އެމްސީއެސް ގެ 28 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަރިވަރުން ދަސްވެނިވުމާއި ހުވާކުރުމުގެ ރަސްމިއްޔާތު

`

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 28 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަރިވަރުން ދަސްވެނިވުމާއި  ހުވާކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ ޓެކްނޯލޮޖީ ޢަލީ އިޙްސާން ދެއްކެވި ވާހަކަފުޅު

(25 ނޮވެމްބަރ 2023)

 

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ސީނިއަރ އޮފިސަރުން، މިކޯހުގެ މުދައްރިބުން، މިއަދު ގެ ޝަރަފް ލިބިގެންވާ އެންމެހާ ދަރިވަރުންގެ މައިންބަފައިން، އަދި އެބަޔަކަށްޓަކައި މިހަފްލާ ޝަރަފްވެރިކުރެވޭ ކޯހުގެ ބައިވެރިން އައްސަލާމުޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.

އާދެ! މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަކީ މިވަގުތު މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށުން ހިނގަމުންއަންނަ އެންމެ މުހިންމު އެއް މުއައްސަސާ. ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި އިންތަކުގެ ތެރެއިން މުޖުތަމައުން އެކަހެރިވެ ބާކީވެ އަދި އެއްފަރާތްވެ އެކި ގޮތްގޮތުން އަޅުގަނޑުމެން މުޖުތަމަޢުތެރެއަށް އަނބުރާ ގެންނަން ބޭނުންވާ ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުންގެ ފުރިހަމަ ޒިންމާ ނަގާ، އެރައްޔިތުން އަނބުރާ މުޖުތަމައުއަށް ގެނައުމުގެ ޒިންމާ ހަވާލުވެލައްވާ ވަރަށް މުހިންމު މުއައްސަސާއެއް. މިމުއައްސަސާ އަކީ އެއްދުވަހުން އަނެއްދުވަހަށް ކުރިއެރުންތަކެއް ހޯދަމުން އަންނަ މުއައްސަސާއެއްކަން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެބައެނގޭ. ތިޔަ ލޮބުވެތި އޮފިސަރުން މިއަދު ތަމްރީން ހަދައިގެން ކުރިމަތި ލައްވާން ތިއުޅުއްވާ ގައުމީ ބުރަ މަސްއޫލިއްޔަތަކީ މި މުއައްސަސާގެ ޙައްގުގައި ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް. އަދި މި ގައުމުގެ ޙައްގުގައި ކުރެވޭ ވަރަށް މުހިއްމު މަސައްކަތެއް. ތިޔަ އެންމެހާ ލޮބުވެތި އޮފިސަރުން ތިނެންގެވި ފިޔަވަޅަށްޓަކައި  އަދި ގައުމީ ޚިދުމަތަށް ނިކުންނަވަން ނިންމެވި ނިންމުމަށްޓަކައި ތިޔަ އެންމެހާ އޮފިސަރުންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން. ތިޔަ އޮފިސަރުންގެ ލޮބުވެތި ބެލެނިވެރިން ތިޔަ އޮފިސަރުން ގައުމީ ޚިދުމަތަށް ނެރެދެއްވުމަށް މިއޮތްހާ ޒަމާނަށް ކުރެއްވި މަސައްކަތަށް ބެލެނިވެރިންނަށްވެސް ސާބަސް ދެން.

އަޅުގަނޑުމެން ތަމްރީންކުރާ މުވައްޒަފުންނަކީ ނުވަތަ އޮފިސަރުންނަކީ މިމުއައްސާގެ އެންމެ ބޮޑު އެއް ރައުސުލްމާލު. އަޅުގަނޑުމެންބަލަނީ އެއިރެއްގެ ދެވެން ހުންނަ   އެންމެ މޮޅު ތަމްރީން އެންމެ އެކަށީގެންވާ ތަމްރީން އެމުއައްސަސާއެއްގައި ތިއްބަވާ އޮފިސަރުންނަށް ދެވޭތޯ. އަޅުގަނޑުގެ ވިސްނުމަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުން އަންނަ ޔުނިފޯރމްޑް ހުރިހާ މުއައްސަސާއެއްގެ ބޭސިކް ޓްރޭނިން ނުވަތަ އަސާސީ ޓްރޭނިންގ އަކީ އެއްޓްރެނިންއަކަށް ވެގެންދާ ދުވަސްކަމުގައި ހެދުން. އަދި އެތަމްރީން ތަކުން ނުވަތަ ޓްރެއިނިންތަކުން އަޅުގަނޑުމެން ޓްރެއިން ކުރާ އޮފިސަރުންނަކީ ވަކި ގޮތަކަށް ބައްޓަންކުރެވި ގައުމާ ދޭތެރޭގައި ވަކި ގޮތަކަށް ދެކޭ އިސްލާމް ދީނަށް ފުރިހަމައަށް ހުރުމަތްތެރިކޮށްހިތާ އަޅުގަނޑުމެންގެ ގާނޫނު ނެގެހެއްޓުމުގައި ފުރިހަމަ ގާބިލްކަން ލިބިފައިތިބި އަސާސީ ތަމްރީން ކޯސް ފުރިހަމަކުރާ އޮފިސަރުންނަށް ހެދުން. އެއްއަށްފަހުގައި އެމުއައްސަސާތަކުގެ ބޭނުމަށްޓަކައި އެމުއައްސަސާތަކުގެ ޚާއްޞަ ތަމްރީން އެހިސާބުން ހެދިގެންދާގޮތަށް ބައްޓަން ކުރުން. އެއީ އަޅުގަނޑުމެންގެ އަމާޒަކީ. އަޅުގަނޑުމެން ބަލާނީ ރާއްޖޭގެ ކޮލިފިކޭޝަން ސްޓޭންޑަޑުގަ މިހާރަށް ވުރެ މަތީ ފަންތީގެ ކޯސް ދެންމެ ޕްރިޒަނާ އޮފް ކޮމިޝަންސް ފާހަގަ ކުރެއްވި ގޮތަށް ޕްރިންޒްންސްގެ ޓްރޭޏިންގ އިންސްޓިޓިއުޓުގެ ތެރެއިން ހިންގުމުގެ ގާބިލްކަން އިތުރުކޮށް އެފުރުޞަތުތައް ތަނަވަސްކޮސްދިނުމަށް. ތިބޭފުޅުން މިއަދު ކުރައްވާ ހުވަޔަކީ ގައުމީ ޚިދުމަތަށް ނިކުމެ ކުރައްވާ ބުރަ މަސައްކަތާއި އެކަމުގެ ވާޖިބު އަދާކުރާނެ ކަމުގެ ހުވައެއް. ގައުމީ ޚިދުމަތުގެ ހުވައަކީ ވަރަށް މާތްމަގުސަދެއްގައި ހުރިހާ އެންމެންވެސް ކުރާ ހުވާ. ދިވެހި ސިފައިންނާއި ފުލުހުން އަދި ޔުނިފޯމްޑް އެހެން މުއައްސަސާ ތކަގައިވެސް ކުރަމުން އަންނަ ހުވާ. ހުވައެއް ކޮށްގެން ގައުމީ ޚިދުމަތަށް ނިކުންނަ އޮފިސަރެއްގެ  ގައިގަ ހުންނަޖެހޭ ސިފަތައް ދެމެހެއްޓުމަކީ ވަރަށް މުހިންމުކަމެއް. އަޅުގަނޑުމެނަށް ބައެއްފަހަރަށް ފެނިގެން އަންނަނީ ތަމްރީންކުރެވި ހުވާ ކުރުމާ ހިސާބުން އެސިފަތައް ދެމެހެއްޓިފަ ވަކިހިސާބަކުން އެފަދަ ސިފަތައް އެމީހާގައިން ކެނޑިގެން ދާތަން. ތިބޭފުޅުންގެ ކުރިމަތީގައި އޮންނާނެ ޗެލެންޖަކީ ކުޑަ ޗެލެންޖެއްނޫން. ރިސޯސްތައް މަދު އެހެންނަމަވެސް މަސްއޫލިއްޔަތު ބޮޑު މުއައްސަސާއެއްގެ ތެރޭއިން މަސައްކަތް ކުރުމުގެ ބުރަ ޗެލެންޖްސް. މިޗެލެންޖް ތަކާ ކުރިމަތިލާއިރުގައި ތިބޭފުޅުންގެ ހުވާމަތިން ތަކުރާރުކޮށް ހަނދާން ކުރަންވާނެ. ތިބޭފުޅުން މިއަދު ތަމްރީން ހޯއްދެވި ގުރައުންޑުގައި ތި ހޯއްދެއްވި ތަމްރީންތައް މަތިން ތަކުރާރުކޮށް ހަނދާން ކުރައްވަންވާނެ. އެ މުދައްރިބުން ކިޔާދެއްވި ފިލާވަޅުތައް ތަކުރާރުކޮށް ހަނދާން ކުރައްވަންވާނެ. ސަބަބަކީ އަޅުގަނޑުމެން މި ގޭޓް ހުރަސް ކުރުމަށްފަހު ދިމާވާ ކޮންމެ ފަރާތަކުން މަސައްކަތް ކުރަމުން އަންނާނީ މިދެންނެވިކަންކަން ތިބޭފުޅުންގެ ގައިން ނިގުޅައިގަންތުމަށް. އަޅުގަނޑުމެން ކިތަންމެ ވަރަކަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްފަ މިމުއައްސަސާގަ އޮންނަން ބޭނުންވިއަސް، ގަބޫލުކުރަން ޖެހޭ ހިތާމަވެރި ހަގީގަތަކީ މުއައްސަސާގެ ސަލާމަތާ ރައްކާތެރިކަމަށް ކަނޑައެޅިފައިހުރި  އަދި މި އިމާރާތްތަކުގެ، މި ތަނބުތަކުގެ ތެރޭގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަނޑއެޅިފައި ހުރި ބައިވަރު އުސޫލުތަކާއި ހަމަތައް މުގުރާލާފައި އަޅުގަނޑުމެންގެ ތަމްރީން ކުރެވި ހުވާކުރެވިފައިތިބި އޮފިސަރުންގެ އެހުވަޔާއި ތަމްރީނާއި ޚިލާފަށް އެބޭބޭފުޅުން ބޭނުން ކުރައްވައިގެން އަޅުގަނޑުމެންގެ އުސޫލު ބްރޭކްވެ އޭގެ ނަތީޖާ އެއްގެގޮތުން މި ރާއްޖޭގެ ދާޚިލީ ސަލާމަތަށްވެސް މިއޮތީ ބުރޫއައިއްސަ. މިއަދު ތި ބޭފުޅުންނަށް އަޅުގަނޑު ދޭނެ ނަޞޭހަތަކީ މިފަދަ ކަމެއްގެ ތެރޭގައި ތިއިން ބޭފުޅަކު ވެގެންނުވާނެ. ތިއިން ބޭފުޅަކު ހުރި ހިސާބެއްގަވެސް ތިއިން ބޭފުޅެއްގެ އަސަރު ފޯރާ ހިސާބެއްގަވެސް ތިއިން ބޭފުޅެއްގެ ބަސްވިކޭ ހިސާބެއްގަވެސް ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ކުރެވިގެން ނުވާނެ. ގައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެކަމަށް ދިވެހި ރައްޔިތުން އަޅުގަނޑުމެންގެ މައްޗަށް ޒިންމާ ކުރުވާފައި ދިވެހި ރައްޔިތުން ހަމަނިދި ހޯދަން މަސައްކަތް ކުރަނީ. އަޅުގަނޑުމެން ކަށަވަރު ކުރަން ޖެހޭނެ އެރައްޔިތުންނަށް ހަމަނިދި ލިބޭތޯ. އަޅުގަނޑުމެން ކަށަވަރު ކުރަން ޖެހޭނެ ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަން. އަޅުގަނޑުމެން ކަށަވަރު ކުރަންޖެހޭނެ ޖަލުތަކުގެ ތެރެއިން މުޖުތަމައުގެ ތެރެއަށް ނުރައްކާތައް ނައަންނާނެކަމަށް. މިވަގުތު ހާލަތަކީ އެއީއެއްނޫން. ކޮމިޝަނަރ އޮފް ޕްރިޒްންސާއި ޕްރިޒްންސްގެއިސް ފިސަރުންނަށް އަޅުގަނޑު ތަކުރާރުކޮށް ދައްނަވާނީ މިވާހަކަ. މިވާހަކަ އަޅުގަނޑުމެން  ހުއްޓާލާނީ އެލެވެލްއަށް އަޅުގަނޑުމެންގެ ކަންކަން ތަންފީޒް ވެގެން ދިޔައިމަ.

ދިވެހިރާއްޖޭގެ ޕްރިޒްންސް ހުރި އެއްވެސް ހިސާބެއްގައި އެއްވެސް އޮފިސަރެއްގެ އެއްވެސް މުވައްޒަފެއްގެ ފަރާތުން މިއަދާ ހިސާބުން ފެށިގެން ކޮރަޕްޝަންގެ ފައިސާއާއި މިކަހަލަ ކަންކަމާ ގުޅިގެން ތިބޭފުޅުންގެ އަބުރު ވިއްކާލާ  އިންޓަރގްރިޓީ ގެއްލުވާލާ ކަހަލަ މައްސަލައެއް އަޅުގަނޑު ޓޮލެރޭޓެއް ނުކުރާނަން. އެއީ އަޅުގަނޑު ކުރިމަތީގައި ތިޔަ ހުރިހާ އޮފިސަރުންގެ އަގު އެންމެ ބޮޑަށް ވެއްޓޭނެ އެއްކަން. އަޅުގަނޑު ޔަގީން ކުރަން މިއަދު ތަމްރީންވެގެންމިދާ އެއްވެސް އޮފިސަރެއްގެ ފަރާތުން މިފަދަކަމެއް ނުފެންނާނެކަމަށް. އަދި އަޅުގަނޑު ޔަގީންކުރަން ތިބޭފުޅުން ތިއްބަވާ ތަނެއްގައިވެސް މިފަދަ ކަމެއް ނުހިނގާނެކަމަށް. އަދި އަޅުގަނޑަށް ވެވުނު ހުރިހާ މަސައްކަތެއް މިއަދުން ފެށިގެން މިކުރަމުންދަނީ ކޮމިޝަނަރ އޮފް ޕްރިޒްންސްއާއި އަދި އިސްއޮފިސަރުންނާ ގުޅިގެން ޖަލުތަކަށް މިފަދަ ކަންކަން ނުވައްދާނޭފަދަ އަދި ނުވަންނާނެ ފަދަ އިންތިޒާމުތައް ހަމަޖެއްސުމަށް ބޭނުންވާ ރިސޯސްއާ އާލާތްތައް ހޯދުމަށް. އަޅުގަނޑުމެން އިރާދަ ކުރެއްވީ އެކަން ކަށަވަރުކުރާނަން.

މިއޮފިސަރުންގެ މައިންބަފައިން، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ދަރިއަކު، ބޮޑުކޮށް ނެރުމަކީ އެއީ ވަރަށްވެސް މުހިންމު ގައުމީ ޚިދުމަތެއް. ތި ބޭފުޅުން ލޯބިވާ ދަރިއަކު ބޮޑުކޮށް ގައުމީ ސަލާމަތާއި ނުރައްކަލަށް އައިސްދާނެ ކަންކަމަށް ހުރަސްއެޅުމަށްޓަކައި އެކުދިން ނުރައްކަލަށް ހުށަހެޅޭފަހަރުތައް އަންނާނެ. އެކަން އެނގިތިބެ ތިޔަ ބެލެނިވެރިން އެބޭފުޅުން މިފަދަކަމަކަށް ނެރެދެއްވިކަމީ އަޅުގަނޑު ވަރަށް ބަލައިގަންނަ، ތިބޭފުޅުންނަށް ސެލިއުޓް އަރުވާކަމެއް. މިކަމަށްޓަކައި ހުރިހާ ލޮބުވެތި ބެލެނިވެރިން މައިންބަފައިން އަދި މިބޭބޭފުޅުންގެ އާއިލާގެ ބޭފޫޅުންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގަޔާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ޝުކުރު އަދާ ކުރަން.

މިއަދު އެކިވަނަވަނަތައް ހާސިލުކުރި ބޭފުޅުން. ތަމްރީންތަކުން ވަނަ ހޯދުމަކީ ފަޚުރުވެރިކަމެއް. ތަމްރީންތަކުން ލިބިދޭ ވަނަތައް ދައްކުވައިދެނީ ތިބޭފުޅުންނަކީ ތަފާތު ބޭފުޅުންކަން. ތިބޭފޫޅުންގެ އަޒުމު ވަރުގަދަ ކުރަންވީ ކުރިއަށް އޮތްތާނގައި އިތުރު ތަމްރީންތަކުގެ ފުރުސަތުތައް ހޯދާ އެތަމްރީންތަކުން ވަނަވަނަ ހާސިލް ކުރުމަށް.

ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ނަންފުޅުގަޔާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ތިޔަ ތަމްރީން ހޯއްދެވި ހުރިހާ ބޭފުޅުނަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން. އަދި ވަނަވަނައަށް އައި ފަރާތްތަކަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން.

އަޅުގަނޑުގެ ދުޢާއަކީ މޯލްޑިވްސް ކަރެކަޝަނަލް ސަރވިސްގެ ބެއްލެވުމުގެ ދަށުން ދިވެހިރާއްޖޭގެ ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވި ޖަލުތަކުގައި ޚިދުމަތް ލިބިގަންނަން އަންނަ ގައިދީންނާއި އެހެނިހެން ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވި އަދި މިތަންތަނުގެ ފަރާތުން ދިވެހިރާއްޖޭގެ އެއްވެސް ރައްޔިތަކަށް އުނދަގުލެއް ނުވާނެފަދަގޮތަކަށް މިތާނގެ ކަންކަން ތަރުތީބުވެގެންދާގޮތަކަށް މާތްﷲ އަޅުގަނޑުމެންނަށް މިންވަރު ކޮށްދެއްވުން. އަޅުގަނޑުގެ ދުޢާއަކީ ދިވެހި ރާއްޖޭގެ ކަރެކްޝަނަލް ސަރވިސްގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފޫޅުން ކުރައްވާ ބުރަ މަސައްކަތުގައި ﷲ ތަޢާލާ ބަރަކާތް ލެއްވުން. އަދި އަޅުގަނޑުމެންނަށް މިއަދަށްވުރެ ފަހި މާދަމާއެއް ދެއްކެވުން. ކުރިއަށް ދިވެހިގައުމު.  

والسلام عليكم ورحمة الله وبركاته.