ނޫސް ވެރިން ތަމްރީން ކުރުމުގެ ކޯހުގެ ނިމުމުގެ ރަސްމިއްޔާތު

`

 

ނޫސްވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދޭ ކޯސް ނިންމުމުގެ ހަފްލާގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ ދެއްކެވި ވާހަކަފުޅު

(07 ސެޕްޓެމްބަރ 2022)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

ބްރޯޑް ކާސްޓިންގ ކޮމިޝަންގެ ރައީސް، މީޑިއާ ކައުންސިލްގެ ރައީސް ، ޝަހީދު ، މީޑިއާގެ ސީއީއޯ، ދިވެހިރާއްޖޭގެ ފަޚުރުވެރި ފައިންޕުޅު ސާބިތު ވަރުގަދަ ނޫސްވެރިން، މިރޭގެ ކޯހުގެ ލޮބުވެތި ބައިވެރިން އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ. 

 

އަޅުގަނޑަށް ތެދަށް ދަންނަވަންޏާ އިޙްސާސެއް ނުކުރެވޭ 17 ފޫޓް 48 ފޫޓްގެ ފާރުހުރި ހޯލެއްގަ ހުރެވޭ ކަމުގެ އިހްސާސެއް. އާދެ! ނޫސް ވެރިކަމުގެ މީޑިއާގެ ހޯލެއްގެތެރޭގައި ހުރުމަކީ ވަށައިގެން ބައުންޑަރީ ހުންނަ ތަނެއްގައި ހުރުމެއްނޫން. އެހެންވީމަ އެއްކޮށް ހުޅުވާލެވިފައި ހުރި ތަނެއްގައި މިހުރެވެނީ. އަޅުގަނޑު ހިތަށް އަރަނީ ވަރަށް ވިސްނައިގެންނޭ ވާހަކަ ދައްކަންޖެހޭނީވެސް. އެހެންނަމަވެސް ހަމަ މިކަހަލަ ބައްދަލުވުމެއްވީމަ  ކޮންމެވެސް ކަހަލަ ބައެއް ޚާއްޞަ ކަންކަން ފާހަގަކޮށްލުމަކީވެސް ރަނަގަޅުކަމަކަށް ވެދާނެ.

 

ނޫސްވެރިކަމަކީ މީޑިއަކީ ދުނިއޭގައި އަބަދުވެސް އޮތްއެއްޗެއް . އެދުވަސްވަރަށްގެ ހާލަތާ ގުޅޭގޮތުން އެދުވަސްވަރެއްގަ ކަންކަން ކުރާގޮތުން އެދުވަސްވަރަކު އެންމެ މުހިންމުވާކަންކަން މުޖުޖަމައުގެ ތެރޭގައި އެބަޔަކު ބޭނުންވާގޮތަށް ފަތުރާ އެބަޔަކު ބައްޓަން ކުރަން ބޭނުންކުރާ ނިޒާމެއް. ޢުމަރު رضى الله عنه އިސްލާމްވުމުގެ

ކުރިން ވެވެޑައިގެންނެވީ އިސްލާމްދީނާ ވަރަށް ދެކޮޅު ވަރަށް ވަރުގަދަ ބޭފުޅެއްގެ ގޮތުގައި. މީހަކު އަލަށް އިސްލާމްވެއްޖެކަން އެނގިޖެއްޔާ އެމީހަކު ގެނެސް ވަކިތަނެއްގައި ބަހައްޓާ ހަމަ އަނިޔާކޮށް ތަޅާ ދީންބަދަލުކުރަންގޮވާލާ މިހުރިހާ ވަރެއްކުރަމުން ގެންދިޔަ. އެހެންނަމަވެސް ރަސޫލުﷲ އިސްލާމްދީނާއިގެން ވަޑައިގެންނެވިތާ 05 ވަނައަހަރު ފަސްއަހަރުފަހުން މިހުރިހާ ސަކަރާތެއްޖެހިތާ  ފަސްއަހަރުފަހުން މިވާގޮތަކީ ޢުމަރު رضى الله عنه އިސްލާމްދީނުގެ ހިދާޔަތް ﷲ އިރާދަކުރައްވަނީ.  ރަސޫލުﷲ ކުރެއްވި ދުޢާގެ ސަބަބުން. ވަޑައިގެން އިސްލާމްވެ ވަޑައިގެންފަ، މީވަރަށް ދިގު ސްޓޯރީއެއްމީ ބޭނުންވާ ތަންކޮޅު ގެންނާނީ ދޮއްތޯ. ރަސޫލާއާއެއްކޮށް ވަޑައިގެން ޠަވާފު ކުރައްވާފަ މިހުރިހާ ކަމެއް ނިންމަވާފަ ބޭނުންފުޅުވެ ވަޑައިގަންނަވަނީ އިސްލާމްވިކަން މައްކާގެ އެއްމެނަށް އަންގަން. ކިހިނެއްތޯ އެންމެ އަވަހަށް އަންގާނީ. ވަރަށް މަޝްހޫރު މީހެއް ޝައްރަން ވަލަޙްބަތު އޭރުގެ މީޑިއާ އެއީ. އަވަހަށް މީނަ ޖެހުނުތަނަކުން ހޯދައިގެން ގެންނަނީ. ގެނެސްއަ ބުނަނީ މައްކާގެ އެންމެނަށް އަންގާ އިއުލާންކުރާށޭ ޢުމަރު އިސްލާމް ވެއްޖެއޭ. ބުނީމަ މީނައަކީ މީޑިއާ. މީޑިއާ ބޭނުންވާ ގޮތަކަށްތާ އޭތި ގެންދާނީ. މައްކާގެ އެންމެންގެ ތެރޭގައި އެއްމަގުގެ އެއްކޮޅުން އަނެއްކޮޅަށް ޖެހިފަ ހުރިހާ އެންމެނަށް ގޮވާފަ މިބުނަނީކީކޭ އުމަރު މޮޔަވެއްޖޭ. ޖަންނަޢުމަރު ޖަންނަޢުމަރު ޖަންނަގެ މާނައަކީ މޮޔަވެއްޖެއޭ. ޢުމަރުމިބުނީ ކީކޭ. ތިމަންނަ އިސްލާމް ވެއްޖެއީމޭ. މީނަބުނީ ކީކޭ. ޢުމަރު މޮޔަވޭއްޖެއޭ. އެއީ ކީއްވެގެން އިސްލާމްވާ މީހުންނާ ދިމާލަށް އެންމެން ބުނަމުން ދިޔައީ ކީކޭ. އޭނައަކީ މޮޔައެކޭ.  އޭނައަކީ ބުއްދިހަމަ ނުޖެހޭ މީހެކޭ. އެހެންވީމަ އެމީހުންގެ ބަހުރުވައިންތާ މިގެންދިއައީ. ޢުމަރުގެ ފާނު ވިދާޅުވީ ތިމަންނަ އިސްލާމް ވެއްޖެއީމޭ. މީ މީޑިއާ އޮންނަގޮތް. މީޑިއާއިން ކުރާކަންތައް. އެމުޖުތަމައެއްގައި އޮންނަންވީ ހަމަތައް ގެންގުޅެންވީ ސުލޫކުތައް ހިފަހައްޓަންވީ މިންގަޑުތައް ބައްޓަންކުރުން އެއީ އެވަގުތެއްގައި އެމުޖުތަމައެއްގައި ހުންނަ މީޑިއާގެ މަސްއޫލިއްޔަތާއި ޒިންމާ. އެހެންވީމަ ގައުމެއްގައި ދައުލަތެއްގައި މުޖުތަމައެއްގައި، އެމުޖުތަމައެއްގެ ޝަރަފާ ޢިއްޒަތާއި ބަދަހިކަމާއި ހަމަޖެހުމާއި މިހުރިހަ އެއްޗެއް ބައްޓަން ކުރުމުގެ އެންމެ މުހިންމު ޒިންމާއެއް އަދާ ކުރަންޖެހޭ ބަޔަކީ ޝައްކެއްވެސްނެތް މިޑިއާގައި މަސައްކަތްކުރާމީހުން. ކުރިން ދެންނެވިހެން އެދުވަސްވަރު އޮތީއެގޮތަށް . މިއަދު މިއޮތީ މިގޮތަށް. މިއަދު ގެ މީޑިއާ. ތިބޭފުޅުންގެ އެވާހަކަ ދެން 35 ގަޑިއިރުވަންދެން އެވާހަކަ ދައްކަވާ ނިންމަވައިފި. އެހެންނަމަވެސް އަޅުގަނޑު ދަންނަވަންއޮތީ މިރޭ ކިޔެވިދިޔަ އާޔަތްތަކަށް ނަޒަރު ހިންގާއިރު މިދެއްކުނު ހުރިހާ ވާހަކައާއި إن الله يحب المقسطين. ދެން އަޅުގަނޑަކަށް ނޭގޭ ތިބޭފުޅުން އެއާޔަތް އިޚްތިޔާރު ކުރެއްވީ ކީއްވެގެން ކަމަށް. ނިންމާލައްވަމުން ފާސިޤަކު ޚަބަރެއް ހިފައިގެން އައިއްސިއްޔާ އޭތި ރަނަގަޅަށް ބަލާފަ ތެދުކޮށްފަ ވެރިފައިކޮށްފަ ނޫނީ ނުބުނާށޭ. އާޔަތްތައް ނިންމާލަމުން އަންނަނީ އަދުލުވެރިވާށޭ ﷲ ލޯބިވެވޮޑިގެންވަނީ އަދުލުވެރިކަމާއެކު ކަންކުރާމީހުނަށެވެ.

 

ނޫސްވެރިކަމަކީ ވަރަށް ބޮޑަށް އަދުލުވެރިކަމަށް ބޭނުންވާ ކަމެއް. އަދުލުވެރިކަމާ ނުލައި ނޫސްވެރިކަން ކުރެވިއްޖެއްޔާ އޭގެ ޒީންމާ ކޮންމެވެސް ދުވަހަކުން އަމިއްލައަށް ނަގަންޖެހޭނެ. އާދެ! މިއަދު އަޅުގަނޑުމެން މިތިބީ މިކަން ގަބޫލުކޮށްގެން މިސަރުކަރުން އަޅުގަނޑު ހަނދާން އެބަހުރި 2019 ގައި މީޑިއާ ކައުންސިލުން އަޅުގަނޑުމެން ބޭއްވިން. ނޫސްވެރިންގެ 79 ވަނަ އަހަރީ ދުވަސް އަޅުގަނޑު ހަނދާނަވާގޮތުން. ފަހަރެއްގައި ކުޑަކޮށް އޮޅުމެއް އޮވެދާނެ އިޞްލާޙުކޮށްލަދެއްވާ އަޅުގަނޑު ހަނދާންވަނީ 79 އެކޭ.  އަޅުގަނޑު ވަރަށް ސާފުކޮށް އެދުވަހު ދެންނެވިން 2019 ގައި ފުރތަމަ މިސަރުކަރު ފެށިއިރު އަޅުގަނޑުމެން މިތިބީ މީޑިއާ  ހަމަތަންމިނަށް މިނިވަންކޮށްގެންނޭ. ހުޅުވާލައިގެންނޭމިތިބީ. ތިބޭފުޅުން ބައްލަވާލައްވައިފިއްޔާ މީޑިއާ ބައްލަވައިލައްވައިފިއްޔާ ފެނިވަޑައިގަންނަވާނެ. އަޅުގަނޑަކަށް ހީއްޔެއް ނުވޭ މިޜާއްޖޭގައި އަޅުގަނޑަށްވުރެ ގިނައިން އެއްޗެހިގޮވޭ މީހަކު ހުންނާނެހެނެއް. އެންމެ މީޑިއަކަށްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑު އިސްވެ ފިޔަވަޅެއް ނައަޅަން. ހަމަ މިނިވަންކަމާއެކު ކުރިއަށް ގެންދަންވީ. ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާދިމާލަށް ހަމަ ވިދާޅުވާއެއްޗެހި މަދެއްނޫން. އެކަމަކު އަޅުގަނޑުމެން މީޑިއާގެ މިނިވަންކަމެއް އިރާދަ ކުރެއްވިއްޔާ ހަންޏެއް ނުކުރާނަން. އެދުވަހު 2019 ގައި ދެއްކިވާހަކަ މިއަދު 2022 އަޅުގަނޑު މިދައްކަނީ މިއަންނައަހަރުވެސް ހަމަ އަޅުގަނޑުމެން ދައްކާނީ މިވާހަކަ އަޅުގަނޑު ތިބެގެންނެއް މީޑިއާ ހަންޏެއް ނުކުރާނަން. އެކަމަކު މީޑިއާ ޒިންމާދާރުވުމާއި މީޑިއާ އަދުލުވެރި ވުމާއި މީޑިއާ ރަނގަޅުގޮތުގައި ބޭނުންކުރުން އެއީ ތިބޭފުޅުންގެ ބޮލުގައި އެޅިފައިއޮތް ބޮޑު ދީނީ  ގައުމީ ބޮޑު ޒިންމާއެއް ބޮޑު ވާޖިބެއް. އެކަން ފުރިހަމަގޮތުގައި ކޮށްދެއްވުމަކީ ތިބޭފުޅުން ކޮށްދެއްވަން ޖެހޭކަމެއް. އަޅުގަނޑު ހިތުން މިއަދު ތިބޭފުޅުން ދެންމެ ޝަހީދު އެވިދާޅުވިހެން 35 ގަޑިއިރު ތިކުރެއްވި މަސައްކަތަކީ އެކަން އެންމެ ރަނަގަޅުގޮތުގައި ކުރުމަށް ދަސްކުރުން. ޝަފާއު ވިދާޅުވެއްޖެ ތިމަންނަމެންނަށް އެވަރަށް ދަސްކޮށްދެއްވައިފިއޭ. އެހެންވީމަ އެގޮތުގައި ރަނަގަޅަށް ކުރުން އަޅުގަނޑުމެން އެދޭ ކަންތައް އަޅުގަނޑުމެން ބޭނުންވާ ކަންތައް. ސަރުކާރުން އިރާދަކުރެއްވިއްޔާ  މީޑިއާއަށް މިނިވަންކަން ވާނީ ފުރިހަމްގޮތުގަ ދީފަ. ހެޔޮގޮތުގައި ބޭނުން ކުރައްވާ. އެކަންތައް އެންމެ ރަނަގަޅުގޮތުގައި ކޮށްދެއްވުން އެއީ އަޅުގަނޑުމެން އެދޭކަންތައް.

 

އާދެ! ރަނަގަޅުގޮތުގައި ކަމެއް ކުރުމަށްޓަކައި ކުރަންޖެހޭކަމަކީ އެކަމެއް ރަނަގަޅަށް ދަސްކުރުން. އެއީ ކޮންމެ ކަމެއްކަމުގައިވިޔަސް. އެހެންވީމަ މިއަދު ތިބޭފުޅުން މީޑިއާއަށް ނިކުމެ ވަޑައިގެންނެވީ.  ހަމަ ޔަގީނުންވެސް އެހެން ދާއިރާތަކުން ކިޔަވާ ވިދާޅުވެގެން މަސައްކަތް ކުރައްވާ ބޭފޫޅުންކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ ބޭފުޅުން މިކޯސް ފުރިހަމަ ކުރައްވާފައިމިވަނީ. ހަމަ ސްކޫލު ނިމުނު މޫނެއް ފަހަރެއްގައި ނެތެކޭ ނުދަންނަވާނަން ބޮޑަށް ހީވަނީ ތަންތަނުގެ މަސައްކަތް ކުރައްވާ ތަޖްރިބާ ހޯޢްދަވާ ގިނަކަންކަމުގައި އުޅުއްވާފައި ތިއްބެވި ބޭފުޅުންހެން މީގެތެރެއަށް ތިވަޑައިގެންނެވީ. އެހެންނަމަވެސް މިއަދު މީޑިއާގެ މަސައްކަތް ކުރުމުގެ ވިސްނުމެއް  ގެންގުޅުއްވާތީ ނުވަތަ އެކަމުގެ ޝައުގުވެރިކަމެއް ހުރިތީ ބައިވެރިވެވަޑައިގެން ކުރިއަށް ތިގެންދަވަނީ.

އާދެ! ކުރިން އިޝާރާތް ކުރިހެން ކަމެއްކުރާނަމަ އެންމެފުރަތަމަ ބޭނުންވަނީ އެކަމެއް ރަނަގަޅަށް ދަސްކުރަން. ކޮންމެކަމެއް ކުރިއަސް އެކަމެއް ރަނަގަޅަށް ކުރެވޭނީ އެކަމެއް ރަނަގަޅަށް ދަސްކޮށްގެން. އެހެންވެ އިސްލާމީ ތާރީޚުގެ ވަރުގަދަ އެއް އިލްމުވެރިއެއް މި ގުއްދޫރު ރަޙްމަހުﷲ ޢަލައިހި. ދަރިވަރަކު، ވަރަށް ދުވަސް ވަންދެން އުޅުނު އިސްދަރިވަރަކު، ވަޑައިގެން އަވަހާރަވާން ކާރިވެއްޖެހެން ހީވާތީ މިވިދާޅުވަނީ ތިމަންނައަށް މަރުވީމަ ކަންކުރަންވީގޮތުގެ ވަސީޔަތެއް ކޮށްބަލާށޭ. ކިހިނެއްހޭ ތިމަންނަދެން އުސްތާޛް އަވަހާރަވީމަ ކަންކަންކުރާނީ. ވަސީޔަތެއް ކޮށްބަލާށޭ. ނަޞޭހަތެއް ދޭށޭ. ވިދާޅިވީމަ ނަޞޭހަތެއް ނޫން ދެނީ ބޮޑު ފޮތެއް ލިޔަނީ. ބޮޑެއްނޫން ކުޑަފޮތެއް ލިއުއްވަނީ އެފޮތް ފަށްޓަވަނީ ވަރަށް ފުރިހަމަ އިބާރަތަކުން. ވިދާޅުވަނީ يابني : العمل بلا علم لا تكن ޢިލްމަކާ ނުލާ ޢަމަލަކީ ނެތް އެއްޗެކޭ. އެކަމެއް ކުރަން ބޭނުންވާ ޢިލްމާ ނުލާ އެއްވެސްކަމެއް އެއީ ނެތް އެއްޗެކޭ. އެހެންވީމަ ޢަޅުގަނޑުމެން އިމާރާތެއް ކުރަން ބޭނުންވިއަސް އަޅުގަނޑުމެން ނޫހެއްހިންގަން ބޭނުންވިއަސް އަޅުގަނޑުމެން ނަމާދު ކުރަންވިޔަސް އަޅުގަނޑުމެން އިކޮނޮމީ ހިންގަންވިޔަސް ކޮންމެ ކަމެއްކުރަން ވިއަސް ޖެހެނީ އެކަމެއްކުރަން  ދަސްކުރަން. އެހެންނޫނީ އެކަމެއް ނުކުރެވޭނެ.  އެހެންވީމަ ޢިލްމާ ނުލާ އެއްވެސް މަސައްކަތެއް ޢަމަލެއްނުވެއޭ. ފުރަތަމަ އެދަސްކުރާށޭ. އެއްފަހު ވިދާޅުވަނީ ކީކޭ العلم بلا عمل جنون އެއްޗެއް ދަސްކޮށްފަ އެއްއަށް ޢަމަލުނުކުރާ މީހަކީ ދުނިޔޭގަވާ ބޮޑު މޮޔައެކޭ. އަޅުގަނޑުމެން މިތިބެގެން ހަމަ ނޫސްވެރިކަމުގެ ހުރިހާ އެއްޗެއްދަސްކިޔާ ހުރިހާކަމެއް  ކޮށްފަ ނިކުމެފަ މިހިންގަނީ އެހެން ޕްރޮގްރާމެއް. އެހެންވީއްޔާ އަޅުގަނޑުމެން ވާނީ މޮޔައިންނައް. އެހެންވީމަ އަޅުގަނޑުމެން ދަސްކުރިއެތި ދަސްކުރިގޮތަށް އިންޕްލިމެންޓް ކުރުން އެއީ އަޅުގަނޑުމެންގެ ޒިންމާއަކީ ތިބޭފުޅުން މިއަދު ސެޓްފިކެޓް ހިފައިގެން ނިކުމެ ވަޑައިގެންނެވީ. އެހެންވީމަ މިއަދަކު ދެން އޭގެއިން ބަރީއަވެގަނެވޭނެ އެއްވެސް ގޮތެއް އޮތްކަމަކަށް އަޚުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އާދެ! އެހެންވީމާ މިހިސާބުން ފެށިގެން ޒިންމާދާރު ކަމާއެކު މިކަން ކޮށްދެއްވުން އެއީ އަޅުގަނޑު ހަމަޔަގީނުންވެސް ތިޔަ ހުރިހާ ބޭފުޅުން ކިބައިން ނިހާޔަތަށް އެދޭކަމެއް. 

 

އާދެ! ރައްޖޭގެ ނޫސްވެރިކަމުގެ ތާރީޚު މިދަންނަވާހެން ތިބޭފުޅުން ދެންމެ ތިވިދާޅުވީ އިނގޭތޯ. ގާތްގަނޑަކަށްގޮސް މިހާރު އަށްޑިހަ ވަރަކަށް އަހަރަށްވުރެ އިތުރުވެގެން މިދަނީ ވަރަށް ގިނަ މަރުހަލާތައް ކަޑަޢްތުކޮށް އެކި މުއްދަތުގެ ތެރޭގައި ނޫސްވެރިކަން އެކި ހާލަތަށް ބަދަލުވަމުން އައިސް މިއަދުގެ ނޫސްވެރިކަން ޒަމާނާ އެއްގޮތަސް ބަދަލުވުމުގައި  ގިނަ ގޮންޖެހުންތަކެއް ހުރިކަން އެއީ އަޅުގަނޑުމެން ގަބޫލުކުރާކަމެއް. އަދި ނޫސްވެރިކަން އެންމެ ރަންގަޅަށް ހިންގުމުށް ބޭނުންވާ ފުރިހަމަ މާހައުލެއް ގާއިމުވެފައޮތުމަށް ހުރި ދަތިތަކާ ގޮންޖެހުންތައްވެސް އެއީ އަޅުގަނޑުމެން ގަބޫލުކުރާކަމެއް. އާދެ! މިކަން ގުޅިފަ މިއޮތީ މުޅިރާއްޖޭގެ ނިޒާމުގެ ތެރެއަށް. އަޅުގަނޑު ހިތުން ތިޔަ ހުރިހާ ބޭފުޅުން ގަބޫލުކުރައްވާނެ އަޅުގަނޑުމެންގެ މުޅި، މިއަދު ދެން ދުނިޔޭގަ ބޭނުންކުރެވެނީ މީޑިއާއަކީ ހަތަރުވަނަ ޑިމޮކުރަސީ ހަތަރުވަނަ ބާރޭ. އެހެންވީމާ ޑިމޮކުރަސީގެ ވަރުގަދަ ކަމާއި ފުރިހަމަކަން ދައްކާދެނީ އެނިޒާމުގެ ބާރުތަކުގަހުރި ފުރިހަމަކަމަކާއި ވަރުގަދަ ކަމުގެ ނަތީޖާއެއްގެ ގޮތުން. އެއަށް ވިސްނައިފިކަމަށްވާނަމަ އަޅުގަނޑުމެންގެ ޑިމޮކުރަސީގައި ހުރި ފުރިހަމަކަމާއި ރަނގަޅުކަމާއި މޮޅުކަމުގެ ޖަޖްމެންޓެ އަލޅުގަނޑުމެންނަށް މީޑިއާއަށް ބަލައިގެން ކުރެވިދާނެ. އަޅުގަނޑުމެން އެހާ އުފާކުރަންޖެހޭގޮތަކަށްނޫން އެކަންއޮތީ. ބަދަހި ފުރިހަމަ ވަރުގަދަ ތރައްގީވެފައިވާ ނުވަތަ ތަރައްގީވާ މުޖުތަމައެއްގެ މީޑިއާ އޮންނަންވީ ގޮތަށްތޯ ރާއްޖޭގެ މީޑިއާއޮތީ. އަޅުގަނޑުމެން އެންމެން ސުވާލުކުރަންޖެހޭ. ޑިމޮކުރަސީގެ ހަތަރުވަނަ ބާރުކަމަށް ވަންޏާ އަޅުގަނޑުމެންގެ އެމުޖުތަމައު އޮތީ އެގޮތަށް ކަމަށްވަންޏާ އަޅުގަނޑުމެންގެ މީޑިއާ އޮންނަން ޖެހޭނީ އެގޮތަށް. މިހިސާބުން އަޅުގަނޑުމެންވެސް ސުވާލުކުރަންޖެހޭ މީޑިއާ މިއޮތްހާލުގައި މުޅިގައުމު އޮތީއްޔާ ކޮބާހޭ ދެން ގައުމުގެ ހާލަކީ. ގައުމުގެ ހާލު ސިފަކޮށްދެނީ މީޑިއާއިން ކަމަށްވާނަމަ  ޑިމޮކުރަސީގެ ހަތަރުވަނަ ބާރު މީޑިއާކަމަށް ވާނަމަ އަޅުގަނޑުމެންގެ މިމުޖުތަމައާ ގައުމުގެ  ހާލަތުގެ ޖަޖްމަންޓް އަޅުގަނޑުމެން ކިހިނެއްހޭ ނެރޭނީ. އަޅުގަނޑު ހިތުން ހުރިހާ ސީނިއަރ ނޫސްވެރިން މީޑިއާ ހިންގާ ފަޜާތްތަކުން ސީރިއަށްކޮށް ވިސްނަންޖެހޭ. އަޅުގަނޑުމެންގެ ގައުމުގެ ހާލަތު ބަދަލުކުރުމަށް  ކުރިން ދެންނެވިހެން އަޅުގަނޑު އަމިއްލައަށް ގަބޫލުކުރަންބޭނުންވަނީ ފަހަރެއްގައި އަޅުގަނޑު ކުރާގޮތް އެހެން މީހުން ގަބޫލުނުކޮށްފާނެ. އަޅުގަނޑު ގަބޫލުކުރަން ބޭނުންވަނީ މީގެ ކުރީގެ ސަރުކާރު ތަކުންވެސް އަދި ފަހުން އަންނަން އޮތް ސަރުކާރު ތަކުންވެސް  ނުދޭހާ މިނިވަން ކަމެއް ދީގެންނޭ މިއަދުގެ ސަރުކާރުން މީޑިއާތަކަށް މިތިބީ. އެވަރުގެ މިނިވަންކަމެއް ސަރުކާރުން ދިނީމާ މީޑިއާތަކުން އޭގެ ޒާތުގައި ތެދުވެ ފުރިހަމަ ފައިމައްޗަށް ތެދުވެ މީޑިއާ ވަރުގަދަ ކުރުން އެއީ މީޑިއާގެ އަހުލުވެރިންގެ ޒިންމާއެއްގެ ގޮތުގައި ނަހަދާފިނަމަ ދެން މިކަންވާނެގޮތެއް އަޅުގަނޑަކަށް ނުފެނޭ. އާދެ! ސަރުކަރުން ވާންޖެހޭ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ވަސީލަތްތައް މިކަމަށްޓަކައި ހަދަންޖެހޭ ގާނޫނުތަކާއި އެކަށައަޅަންޖެހޭ ހަމަތައް ރަނަގަޅު. ކުރަންޖެހޭ ބައިވަރު މަސައްކަތް އެބައޮތް. އެހެންނަމަވެސް ފަހަރެއްގައިވެސް ސަރުކާރުން މިވެނިކަމެއް ނުކުރިއްޔޭ ބުނެ ދޫކޮށްލާ ވަރަށްވުރެ އަޅުގަނޑުމެން މިތިބީ މީޑިއާއަށް އެބާރުތަކާއި ފުރުޞަތު ދީގެންކަމަށް އަޅުގަނޑު ގަބޫލުކުރަން އިނގޭތޯ.  ހަމަ ތިބޭފުޅުން ތާރީޚް ތެރެއަށް ބައްލަވާލައްވާފަ ކަންހިނގާގޮތަށް ބައްލަވާ ލެއްވީމަ މިހަގީގަތް ފެންނާނެ. އަޅުގަނޑު މިދަންނަވާހެން އިނގޭތޯ ހަމަހަގީގަތުގައިވެސް އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެންގެ މިސަރުކާރުގެ ޚައްސަކޮށް ރައީސާއި ދެން ފިޔަވަޅެއް އަޅަން މިކަންކަމުގެ ތެރޭގައި މިތިބީ އަޅުގަނޑުމެންތާ އަޅުގަނޑުމެން ވަރަށް ހަންބޯވާނެ އިނގޭތޯ. ހަމަ އެއްޗެއް ކިޔާލައިގެން އިރާދަކުރެއްވިއްޔާ ގުޑުވައެއް ނުލެވޭނެ. ފާޑެއް ކިޔާލައިގެން އިންޝާ ﷲ. އަޅުގަނޑުމެން ވަރަށް ވިސްނައިގެން ތިބެނީ އިނގޭތޯ. މިއަދުވެސް އަޅުގަނޑު ދެން އެއްބޭފޫޅަކު ތަންކޮޅެއް ސީނިއަރ ބޭފުޅަކު ހަމަކޮންމެ ދުވަހަކު ދެދުވަހުން އެއްދުވަހު ހަފްތާއަކު ދެފަހަރު ކޮންމެވެސް އެއްޗެކޭ އަޅުގަނޑާދިމާލަށް ބުނާތީ އާއިލާއިން ކަންބޮޑުވާނެތާ. ދެން ހުރިހާ އެންމެން ހަމަޖެހޭ ގަޑީގައި ނިކުމެ ބައްޕަކާރީގަ ނިކުމެ ބުނެލައިފިން. އެންމެ ރަނަގަޅޭ މިފަހަރު މީބައްޕަގެ ވަގުތޭ ބުނެބަލާށޭ. އޭނާއާއި ދިމާލައް އަޅުގަނޑު އެއްޗެއް ބުނާނެހޭ. ބުނުމުގެ ކުރިން އެހެން ނުބުނެވެނީސް މަންމަ ބުނެފި އުނހު ދަރިފުޅާ އެއްޗެއް ނުބުނާށޭ. އަޅުގަނޑު ބުނެފިން މަންމައަކަށް ނޫނޭ ބައްޕައަށޭ މިސުވާލު މިކުރަނީ. ވަރަށް ވިސްނާލާފަ ބުނެފި ރަނަގަޅުވާނީ އެއްޗެއް ނުބުނިއްޔާއޭ. އާނ އޯކޭ ފައިން. އަޅުގަނޑު އެއްޗެއް ނުބުނާނަމޭ އަޅުގަނޑު ބުނާކަށް ނުޖެހޭ. އިނގޭތޯ އެހެންވީމަ އަޅުގަނޑުމެން މިތިބީ މިދަންނަވާހެން އިންޑިވިޖުއެލް ލެވެލްއިން ފެށިގެން ރަޖިސްޓްރީކޮށްގެން ހިންގާ ސާފުކޮށް ކޮންބައެއްކަން އެނގޭ މީޑިއާތަކާ ހަމައަށް މިމިނިވަންކަން ދީގެން ހުޅުވާލައިގެން. އެމިނިވަންކަމުގެ ނާޖާއިޒު ފައިދާނަގާ އޭގެ ތެރެއިން މުޖުތަމައު ޚަރާބުވެ ފަސާދަވެ  ހަލާކުގެ ތެރެއަށް ދާބަޔަކަށް މީޑިއާ ވެގެންނުވާނެ. މީޑިއާއަކީ ބިނާކޮށް ސާބިތުކޮށް މުޖުތަމައުގެ ރައްކާތެރިކަމާ މުޖުތަމައުގެ ހަމަޖެހުން ކަށަވަރުކުރުމުގައި އެންމެ ބޮޑު ޒިންމާއެއް އަދާކުރާ އެއްބަޔަކަށްވުން އެއީ އަޅުގަނޑުމެންގެ ގައުމުގެ ކުރިމަގަށް އޮތް ހަގީގީގޮތަކީ. އެދިމާއަށް ދަތުރުކުރުން އެއީ މިކަހަލަ ރެއެއްގައި އަޅުގަނޑު ހިތުން ތިބޭފޫޅުންގެ އަރިހުން އަޅުގަނޑު ވަރަށް ބޮޑަށް އެދޭކަމެއް.

އާދެ! މިފަންނު އިތުރަށް ފުޅާކޮށް ވަރުގަދަކުރުމަކީ އަޅުގަނޑުމެން މިއަދު ދެކޭ ހުވަފެނެއް. މިކަމަށް ބޭނުންވާކަމެއް. މިރޭ މީހަމަ ވަރަށް އުފާވެރި މަންޒަރެއް. ތިބޭފުޅުން ދެހަފްތާއަށް ތިކުރެއްވި މަސައްކަތަކީ މީގެތެރެއިން މުހިންމު މަސައްކަތެއް. މީޑިއާ ކައުންސިލާއި ބޮރޯޑްކޮމް އަދި ސީނިއަރ މީޑިއާގެ ބޭފުޅުން.   އާދެ! އަޅުގަނޑުމެން ވަރަށް ސީނިއަރ ބޭފުޅުން މިތިއްބެވީ މިހުރިހާ ބޭފުޅުން އެކުވެގެން މިކުރެއްވި މަސައްކަތުން އަޅުގަނޑު ޔަގީން ކުރަނީ އަޅުގަނޑުމެންގެ މީޑިއާ އިތުރަށް ޒިންމާވާނެކަމަށް. މީޑިއާ ފުރިހަމަވާނެކަމަށް. ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތު އޭގެ އެންމެ އަދުލުވެރި ގޮތުގައި އެންމެ ހައްގު ގޮތުގައި އެންމެ ރަނަގަޅުގޮތުގައި ފޯރުކޮށްދޭ ރައްޔިތުންގެ ވިސްނުމާއި ފިކުރު ބައްޓަންކުރެވި ހެޔޮމުޖުތަމައަކަށް ހެދުމަށް މަސައްކަތް ކުރާނެކަމަށް.

އާދެ! ކުރިއަށް އޮތީ ހަމަރާއްޖޭގައި ސިޔާސީގޮތުން ވަރަށް ހަލަބޮލިވާނެ ދުވަސްތަކެއް. އެދުވަސްތަކުގައި އަދުލު ވެރިކަމާއި ޒިންމާދާރުކަމާ އެކުގައި މީޑިއާގެ މަސައްކަތް ކުރެވި އަޅުގަނޑުމެންގެ ގައުމަށް އެންމެ ފައިދާވާގޮތަށް މަޢުލޫމާތުތައް ފޯރުކޮށްދެވި އެކަންކަން ބައްޓަން ކޮށްދެއްވުމަކީ އަޅުގަނޑު ނިހާޔަތަށް ތިޔަ އެންމެހާ ބޭފުޅުން ކިބައިން އެދޭކަމެއް. އަޅުގަނޑު އެދެނީ ދިވެހިރައްޔިތުން އަބަދުވެސް އަދުލުވެރިގޮތުގައި ހައްޤުގޮތް ގަބޫލުކުރާ އިންސާފުގޮތް ގަބޫލުކުރާ ލިބޭ ޚަބަރުގެ ތެދުކަން ގަބޫލުކުރާބަޔަކަށްވެ އޭގެމައްޗަށް އެމީހުންގެ ނިންމުންތައް ނިންމާނެބަޔަކަށްވުން.

ވަރަށް ބޮޑަށް ޝުކުރިއްޔާ.

 

ވައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.