ފުލުހުންގެ ޚިދުމަތުން ބޭއްވި ސިމްޕޯޒިއަމް ހުޅުވުމުގެ ރަސްމިއްޔާތު

`

ފުލުހުންގެ ޚިދުމަތުން ބޭއްވި ސިމްޕޯޒިއަމް ގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ ޓެކްނޯލޮޖީ ޢަލީ އިޙްސާން ދެއްކެވި ވާހަކަފުޅު

(29 ފެބްރުއަރީ 2024)

 

 

 

 

އަލުގަނޑުމެންގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ، ޕޮލިސް ކޮމިޝަނަރ، ޑެޕިއުޓީ ކޮމިޝަނަރ، ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް، ވަޑައިގެންތިއްބެވި އެންމެހާ އިއްޒަތްތެރިން ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީނިއަރ އޮފިސަރުން އަދި މި ސިމްޕޯޒިއަމްގެ އެންމެހާ ބައިވެރިން  

 

السلام عليكم ورحمة الله وبركاته

އާދެ! ރާއްޖޭގެ މިވަގުތުގެ މިކްރައިމް ހާލަތު ދެންމެ ތަންކޮޅެއް ސްޓެޓިސްޓިކަލީ އަޅުގަނޑުމެންގެ އިންޓެލިޖެންސްގެ ފަރާތުން ޕްރެޒެންޓް ކޮށްގެންއެދިޔައީ. އަޅުގަނޑު މީގެ ޕާސްޕެކްޓިވް ކުޑަކޮށް ބަދަލުކޮށްފަ ކިޔާދޭނަން އިގޭތޯ. ރާއްޖޭގަ އަޅުގަނޑުމެން މިހާރު މިކިޔާދެމުން އަންނަ ކޮންސެޕްޓެއް ނޭޝަން ކަންޓްރީ ކޭސް ކޮންސެޕްޓަކީ. ނޭޝަން އޭޒް އިން ދިވެހިން ނުވަތަ އަޅުގަނޑުމެންގެ ރައްޔިތުން ނުވަތަ މީހުން ކަންޓްރީއޭ ނުވަތަ ރާއްޖެއޭ ބުނީމަ އެއީ ޓެރިޓަރީ ނުވަތަ ސަރަހައްދު އަދި ސްޓޭޓްމީ. އަޅުގަނޑުމެން ދައުލަތުގެ ތެރޭގަ އެހެން ގައުމުތަކާއެކު މިހެދިފަ މިއޮންނަ އެރޭންޖްމަންޓްސް  މުޅި ދުނިޔޭގަ އޮންނަނީ. އެހެންވީމަ މި ތިންދިމާލުން ކޮންދިމާލަކަށް ކޮންކަމަކަށްތޯ ތްރެޓް އަންނަނީ. މި އެނގިގެންނޫނީ މިހައްލުކުރުމަށް ފަސޭހައެއްނުވާނެ އަޅުގަނޑަށް މިހާތަނަށް  މި މަގާމަށް އައިސްއަ ހޯދުނު މައުލޫމާތުތަކާ ފެނުނު މަންޒަރުތަކާ އަދި ކުރީގަ ދިވެހިރާއްޖޭގެ އަސްކަރީއްޔާގަ އުޅުމުގެ ތެރޭގަ ފާހަގަ ކުރެވުނު ކަންތަކަށް ބަލާއިރު ރާއްޖޭގެ މުޅި ކްރައިމް އެންވަޔަރަންމަންޓް މެނޭޖް ކުރުމުގައި އަޅުގަނޑުމެންގެ ފޯކަސް ގެއްލިފައި މިވަނީ. ބޭރުމީހަކު އައިސްއަ މި ބުނަނަނީ ދިވެހި ރައްޖެއަށް އޮތް އެންމެ ބޮޑު ތެރަޓަކީ އަޅުގަނޑުމެން ހަށަންބަންނަ ހިސާބު މަތިވީމަ، އޭނަގެ ފަރާތުން އަންނަ ބިރޭ. ބުނެގެން އަޅުގަނޑުމެންގެ މުޅި މުއައްސަސާތައް މިއޮންނަނީ ޓެރެރިޒަމްއަށް ގޮސް އެކަމަށް ހުސްވެފަ. އަޅުގަނޑު ބަލާލިއިރު ދިވެހިރާއްޖެއަށް އޮތް އެންމެ ބޮޑު ތްރެޓަކީ ވަގުން ގިނަވުން. ދިވެހި ރައްޖޭގަ މިހާތަނަށް ފާހަގަ ކުރެވުނު، ތިބޭފުޅުނަށް އެނގިވަޑައިގަންނަވާނެ. ދިވެހިދައުލަތުގެ ތެރޭގައި ސަރުކާރުތައް އެސްޓަބްލިޝްވެގެން ކޮންމެ ފަސްއަހަރަކުން  ފަސްއަހަރަކުން  މިހާރު މިފަހަކަށް އައިސް މިބަދަލުވަނީ. އަންނައިރުގަ ކޮންމެ ސަރުކާރެއް މިދަނީ މޮޅު ނަމެއް ކިޔާ ވަރުގަދަ ވައްކަމެއް ކޮށްލައިގެން. އެކަމަކު އަނެއް ފަސްއަހަރު އަޅުގަނޑުމެންނަށް އެއެއްޗެއް ނުއެއްބެލޭ. އެއީ ލީގަލް އެހިސާބުންވީ. ރަށެއްގެ ގަހަކުން އަނބު ބިންނަ މިހާގޮވައިގެން ކޯޓަށްގޮސް އޭނަ އަނބުބިން ގޮތާ އޭގެ ރިޕޯޓްހަދާ އޭނަ ޕްރޮސެކިއުޓްކުރަންގޮސް ޖަލަށްލާ އޭނަ ރީހެބިލިޓޭޓް ނުވެގެން އަޅުގަނޑުމެން މިތިބަ ހަލާކުވަނީ މުޅި ސިސްޓަމް. އެކަމަކު ބިލިއަނުން ނަގާގެންދާމީހާ ހަމައޯކޭ. އޭނަ މާދަމާ ރައީސްކަމަށް ކުރިމަތިލާންވީ. މީ ދިވެހިރާއްޖެއަށް މިވަގުތުއޮތް އެންމެ ބޮޑު ތްރެޓަކީ.

 

 

އަޅުގަނޑުމެންގެ އެގްޒިސްޓެންސަށް އިންޑިޕެންޑެންޓް ލޯއެބައިޑިންގ ގައުމެއްގެ ގޮތުގައި  އެގްޒިސްޓެންސަށް އޮތް އެންމެ ބޮޑު ތެރެޓަކީ އަސްލުމީ. ދިވެހި ސިފައިންގެއިން އަދި ދިވެހި ފުލުހުންގެއިން އިއުލާން ކޮށްލީމަ ކޮޅަށްހުރެ އެއްސީދަލަށް ހިނގާ 100 ފިރިހެނުން،  އަންހެނުން ނުލިބިގެން މިއުޅެނީ. ހަކުރަށް މަސްތުވާ ތަކެއްޗަށް ގޮސްހުސްވެއްޖެ އެންމެން. ދެންމެ އަޅުގަނޑުމެން މިތާ ތިއްބާ ގދ. ތިނަދޫ ކޯޓުން ހުކުމްކުރީ 50 ގްރާމް މަސްތުވާތަކެތި  ހިފައިގެންގޮސް ހައްޔަރުކުރިމީހާ އޭނަ ހައްޔަރުކުރިއިރު އިންޓަރވިއު ކުރިއިރު އެރެކޯޑް ނުކުރާތީ. އެއިޖްރާތުގަ ރެކޯޑް ކުރަންޖެހޭ އެރެކޯޑް ނުކުރާތީ. އޭނަ ދޫކޮށްލައިފި. ހައްޔަރުކުރާ މިހާ ފުރިހަމަކުރާ އިޖްރާތަކާ  މީނަކުރި ކުށަކާ އޮތް ގުޅުމަށް އަޅުގަނޑަކަށް  ހަމައެއްގޮތަކަށްވެސް އަންޑަސްޓޭންޑެއް ނުވޭ. އެކަމަކު އަޅުގަނޑުމެން އެންމެން ގާނޫނުތައް ލިޔެގެން އޭގެ މައްޗަށްއަރާ އެ އެންފޯސްކުރަން މިތިބެނީ މިކަންއެނގިގެންނޭ. 50 ގުރާމް މަސްތުވާތަކެތި ދިވެހި ދަރީނަށް ކާންދީފަ އޭނަ މިއަދު އެހެރީ މިނިވަންވެފަ. އެކަމަކު ހަމަބަރާބަރަށް ކޯޓްތައް ފަންކުޝަންކުރޭ ފުލުހުން ބަރާބަރަށް ތަހުގީގުކުރޭ. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މީގެ ތިންދުވަސްކުރިން އަޅުގަނޑު ހަނދާންވަނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގް ނުކޮށްފޮނުވާލި ބިލެއް އަނެއްކާ ގާނޫނަކަށް ހަދާލަން ނެގީ ބަރާބަރު ކިތަށް ގަޑިއިރު ދޮޅުގަޑިއިރުނުވޭ. މަޖިލިހުން އެކަން ނިންމައިފި. މިތިބަ ބައެއް ގާނޫނުތަކުގައި މައްސަލަ އުޅޭތާ 13 އަހަރުވަނީ. އަޅުގަނޑުމެނަށް އެގާނޫތައް އިސްލާހުކޮށްލާކަށް ވަގުތެއްނުވޭ. މީމައްސަލައަކީ.

 

އަޅުގަނޑުމެންގެ ތެރޭގައި އޮގަނައިޒް ކްރައިމް ގޭންގްތަކުގެ ލީޑަރުން މިގުޅަނީ ހޯމްމިނިސްޓަރަށް ރުހުންނުދޭހޭ. ޖެހިގެން މަޖިލިސް މެމްބަރު މިގުޅާފަ މިބުނަނީ  އޭކަލޭ މާގިނައިން މިހާރު މަސްތުވާތަކެތި ހިފަހައްޓާތީ ކަލެއަށް ރުހުން ލިބޭކަށްނެތޭ. މީރާއްޖޭގެ މައްސަލައަކީ. ގޭންގު ލީޑަރަކު ހައްޔަރުކުރާއިރަށް ދެމިނިސްޓަރުން ތިން މެމްބަރުން ސީނިއަރ އޮފިސަރުން ކޯޓުތަކުގެ ވެރިން ގުޅަނީ މީނަ ދޫކޮށްލަން. މީރާއްޖޭގެ މައްސަލައަކީ. ވަކި ޖަމާއަށް ހަދައިގެން އެކްސްޓްރީމްކޮށް ނަމާދުކޮށް ދީނުގައި ހައްދުފަހަނައަޅާ ދިއުމަކީ ޔޭސް ކުށެއް. އެކަމަކު ރާއްޖޭގެ ނިސްބަތުން އޭގެ އިންޕެކްޓް މީހުންގެ ލައިފަށް ސިގްނިފިކެންޓްލީ އައިސްއިން ވަރަށްވުރެ މިދެންނެވި ކަންކަމުން އައިސްއަ އިންވަރު މާބޮޑު. ރާއްޖޭގެ ކޮންމެ ރަށަކަށް މިނިސްޓަރެއް ދިޔައަސް ކޮންމެ ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތަސް ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވައްކަންކުރާ މީހުންގެ މައްސަލަބޮޑުވުން. ދެންމެ މިތަނުން ފާހަގަ ކުރައްވައިފި. އިންޓެލިޖެންސް ބްރީފިންގަ ތަކުރާރުކޮށް ވައްކަން ކުރާމީހުން. އައްޑު އަތޮޅު ހިތަދޫ ޕޮލިސްސްޓޭޝަނަށް އަޅުގަނޑު ޒިޔާރަތް ކުރިއިރުގަ އެރަށުގައި ތިބި ހުރިހާ ވަގުންގެ ފޮޓޯ ޕޮލިސް ސްޓޭޝަންގައި އެބަހުރި. އެންމެން އައިލޭންޑް ވައިސްކޮށް އޭސީޕީ ޝަމީމް އަޅުގަނޑަށް ބްރީފް ކޮށްދިނީ. ހަމައެއާއެކު ގޭންގް މީހުން ވެސް އެބަތިބި ބަރާބަރަށް ފޮޓޯއާއެކީ. އެކަމަކު އެމީހުން ރަށްތަކުގަ ތިބީ. މުޖުތަމަޢުގަ. މިއީ މައްސަލައަކީ.

 

އަޅުގަނޑުމެން އިންޓެލިޖެންސަށް ހެސްކިޔާފަ ޚަރަދުކުރަނީ. ދިވެހިރާއްޖޭގެ ކޮންމެރަށަކަށް އަރާ އެރަށުގެ ކަންމަތީގަ ހުންނަމީހަކު ގެއަށް ވައްދައިގެން މިރަށަށް މަސްތުވާ އެއްޗެހި އެތެރެ ކުރަނީ ކާކުހޭ އަހާލާއިރަށް ބުނާނެ ކާކުކަން. މިހިރަ ހައްވަގޯތި ހަސަން ކުރަނީ. މިއަދުވެސް ގެނައޭ. ރޭގަވެސް ގެނައޭ. ދެން އޭނާ ދޭނީ މީނާއަށޭ. އޭނާ ދޭނީ މީނާއަށޭ. ބަރާބަރަށް ކިޔާދޭނެ. ތިބޭފުޅުންނަށް އެނގިލައްވާނެ މީ ތެދު ވާހަކައެއްކަން. އެކަމަކު އެމީހުން ތިބެނީ އޯޕަންކޮށް. ރައްޔިތުންގެ މަޖިލިހަށް މިހާރު ކުރިމަތި ލައިފަ ތިބި މީހުންގެ އެސެސްމެންޓެއް ހަދާލާއިރު ދެބައިކުޅަ އެއްބައި މީހުންނަކީ ފުލުސް އޮފީހަށް ކޮންމެވެސް މައްސަލައެއްގައި ހާޟިރުކޮށްފައި. އޭގެތެރެއިން ބޮޑުބަޔަކީ ހެއްކާއި ގަރީނާ ހުރެމެ ފުލުހުންނަށް އެކަން ޤަބޫލު ކުރެވިގެން ކޯޓާހިސާބަށް މައްސަލަ ފޮނުވާ ކޯޓުން ސަލާމަތްވެފައިވާ މީހުން. ތެދެއް. ކޯޓް ކުރިމަތީގައި ކުށްވެރިއެއް ނުވޭ. އެކަމަކު މާދަމާ އެއީ އިއްޒައްތެރިއެއް. މީ ރާއްޖޭގެ މައްސަލައަކީ.

 

އަޅުގަނޑުމެން އެންޓި ސޯޝަލް ބިހޭވިއާ. މަގުމަތިން އަންހެން ކުއްޖަކު ދާއިރަށް އޭނާއާ ބެހުން. މީ މިހާރު ޢާންމުކަމަކަށް ވެއްޖެ. ކޫލް ކަމަކަށްވަނީ. އެކަމަކު މީ ކުށެއް. ބައިނަލް އަޤުވާމީ މުޖުތަމައުގަވެސް މީ ކުށެއް. ރާއްޖޭގައިވެސް މީ ކުށެއް. އެކަމަކު މީ އޯކޭ މިހާރު. ދިވެހި ރާއްޖޭގެ ގޭންގް ލީޑަރުންނާއި ޑްރަގްސް ވިއްކާމީހުން ކާރުތައް އެތެރެ ކޮށްގެން ދުވަހަކު ވަޒިފާއަށް ނުދާމީހާ ކާރު އެތެރެ ކޮށްގެން އޭނާ ހިތަށް އެރި ނަންބަރެއް. އޭނާ ހިތައް އަރާނީ މިއަދު ހޭލާފަ އަހަރެން ދުއްވާނީ 1010  އޭ. އެޖެހީ ކާރުގަ 1010. ހުއްޓުވާފަ އޭކަލޭ ކާރެއްހޭ ވެސް އަހާނުލާ. އެކަމަކު ޤާނޫނުތަކުން ބަރާބަރަށް އަޅުގަނޑުމެން ފުލުހުންނަށް ވެސް ބާރު އެބަލިބިދޭ. އެ ކާރު ހުއްޓުވާފަ އޭނާ ކައިރީގަ ކޮބައިހޭ ރަޖިސްޓްރީ އަހާލަން. ރަޖިސްޓަރީ ނެތިއްޔާ އެކާރު އިންޕޯޓް ވެސް ނުކުރެވޭ ޤާނޫނުގައި ވާގޮތުން. ފާއިތުވި 3 އަހަރު އެގޮތަށް ކިތަށްކާރުހޭ ހުއްޓުވީ ކިތަކެއްހޭ  އިންޕޯޓްކުރީ.

 

އަޅުގަނޑު ރާއްޖޭގެ އެންމެބޮޑު އެއް ކުންފުނީގައި 7 އަހަރު ވަންދެން ސީއީއޯ  ކަންކޮށްފަ ހުރެފަ ބޭންކް އެކައުންޓަށް ފަންސާސް ހާސް ރުފިޔާ ޖަމާވީމާ ބޭންކް އޮފް މޯލްޑިވްސް އިން އަޅުގަނޑަށް ގުޅި. ގުޅާފަ ކަލޭ ކޮންތާކުން ހޯދި ލާރިއެއްހޭ. އީ މެއިލް އަކުން މިކަން ކިޔާދޭށޭ. އަޅުގަނޑު އީމެއިލް އިން ކިޔާ ދިފިން. ކިޔާ ދިނީމާ ތީގެ އަދި ސޯސް އެހާ ރަނގަޅަކަށް ނޭގެއޭ. ކޮންކަހަލަ ސޯސްއެއް ކަމެއް ނޭގޭ. ކާންބޯން ބޭނުންކުރާ ސޯސްއެއްކަމެއް. އެހާވަރަށް އަޅުގަނޑު އޭނައަށް ކިޔާދީފިން. އެކަމކު ދިވެހިރާއްޖޭގައި ގޭންގްތައް ހިންގާކަމަށް ގަބޫލުކުރެވޭ މީހުން އޭނާގެ އުމުރުން އަދި ދުވަހަކުވެސް ރަސްމީ ވަޒީފާއަކަށް ނުދާމީހާގެ އެކައުންޓްގައި ދޮޅުއަހަރު ތެރޭގައި އަށްޑިހަ މިލިއަން ރުފިޔާ ދައުރުވީމަ އޯކޭ. އޭނާ ގޮސް އަމީނު އެވެނިއުގަ ބޮޑު ސިންގާ ދެޕެންޓް ހައުސް އެއްކޮށްލައިގެން ދިރިއުޅެން އޯކޭ. އެފެންނަ މީހެއްވެސް ބަލާ މީހެއްވެސް ނެތް. އަނެއްކާ އެ ފެނުނީމަ މައްސަލައެއްކަމަށް ޤަބޫލު ކުރެވޭ މީހެއްވެސް ނެތް. ބޭރު މީހެއްގެ އެކައުންޓަށް ފައިސާ ޖަމާކުރެވިގެން އަޅުގަނޑުމެން މިއުޅެނީ އަޅުގަނޑުމެން ދެ ވުޒާރާ މަސައްކަތް ކުރާތާ 3 މަސް މިވަނީ. މިއިން ތަނެއް ބަންދުކުރަންނޭގޭ. ޤާނޫނުގެ ތެރެއިން.

 

  ހަށިވިއްކުން ދެންމެ މިތާ ފާހަގަ ކުރައްވައިފި. 111 ތަން ޜާއްޖޭގައި އެބަހުރި . މާލެ ސަރަހައްދުގައި. އެއްވެސް ހުއްދައެއްނެތި ބަރާބަރަށް މިކަން ކުރަނީ. އަޅުގަނޑުމެންނަށް މިކަން އެނގޭ. ހުރިތަންތަން އެނގޭ. ހުއްޓުވާނެ ގޮތެއްނެތް. އެހެންވީމަ މީއަޅުގަނޑުމެން މިއަދު ހޯދަންޖެހޭ ސޮލިއުޝަނަނަކީ.

 

   

ދިވެހިރާއްޖޭގައި މިހާރު އަންނަމުން އަންނަމުންއައިސް ފުލުހުން އެއްވެސް ސިޔާސީ މަގާމެއް އެއްވެސް އިރަކު އަދާކޮށްފައިހުރި މީހަކު ކުރާ ކުށެއް ތަހުގީގު ކުރަން ބިރުގަނޭ ޖެހިލުންވޭ. އެއީ ކީއްވެ. އެއީ ފުލުހުން ސިޔާސީވަނީ އެއީއެއްނޫން ފުލުހުން ސިޔާސީ ވުމަކީ. ސިޔާސީ އޮފީހެއް ހޯލްޑް ކުރުމަކީ ކުށްކުރުމަށް ލިބޭ ލައިސަންސެއްނޫން. ތިންމަސް ދުވަސްވީ އަޅުގަނޑުމެން މިއުޅެނީ ނަތީޖާ ނުނެރެވިގެން ބައެއް ކަންކަމުގެ އަދަދުތައް ކިޔާލާނަން އިގޭތޯ. ރާއްޖޭގައި ސިޔާސީ ފަރާތްތަކާ ގުޅުންހުރި ކުންފުނިތަކަށް ފާއިތުވެދިޔަ ފަސްއަހަރުތެރޭގައި ފަސްބިލިއަން ރުފިޔާ އެބަހުރި ކުންފުނިތަކަށް ޖަމާކޮށްފަ. ދިވެހި ދައުލަތުގެ ފައިސާއިން. ފަސްބިލިއަންރުފިޔާ، ފަސްސަތޭކަ މިލިއަން ރުފިޔާ ފަންސާސް މިލިއަންރުފިޔާ އެބަހުރި ކުންފުނިތަކަށް ޖަމާކޮށްފަ އިއްޔެ މެންދުރު  ކުންފުނި އުފެދެނީ މާދަމާ ސަރުކާރު ކުންފުންޏަކުން އެބަހުރި ސަތޭކައައްޑިހަ މިލިއަންރުފިޔާ އެކުންފުންޏަށް ޖަމާކޮށްފަ. އެއީ މައްސަލައަކީ. އެބެލެންޖެހޭ ލޯއެބައިޑިންގ ގައުމެއްގައި. އެކަމަކު އަނބު ވަގަށް ނަގާ މީހާ އެއީ ވަރަށް ބޮޑު ވަގެއް. އެކަންވެސް އެއީ އީކުއަލީ ގޯސްކަމެއް. އެވަރަށް އަޅުގަނޑުމެން އެލައިންވާންވީ މި ސިންޕޯސިއަމް ނިމޭއިރު.

 

 

އަޅުގަނޑުމެން ސްޓޭޓެއްގޮތަށް އޮންނައޮތުމަށް އެންމެބޮޑަށް އަސަރުކުރާ އެކަށްޗެއްމީ އެކްސްޓްރީމިޒަމް ޓެރެރިޒަމްއަކީ. ސްޓޭޓެއްގޮތަށް އޮންނައޮތުން އެކިއެކި އިންޑެކްސް ތަކުގައި އަޅުގަނޑުމެން ދަށަށް ދިއުން. ހިއުމަން ޓްރެފިކިންގ މައްސަލަތަކުގައި އަޅުގަނޑުމެން ދަށަށް ދިއުން.   ސްޓޭޓެއްގޮތަށް އޮންނައޮތުމަށް އަންނަ އިންޕެކްޓް. ޓެރިޓަރީގައި އަޅުގަނޑުމެން ބަލާލާއިރުގައި މާބޮޑުކަމެއްނެތް. އަދި ރާއްޖޭގައި އެހެންނަމަވެސް އަޅުގަނޑުމެން ވިސްނުން ބަހައްޓަންޖެހޭނެ. އިވޯލްވިންގ ތްރެޓްސް ބޭނުންކުރެވޭ. ޓާސްކްފޯސްގެ މަސައްކަތުން މިދިޔަ ގާތްގަޑަކަށް ދެމަހާބައިގެ މުއްދަތުގެ ތެރޭގައި ފަންސާސް ޕްލަސް  ބިލިއަން ރުފިޔާގެ ޑްރަގްސް  އިންޓަރސެކްޓްކުރެވި ވަނީ އަތުލައިގެންފަ. މިގޮތަށް 12 މަސްދުވަހު މަސައްކަތް ކޮށްފިއްޔާ ފަންސާސްގުނަ އަދި ހައެއް ތިންސަތޭކަ މިލިއަންރުފިޔާގެ ޑްރަގްސް އަޅުގަނޑުމެންނަށް މިނޯމަލް ރޫޓިންގ ތެރެއިން އެބަހިފަހެއްޓޭ. އެހެންނަމަވެސް މަސްތުވާތަކެތީގެ މާހައުލަށް އަދި ހަމަނައާދޭ އެއްވެސް ބަދަލެއް. އޭގެއިން މިއަންގައިދެނީ މިކަމުގެ ސްކޭލް އޮތްވަރު.  

  

 

ކޯޓުތަކުގެ މައްސަލަތައް ފުނިޖެހިފަ ހުރިހުރުމަށް ހައްލު ހޯދަން އަޅުގަނޑުމެން ސަރުކާރުން އިނީޝިއޭޓިވާއެކު މިހާރުވާނީ ކޯޓް އިމާރާތެއް ޑެޑިކޭޓް ކުރެވިފަ އެތަން ނިމުމުގެ މަސައްކަތް މާތްކަލާގެ އިރާދަފުޅާއެކު  ފެށިފަވަނީ.  ކޭސްތަކެއް އަޅުގަނޑުމެން އެބަ އޮޑިޓްކުރަން. ބޮޑެތި މަސްތުވާތަކެތީގެ މައްސަލަތަކުގައި. މިމީހުންގެ މައްސަލަ ކުރިއަށް ނުގެންގޮސްގެން އުޅެނީ ކީއްވެގެންތޯ. 2017 ވަނަ އަހަރު މީހަކު މެރީ ރޯމާދުވާލު ސީސީޓީ ކެމަރާގެ ރެކޯޑިން  ކުރިމަތީގަ މީހަކު މަރާލާފަ އެކަމަކު އެގާޒީ ހަމައެއްވެސް ތަނެއް ދޮރެއް ނުފެނުނު. ހުރިހާ އެންމެން މިނިވަންވީ އިއްޔެ ނޫންއިހަށްދުވަހު. އަޅުގަނޑުމެން އެބަ ބަލަން މީ ފުލުހުންގެ ތަހުގީގު މައްސަލައެއްތޯ. ޕްރޮސެކިއުޝަންގެ މައްސަލައެއްތޯ. ކޮންތާކުންތޯ  މައްސަލަޖެހިގެން މިއުޅެނީ . ގާޒީންނަށް މިއެއްޗެހި ފެންނަވަރަށް އަޅުގަނޑުމެންނަށް މިކަން ނުވެގެން މިއުޅެނީ ކީއްވެގެންތޯ.

 

 

ޕްރެޒެންސް އިންކްރީޒް ކުރަން ކޮމިޝަނަރގެ އިނީޝިއޭޓިވް ތެރެއިން ޕޮލިސް ޕްރެޒެންސް މާލޭގެ މަގުތައް މަތީ އިންކްރީޒް ކުރީމަ ރަނގަޅު އެބަދަލު ފެނޭ. ރައްޔިތުން ހިތްހަމަޖެހޭ. އަޅުގަނޑުމެން ޚިދުމަތް މިދެނީ ދިވެހި ރައްޔިތުމީހާއަށް. އޭނާ ހިތަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުވާހާ ހިނދަކު ސަލާމަތާ ރައްކާ ތެރިކަން ކަށަވަރެއް ނުވާނެ. އަޅުގަނޑުމެންގެ ސްޓެޓިސްޓިކުން ކޮންމެ އެއްޗެއް ދެއްކިއަސް އެމީހާ ހިތްހަމަޖެހިގެން ސޭފްކަމަށް ފީލް ނުވާކަމަށް ވެއްޖެނަމަ ސޭފެއްނޫން. އަޅުގަނޑުމެން ގެންގުޅޭނީ މިހާރު ޒީރޯ ޓޮލެރެންސް އޭގެ ޒާތުގައި އަސްލު ޒީރޯ   ޓޮލެރެންސްގެ ގޮތުގައި.  ސްޓެލްކޯ ކުރިމަތީ ކެފޭއެއް ހަދާލައިގެން ޒީރޯ ޓޮލެރެންސް ޖެހިއަސް މިކަމެއް ނުވާނެ. އަޅުގަނޑުމެންގެ ލޯއެންފޯސްމެންޓް އޮފިސަރުން އަޅުގަނޑުމެން ޓޮލެރޭޓެއް ނުކުރާނަން ޚާއްޞަކޮށް ގާނޫނާ ގަވާއިދާ ޚިލާފު ވީމަކާ. ޚާއްޞަކޮށް ރާއްޖޭގެ ސެކިއުރިޓީ ކޮންޕްރަމައިޒް ކޮސްފިއްޔާ. ހަމަ މީތި އެޕްލައިވާނެ ޕްރޮސެކިއުޓަރުންނަށް. މީތި އެޕްލައިވާނެ ކޯޓް ތަކުގެ ފަނޑިޔާރުންނަށްވެސް. ހުރިހާ އެންމެނަކީވެސް މިނިވަން މުއައްސަސާތައް.  އެބައެއްގެ ޒިންމާގެ ތެރެއިން. އެއްވެސް މީހަކަށް ރާއްޖޭގެ ގާނޫނު ފުނޑާލުމުގެ މިނިވަންކަމެއް ނޯއްނާނެ.

 

ވަން ޓް ޓޫއިޔަރސް ތެރޭގައި އަޅުގަނޑުމެން މިމަސައްކަތް ކުރާނަން ބައިޕާޓްސް އިން އެޕްރޯޗެއްގަ އަޅުގަނޑަށް ވާހަކަ ދެއްކޭ  އަޅުގަނޑުމެންގެ މިހާރުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކާވެސް ގައުމީ މައްސަލަތަކުގައި. ހަމަ އުފަލާއެކު ފާހަގަ ކުރަން ޚާއްޞަކޮށް މިވަގުތު ރާއްޖޭގެ ރައްޔިތުން މަޖިލިހުގެ ރައީސް. ސްޕީކަރ މިގާނޫނުތަކަށް އެއްބާރުލެއްވުން ދެއްވާ ބަދަލުތައް ގެނައުމަށް އަޅުގަނޑުމެންނަށް ފުލްކޮށް ސަޕޯޓް ދެއްވާނެކަމަށް ޔަގީކަން ދެއްވާފައޮތީ. ފައިނޭންޝަލް އިންވެސްޓިގޭޝަނަކީ އަޅުގަނޑުމެން ސްޓެރެންތެނިންގ ކުރަންޖެހޭ އޭރިއާއެއް. ދިވެހިރާއްޖޭގަ ޑްރަގްސްނަގާ މީހާގެ ޑްރަގްސްކޮޅު ހިފައިގެންގޮސް އެއްޗެއް ސާބިތުކޮށްދިނުމުގަ އެކަމެއް ނުކުރެވޭނެ އަޅުގަނޑުމެނަކަށް އެނުވި. އެތައް ދުވަހެއް ވެއްޖެ އަޅުގަނޑުމެން މިކަން ކުރަން އުޅޭތާ ނުވޭ. އެހެންވީމަ މިހާރު ކުރަންޖެހޭ ކަމަކީ. އެމީސްމީހުންގެ ފާއިނޭންޝަލް އިންސްޓްރަކްޗަރ ހުރިގޮތް ބަލަންވީ. އެއީ ތަހުގީގަކަށް ވާންވީ. ދެންމެ މިތާ ފާހަގަ ކުރައްވައިފި އޯވާ ތްރީހަންޑްރެޑް މިލިއަން ރުފިޔާގެ ކޯސްޓް ޓްރޭޑިންގ އެބަދޭ ރާއްޖޭގެ ސަރަހައްދުގައި އަންއެކައުންޓެޑް. މުދާ ނައާދޭ ފައިސާ އެބަދޭ. ސުވާލަކީ ކޮންކަމަކަށްހޭ އެފައިސާ އެދަނީ. މީ އަޅުގަނޑުމެން ތަހުގީގު ކުރަންޖެހޭ ކަމަކީ.

 

 

އިންޓެލިޖެންސް އިންސިޓިޓިއުޝަން. އަޅުގަނޑުމެންގެ އިންޓެލިޖެންސްގަ  މިހާރުވެސް އެބައޮތް ހައެއްކަ މުއައްސަސާ. މިމުއައްސަސާތަކުގަ ހުރި މައުލޫމާތު އެއްދިމާލަކަށް ގެނަސް ސެންޓްރަލް އެނަލިސިސްއެއް ހެދުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނަން އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް 2 އަހަރެއްހާ ދުވަހުގެ ތެރޭގަ. ސިސްޓަމް ކުލިންސް ކުރުން މީ އަޅުގަނޑުމެން ފޭސް ކްލީންސް ކުރާފަދައިން ކުރަންޖެހޭކަމެއް. ފުލުހުންގެ ތެރެ. ޕްރޮސެކިއުޓަރގެ އޮފީސްތެރެ. ކޯޓުތަކުގެ ތެރޭގަ. ޖަލުތަކުގަ. މާފުށީޖަލުން އަޅުގަނޑުމެނަށް ފާހަގަކުރެވުނު 22 އޮފިސަރުން. އެމީހުން އަތުގަ ނުހުންނަން ޖެހޭ ވަރަށް މުއްސަދިކަމާއެއްޗެހި ގެންގުޅޭ 22 އޮފިސަރުން. އެމައްސަލަތައް އަޅުގަނޑުމެން ބަލާނަން. ޖަލުގޮޅީގަ އޮވެގެން. އެންޖޮއިން ވިތް މައި މެއިޑްސް. ސްޓޯރީ އަޕްޑޭޓްކޮސްލަނީ. ޖަލުގޮޅީގަ. އެގޮޅިއަށް ރެއިޑްކޮށް މިރޭ ފޯނުނަގަނީ އަނެއްދުވަހު ހެޕީޑޭ ވިތް ފްރެންޑްސް އަނެއްކާވެސް ސްޓޭޓަސް އަޕްޑޭޓް ކޮށްލަނީ. އަނެއްކާ ރެއިޑްކުރަނީ ފޯނުތައް ނަގަނީ ހަމަ އެގޮޅިން. އަނެއްކާ އޭނަ ޒިންމާވެސްވަނީ އެއަށް. އޭނަ އެބަބުނޭ ބައްލަވާ އަޅުގަނޑުގެ ފޯނެކޭ. ނެގީ އަނެއްދުވަހު އޭނަ ހެޕިބަރތްޑޭ ފޭސްބުކްގަ ޕޯސްޓްކޮށްލާ އޭނަގެ ފްރެންޑަކަށް. ކިހާދެރަކަމެއް. އެހެންވީމަ މުޅިސިސްޓަމް ކްލެންސް ކުރުން އެއީ އަޅުގަނޑުމެން ވަން ޓް ޓޫއިއަރސް ތެރޭގައި ކުރަންޖެހޭކަމެއް.

 

 

 އަޅުގަނޑުމެންގެ ކީ  އިނީޝީއޭޓިވް މިހާރު އެނގިވަޑައިގަންނަވާނެ ހޯމް ޓީމެއްގެ ގޮތުގައި ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީއަށް މި ބޭނުންވާ ހުރިހާ އިދާރާތަކެއް ދެވިފަ މިހާރު މިކަން ނުކުރެވެންޖެހޭ ސަބަބެއްނެތް. އަޅުގަނޑުމެންނަށް ދެއްކޭނެ އެކްސްކިއުޒެއްނެތް. އަޅުގަނޑުމެން ބަލައިނުގަންނާނަން ޝޯޓްފޯލްއެއް ބަލައެއް ނުގަންނާނަން އަންޑަރ ޕާރފޯމަންސްއެއް. މިހާރު ސަރުކާރެއް ތަރުތީބުވާންޖެހޭގޮތަށް ތަރުތީބުވެފަ މިއޮތީ މިކަންކަންކުރަން. ވަންކަރެކްޝަނަލް ފެސިލިޓީސް ހެދުމުގެ މަސައްކަތް  މިހާރު ސަރުކާން ވަނީ ކުރިއަށް ގެންދަން ނިންމަވާފަ. އަޅުގަނޑުމެންގެ ވިސްނުމަކީ ރާއްޖޭގެ އެތަންމިތާ ޖަލު ހެދުމުގެ ބަދަލުގަ  ކަރެކްޝަނަލް ފެސިލިޓީއެއް. އެތަނުގެ ތެރެއަށް ވައްދާމީހާ އަނެއްކޮޅުން ނިކުމެގެން އަންނާނީ މުޖުތަމައަށް ފައިދާހުރި ބޭނުންތެރި މީހެއްގެ ގޮތުގައި ހެދޭކަހަލަ ޖަލުތަކެއް ނުވަތަ ސިސްޓަމެއް އެސްޓަބްލިޝްކުރުން އެއީ ޓާގެޓަކީ. އެތަންމިތާ ގޮޅިހަދައިގެން މީހުން ބަންދުކުރުމެއްނޫން.

 

 

ހޯޕް އައިލޭންޑް އަޅުގަނޑުމެން  މީ މިހާރު ކިއަމުން އަންނަނަމެއް އަތްމަތީނަމެއްމީ. އެހެން ނަމަވެސް ކޮންސެޕްޓަކީ ރާއްޖޭގަ  ކުށަށް ހުށަހެޅޭ ދެންމެ އިންޓެލިޖެންސްގަވެސް ފާހަގަ ކުރެއްވި ފަދައިން ކުށަށް ހުށަހެޅޭ  ރިސްކަށް ދާހެން އަޅުގަނޑުމެނަށް ގަބޫލުކުރެވޭ. އެއީ އެޑިޔުކޭޝަން މިނިސްޓްރީ ތުރޫކޮށްވިއަސް. އަދި ޕޮލިސް ތުރޫކޮށްވިއަސް. އޭނާ ކުށަށް ހުށަހެޅޭ ހިސާބުން އޭނާ ދައުލަތުގެ ބެލުމުގެ ދަށަށްގެނެސް ވަކި ރަށެއްގަ ބަހައްޓައިގެން ސައިކޯސޯޝަލް އިންޓަރވޭޝަނާ  ތައުލީމާ އޭނައަށް ބޭނުންވާ ސްކިލްސް ޑިވެލޮޕްކޮށްދީ 18 އަހަރުވަންދެން ފެމިލީއާއެކުގަވެސް އަދި ބައެއް ހާލަތުގަވެސް ފެމެލީއަށް އިންވައިޓްކޮށްގެންވެސް އެރަށުގަ ގެންގުޅެ 18 އހަރުވީމަ ފުލުހުންގެއަށް ނުވަތަ ސިފައިންގެއަށް އެމީހާ ޑައިރެކްޓްލީ ވެއްދޭނެ. މީ އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި މިކަމަށްއޮތް ހައްލަކީ. ކިތަންމެ ވަރަށް ކުއްޖާއަށް ނަޞޭހަތް ދީފަ އޭނައަނެއްކާ ހަމަ ސޭމް އެންވަޔަރަންމަންޓަށްގޮސް ކޮށްޕާލީމަކާ ޑިފަރެންޓް ރިޒަލްޓެއް ނިކުންނާނެކަމަށް ގަބޫލުކުރުމަކީ މޮޔަކަމެއް. އެކަމެއް އެހެނެއް ނުވާނެ. އެހެންވީމަ އަޅުގަނޑުމެންގެ ރީސެޓްކުރުން ހުއްޓާލާފަ އަލުން އަޅުގަނޑުމެން މުޅިއެތި ރީއެސްޓަބްލިޝް ކުރަންވީ.

 

އަންޑޮކިއުމެންޓެޑް އެކްސްޕެޓްސް ކުރިއަށް އޮތް އެއް އަހަރުތެރޭގައި އެކައުންޓް ކުރުމަކީ އަޅުގަނޑުމެންގެ ޓާގެޓެއް. އެކައުންޓް ކުރުން. އަދި މިހާރުވެސް އެމީހުން ކުރަމުންދާ ކަންކަން ބަލާ ރާއްޖެއިން ބޭރަށް މީހުން ފޮނުވުން. ކޯސްޓްފުލީ މިހާރު ގާތްގަޑަކަށް 200 އެއްހާމީހުންވަނީ ރިމޫވް ކުރެވިފަ ރާއްޖެއިން. އޭގެ އިތުރަށް އަންވޮލަންޓަރީކޮށް ގާތްގަޑަކަށް އޯވަރ 2000 ހެއްހާ މީހުން ރާއްޖެއިން ބޭރަށް ގޮއްސި މިދިޔަ  ދެމަހާބައިގެ ތެރޭގަ.

 

 

ސަރުކާރާ ސިވިލް ސޮސައިޓީއާއެކުގަ އަޅުގަނޑުމެން އެބަދަން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާއެކު ކޮމިޓީތަކެއް ހަދަމުން ކްރައިމް ޕްރިވެންޝަންއާ ސެކިއުރިޓީއާ. އެހެންވީމަ ކޮންމެ ރަށެއްގަވެސް މިބަލަނީ އޭގެ ކޮމިޓީއެއްބާއްވަން އެމީހުން އެމީހުންގެ ރަށުގަ ކަންކަން ބަލަހައްޓާނީ. އެމީހުންނަށް އެމްޕަވަރ ކުރުވާނަން އަޅުގަނޑުމެން އެމީހުނަށް ބޭނުންވާ ސަޕޯޓް ދޭނަނަން.  މިނިސްޓްރީން އަދި ލޯއެންފޯސްމެންޓް ހެދިއަކަސް.    ލޯއެންފޯސްމެންޓްގެ އާޓިފިޝަލް އިންޓެލިޖެންސް އިންޓަރގްރޭޓް ކުރުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް ޓެކްނޮލެޖިކަލް އިންޕްރޫވްމަންޓަށް ބަލާ އޭރިއާ.  އާޓިފިޝަލް އިންޓެލިޖެންސް ޒަރިއްޔާއިން މާލެތެރެ އަދި މޭޖާ ސިޓީސްތައް ޕެޓްރޯކުރުމާ މޮނިޓަރ ކުރުމާ އަދި އެއަށް އަޅަންޖެހޭ ފިޔަވަޅުތައް، ރެކޮމަންޑޭޝަން އައުމާ މިކަންކަން އަޅުގަނޑުމެން އިންޕްލިމެންޓް ކުރާނަން.  މިކަންތަކުގެ ތެރެއިން.

 

 

ޕޮލިސް ރީސްޓްރަކްޗަރ ކުރުން މިހާރު މިއޮތްގޮތް ރަނގަޅެއްނޫން. އެކަން ގަބޫލުކުރެވޭ އަޅުގަނޑުމެން އެންމެނަށް. އެހެންވީމަ ކުރިއަށް ދާންވާގޮތް އަޅުގަނޑުމެން މިހާރު މި ސިންޕޯޒިއަމްތަކުގެ އަލިގަ ނެރޭ ވިސްނުންތަކުން އަޅުގަނޑުމެން ކުރިއަށް ގެންދާނަން. ރާއްޖޭގެ ސެކިއުރިޓީ އަކީ ލޯއެންފޯސްމެންޓް ސެކްޓަރއާ އިންޓަނޭޝަނަލް ޕާޓްނަރުންނާ އަދި އިންޓެލިޖެންސް އެޖެންސީތައް ގުޅިގެން ކުރާމަސަކަތަކަށް ވާންޖެހޭނެ. އަޅުގަނޑުމެންގެ އެޗީވްމަންޓަކަށް ވާނީ ކަލެކްޓިވްކޮށް މި ސެކިއުރިޓީ އެޗީވް ކުރެވުނީމަ. މިހާރު ގުޅުން ރަނގަޅު. ކުރިއަށް އޮތްތާ އިތުރަށް ވަރުގަދަ ކުރަން އަޅުގަނޑުމެން ބޭނުންވޭ. ކުރިއަށް އޮތްތަނަށް ބޭނުންވަނީ ޓްރާންސް ޕޭރެންސީއާ އެކައުންޓަބިލިޓީ. ފުލުހުންގެ ތެރޭގަވެސް ޕްރޮސެކިއުޝަން ތެރޭގަވެސް ކޯޓްތަކުގަވެސް.   ޓްރާންސް ޕޭރެންސީއާ އެކައުންޓަބިލިޓީ. ޒިންމާވުން މިމާހައުލު މިހެންހެދީ އަޅުގަނޑުމެންކަން ދަނެގެން އަޅުގަނޑުމެން މިމާހައުލު ބަދަލުކުރާނީ.

 

 

ޕަބްލިކް ޕާޓިސިޕިޓޭޝަން އިން ސެކިއުރިޓީއާ ކޮމިއުނިޓީ ޕޮލިސިންގ އިންތިހާއަށް އަޅުގަނޑުމެން ބޭނުންކުރާނަން. ޚާއްޞަކޮށް ކޮމިއުނިޓީ ޕޮލިސިންގ ތެރޭގައި މީހުންގެ ސަޕޯޓް އަޅުގަނޑުމެންނަށް ބޭނުންވޭ. އަޅުގަނޑުމެންނަށް ފޫވެއްޓިފައި އޮތްތަންތަން އައިޑެންޓިފައި ކުރުމާ ނުފެންނަ މަޒަންރުތައް ހޯދާދިނުމާއި ދައްކަދިނުމާ އަޅުގަނޑުމެންގެ ސެކިއުރިޓީ މުޅިއެޕަރެޓަސް ތެރޭގައިހުރި ގެޕްތައް ފިލްކޮށްދިނުމަށް އަޅުގަނޑުމެން ސިވިލް ސޮސައިޓީ ޕަބްލިކް ފުލް ސަޕޯޓް ބޭނުންކުރާނަން. ގަބޫލުކުރަންޖެހޭ ހަގީގަތަކީ ގައުމެއްގެ ސެކިއުރިޓީއަކީ ކަލެކްޓިވިޓީ އެފަޓެއްކަން. އެއްވެސް ހާލެއްގަ ވަކި ފަރަދަކަށް ވަކި މުއައްސަސާއަކަށް އޮތްކަމެއްނޫން އެއީކީ. އަޅުގަނޑުމެން ހުރިހާ އެއްމެންވެސް ވިސްނައިގެން ހުރިހާ އެއްމެންގެ ވެސް ދައުރު އަދާކޮށްގެން ކުރެވޭކަމެއް. ވަގުތެއް ނެތް. ގައުމެއް ނެތިދާން ނުނަގާނެ މާގިނަވަގުތެއް. އަޅުގަނޑުމެންގެ ގައުމު މިހާރު މިއޮތީ ވަރަށް ކްރިޓިކަލް ހިސާބެއްގައި. މިހިސާބުގައި ރިކަވަރ ނުކުރެވިއްއޖެއްޔާމުން ދެން މިކަން ނުއެއްކުރެވޭނެ. މިވުޒާރާއިން އަޅުގަނޑުމެން މަސައްކަތް ކުރާނަން. މިކަމަށް %100 ފޯކަސްކޮށްގެން. އިރާދަކުރެއްވިއްޔާ މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެކަން ކުރައްވާނެ އަޅގަނޑުމެން އެދެނީ ބާކީ މިހިރަ ހުރިހާ މުއައްސަސާތައްވެސް އަޅުގަނޑުމެންނާ ގުޅިގެން ދިވެހިޜާއްޖޭގެ ސަލާމަތާ ރައްކާ ތެރިކަން ކަށަވަރުކުރުމަށް އެންމެން އެއްކޮށް މަސައްކަތްކުރުން.

 

 

ވަރަށް ބޮޑަށް ޝުކުރިއްޔާ

 

والسلام عليكم ورحمة الله وبركاته