިޔައެންމެ ބޭފުޅުން ޓީމެއްގެ ގޮތުގައި މަސައްކަތްކުރައްވާ މި ޑެލިވަރ ކޮށްދިނުމަށް މަސައްކަތް ކުރެއްވުން. ދިވެހި ރައްޔިތުންގެ އުއްމީދުތައް ވަރަށް ފޮނި. ދިވެހި ރައްޔިތުން އެދޭ އެދުންތައް ވަރަށްގިނަ. ދިވެހި ރައްޔިތުން އަޅުގަނޑުމެންގެ ފަރާތުން ޚާއްސަކޮށް ދިވެހި ސަރުކާރުގެ ފަރާތުން އެންވިޝަންކުރާ ދިވެހި ރާއްޖެ ޑެލިވަރ ކުރުމަކީ އަޅުގަނޑުމެންގެ އެންމެންގެ ގުޅިފައިވާ ޒިންމާއެއް. މިކަމަށް ރައްޔިތުން އެތިބީ ފާރަވެރިވެގެން. އަޅުގަނޑު އެދޭ އެދުމަކީ ތިބޭފުޅުން މިކަމަށްޓަކައި %100 ސައުވީސް ގަޑިރުގަ ފޯކަސްބައިންދާލަ ދިނުން. ތިބޭފުޅުން އާއިލާއަށާ ގެއަށް ދޭންޖެހޭ ވަގުތުގެ އިތުރުން ހުރިހާ ވަގުތަކީ ދިވެހި ރއްޔިތުންގެ ޚިދުމަތުގައި ތިބޭ ވަގުތަކަށް އަޅުގަނޑުމެން  އެދެން ހަދާދިނުމަށް.

އަޅުގަނޑު ދުޢާއަކީ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ދިވެހި ފުލުހުން މިކުރާ މަސައްކަތުގައި ބަރަކާތް ލެއްވުން އަދި ދިވެހި ރާއްޖެއަކީ އަމަން އޮމާން އަދި ރައޔިތުންނަކީ އުފާވެރި މާހައުލެއްގައި އުޅެމުންދާ ރައްޔިތެއްކަމުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ލެހެއްޓެވުން.     

 

والسلام عليكم ورحمة الله وبركاته.