ނޫސްވެރިންނަށް ބޭއްވި ޓްރޭނިންގ ޕްރޮގްރާމް

`

 

ނޫސްވެރިންނަށް ބޭއްވި ޓްރޭނިންގ ޕްރޮގްރާމުގައި  މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ ދެއްކެވި ވާހަކަފުޅު

07) ޑިސެމްބަރ 2022)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

ކައުންސިލްތައް ޖަވާބުދާރީކުރުމުގައި ނޫސްވެރިންގެ ދައުރު އާދެ! އަޅުގަނޑުމެން މިނިސްޓްރީގެ މީޑިއާ ސެކްޝަންގެ ފަރާތުން އިސްނަންގަވައިގެން މިއިންތިޒާމު ކުރެއްވި މި މުހިންމު ސެޝަންތަކުގެ މީޑިއޭޓަރުންނާއި ހުރިހާ ބައިވެރިންނަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން ވަރަށް ބޮޑަށް  ޝުކުރު ދަންނަވަން. މިމަސައްކަތުގައި ތިބޭފުޅުން ބައިވެރިވެ ވަޑައިގެންނެވީތީ.

އާދެ! އަޅުގަނޑު ހިތުން މިއަދު ރާއްޖޭގެ މުޅި ހިންގުމުގެ ނިޒާމަށް 2005 ން ފެށިގެން ނޫނީ 2008 ން ފެށިގެން އަންނަމުން މިދާބަދަލުތަކުގެ ތެރޭގައި އަޅުގަނޑުމެންގެ ސަރުކާރު މަސައްކަތްކުރާގޮތް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމުގައި ޖަވާބުދާރީވާގޮތެއްގައި މިކަންކުރުމަށް ނޫސްވެރިންނާއި މީޑިއާގެ ތެރެއިން އަދާކުރެވޭ ދައުރު މިއަދު މިހާރަށްވުރެ ބޮޑަށް ލާމަރުކަޒީ ކުރަން ޖެހިއްޖެ. އާދެ! ރާއްޖޭގެ ރިޒާވުގެ ތެރޭގައި  ލާމަރުކަޒީވާހަކަ 2008 ފެށިގެން ވަރަށް ބޮޑަށް ދެކެވެމުންއައީ. އެކަމަށްޓަކައި އެކި ދުވަސްވަރު އެކިގޮތަށް ފިޔަވަޅު އެޅެމުން އައިސް އެނިޒާމު ބައެއް ދުވަސްވަރަށް ތަންކޮޅެއް ފުޅާވެ ވަރުގަދަވެ ބަދަހިވެ އަނެއްބައިދުވަސްވަރަށް ނިކަމެތިވެ ހީނަރުވެ ބަލިކަށިވެ މިހެންމިދާއިރުގައި ނޫސްވެރިކަމުގެ މިވާހަކަ އަދި މާބޮޑަށް ދެކެވުމަކުންނާދޭ.  އެހެންނަމަވެސް އަޅުގަނޑު އުފާކުރަން. ބައެއް އަމިއްލަ  ނޫސްވެރިން ނުވަތަ އޮންލައިން ބައެއް ނޫސްތަކުން އަތޮޅުތެރެއަށް އިސްކަމެއްދީގެން އެމަސައްކަތް ކުރަމުންދިޔަ ނަމަވެސް ދައުލަތުގެ ނިޒާމުގެ ތެރެއިން ސަރުކާރުގެ ތެރެއިން ނޫސްވެރިކަން ލާމަރުކަޒީ ކުރުމުގެ މާބޮޑުވާހަކަތަކެއް އަދި ދެކެވިފައެއްނުވޭ. އެހެންނަމަވެސް އަޅުގަނޑުމެން މިނިސްޓްރީގެ މީޑިއާސެކްޝަންގެ ފަރާތުން މިއިސްނަންގަވައިގެން މިފެށިފެށުމަކީ މަރުކަޒީކޮށް ދެވެމުން އައި ނުވަތަ ހިންގެމުންއައި ނޫސްވެރިކަމުގެ ހަރަކާތް މަސައްކަތް ލާމަރުކަޒުކޮށް ފުޅާކުރުމުގެ ވިސްނުމާ ދިމާލަށް ބައްޓަން ކުރުމުގައި ކަމަށް އަޅުގަނޑު ގަބޫލުކުރަން. އާދެ! ރާއްޖޭގެ ހިންގުމުގެ މުހިންމު ބައެއް ލާމަރުކަޒީ ނިޒާމުގެ ދަށުން އަތޮޅުކައުންސިލްތަކާއި ރަށުކައުންސިލްތަކަށް މަތިކުރެވިގެންދާއިރު ދައުލަތުގެ މާލިއްޔާތާއި އެނޫންވެސް ކަންކަމަށް ކައުންސިލްތަކުގެ ދައުރު ފުޅާވެ ބޮޑުވެގެންދާއިރު ޖަވާބުދާރީ ވުމާއި ޒިންމާދާރު ކުރުވުމުގެ ކަންކަން ކައުންސިލްތަކުގެ މައްޗަށް މީޑިޔާތައް ނޫސްވެރިން މެދުވެރިކޮށް ދިއުން އެއީ ކޮންމެހެން ކުރަންޖެހޭކަމެއް. އަޅުގަނޑު ހިތުން މިއަދުގެ މިސެޝަން ތަކުގެ ތެރޭގައި އެދިމާލަށް އަޅުގަނޑުމެންގެ ސެޝަންތައް ބައްޓަންކުރެވި އެވާހަކަ ދެކެވި އޭގެ ތެރެއަށް އަޅުގަނޑުމެން ހުޅުވިގެންދާނެ.

އާދެ! މިއަދު މިފަށއިގަނެވެނީ މިނިސްޓްރީގެ ތެރެއިން ސެކްޝަންގެ ތެރެއިން ފެށޭ މަސައްކަތެއްކަމުގައި ވިޔަސް  އަޅުގަނޑު ހިތުން މިމަސައްކަތް އެހެން ލެވެލްއަކަށް ގެންދަންޖެހޭ. އަޅުގަނޑުމެން މާލޭގަ ގާއިމުވެތިއްބަވާ ނޫސްވެރިންނަށްވުރެ އަތޮޅުތެރޭގައި ގާއިމުވެ ތިއްބަވާ، ހިންގަވާ ނޫސްތައް ކުޑަވެ މަދުވާންޖެހޭ އެއްވެސް ސަބަބެއްނެތް. އަތޮޅުތެރޭގައި މިއަދުގެ ނިޒާމް ބައްޓަން ކުރެވިފައި އޮތްގޮތުން ޓެކްނޮލަޖީގެ ތެރެއިން އަޅުގަނޑުމެންގެ އަތޮޅުތެރޭގައި އަތޮޅުތަކުގެ ސަރަހައްދު ތަކުންހިނގާ ކަންކަން އެންމެ ގާތުން އަވަހަށް ގެނައުމަށް، ހަގީގަތުގައި މާފަސޭހަވެ އެކަންކަން ފުރިހަމަ ކުރެވިގެންދާނެ. އެހެންވީމަ އެދިމާއަށް އަޅުގަނޑުމެންގެ  ވިސްނުން ބައްޓަންކޮށް މަސައްކަތް ކުރުމަކީ ރާއްޖޭގެ ހިންގުން ހަރުދަނާވެ ޚާއްޞަކޮށް މިއަދުގެ މި ޑިމޮކުރަޓިކް ވެއްޓަށް ހުޅުވެމުންދާއިރުގައި  އަޅުގަނޑުމެން ސަރުކާރާއި ކައުންސިލްތަކާއި ހުރިހާ އެންމެން އެކުގަ މިކުރާ މަސައްކަތް ރައްޔިތުންނާ ހަމައަށް ގެނެސްދީ ޖަވާބުދާރީވުމަށް މަގުފަހިވާނެކަމެއް ކަމުގައި އަޅުގަނޑު ގަބޫލުކުރަން.

އާދެ! މިއަދު އަޅުގަނޑު ހިތުން މިނިސްޓްރީގެ ފަރާތުން މި އިންތިޒާމުކުރެވިގެން މިދިޔައީ އަހަރުގެ ދެން އެންމެ ފަހުކޮޅަށް އައިސް ވަރަށް ބައިވަރު ގޮންޖެހުންތަކާއި ދަތިތަކާއެކުވެސް އެބޭފުޅުން ވަރަށް ގިނަ މައްސަކަތް ކުރައްވައިގެން މިހިސާބަށް މިގެންނެވީ.  އަދި ވަކިން ޚާއްޞަކޮށް ފެސިލިޓޭޓަރުން އެބޭފުޅުންގެ ވަގުތުތައް ދަތިކޮށް އުޅެމުންވެސް އެބޭފުޅުން މިކަން ކޮށްދެއްވުމަށް ވަޑައިގެންނެވީ އަދި ބައެއްނޫސްވެރިންވެސް އަޅުގަނޑު ހިތުން   އަހަރުގެ ފަހުކޮޅަށްދާއިރު ވަރަށް ގިނަ ކަންކަން ހުންނާނެ. އެހެންނަމަވެސް ހުރިހާ ބޭފުޅުން އެއްބާރުލުން ދެއްވައިގެން މިކަމަށް ވަޑައިގެން ދެއްވީތީ އަޅުގަނޑު ވަރަށް އުފާކުރަން. އަޅުގަނޑު މިނިސްޓްރީގެވެސް ބޭފުޅުން ހަމަ މިއަދު ދެން އޮފީސް ނިންމާލެވުނު ގަޑިއާދިމާކޮށް މިކަމުގައި ބައިވެރިވުމަކީ އަޅުގަނޑުހިތުން ވަރަށް  މުހިންމުކަމެއް. އާދެ! މިއަދުގެ ދުނިޔޭގެ މިމަސައްކަތް ކުރެވެމުންދާއިރު އަޅުގަނޑު ހަމަ އެންމެ އެއްޗެއް ދަންނަވާލާނަން. އަޅުގަނޑުމެންނަށް ރާއްޖޭގެ ނޫސްވެރިކަން އިރާދަކުރެއްވީތީ މިއޮތީ މިއަދުގެ ދުނިޔޭގެ އެންމެ ޑިމޮކުރަޓިކް ގައުމުތަކުގެ ހުޅުވާލެވިފައިވާ މިންވަރަށް ހުޅުވާލެވިފަ އެބައޮތޭ  ބުނުމަކީ އަޅުގަނޑު ހިތުން އެއްގޮތަކަށްވެސް ކުށަކަށް ނުވާނެކަމަށް އަޅުގަނޑު ގަބޫލުކުރަން. އެކަމަކު އެފަދަ ގައުމުތަކުގައި ނޫސްވެރިން އަމިއްލައަށް ޒިންމާދާރުވާވަރަށް އެބޭފުޅުންގެ ރެސްޕޯސިބިލިޓީ އެކަމުގައި އަމިއްލައަށް ޖަވާބުދާރީވެވޭވަރަށް ޖަވާބުދާރީ އަޅުގަނޑުމެން ގައުމުން އެބަވޭބާއޭ އަޅުގަނޑު ހިތަށްއަރާ. އަޅުގަނޑުމެންނަށް އަބަދުވެސް އޮންނަނީ އެހެންފަރާތްތައް ޖަވާބުދާރީ ކުރުމަށްޓަކައި އެހެންފަރާތްތަކުގެ ކަންކަން ފާހަގަކޮށް ހާމަކުރުން. ނޫސްތަކާ ނޫސްވެރިންނާ ހަމައަށް އަންނައިރު އެފަރާތަކުން ޒިންމާދާރުކަން ކުޑަގޮތެއްގައި ކުރެވޭ ކަންކަން އެކަން ރަނަގަޅުކުރުމާ މެދުގައި ވިސްނޭ މިންވަރު ރަނަގަޅުކުރަންޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަން. އާދެ! އެހެންފަރާތްތައް ޚާއްސަކޮށް ދައުލަތުގެ ބޮޑެތި ޒިންމާތަކާއި މަސްއޫލިއްޔަތު އަދާކުރާ ފަރާތްތައް އެފަރާތްތަކުން ކުރަންވަމުންގެންދަވާ ކަންކަން ވަކިން ޚާއްސަކޮށް އުސޫލުތަކާއި ހަމަތަކުން ބޭރަށް ނިކުންނަ ކަންކަން އޭގެ އެންމެ ރަނަގަޅު ގޮތުގައި ގެނައުމަކީ ކުރަންޖެހޭކަމެއް. އެހެންނަމަވެސް އެނޫންގޮތަކަށް ޚަބަރުތައް ފެތުރި އެވާހަކަތައް ދެކެވި ހަގީގަތް އޮޅޭގޮތަށް ދާނަމަ އެއީ އަޅުގަނޑު ހިތުން ނޫސްވެރިންގެ ހައިސިއްޔަތުން އެބޭފުޅުންވެސް އަމިއްލައަށް އަމިއްލަ ނަފްސަށް ޖަވާބުދާރީ ވާންޖެހޭނެކަމެއް. އަޅުގަނޑު އުއްމީދުކުރަނީ އަޅުގަނޑުމެންގެ މިވާހަކަތަކުގެ ތެރޭގައި މިއަށްވެސް ހަމަ އަލިއަޅުވާލެވި ކަންކުރެވިގެންދާނެކަމަށް. އޭގެ ސަބަބުން ޒިންމާދާރު ނޫސްވެރިކަމަކަށް އިތުރަށް މަގުފަހިވާނެކަމަށް އަޅުގަނޑު ގަބޫލުކުރަން. އާދެ! އަޅުގަނޑުމެންގެ ތެރޭގައި ހަމަ ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހިފަ މިއަދު މިއޮތީ. ނޫސްވެރިކަމަށް ފަސޭހަ މާހައުލެއް އަޅުގަނޑުމެން ގާއިމުކުރުމަށް ވޭތުވެދިޔަ 15 16 ވިއްސަކަށް އަހަރު ދެން ގާތްގަނޑަކަށް ސީދާ އަދަދު އެކިގޮތްގޮތަށްކީ ނަމަވެސް 17 ވަރަކަށް އަހަރު ކިއަމާހިނގާ. އެކަމަކު ނޫސްވެރިން ޒިންމާދާރު ނޫސްވެރިކަމާ ދިމާއަށް މިއަދު ވާހަކަ ބައްޓަންކުރަން ވެއްޖެ. އިނގޭތޯ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަ އަޅުގަނޑުމެން ވަރަށް ދައްކައިފިން. މިއަދު ނޫސްވެރިކަމަށް މިނިވަންކަން އެބައޮތޭވެސް އަޅުގަނޑުމެނަށް ބުނެވިދާނެ. އެމަކު ނޫސްވެރިކަމުގެ ޒިންމާދާރުކަމާމެދުގައި އަޅުގަނޑުމެން އިތުރަށް ވާހަކަ ދައްކަންޖެހޭ. ހަގީގަތުގައި ވަރަށް ވަރަށް ވަރަށް ޒިންމާދާރު ބަޔަކަށް ނޫސްވެރިން ވާންޖެހޭ. އެއީ ޚަބާރާ މަޢުލޫމާތު ކަންކަމުގެ ހަގީގަތް އެންމެ ރަނަގަޅު ނޫންގޮތުގައި ގެނެވިއްޖެނަމަ ނުވަތަ އޮޅޭގޮތަށް ގެނެވިއްޖެނަމަ ދެން އޭގެ ސަބަބުން ނިކުމެދާނެ ބޮޑެތި މައްސަލަތަކަކީ އެއީ އަޅުގަނޑުމެން އެންމެނަށްވެސް ގަބޫލުކުރެވޭނެ ކަންކަން. އެހެންވީމާ ޒިންމާދާރުކަމާއެކުގައި ނޫސްވެރިކަމުގެ މަސައްކަތް ކުރެވިގެންދާނަމަ އަޅުގަނޑު ހިތުން މިނިވަންކަމާ ޒިންމާދާރުކަމާ ދެބައި އެއްވަރަށް އައިމަ އޭގެ އެންމެ ހެޔޮފައިދާ  މުޅި މުޖުތަމައަށް ގައުމަށް  ރައްޔިތުންނަށް ކުރާނެ.

އަޅުގަނޑުގެ ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ ގައުމަށް ހެޔޮމަގުތައް ފަހިކޮށްދެއްވުން. އަޅުގަނޑުމެން ނޫސްވެރިންގެ ޒަރީއާއިން މިކުރާ ކަންތައްތަކީ ރައްޔިތުންގެ ދުޅަހެޔޮކަމާއި ފާގަތިކަމަށް މަގުފަހިވާނެކަންކަމަށް ﷲ  ސުބުޙާނަހޫ ވަތަޢާލާ މެދުވެރިކޮށްދެއްވުން. އަޅުގަނޑުމެންގެ ރާއްޖެ  އަމާން ޞުލްޙަވެރި ގައުމެއްގެ ގޮތުގައި މިންވަރުކޮށްދެއްވުން.  ހުރިހާ ބޭފުޅުނަށްވެސް   ވަރަށް ބޮޑަށް ޝުކުރިއްޔާ.      

ވައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.