ވިލާ ހައިސުކޫލް ދަރިވަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު

`

ވިލާ ހައިސުކޫލް ދަރިވަރުން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި  މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ ޓެކްނޯލޮޖީ ޢަލީ އިޙްސާން ދެއްކެވި ވާހަކަފުޅު

(29 ޖެނުއަރީ 2024)

 

ﷲ ސުބުޙާނަޙޫ ވަތަޢާލާ އަށް ޙަމްދު ކުރަން ރަސޫލާ އަށް ޞަލަވާތް ކިޔަވަން މި ޞަލަވާތުގައި އެކަލޭގެ ފާނުގެ އާލު އަޞްޙާބުން ޝާމިލް ކުރަން.

ވިލާ ކޮލެޖުގެ ޢިއްޒަތްތެރި ރެކްޓަރ ޑޮކްޓަރ އަންވަރު ،ޑެޕިއުޓީ ޕްރިންސިޕަލް އިސްމާޢީލް ނަޝީދު، މިނިސްޓަރ އޮފް ސްޓޭޓް ހޯމްލޭންޑް އެންޑް ސެކިއުރިޓީ ޑޮކްޓަރ ކިނާތު، ޕޮލިސްގެ އަދި ވިލާ އިންޓަރނޭޝަނަލް ހައިސުކޫލްގެ އެންމެހާ ޢިއްޒަތްތެރި ވެރިން މުދައްރިސުން ޢިއްޒަތްތެރި ލޮބުވެތި ބެލެނިވެރިން ، އަދި މިއަދުގެ ޝަރަފްކަމުގައިވާ ތިޔަ ލޮބުވެތި ދަރިވަރުން. السلام عليكم ورحمة الله وبركاته. 

އާދެ! މި ރަސްމިއްޔާތު ވެގެން މިދިޔައީ އަޅުގަނޑު ހަޔާތުގައި ވަރަށް ފާގަހަކުރެވޭ ރަސްމިއްޔާތަކަށް. އެއީ މިރަސްމިއްޔާތުގައި އަޅުގަނޑު ހުއްޓާ މިރާއްޖޭގެ ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލިހުން ދައުލަތުގެ ވަޒީރެއްގެ ގޮތުގައި އަޅުގަނޑަށް ރުހުންދިނީ އެހެންވީމާ އެއީ ވަރަށް  ތާރީޚީ ހަފްލާއެއްކަމަށް އަޅުގަނޑު މިދެކެނީ. އަޅުގަނޑުމެންގެ ޢިއްޒަތްތެރި ރެކްޓަރ ފާހަގަ ކުރައްވައިފި  އަޅުގަނޑުވަރަށް މުހިންމު  ވާހަކަތަކެއް ދައްކަން އުޅޭކަމަށް. އަޅުގަނޑު މިހާތަނަށް އަޅުގަނޑު ގެ ހަޔާތުގައި ތިޔަކުދިން ތިބި ހިސާބުން މިހިސާބަށް އައިއިރު މިފަދަ ގާތްގަނޑަކަށް 15 ވަރަކަށް ރަސްމިއްޔާތުގައި ތިކުދިން ތިޔަތިބިގޮތަށް އިށީދެވިފަހުރީ. އެއިން އެއްވެސް ރަސްމިއްޔާތެއްގައި އެއްވެސް ޝަރަފްވެރި މެހްމާން ދެއްކި ވާހަކައެއް ހަނދާނެއްނެތް މިހާރަކު ހަމަތެދެއް. އެހެންވީމަ އަޅުގަނޑު މިއަދުގެ ޓާގެޓަކަށް ހަދާނަން މީގެ 20 އަހަރު ފަހުން ތިއިން ކުއްޖަކު މިފަދަ ޕޯޑިއަމެއްގައި ވާހަކަދައްކަން އަންނައިރު މިހެން ނުބުނެ ވާނެގޮތަކަށް އަޅުގަނޑުގެ ވާހަކަކޮޅު ބައްޓަންކުރެވޭތޯ. އެހެންނޫނީ އަޅުގަނޑު އެއްކޮށް ހޭލީކަމަށް ބަލާނީ  އިނގޭތޯ. އެންމެ ފުރަތަމަވެސް ތިހުރިހާ ކުދިން މިއަދު ތިހޯދި ކާމިޔާބީ އަދި ތި ފާހަގަ ކުރެވިގެންދިޔަ ކަމަކީ ހަޔާތުގައި އެޅުނު ވަރަށް މުހިންމު ބިންގަލަކަށްވާތީ ވަރަށް ބޮޑު އެޗީވްމަންޓަކަށްވާތި   ތިޔަހުރިހާ ދަރިވަރުންނަށް ޚާއްޞަކޮށް ސްކޫލް ކެޕްޓަނަށް އާދެ އަލްޔާ އަދުނާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން.

އަޅުގަނޑު މިއަދު ތިޔަކުދިންނަށް ދޫކޮށްލާފަ ދާނީ ހަތަރު ފިލާވަޅެއް. މައިގަނޑު ހަތަރުކަމެއް އަޅުގަނޑުގެ ހަޔާތުން ދަސްވި އަދި މިހާތަނަށް އައިއިރު އަޅުގަނޑަށް ކާމިޔާބީއެއް ލިބެއްޖެކަމަށްވާނަމަ އެކަމިޔާބީގެ އަސްލުކަމުގައި ބޮޑަށް ދެކެވޭ ހަތަރުކަމެއް.  އެހެން އެއްވެސް ވާހަކައެއް ހަނދާނެތަށް މި ހަތުރު ކަންތައް 20 އަހަރު ފަހުން ހަނދާން ހުންނަންވާނެ. ފުރަތަމަ ކަމަކީ ފެއިލިއާއަކީ އޮޕްޗުނިޓީއޭ. ހަޔާތުގައި ފެއިލްވާނެ. އަޅުގަނޑު ޔަގީނުން ތިޔަ ކުދީން ކާރީގައި ދަންނަވަން އޮތްއެއްޗަކީ ހަޔާތުގެ ނާކާމިޔާބީއާ ދިމާވާނެކަން.

އަޅުގަނޑު އެންމެފުރަތަމަ ޕްރިފެކްޓަކަށް ކުރިމަތިލީ މީގެ ގާތްގަނޑަކަށް 25 އަހަރު ކުރިން. 25 އަހަރު ކުރިން ޕްރިފެކްޓަކަށް ކުރިމަތި ލައިގެން އެއީ ގްރޭޑް 5 ގަ ހުއްޓާ އިނގޭތޯ. އައްޑޫ އަތޮޅު ފޭދޫ ސުކޫލް ގްރޭޑް 5 ގަ ހުއްޓާ. ކުރިމަތިލައިގެން އޭރު ހުދު ފަޓްލޫޓް ޕްރިފެކްޓުންލާނީ އެހެންވީމަ ވަރަސް ލުކްފޯވާޑް ކުރާކަމެއްމީ ހުދުފަޓްލޫން ލާންފެށުމަކީ . އާދަޔާ ޚިލާފް ކަމެއް. ޕްރިފެކްޓަކަށް ވާންއޮތްރޭގެ ކުރީރޭ އިޝާނަމާދު ކޮށްލައިގެން ރައްޓެހިން ތަކަކާއެކު ދަމުން ކާރިގޭގަ ހުރި އަނބުގަހަކަށް ގާއުކާ އެގަހުންވެއްޓުނު އަނބުތަކެއް ހޮވަން އުޅުނު ހާދިސާގެ ތެރޭގައި މިސްކިތު މުދިމަށް އަޅުގަނޑު ފާހަގަ ވެއްޖެ. ދެން ސްކޫލަށް ގޮސް މައްސަލަ ޖެއްސީމަ އެހިސާބުން އެއަހަރު ކިހިނެއްވީ. ޕްރިފެކްޓްކަން ނުލިބުނީ. 5 އަހަރު ވަންދެން ޕްރިފެކްޓަކަށް ވޭތޯ ބަލައިގެން ހުރި ޕްރިފެކްޓް ކަން ނުލިބުނު. އެހިސާބުން އަޅުގަނޑު ދެން ހިތަށް އަރައި މިދެންދިޔައީ މިކަންތައް. ފަޓްލޫނުވެސް ދިޔައީ ދެން ސުކޫލްތެރެއަށް ބައިސިކަލްވެއްދުމުގެ ހުއްދަވެސް ނުލިބުނީ ވަރަށް ބައިވަރު ޕްރިވިލިޖަސް އެހިސާބުން ދިޔައީ. މިހާގެ ހަޔާތުގައި އެޅިފުރަތަމަ ބިންގާ އެދިޔައީ . އެހެންކުދިން އަޅުގަނޑާއެކު އެއްކޮށް ކިޔެވި ކުދިން އެއްކަލަ ހުދު ފަޓްލޫންލާ ބޮޑު ސިންގާ ބެޖްޖަހާ އަނެއްކާ އަޅުގަނޑަށް ނުލިބުނީމަ އެފުރުސަތު ދެއްކުންވެސް އޮންނާނެތާ. އެބަޔާވެސް އެކުގަދަނީ. އަޅުގަނޑު ހިތަށް އެރި ދުލެއް ނުކުރާނަމޭ އަދި ހިތްވަރުކުރާނީއޭ. ހިތްވަރުކޮށްފަ އެކުދިންނާ އެއްވަރަކަށް ޖެހިގެންއައި އަހަރު މަސައްކަތްކޮށްގެން އެޗީވް ވޭތޯ ބަލާނީއޭ. އޭގެ ދެއަހަރުފަހުން ﷲ އިރާދަކުރެއްވިއްޔާ  ސްކޫލް ކެޕްޓަންކަން އަޅުގަނޑަށް ލިބުނު. އެދުވަހު ގްރޭޑް 5 ގަ  ހިތްވަރު އެލުވާލާފަ ކުއިޓްކޮށްލިނަމަ ގްރޭޑް 7 އައިއްސަ ސްކޫލް ކެޕްޓަން ކަމެއް ނުލިބޭނެ.

ދެވަނައަށް ސީއެޗްއެސްސީ އަށް އަޅުގަނޑު އައީ ތިބޭފުޅުންގެ އަނެއް ސްކޫލް ވިލާ އިންޓެންސިވްކޮންޕަރެޓިވް ސްކޫލް . ސީއެޗްއެސްސީ އަށް އަޅުގަނޑު އައީ އައްޑުއަތޮޅު ހިތަދޫގައި ކިޔެވުމަށްފަހު. އައިއްސަ ސުކޫލް ކެޕްޓަނަކަށް އަޅުގަނޑު ކުރިމަތިލައިގެން . އެއްދުވަހު އަޅުގަނޑު ގެންގޮއްސި ޕްރިންސިޕަލް އޮފީހަށް ގެންގޮއްސަ ވިދޅުވަނީ ސްކޫލް ކެޕްޓަނަކަށް ލާފަތިބި ކުދިންގެ ތެރެއިން އެންމެ ރަނގަޅު ކުއްޖަކީ އިޙްސާންއޭ. އެހެން ނަމަވެސް އިޙްސާނަކަށް ނުލިބެއޭ. މިއީ ދެންވަރަށް ބޮޑު ހިތާމައެއް. ދެން އަޅުގަނޑު ދަންނަވައިފިން . މެޑަމް ތިވިދާޅުވީ ނޫންތޯ އަޅުގަނޑޭ އެންމެ ރަނގަޅީ ދެން ކީއްވެތޯއޭ އަޅުގަނޑަށް ނުލިބެންވީ. ވިދާޅުވެއްޖެ ދެންހުރި ހުރިހާކަމަކަށް ބަލާއިރުގަ އެހެންކުދިންނޭ. ދެންހުރި ހުރިހާ ކަމެއް އަދިއަދަށް ދާންދެންވެސް އަޅުގަނޑު މިއުޅެނީ ނޭނގިގެން. އެހެންވީމަ ދެން ހުރި ހުރިހާކަން އަބަދުވެސް ހަޔާތުގަ އަންނާނެ ކުދިންނޭ. ތި ކުދިންނަށް ވެލް ޑިޒަރވް ޕޮޒިޝަނަކީ އެއީ ކަމަށް ގަބޫލުކުރެވޭހާލު މީހަކު އައިސް ޖަހައިގެންފާނެ. އަޅުގަނޑަށް ސްކޫލް ކެޕްޓަން ކަމެއް ނުލިބުނީމަ އަޅުގަނޑު ހިތަށް އެރީ ދެން ސްކޫލްގެ އެއްވެސް ކަމަކާ ނޫޅޭނަމޭ. ވަރަށް ގަދައަށް ރޮއެފަ ގެއަށް ގޮސްއަ މަންމަމެނަށްވެސް ވަރަށް ކޮމްޕްލެއިން ކޮށްފަ. ގެއަށް ގުޅާ. އޭރު އަޅުގަނޑު މާލޭގަ އުޅެނީ ބޯޑިންގގަ. އެހެންވީމަ މަންމެން ތިބޭނީ އައްޑޫގަ ގުޅާފަ ވަރަށް ރޮއި މައްސަލަޖައްސާ އަނެއްދުވަހު ސްކޫލައްވެސް ނައަންނަން އުޅުނީ އެހެން ނަމަވެސް  އެސްކޫލްގަ އުޅޭނެ ފިއުނާޒް މިސް ކިޔާ ސައިކޮލަޖީގެ ދާއިރާއިން ފުންނާބު އުސް ބޭފުޅެއް ދެން ރާނާމިސް އާ ދެބޭފުޅުން ވިދާޅުވެއްޖެ އިޙްސާންއޭ ސްކޫލަށް އަންނަންވާނެއޭ. ސްކޫލަށް އައިސް ދާއްކާށޭ ތީކަން ހަގީގީ ލީޑަރަކީ. ދެން އަޅުގަނޑު ދަންނަވައިފިން ހަގީގާ ލީޑަރެއްނަމަ ހުންނާނީ ސްކޫލް ކެޕްޓަން ކަމުގަތާއޭ. ނޫނެކޭ އެހެނެއް ނުވާނެއޭ ދައްކާށޭ ތިމަންނާކަން މަސައްކަތް ކުރަނީ މިތާނގަ. އަޅުގަނޑު ބުނިން މިހާތަނަށްވެސް އަޅގަނޑު ދެއްކީމެއް ނޫނޫހޭ މަސައްކަތް ކުރަނީ އަޅުގަނޑުކަން. އެހެންނަމަވެސް މިސްމެންގެ އެހިތްވަރާއެކުގައި އަޅުގަނޑު ހިތަށްއެރީ ހިނގާބަލާށޭ އެވިދާޅުވާ އެއްޗެއް ހަގީގަތަށް ވޭތޯ ބަލަން. އެތާނގެ މަރުވެފައޮތް ދިވެހި ލޭންގުވޭޖް އެސޯސިއޭޝަން ކިޔާ އެސޯސިއޭޝަނެއް ނަގައިގެން އޭގެ ރއީސަކަށް އަޅުގަނޑު ވެއްޖެއިން. ވެގެން ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރަނީ. ދެން އިނގިރޭސި ޓީޗަރު ވިދާލުވެއްޖެ އިނގިރޭސި ޖަމުޢިއްޔާވެސް އެބައޮތޭ. މިޖަމުޢިއްޔާވެސް ހިންގޭތޯ ބަލަންވީ ނޫންހޭ މިޖަމުއިއްޔާއަކީވެސް މިތާ މަރުވެފައޮތް އެއްޗެކޭ. އަޅުގަނޑު އަނެއްކާ އިނގިރޭސި ޖަމުޢިއްޔާގެ ރައީސަކަށް  ވެއްޖައިން. އަނެއްކާ އޭތިވެސް ހިންގަނީ. މިހެންގޮސް އަޅުގަނޑު ހިތަށް އަރައިފި މިވަރަކުން އަދި ދުލެއް ނުކުރާނަމޭ ގަސްއިންދުމާ މިކަންކަންވެސް ކުރަންޖެހޭނެއޭ މިތާނގަ. އެންވަޔަރަންމަންޓް ކުލަބެއް ހަދައިފިން މިތާނގަ އަލަށް. އަޅުގަނޑު އުފެއްދު އެންވޭސް ކިޔާ ކުލަބެއް އަދިވެސް ސީއެޗްއެސްސީގަ ހިނގާނެ ވަރަށް ފަޚުރުވެރިކަމާއެކު ބުނަން. މީގެ ރައިސަކަށް ވާންދިޔައިމަ ޕްރިންސިޕަލް ވިދާޅުވެއްޖެ  03 ޖަމުޢިއްޔާގެ ރައީސަކަން ނުކުރެވޭނެއޭ އެއްކުއްޖަކަށް. މިޖަމުޢިއްޔާ ދޫކޮށްލާށޭ. ދެން އަޅުގަނޑު އެޖަމުޢިއްޔާގެ ސެކްޓްރީކަންކުރީ. އެހެންވީމަ ހަޔާތުގަ މިހެން އަންނަކަންތައް ތަކަކީ އެއީ އެއްކޮށް ހަނދާން ނައްތާލާފަ އޭގެއިން ލެސަން ލާންކޮށްގެން ކުރިއަށް ހިފަންވާވަގުތު. ތީގެ ތެރެއިން ބައެއް ކުދިންނަކީ ސްކޫލް ކެޕްޓަންކަމަށް ވާދަ ކޮށްފަ ނުލިބޭނެ ކުދިން. ވާދަކުރަންވާނެ . ދޫކޮށްލާކަށް ނުވާނެ. މީކީ އެހެންނެއްނޫން. ފުރަތަމަ ފިލާވަޅަކީ ފެއިލިއާ އަކީ އޮޕޯޗުނިޓީއެކޭ.

ދެވަނަ ފިލާވަޅަކީ ތަޢުލީމް ޑިފެރެންސް މޭކުކުރަނީ. އެޑިޔުކޭޝަން ޑަޒް މޭކް ޑިފެރެންސް. ޚާއްޞަކޮށް ދެންމެ ރެކްޓަރ ވިދާޅުވިހެން މުހިންމު ޔުނިވަރސިޓީ ތަކުން ދުނިޔޭގެ އެސްޓަބްލިޝް ޔުނިވަރސިޓީ ތަކުން ހޯދާ ތަޢުލީމަކީ މުހިންމު ތަޢުލީމެއް. އަޅުގަނޑު ހިގައްޖެއިން ގްރޭޑް 12 ނިންމާފަ ޔޫއެސް މިލިޓްރީ އެކަޑަމީން ލިބުނު ފުރުސަތެއްގައި މިއަށް އެޕްލައިކޮށްގެން މިތަނަށް. ދިޔައިރުގަ ކޮންޕެޓިޝަން ވަރަށް ހައި. މުޅިދުނިޔޭގެ އެތަނަށް ގޮސްތިބީ އަޅުގަނޑުގެ އިތުރުން 40 ކުދިން. ދެން ބާކީ 4000 ކުދިންނަކީ އެމެރިކާ. 40 އަކީ އަޅުގަނޑުމެން. އަޅުގަނޑުމެންފަދަ އެހެން ގައުމުތަކުގެ މީހުން. މިތަނުގަ ދެއަހަރު ކިޔަވާފަ މިބޭފުޅުން ވިދާޅުވެއްޖެ ޑިގްރީއަށް ސެލެކްޓް ކުރާށޭ ކޮންދާއިރާއެއްކަން. އަޅުގަނޑު ބުނެފިން އަޅުގަނޑު ކިޔަވާނީ އައިޓީއޭ. ދެން ވިދާޅުވެއްޖެ ހިތްވަރުހުރި ކުދިންނަށް އެބަހުރިއޭ ދެދާއިރާއިން ފުރުޞަތު ކިޔަވަން. އޭރު އަޅުގަނޑު ކުޑަކޮށް ބަލާލިއިރު ރާއްޖޭގަ ވަޒީފާގެ ބާޒާރުގަ ދެ ޑިގްރީ އޮވެއްޖެއްޔާ އޭގެއިން ލިބޭ އެލަވަންސެއް އިތުރަށް. އަޅުގަނޑު ހަނދާންވާގޮތުން %30 މުސާރައިގެ އިތުރަށްލިބޭ. އަޅުގަނޑު ހިތަށް އެރީ ހަމަޖާނުން ފިދާވެގެން މިކަން ކުރަންޖެހެއޭ. އަޅުގަނޑު ޖަހައިފިން ދެ ޑިގްރީ ހަދަން ޑިފެންސް އެންޑް ސްޓްރެޓެޖީ ދާއިރާއިންނާ އިންފޮމޭޝަން ޓެކްނޯލަޖީ ދާއިރާއިން. ކޮންމެއަކަސް މިދެ ދާއިރާއިން ޑިގްރީ ހަދާއިގެން މާލެއައިސް އެއްކަލަ %30 ހޯދަން ބަލާލިއިރު އެކަންތައް ނިމިއްޖެއޭރު. ދެ ޑިގްރީ އޮތަސް ވަނީ އެއްވަރު. އެއް ޑިގްރީ އޮތަސް ހަމަވާވަރުވަނީ. އެއިރުގަ އެޑިޔުކޭޝަންގެ ބޭސިކް ލެވެލްއަކަށް ވެއްޖެ ޑިގްރީ. ދެން އަޅުގަނޑު ހިތަށް އެރީ މިވަރަކުން އަދި ނުފުދޭނެތާއޭ. ދެން އޮތް ދިމާލަށް ދާންހިނގާށެ ދެން މާސްޓާސް ހަދާ މީހުންނަކީ މާބޮޑު ބައެއް އޭރުގަ. ދެން ހިތަށް އަރައިފި ކޮންމެވެސް ރަނގަޅު ޔުނިވާސިޓީއަކުން މާސްޓަރސް ޑިގްރީއެއް ހޯދާނީއޭ. ދެން އަޅުގަނޑު އޭރު ވިސްނާފައޮތީ  ސިފައިންގެ  ފަރާތް ނިންމާލާފަ ވިޔަފާރީގެ ދާއިރާއަށޭ ދާނީ. އެހެން ދާކަމަށް ވެއްޖެއްޔާ ކިޔަވަންޖެހޭނެއޭ އޭގެ ތަންދޮރު އިގެންޖެހޭނެޔޭ. މިހާރަކު ނޭގޭ ހަމައެކަށްޗެއްވެސް. އެހެންވީމަ ބިޒިނަސް އެޑްމިނިސްޓްރޭޝަންގެ  ދާއިރާއިން މާސްޓަރސް ޑިގްރީއަކަށް ދިޔައީ .ނަންޔަންގ ޓެކްނޮލަޖިކަލް ޔުނިވަރސިޓީއަށް ގޮސް އެކިޔަވައިގެން މިތަނަށް އައިރު ހުރިހާއެންމެން މާސްޓާސް ހަދައިގެން މިތިބީ. އެހެންވީމަ މިހާރުގެ ބޭސިކް ސްޓޭންޑަޑަކީ މާސްޓާސް. އެއްވެސް ޑިފެރެންޝިއޭޓް ވާކަމަށް ނޫން މާސްޓަރސް ޑިގްރީ އޮތުމަކީ އެއީ އަސާސީ ލެވެލް މިހާރު. ތަންކޮޅެއް ކުރީޒަމާނުގައި ގްރޭޑް 7 އެއީ އަސާސީ ލެވެލް މިހާރު އަސާސީއަކީ މާސްޓަރސް ޑިގްރީ. މިހާރު ދެން ޑިފެރެންސް މޭކް ކުރައްޏާ ދެން އަނެއްކާވެސް ޕީއެޗްޑީއަށް ދާންވީ. އެހެންވީމަ ތިކުދިންގެ ހަޔާތުގައި ތަޢުލީމު ހުއްޓާލައިގެން ނުވާނެ. ތައުލީމާކީ، ކޮންޓިނުއަލް އެޑިޔުކޭޝަނަކީ އެކިތަންފަންތިއަށް އެކިގޮތްގޮތަށް ތަރުތީބުވެފަ ހުންނައެއްޗެއް މިހާރު. އެހިސާބަށް ދެވެންދެން ތިމާ މީހާއަކީ ޑިފެރެންސެއް މޭކްކުރާ، ކޮންމެ އިންޑަސްޓްރީއަކަށް ލައްވާލިއަސް މީނިންގފުލް ވާހަކަ ދެއްކޭވަރު ވާނުވާ އެނގޭވަރު މީހަކަށް ވާނީ މި ތަޢުލީމް ހޯދައިގެން.

އަޅުގަނޑު މިހާރު މިހުރި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެނޯލޮޖީ އާހަވާލުވިއިރުގަ އެއްކަލަ އައިޓީ ނިމިގެން އަދި ކިރިއާ ބޭނުން ހިފޭގޮތްމިވީ. އެހެންނޫންނަމަ މި ޑޮކްޓަރ ކިނާނަތު ފަދަ   ބޭފުޅުން ދައްކާ ވާހަކަތައް ހަމަ ސީދާ ބޯމަތިން ދާނީ. ވާއެއްނުވާއެއް ނޭނގޭނެ. އެހެންވީމަ މި ދާއިރާގެ، އެނޮލެޖްހުރީމަ މިހާރު އެދާއިރާއިންވެސް މީނިންގފުލް ޚިދުމަތެއް ކުރަން އިންޑަސްޓްރީގެ އެކްސްޕާޓުންނާއެކު އިންޕްލާ ވާގޮތަށް ވާހަކަދައްކަން އިގޭނީ .އެއީ ތަޢުލީމުގެ އަސްލު ބޭނުމަކީ.

ތިންވަނަ ޕޮއިންޓަކީ އެންމެ އިންސާނަކަށްވެސް ތަފާތެއް ދެއްކި ދާނެކަން. އެންމެ އިންސާނަކަށް ތަފާތު ދެއްކި ދާނެކަން. ވަރަށް ގިނަ ފަހަރަށް އަޅުގަނޑުމެންކާރީ މީހުން ބުނާނެ. ތިކުދިންކާރީ ވަރަށް ތަކުރާރުކޮށް ބުނާނެ އޭ ތިކަން ނުކުރެވޭނެއޭ އެކަނިމާއެކަނިއެއް. އިސްލާމްދީނގެ ޙަޟާރަތްތަކަށް ބާލާކަމަށް ވެއްޖެއްޔާމުން ﷲ ސުބުޙާނަހޫ ވަތަޢާލާ ރަސޫލުން ފޮނުއްވީ އޭރެއްގަ އޮންނަ ވަރަށް އާދަޔާ ޚިލާފު ހާލަތެއް ބަދަލުކުރެއްވުމަށްޓަކައި އެންމެ އިންސާނެއް އިންސާނުންގެ ތެރެއިން ޚާއްޞަ ކުރައްވާފަ. އެ ނަމޫނާއިން އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ އެންމެ އިންސާނަކަށް ކޮންމެފަދަ ކަމެއްވެސް ކުރެވިދާނެފަދަ ގޮތަކަށޭ އިންސާނާ ﷲ ސުބުޙާނަހޫ ވަތަޢާލާ މިބިންމަތީގައި ލަހައްޓަވާފައިވަނީ. އަޅުގަނޑު އެމެރިކާގައި ކިޔަވަންހުއްޓާ އެތަނުގަ ތިބި އޭރުގަ 38 މުސްލިމްކުދިން. އަޅުގަނޑުމެން ހިތަށް އެރީ އަޅުގަނޑުމެން މުސްލިމުންނަށްވެސް ނަމާދުކުރެވޭނެ ޖާގައެއް ހުންނަންވާނެތާއޭ. އެތާނގަ އިންނަނީ އާދީއްތަ ދުވަހު ހުރިހާ އެންމެން ޗާޗަށްދާނެ. އަނެއް ދުވަހު އަނެއްމީހުން ދާނެ އެމީހުންގެ ދީނާ ގުޅޭކަންކަންކުރަން، އަޅުގަނޑުމެން ދާނެތަނެއް ނޯވޭ. 2009 ވަނައަހަރު އަޅުގަނޑު އެތަނުގެ ޕްރޮގްރާމަރަކާ  ބައްދަލުކޮށްފިން ބައްދަލުކޮށްފަ އަޅުގަނޑު ދަންނަވައިފިން. ސަރއޭ އަޅުގަނޑުމެން މުސްލިމުން ނަމާދު ކުރާނެ ތަނެއް އެބަ ބޭނުންވެއޭ. އެހެންވިމަ މިކަމަށް ކޮބާހޭ އޮތް ހައްލަކީ. ވިދާޅުވެއްޖެ ކިތައް ކުދިންހޭ ތިބީ. ތިކަން ބޭނުންވާ ނަމާދުކުރަން ބޭނުންވާ ކިތަށް މުސްލިމުން އެބަތިބިހޭ . އޅުގަނޑު ދަންނަވައިފިން 38 އެބަތިއްބޭ. އެދުވަހުން އެދުވަހަށް ޖާގަ ކަނޑައަޅުއްވާފަ އަޅުގަނޑުމެންނަށް މިސްކިތެއް އަޅަން ހުއްދަ ދީފަ މިސްކިތެއް ބިނާ ކޮށްދީފަ އަޅުގަނޑުމެން ނަމާދު ކުރަން ފެށީ. ޔޫއެސް މިލިޓްރީ އެކަޑަމީގައި  4000 މީހުން އުޅޭ. 218 އަހަރު އެތަނުގަ ތާރީޚަށް އޭރު ވެއްޖެ. އަލަށް މިސްކިތެއް ހުޅުވާލެވުނީ. އެންމެ މީހަކަށް ވާނެކަމެއްމީ. 

 

ދެވަނަ ކަމަކަށް ކޮވިޑު 19 ގެ ހާލަތު ތިބޭފުޅުނަށް އެނގި ވަޑައިގަންނަވާނެ.  ކޮވިޑް ގެ19 ހާލަތު ރާއްޖެއައިސްއަ އެންމެ ފުރަތަމަ އިންޕެކްޓަކަށް އަންނާނީ އަބަދުވެސް ސަޕްލައި ރާއްޖެ އަށް ނައަންނަ ހިސާބުން އަގުތައް މައްޗަށް ހިފަންއުޅޭނީ  ކާބޯތަކެތީގެ އަގު ހިފަން އުޅޭނީ . ވިޔަފާފިރިވެރިންތައް އެއްވެއްޖެ އެއްވެގެން ވިދާޅުވެއްޖެ . ސަޕްލައިއެއް ނައަންނާނެ ނޫންހޭ ހުރި އެއްޗަކުން ނޫންހޭ  ވިޔަފާރިކުރަންޖެހޭނީ. ހުރިހާ ވިޔަފާރިވެރިން އެއްބަސް ވަނީ  އަގުތައް އުފުލަން. އަޅުގަނޑު ބުނެފިން . އަގެއް ނުއުފުލޭނެޔޭ. މިރާއްޖޭގަ މިހާލަތަކު. އެވެދާނެ ކުރީގަ ސިފައިންގޭގައި އުޅުނީމަ އެލޯބި ހުންނާތީ ކަމަށްވެސް. ބުނިމަ ބުނެފި ކަލޭމެންގެ ވިޔަފާރި ހަލާކުކޮށްލާފަވެސް އަގުތައް ހިފަހައްޓާނަމޭ. ބުނީމަ އަޅުގަނޑު ބުނެފިން ނޫނެކޭ. އަޅުގަނޑުމެން ހިފަހައްޓާނަމޭ މި ފިނި ކުރި އެއްޗެހީގެ އަގު. އެއީ އަޅުގަނޑުމެން ބަލަހައްޓާ އެއްޗެހި އެހިފަހައްޓާނަމޭ. ދެން ބައްދަލުވުން ނިންމާލާފަ  ގުޅަނީ ފަހަރަކު ވިޔަފާރިވެރިއަކަށް ގުޅީމަ ބުނަނީ އަސްލު އަޅުގަނޑުމެން ވެސް ބޭނުމެއް ނޫނޭ އަގުތަށް އުފުލާކަށް. އެއީ ދެންތިބި މީހުން ބުނާނެ އެއްޗަކަށް ނުކެރުނީ އޭ އެއްޗެއްބުނަން. އިޙްސާން ތިހެން ހަދާކަމަށް ވަންޏާ ތިމަންނަމެންވެސް ތައްޔާރޭ .  ދެން އަޅުގަނޑު ފޭސްބުކުގަ ލިޔެލައިފިން . އަޅުގަނޑުމެން އެއްވެސް އެއްޗެއްގެ އަގު  ކޮވިޑް ތެރޭގައި ނުއުފުލާނަމޭ. އަގުތައް ހިފަހައްޓާނަމޭ.  އެހިސާބުން ފަހަރަކު ވިޔަފާރިވެރިއަކު އިއިލާން ކުރަން ފަށައިފި ތިމަންނަމެންވެސް ނުއުފުލާނަމޭ.  ބައެއްމީހުން ބޭނުންވިއަސް އުފުލޭކަށް ނެތް. އެހެންވީމާ މީއެންމެ މީހަކަށް ބަދަލުގެނެވިދާނެ ކަންކަން.

ސިފައިންގޭގަ އަޅުގަނޑު ހުރިއިރުގަ ރާއްޖޭގެ ކޮރަޕްޝަން އޮތް ލެވަލްއާ ރާއްޖޭގެ މަސްތުވާތަކެތީގެ ހާލަތު އޮތްގޮތާ ރާއްޖޭގެ ގޭންގުތަކުގެ ހާލަތު އޮތްގޮތާ ބަލާފަ އަޅުގަނޑު ވަރަށް ކަންބޮޑުވޭ ވަރަށް ގިނަފަހަރަށް ދަންނަވަން.  މިކަން ހައްލު ކުރަންވީ ނޫންހޭ. ވަރަށް ގިނަ ވެރިން އަޅުގަނޑު ކާރީގަބުނި އިޙްސާންއޭ އެކަނި ނުވާނެއޭ. މުޅިގައުމު ވެގެންނޭ ވާނީ އެކަނި ނުވާނެއޭ. އަޅުގަނޑު އޭރުވެސް  އިނީ އެކަން ބޮލަށް ލައިގެން އަޅުގަނޑު ހިތަށް އެރި އަޅުގަނޑަށް ފުރުޞަތު ލިބިއްޖެއްޔާ ކޮންމެ ގޮތެއް ހަދާފަވެސް މިކަން ކުރާނަމޭ.

ހަތަރުވަނައަށް އަޅުގަނޑުގެ  ލެސަން އަކީ ތިޔަ ކުދިން ހުވަފެންތައް ދެކޭށޭ ބޮޑުކޮށް. މިހާރު މި ފުރަމާލޭގަ ވިލާ އިންޓަރ ނޭޝަނަލްގަ ތިބޭއިރުގަ އަޅުގަނޑުމެންގެ އުއްމީދުތައް ހުންނަންވާނީ އާސުމާނުގަ. އަތްނުފޯރާ ހިސާބެއްގައި ދިވެއްސަކަށް ކާމިޔާބު ނުކުރެވޭނެ އެއްޗެއް ނޮއޮންނާނެ. އަޅުގަނޑުމެން މި އެކަޑަމީއަށް ދިޔައިރުގަ މި 4000 މީހުން ކާރީގަ ބުނެފި . ލައިން ހަދާބަލާށޭ އިސްކޮޅު ތަރުތީބުން . އަޅުގަނޑުގެ އިސްކޮޅުނުޖެހިގެންގޮސް ދަމުން ދަމުން ގޮސް އަންހެންކުދިންގެ ލައިންގެވެސް މިހިރަ ދަނީ އޭގެވެސް %80 ދިޔަފަހުން  އަޅުގަނޑުގެ އިސްކޮޅާ ލައްވާލީ. ދެން މިހެން ހުރެ ބަލާލިއިރު އަނެއްކޮޅަށް މިއޮތީ 4000 މީހުން ދަމާލާފަ. ދެން ހިތަށް އަރައިފި މާތްކަލާކޯ ކިހިނެއްހޭ މިމީހުނާ ވާދަކުރާނީ . ކިޔެވުން އެކަންޏެއް ނޫން އެތާ އޮންނަނީ ތަޅާފޮޅުން އޮވޭ.  ތަމްރީނު ކުރުން އޮވޭ. ދުވުން އޮވޭ. ފެތުން އޮވޭ .މިއިން ކޮންމެކަމެއްގަ ހަށިގަނޑުގެ ބޮޑުމިނުން ލިބިފަހުރި ކަސްރަތަކުން ފިޓްނަސްއަކުން އެބަ އަސަރުކުރޭ. ތައުލީމަކީ އެތަނުގެ %40. ބާކީ ދެން މިއޮންނަނީ މިހުރިހާ އެއްޗެއް. އަޅުގަނޑު ހިތަށްއެރި. މިތަނުން އެއްވަނަ ހޯދާނަމޭ  ކޮންމެސް ގޮތެއް ހަދަފަ. ދެން އަނެއްކާ ބަލާލިއިރު އެއްކަލަ އިސްކޮޅު.  މާޔޫސްވެސް  ވަނެތާ. މިހެން ތިއްބާ އެތަނަށް އައިސްއި އޭރުގަ އޭތަނުގަ ކޮމާންޑަރަކަށް ހުރި މީހާ އަޅުގަނޑު އަދިވެސް ހަނދާން އެބަހުރި ކެޕްޓަން ޑެނިއަލް ހައިޑް ކިޔާ މީހެއް. ބޮޑު ސިންގާހާ ޔުނިފޯމެއް ލައިފަ ބައިވަރު ފީތާ އަރާފަ. އަޅުގަނޑު ހިތަށް އަރައިފި މީނައަށް ފާހަގަ ވާނެ ކޮންމެވެސް ގޮތެއް ހަދަންވާނެއޭ އަނެއްކާ ބަލާލިއިރު ހަމައިސްކޮޅު. ވަރަށް ޗެލެންޖިންގ. ދެން ކިޔަވަން ފަށައިފިން ދެން ހަމަ ފުރަތަމަ ތަނުގެ ފާޚާނާ ސާފު ކުރުމާ މިހުރިހާ ކަމެއްވެސް އޮންނަނީ އަޅުގަނޑުމެނަށް. އެއްއަހަރު ވަންދެން މަގުމަތީގަ އެހެންމީހަކާ ވާހަކައެއް ނުދެއްކޭ. އެހެންތާކަށް ނުއެއްބެލޭ އެއްދިމާލަކަށް ބަލައިގެން ނޫސްކަރުދާސްތައް ބަހަމުން ކިޔަވަމުން. ވަރަށް ހާލުގަ އުޅުނީ އެއްއަހަރު. ޖެހިގެން އައިއަހަރު ބަލައްހައްޓަން ލިބުނީ އެއްމެ މީހެއް. އެކެއްގެ ވެރިއަކަށްވީ.  ކުރިއެރުމެއް ލިބުނީތާ. އޭގެ އަނެއްއަހަރު 130 މީހުންގެ ވެރިއަކަށްވީ. އެއަހަރު ނިންމާލާފަ ފައިނަލް އަހަރަށް އައިއަހަރު ބުނެފި. އިޙްސާނޭ ބޭނުމީއްޔާ ފުރުޞަތެއް އެބައޮތޭ ތަނުގެ ވެރިއަކަށްވާން. ކޮންޕީޓްކުރަން. އަޅުގަނޑު ބުނެފިން މައްސަލައެއްނެތޭ ތައްޔާރޭ. މިއަށް ކުރިމަތި ލައިގެން ބޮޑުމާސިންގާ އިންޓަވިއުއެއް ޕެންޓަގަންގަ ބާއްވާފަ ނިންމާފަ އަޅުގަނޑު ކާރީގަ ވިދާޅުވެއްޖެ. އިހްސާނޭ އެބައޮތޭތަނުގެ ލީޑަރަކަށްއަންނަން އިޙްސާނުގެ އެއްވެސް މައްސަލައެއް އެބައޮތްހޭ. އަޅުގަނޑު ދަންނަވައިފިން. އަޅުގަނޑުގެ މައްސަލައެއްނެތޭ.  ބުނީމަބުނީ ކީއްވެހޭ ސެކަންޑްއިން ކޮމާންޑް ފަސްޓް ޗޮއިސްއަކަށް ޖެހީ. އަޅުގަނޑު ޖަހާފަ އިނީ ފަސްޓް ޗޮއިސްއަކަށް ޑެޕިއުޓީ ކޮމާންޑް ކަން. ދެން މި ސުވާލު ކުރަނީ ކީއްވެހޭ ކޮމާންޑްކަމަށް ފަސްޓް ޗޮއިސްއަކަށް ނުޖެހީ . ކޮންފިޑެންސް ނެތީހޭ . އަޅުގަނޑު ދެންނެވިން ނޫނެކޭ ކޮންފިޑެންސް ނެތީމަކާ ނޫނޭ. އަޅުގަނޑު ބަލާލީމޭ މިތާނގަ 200 ޕްލަސް އިއަރސްގެ ތާރީޚްގަ ނެތޭ މިތާނގަ ކަލޭމެން ބޭރުމީހަކަށް މިފުރުޞަތެއް ދީފަކާއެއް. އަޅުގަނޑު އެގޮތަށް ޖެހީމަ ހީކުރާނެ ނޫންހޭ. މީކޮންކަހަލަ މީހެއްހޭ. މާ ބޮޑޮތި އުއްމީދުތަކާގެންނޭ މީނަ މިއަންނަނި . ބުނީމަ ބުނީ ތިމަންނަމެން ޑިސްކްރިމޭޝަނައް ނުކުރަމޭ. ބޭރުމީހަކަށް ވިއަސް އެފުރުޞަތު ލިބޭނެއޭ. ކީއްވެހޭ ނުޖަހަނީ އަޅުގަނޑު ބުނިން ދޭށޭފޯމް ޖަހަން . އެތަނުން އެތަނަށް އަޅުގަނޑު ފޯމް ބަދަލުކޮށްލައިފިން. ބަދަލުކޮށްލާފަ އެޕްރޮސެސް ނިންމާލާފަ ﷲގެ އިރާދަ ފުޅާއެކު 200 އަހަރުގެ ތާރީޚުގަ، މިހާރު އެތަނަށް މިވީ 222 އަހަރު . އަދި އަދަށް ދާންދެންވެސް އަޅުގަނޑު ފިޔަވާ ބޭރުމީހަކަށް އެތަނުގެ ކޮމާންޑް ކަމެއްނުލިބޭ. 

އެހެންވީމާ  ދިވެހިރާއްޖޭގަ ކަޅުބިލަމަސް ކައިގެން  ގަރުދިޔަ ކައިގެން ބޮޑުވާ ކޮންމެ  ދިވެއްސަކީވެސް ދުނިޔޭގެ ކޮންމެ ގައުމަކަށްގޮސްވެސް  ތާރީޚް ބަދަލު ކޮށްލެވިދާނެ މީހެއް. ތި ކުދިންނަށް ތާރީޚް ބަދަލު ކޮށްލެވިދާނެކަން އަޅުގަނޑުމީ ދިރިހުރި މިސާލެއް. މިވާހަކަ މިކިއާދެނީ ތިއިން ކޮންމެ ކުއްޖަކުވެސްވާނެ ދުނިޔޭގެ ތާރީޚް ބަދަލުކޮށްލާ ކުއްޖަކަށް. މިއަދު މިތަނުން ތިހަވާލުވި ޒިންމާ ތަކާ ހަވާލުވެއްޖެކަމަށްވަންޏާމުން . އަޅުގަނޑުވެސް 20 އަހަރުކުރިން ހަމަ ތިގޮތަށް ހަވާލުވިން. އެހެންވީމަ އެއުއްމީދު އެހުޅުކޮޅު . ނިއްވާނުލާ ހިފަހައްޓަންވާނެ. 

 

ދިވެހިރާއްޖޭ ޑްރަގްސް ފްރީ ތަނަކަށް ހަދަން އަޅުގަނޑަށް ފުރުޞަތު ލިބުނީ ރައީސް މުޢީޒު ހޮވިވަޑައިގެންފަ ، ހޯމްލޭންޑް  ސެކިއުރިޓީ އެންޑް ޓެކްނޮލަޖީ މިނިސްޓްރީއާ ހާވާލުވެދޭށޭ ބުނި ހިސާބުން. އޭރު އަޅުގަނޑު ހުރި މަގާމުގެ މުސާރައަކީ -/150،000 ރުފިޔާ މަހަކު. ވަޒީރުކަމުގެ މުސާރައަކީ ގާތްގަޑަކަށް -/70،000 ރުފިޔާ އެއްކަލަ އުއްމީދު ހިފާކަމަށް  ވެއްޖެއްޔާ މުސާރައިގެ ދެބައިކުޅަ އެއްބައި މަހެއްގެ މަޗަށް ވަގުތުން ގެއްލުނީ. ވަޒީރަކަށް ހުރެ އެއްވެސް ވިޔަފާރިއެއްގައި ބައިވެރިއެއް ނުވެވޭ. ހުރިހާ ޝެއަރތައް ދޫކޮށްލަންޖެހޭ . ހުރިހާކަމެއް ދޫކޮށްލަންޖެހޭ. އުމުރުގަ ބިލްޑްކުރި ހުރިހާކަމެއް ދޫކޮށްލަންޖެހޭ. އެހެންނަމަވެސް މިގައުމަށް މިވަގުތަށް މިދެންނެވި ތިންކަން ގޭންގުތަކުން ސަލާމަތް ވުމާއި ޑްރަގްސް ހުސްކުރުމާ އަދި އޭގެ އިތުރުން ގަވާއިދާ ޚިލާފަށް އުޅޭބޭރުމީހުން ކަންތައް މީއަޅުގަނޑުމެން ޓީމެއް ރާއްޖޭގައި މިކަން ހައްލުކުރުމަށް މިއުޅެނީ . މިކަމަށްޓަކައި އަޅުގަނޑު ރައީސް މުޢިޒް ދެއްވި ފުރުޞަތުގައި މިހިފީ. މުސާރައަށް ދެބައިކުޅައެއްބައި ކަނޑާލާފަވެސް.

 

އެހެންވީމަ ތި ކުދިންނަށް ލިބޭނެ ފުރުޞަތު އެއްކަލަ ހުވަފެން ހަގީގަތަކަށް ހަދަން . އެލިބޭ ފުރުސަތު ނުވެދާނެ އެހާ އެޓްރެކްޓިވް ފުރުޞަތަކަށް. އެފަދަ ހާލަތުގައި ފުރުޞަތުގެ ބޭނުންކުރޭ ގައުމެއްގެ ހައްގުގައި އަޅުގަނޑުމެން ދެކޭ ހުވަފެނަކީ މާބޮޑު ހުވަފެނެއް. އަމިއްލަ ނަފުސަށް ލިބޭ ފައިސާ ކޮޅަކަށްވުރެ. ގައުމެއްގެ ހައްގުގައި ގައުމެއް  ބަދަލުކޮށްލަން ރަނގަޅު މިސްރާބަކަށް ބަދަލުކޮށްލަން ލިބޭ ފުރުޞަތަކީ ތިއިން ކޮންމެ ކުއްޖަކަށްވެސް  އިންޝާﷲ ލިބިދާނެ. އެކަމުގެ ފުރިހަމަ މިސާލެއް މިއަދު އަޅުގަނޑު މިހިރީ.

 

އުމުރުން 37 އަހަރުގައި ރާއްޖޭގެ މިވުޒާރާއާ ހަވާލުވާން މިފުރުޞަތު މިލިބުނީ ތިކުދިންނަށް ހަމަ 20 އަހަރު ފަހުން މި ފުރުޞަތު ލިބިދާނެ. އަޅުގަނޑަށް އެނގޭ އެއްކަމަކީ ތި ކުދިން މިއަދުން ފެށިގެން މި ދެންނެވި ހުވަފެން މި ލެވަލްގަ ދެކޭށޭ. ގްރޭޑް 12 އެދިޔައީ 11 އެދިޔައީ އެވިސްނުމެއްނޫން މިހާރު ހުންނަންވީކީ. މިހާރު ހުންނަންވީ  ފައިވް އިއަރސް ޓެން ، އިއަރސް ފިފްޓީން އިއަރސް ، ޓްވެންޓީ އިއަރސްގެ ވިސްނުން. އެއިރުން މިހިސާބަށް ޓާގެޓަށް ދެވޭނީ.

 

ޢިއްޒަތްތެރި ލޮބުވެތި ބެލެނިވެރިން އަޅުގަޑުގެ މަންމަ އެމެރިކާގަ ހުއްޓާ އެއްދުވަހު ގުޅާފަ ބުނީ އޭއި ކީއްވެހޭ ނުނިދާ ތިއުޅޭނީ. ބަލާލިއިރު އެއިރު އެތާގަޑިން މެންދުރު 12 ޖެހީ . މިތާނގެ ގަޑި ރޭގަނޑު ގަޑި. އަޅުގަނޑަށް އެނގޭ ތިބޭފުޅުން ވަރަށް ލޯބިވާ ތުއްތު ކުދިންކަންމީ. އެހެން ނަމަވެސް މިކުދިން މިހާރު ތިބި ހަރުފަތުން ކުރިއަށްދާން ނަގަންޖެހޭނެ ވަރަށް ރިސްކީ ބޮޑެތި ނިންމުންތައް. އެނިންމުންތަކުގައި އެކުދިންނަށް އެންމެ ފޭވަރ ވަގޮތަށް ސަޕޯޓް ކޮށްދިނުމަކީ އަޅުގަނޑު ހަމަ މިއަދު ތިބޭފުޅުންގެ އަރިހުން އެދޭ އެދުމެއް . ބައެއްފަހަރަށް  ވަކި ގޮތްނޭގޭ ގައުމަކަށް ދުވަހަކު ނުދާ ހިސާބަކަށް ދޫކޮށްލަން ޖެހިދާނެ. ޓްރަސްޓް ކުރައްވާ މިކުދިން ގައިގަ އެހުނަރާ ހިތްވަރު ހުންނާނެ.  ދަސްކުރާނެ. އަޅުގަނޑުމެންނަށްވެސް ކާންނުލިބޭ ދުވަހަކު ނުފެންނަ އެއްޗެހިވެސް  ކާން ލިބުނު  ދަސްކުރިން. މިކުދިންވެސް ދަސްކުރާނެ އެ އިތުބާރު ބާއްވާ. މިކުދިން އެމަގުން ހިނގުމުގެ ފުރުސަތާ އެމަގުން ހިނގުމުގެ ހިތްވަރު ދެއްވުން އެއީ  މިއަދު ތިޔަ ޢިއްޒަތްތެރި ލޮބުވެތި ބެލެނިވެރިން ގެ އަރިހުން އަޅުގަނޑު އެދޭ އެދުމެއް. ބައެއްފަހަރު ޑިސެޕޮއިންޓްމެންޓް އަންނާނެ އަޅުގަނޑު މަންމަ އަޅުގަނޑުގެ ގައިގަ އިލޮށިފަތިންނާ އޭތި މީތިން ޖެހީ ކިހާވަރެއްކަމެއް ހަނދާނެއްވެސް ނެތް.  އެހެންނަމަވެސް އޭގެ ބަދަލު މިއަދު މިލިބުނީ. މަންމަމެން ފަޚުރުވެރިވާ ކުދިންނަށް ތިކުދިން މިއަދު ތިހަދާދިނީ. އަދި މަންމަމެން ފަޚުރުވެރިވާ ކުދިންނަށް އަދި ބައްޕަމެން ފަޚުރުވެރިވާ ކުދިންނަށް ކުރިއަށް އޮތްތާނގަ އެކުދިން ހަދާނެ. އެދުވަސް އަންނާނީ އެކަމަކު ކޮންމެވެސް ވަރެއްގެ ކޮންޕްރަމައިޒަކާ އެކު އެފުރުޞަތު އެކުދިންނަށް ދެއްވާ.

 

 

Dear teachers I have always been appreciate of the services that you have done and are continue to do our society. I have been the favourite students of many teachers but every teacher in my life has been my favourite teacher. And that difference I believe you all are making to teach to every one of these students here. Thank you so much for the services that you have doing this country as well as your service to these individual schools. Today was warning days as special students  in this school.

 

އަޅުގަނޑުގެ ދުޢާއަކީ މާތް ﷲ ޞުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ކާމިޔާބު ލެއްވުން.  އަޅުގަނޑުގެ ދުޢާއަކީ މިއަދު މިސްޓޭޖުން ފެނިގެން ދިޔަކުދިންނަކީ ދިވެހިރާއްޖެއަށް ކާމިޔާބު ޚިދުމަތްތަކެއް ކުރާނެ ކާމިޔާބު ކުދިންތަކެއް ކަމުގައި މާތްﷲ ސުބުޙާނަޙޫ ވަތަޢާލާ ލެއްވުން. އަޅުގަނޑުގެ ދުޢާއަކީ މިމުއައްސަސާއަކީ ތާޢުލީމީ އައްޑަނައެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ކުރިމަގުގައިވެސް އޮތްނާނެ އަދި ތަޢުލީމީ ދަންމަރެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ފެނިގެންދާނެ ގޮތުގައި މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ލެއްވުން.

 

ކުރިއަށް ދިވެހި ގައުމު.

 

والسلام عليكم ورحمة الله وبركاته.