ޑްރަގް ރީހެބިލިޓޭޝަން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްތާު

 

    `

 

ޑްރަގް ރީހެބިލިޓޭޝަން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒު ޢިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅު

(23 އޮގަސްޓް 2022)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

 

ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒް މުޙައްމަދު މާހިރު ޢީސަ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އައިޝަތު ރަޝީދު، ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު، އެން.ޑީ.އޭގެ ޗެއަރ ޝަމާއު ޝަރީފް، ހެލްތްގެ ޑެޕިއުޓީ މިނިސްޓަރ ޞަފިއްޔާ މުޙައްމަދު ސަޢީދު، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، ކަރެކްޝަނަލް ސަރވިސްގެ އެގްޒެކްޓިވް އޮފިސަރސް، އެންމެހައި މެންބަރުން، އަދި މިއަދުގެ އަޅުގަނޑުމެންގެ އެންމެ ޝަރަފްވެރި، މި ޕްރޮގްރާމް ފުރިހަމަ ކުރި އަޅުގަނޑުމެންގެ ބައިވެރިން، އައްސަލާމް  އަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.

އަޅުގަނޑު ފުރަތަމަވެސް ދަންނަވަން އޮތީ، ވަރަށް ބޮޑަށް މަރްޙަބާއޭ. ވަރަށް ބޮޑަށް މަރްޙަބާ ނިޒާރު. އަޅުގަނޑު ހަމަ ވިސްނައިގެން ހުރީ މިއަދު މިތަނަށް އައުމުގެ ކުރިން އަދި އެއްދުވަހު ރާޒުވާ ކުޅެލާން. އަޅުގަނޑަށް ހިވަނީ ތިބޭފުޅުން ޖަލުން ނެރެންވާނީ އަދި އެއްދުވަހު ރާޒުވާ ކުޅެފަހެން.

އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެންމެ ފުރަތަމަ ދުވަހު، މާޗް 1 ގައި ދެއްކި ވާހަކަ އަކީ ހަގީގަތެއްކަން ހަމަ ޔަގީނުންވެސް ތިޔަ ހުރިހާ ބައިވެރިން ގަބޫލު ކުރައްވާނެ. އަޅުގަނޑުމެން ދެންނެވިން ދިގުވެގެން އިރާދަކުރެއްވިއްޔާ ވާނީ 6 މަސް ދުވަހޭ.

ރޯދަމަހު ފަހު ދުވަހު އައިސް ދެންނެވިން. އެހެން ނަމަވެސް އަޅުގަނޑުމެން އޭރުގެ އެ ބޭނުންވި ޓާރގެޓަށް ނުދިޔަ ސަބަބު ވަރަށް ކައިރިން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ބޭފުޅުން މިތާ އެބަތިއްބެވި.

މިއަދު މި ހިސާބަށް މި މަސައްކަތް ގެންދެވުނީ ހަމަ ހަގީގަތުގައިވެސް ވަރަށް ގިނަ ޗެލެންޖްތަކާއި ވަރަށް ގިނަ ދަތިތަކާ ވަރަށް ގިނަ އުނދަގޫތައް ކަނޑައްތު ކުރުމަށް ފަހުގައި. މި ދަތިތަކާއި އުނދަގޫތައް ކަޑައްތު ކުރުމުގަ ފަށަންޖެހެނީ ހަމަ ރައީސުލްޖުމްހޫރިއްޔާއާ ހަމައިން. އަޅުގަނޑުމެންގެ ދައުލަތުގެ ކަންކަން ހުރިގޮތުން ދައުލަތުގެ ނިޒާމުތައް ބައްޓަން ވެފައި ހުރިގޮތުން މިފަދަކަންކަން ތާރީޚްގެ ތެރޭގައި، މާޒީގެ ތެރޭގައި ގޮސްފައި އޮތް ގޮތުން މިކަހަލަ ކަމެއް ފަށައިގެން އައިސް ނިމުމަކާ ހަމައަށްދާއިރު ސާފުކޮށް އޮޅުންފިލުވައި ތަރުތީބު ކުރަންޖެހޭ ވަރަށް ބައިވަރު ކަންކަން އެބަހުރި. އެންމެ ފަހުވަގުތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ނިންމަވަންޖެހޭ ނިންމެވުން ނިންމެވުމަށް، އަދަބު ލުއިކުރުމުގައި ކަންކުރަންވީ ގޮތް ފުރިހަމަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަން ޖެހޭ ވަރަށް ބައިވަރު ކަންކަން ހުރޭ. އަދި އޭގެ ފަހަތުން ހިނގަމުން އައި ކަންކަމުގެ އިތުރުން އެންމެ ފަހުވަގުތާ ހަމައަށް، މިހުރިހާ ކަމެއް ރައީސުލްޖުމްހޫރިއްޔާ ދިޔައީ އަޅުގަނޑުމެންނާއެކުގައި މުޅި ޓީމާއެކުގައި ގާތުން ބައްލަވަމުން. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް އިޚްލާސްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ. އަޅުގަނޑުގެ މަސްއޫލިއްޔަތަކީ ޝުކުރު ދެންނެވުމެއް ނޫން. އެހެން ނަމަވެސް މި ކަމުގެ ބޮޑުކަމާއި ޙައްސާސްކަމުން، މީގެ ތެރޭގައި ބޭފުޅުން އުޅުއްވިލެއް ޝައުގުވެރިކަމުގެ ބޮޑުކަމުން އެފަދަ ބަހެއް ބުނުން އަޅުގަނޑު ހިތުން ހަމަ ލާޒިމް ކުރާ ކަމެއް.

ދެންމެ މިނިސްޓަރ ނަސީމްވެސް ވިދާޅުވި ފަދައިން އަޅުގަނޑުމެންގެ ސޯޝަލް ކައުންސިލްގެ ޗެއަރ، އެން،ޑީ.ސީ.ސީގެ ޗެއަރ، އަޅުގަނޑުމެންގެ ނައިބްރައީސް ޚާއްސަކޮށް މަސްތުވާތަކެތީގެ މި ވަބާއިން ދިވެހި ޒުވާނުން، ދިވެހި މުޖުތަމައު ސަލާމަތް ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކުގައި އަޅުގަނޑުމެން ކެބިނެޓާއި ސޯޝަލް ކައުންސިލްގެ ބޭފުޅުން ކުރައްވާ މަސައްކަތަކީ އަގު ނުކުރެވޭނެ ބުރަ މަސައްކަތެއް. މިނިސްތަރ ވިދާޅުވީ ރަނގަޅަށް. މިކަހަލަ ބޭފުޅަކު މަދު ވާނެ ނުފެންނާނެ އިނގޭތޯ. ވަރަށް ޝައުގުވެރިކަމާއި އެކުގައި ވަރަށް ހިތުގެ އަޑިން އެލޯބި ބާއްވައިގެން އެކަމުގެ ތެރޭގައި އުޅުއްވާ މިހިސާބަށް އެވަޑައިގެންނެވީ. އަލުގަނޑުމެން މިރަސްމިއްޔާތަށް މިކަން ނިންމާލުމުގެ ޕްރޮގްރާމުގައިވެސް އަޅުގަނޑުމެންނާއި އެކު މިވަޑައިގެންނެވީ ވަރަށް ބޮޑަށް ޝުކުރިއްޔާ ނައިބުރައީސް. ހަމަ ހަގީގަތުގައިވެސް ޝުކުރުދަންނަވާކަށް ނޫންމިއުޅެނީ. ދެންމިތާ ވަކިންދާން ވެއްޖެއްޔާ މާއުނދަގޫވާނެ. މިނިސްޓަރ ނަސީމުގެ މަސައްކަތް، ނަސީމުގެ ޓީމު ޝަމާ، ސޮފީގެ މަސައްކަތް އައިޝާ. އާދެ! ދޮނާ ވިދާޅުވި ފަދައިން ހަގީގަތުގައިވެސް އަޅުގަނޑުމެން ކަރެކްޝަނަލް ސަރވިސްގެ ތެރޭގައި މީހުނަށް ހީވާނެ ވަރަށް ބައިވަރު މަސައްކަތްތައް އެބަހުޢްޓޭ. ވަރަށް ގިނަކަންކަން ކުރަން އެބަހުއްޓޭ. ވަރަށް ބައިވަރު ފައިސާ އެބަ ޚަރަދު ކުރެއޭ. ނޫން. ކުރަން ޖެހޭ މަސައްކަތްތަކަށް ބަލާއިރު މިނިސްޓަރ ނަސީމު ހަގީގަތުގައިވެސް އަޅުގަނޑަށް އިނގޭ ހަމަ ފިނޭންސް މިނިސްޓަރ އަރިހަށް ދިޔައިމަވެސް ވާނެގޮތް. އެބޭފުޅާއަތުގައިވެސް ނެތް އެއްޗެއް ނުލިބޭނެތާ. އެކަމަކުވެސް އަޅުގަނޑުމެން ދެމީހުންދާންޖެހޭ. ދެއްތޯ. ހަމަގޮސްގެން މަސައްކަތްކޮސްގެން ދާނީ އިރާދަކުރެއްވިއްޔާ ދެން އާބެޗަށް އަންނަންވާއިރަށް މިހާރުގެ މާހައުލަށް ވުރެ ރަނަގަޅު މާހައުލެއް އަޅުގަނޑުމެން ގާއިމުކޮށްދޭންޖެހޭނެ. އެއީ އަޅުގަނޑުމެންގެ މައްޗަށް އޮތް މަސައޫލިއްޔަތަކީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކަން ކުރާނަން. މިއަދު ނިންމި ބައިވެރިން އަޅުގަނޑުމެންނަށް އެކަމުގައި އެހީތެރިވެ ދެއްވަންވާނެ.

އާދެ! އަޅުގަނޑުމެން ހަގީގަތުގައިވެސް މިސަރުކާރުއައީ ރާއްޖެ ޖަލުތައް ޕްރިޒްންސް ރިފޯމް ކުރުމުގެ ފުރިހަމަ އެޖެންޑާއަކާއިގެން. އެމަސައްކަތުގައި އަޅުގަނޑުމެން ދެމިމިތިބީ. ކޮވިޑްގެ ދެއަހަރާއެކުގައި ދިމާވި ހުރިހާ ގޮންޖެހުންތަކާއެކުގައިވެސް އަޅުގަނޑުމެން އެދަތިތައް ކަޑައްތު ކުރަމުން  އެދަތި ތަކުގެ ތެރޭގައި މެނޭޖް ކުރަމުން ޖަލުގެ ތެރޭގައި ކޮވިޑް ފެތުރިގެން ނުދާނެ ގޮތަށް އިންތިޒާމު ކުރަމުން މިހުރިހާ ތަރުތީބުތަކަކާއި އެކުގައި އައިސް މިއަދު އަޅުގަނޑުމެންނަށް މިޕްރޮގްރާމް ނިންމާލެވުނީ. އާދެ! ރާއްޖޭގެ ޖަލުތަކުގެ ނިޒާމ ހަރުދަނާ ކުރުމުށްތަކައި ވަރަށް ގިނަ މަސައްކަތް އަޅޫގަނޑުމެންނަށް ކުރެވިއްޖެ. އޭގެތެރެއިން އެންމެ މުހިއްމު އެއްމަސައްކަތުގެ ނަތީޖާ އާއި ހަމައަށް އަޅުގަނޑުމެންނަށް މިއާދެވުނީ. އާދެ! މިއަދު ޖަލުތަކުގެ ކުރެވުނު ހުރިހާ މަސައްކަތުގެ ތެރެއިން އަޅުގަނޑު އެންމެ އުފާކުރާކަމަކީ އާދެ! ގައިދީންނަށް ޖަލުގައި އަނިޔާކުރުމުގެ ސަގާފަތާއި ފަލްސަފާ މާޒީގެ ސަފްހާ ތަކުގެ ތެރެއަށްލައި ޖަލުގެ ތެރެއަކީ އޯގާވެރިކަމާއެކު އަޅާލާ ރީހެބިލިޓޭޓް ކުރާތަނަކަށް ޖަލު ބަދަލު ކުރެވުން. މިއަދު މިތިބީ އެނަތީޖާއާ ހަމައަށް އަޅުގަނޑުމެންނަށް އާދެވިފައި. އާދެ! އެކަމަށްޓަކައި އަޅުގަނޑުމެން އުފާކުރަން.

އާދެ! މިނިސްޓަރ ނަސީމު ވިދާޅުވިފަދައިން ރާއްޖޭގެ މަސްތުވާތަކެތީގެ މިވަބާ ގާތްގަނޑަކަށް މީ ބައިގަރުނެއްހާ ދުވަހާއި ކަރިވެފައޮތް ވަބާއެއް. ދުވަހުން ބޮޑުވެ މުޅިމުޖުތަމައުގެ ހުރިހާ ޢާއިލާތަކުގެ ތެރެއަށް ފެތުރި މިކަމާމެދު ހިތްދަތިވާ ހިތާމަނުކުރާ އާއިލާއެއް ނެތޭހިސާބަށް ރާއްޖެ މިވަނީގޮސްފަ. މިކަމުން އަރައިގަތުމަށްޓަކައި އަޅުގަނޑުމެން ވަރަށް ބުރަ ވަރަށް ގިނަ މަސައްކަތެއް ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ ތެރެއިން މުޅިމުޖުތަމައުގެ ތެރެއިން ހުރިހާ ރައްޔިތުންގެ ތެރެއިން ވާންޖެހޭ. އާދެ! ކުށްމަދު އަމާން ރައްކާތެރި މުޖުތަމައެއް އުފެއްދުމަށްޓަކައި ކުރިމިނޮލޮޖިސްޓުންނާއި ސޯޝަލް އިންޖިނިއަރިންގ އިން ވިދާޅުވަނީ ތިންކަމެއް ފުރިހަމަކުރާށޭ. އާދެ! އެ ތިންކަމާއި ކުށްމަދު އަމާން މުޖުތަމައެއް ގާއިމުނުކުރެވޭނެ.އެއީ ވަރަށް ކޮމްޕްރިހެންސިވް ވަރަށް ޝާމިލް ވަށާޖެހޭ ގާނޫނެއް ގެންނަންޖެހޭ. އާދެ! ވަކި ކުށެއް އައިމަ އެކުށުން ސަލާމަތް ވުމަށްޓަކައި ވަށާޖެހޭ ޝާމިލް ގާނޫނެއް އެކަމަށް ގެންނަންޖެހޭ. އެފަދަ ގާނޫނެއް ނެހެދިއްޖެއްޔާ އެމުޖުތަމައަކުން އެކުށެއް ނައްތައެއް ނުލެވޭނެ. ސޯޝަލް އިންޖިނިއަރުން ވަރަށް ސާފުކޮށް ވިދާޅުވާ ވާހަކައެއްމީ. މަސްތުވާތަކެއްޗަށް އަޅުގަނޑުމެން ދިޔައިމަ އަޅުގަނޑުމެންގެ ގާނޫނު ފުރިހަމވާންޖެހޭ. އަޅުގަނޑުމެން މިއަދުވެސް މިދަނީ އަޅުގަނޑުމެންގެ ސްޓޭޓް މިނިސްޓަރ އިސްކޮށް ހުންނަވައިގެން މިހާރު އޮތްގާނޫ އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ގިނަ މަސައްކަތެއް ކުރަމުން. އިރާދަ ކުރެއްވިއްޔާ މިދައުރުގެ ތެރޭގައި މިދައުރު ނިމުމުގެ ކުރިން ﷲ އިރާދަކުރެއްވިއްޔާ މިހާރު އޮތް ގާނޫނަށް އަޅުގަނޑުމެން އިސްލާޙް ގެންނާނަން. މާތް ﷲ އިރާދަކުރެއްވިއްޔާ.

އާދެ! ދެވަނަ ކަމަކަށް އެބޭފުޅުން ވިދާޅުވަނީ އެފަދަ ގާނޫނެއް ގެނައުމަށްފަހުގައި ވަރަށް ސްޓްރިކްޓްކޮށް، ވަރަށް އިންސާފުވެރިކޮށް، ވަރަށް ހަމަހަމަ ކަމާއިއެކުގައި ގާނޫނު ފުރިހަމައަށް ތަންފީޒް ކުރަންވާނެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ގާނޫނުތަކަކީ އެކެއްގެ މައްޗަށް ތަންފީޒުވޭ އަނެކެއްގެ މައްޗަށް ތަންފީޒެއްނުވޭ. އެކަކަށް ގާނޫނުއަރާ ހަމަކުރާނެ އަނެކަކަށް ގާނޫނުއަރާހަމައެއްނުކުރާނެ. އަޅުގަނޑުމެން ދަނީ ފަހަތަށް. ގާނޫނު ތަންފީޒުވުމެއްނެތް އަޅުގަނޑުމެންގެ ތެރެއަކު. މީގަބޫލުކުރަން ޖެހޭހަގީގަތް. އާދެ! އެހެންވެގެން އަޅުގަނޑުމެންގެ ތެރޭގައި ކުށް މިއޮންނަނީ.

އާދެ! ތިންވަނަކަމަކަށް އެބޭފުޅުން ވިދާޅުވަނީ ފުރިހަމަ ރީހެބިލިޓޭޓިވް މެކޭނިޒަމެއް އޮންނަންޖޭހޭނެއޭ. ކޮމިޝަނަރ ވިދާޅުވެއްޖެ އަޅުގަނޑުމެން މިސަރުކާރުއައިސް ކަރެކްޝަނަލް ސަރވިސް އިތުރަށް ހަރުދަނާ ކުރުމަށް އާދެ! ތިބޭފުޅުން އިގޭތޯ އުސްތާޒު ޑީޑީމެން އާސިފްމެން މިދިޔަ ވިއްސަކަށް އަހަރު ތެރޭގައި ކުރެއްވި މަސައްކަތް އަޅުގަނޑުމެން ބަލައިގެން އެޕްރެޝިއޭޓް ކުރަން އިނގޭތޯ. އަޅުގަނޑު ހިތުގެ އަޑިން ބަލައިގަންނަން. ޖަލުތަކުގައިތިބޭ ހަމަ ގައިދީން އިނގޭތޯ ފާހަގަކުރާނެ އިނގޭތޯ. އަސްލުގަ ތިބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުން. ފަހަރެއްގައި ބޭފުޅަކު އެހެންގޮތަކަށް ނެއްވާހަކައެއްނޫން. މުއާމަލާއް ކުރައްވާގޮތް ހަމަ ރަނަގަޅުކަން އޯގާވެރިކަން. އެކަމަކު އަޅުގަނޑުމެންގެ ސަރުކާރުގައި  ފެސިޓީސް އެވަރަށް ގާއިމު ކުރެވިފައިނެތީ. ހަމަ ކުރިއްސުރެ ފެށިގެން އަޅުގަނޑުމެން ޖަލެއްގެ ގޮތުގައި ހަދައިގެން މިތިބެނީ ކޮންތަނެއްތޯ. މަސްގުދަންތައް ޖަލަށް ހަދައިގެން އަޅުގަނޑުމެން މިއުޅެނީ. މީރާއްޖޭގައި އަޅުގަނޑުމެން ތިބި ހާލަތު. މިހާލަތުން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތްތައް. އެހެންވީމަ އަޅުގަނޑުމެން މިކުރެވުނު މަސައްކަތުގެ ތެރެއިން އެންމެ މުހިންމު އެއްމަސައްކަތެއްގެ ގޮތުގައި ބެލިން ރީހިބިލިޓޭޝަން މިދެންނެވީ ތިންވަނަ މަސައްކަތް އާދެ! ތިންވަނަބައި ފުރިހަމަކުރުމަށްޓަކައި ރީހިބިލިޓޭޝަން ވަރުގަދަ ކުރުމަށްޓަކައި އަޅުގަނޑުމެން އައިއިރު އަސްލުގައި ކަރެކްޝަންގައި އެވަރަކަށް ފޯކަސްއެއްނެތް  ރީހިބިލިޓޭޝަން އަކަށް. އޭރުގަވެސް އޮތް. އެކަމަކު އަޅުގަނޑުމެން ނިންމީ މިކަން އިތުރަށް ކުރެވޭނީ އެހެން ކޮމާންޑްތައް އިނގޭތޯ. އޮފެންޑާސް ކޮމާންޑް އޮންނަފަދައިން ރިހިބިލިޓޭޝަން ކޮމާންޑެއް އޮވެގެންނޭ އެންމެ ރަނަގަޅަށް މިކަން ކުރެވޭނީ. އަޅުގަނޑުމެން ކަރެކްޝަންގެ މުޅި ސްޓްރަކްޗަރ ބައެއް ބަދަލުތައް ގެނައިން. އޭގެ ތެރޭގައި މުހިންމު އެހެން ކޮމާންޑް ތަކާއި އެއްލެވެލްގައި ރީހިބިލިޓޭޝަން ކޮމާންޑް ގެނެސް އެކޮމާންޑް ޑިޒައިންކުރިން. އަޅުގަނޑުމެން އެކަމަށްޓަކައި ބޭނުންވާނެ ބޭފުޅުން ދައުލަތުގެ ނިޒާމުގެ ތެރެއިން ހޯދަން އެންމެ ރަނަގަޅުގޮތަށް ހޯދިން. މިއަދު އަޅުގަނޑުމެން އިރާދަކުރެއްވީއާ މިސްރާބު ހިފައިގެން މިތިބީ ރިހިބިލިޓޭޝަން ކޮމާންޑުގައި މަސައްކަތް ކުރައްވާ ބޭފޫޅުންނަށް ދެވެންޖެހޭ ފުރިހަމަ ތަޢުލީމާއި ތަމްރީހޯދާ ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުން. އާދެ! އެއޮފިސަރސްއަށް ދެވެންޖެހޭ ފުރިހަމަ ތަމްރީނާއި ހުނަރާއި ގާބިލްކަން ލައިދެވުނީމަ  ރަނަގަޅު ރީހެބިލިޓޭޝަން ނިޒާމެއްގާއިމުކުރެވޭނީ. އާދެ! މީއަޅުގަނޑުމެން ދަތުރުކުރެވެން އޮތްމަގު. އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތް. އެކަންކަން އަޅުގަނޑުމެނަށް ރަނގަޅަށް ގެންދެވުނީމަ އަޅުގަނޑުމެންގެ މުޖުތަމައުގެ ހުރި ބޮޑެތި މައްސަލަތަކަށް ހައްލުގެނެވިގެންދާނީ. ޖަލަށް ވަންނަ ކޮންމެ ގައިދީއަކު ރިހެބިލިޓޭޓް ވެގެން ނިކުންނާނީ. އެހިސާބަށް އެކަން ދިޔައިމަ އިމްރާން ޖަލަށް ލެވުނަސް ރީހެބިލިޓޭޓް ކުރެވެންވާނެ. ރައީސް ޔާމީން ޖަލަށް ލެވުނަސް ރީހެބިލިޓޭޓް ކުރެވެންވާނެ. އެހެން ބޭފުޅަކު ޖަލަށް ލެވުނަސް ރީހެބިލިޓޭޓް ކުރެވެންވާނެ. އެއީ އަޅުގަނޑުމެން މިކަން ކުރާނެ ގޮތަކީ ޖަލަކީ ކޮންމެ މީހަކާއި ގުޅޭގޮތން ރީހެބިލިޓޭޝަން ޕްރޮގްރާމެއްހެދި ރީހެބިލިޓޭޓް ކުރެވިގެން ނިކުންނާނެ ތަނަކަށް ވެގެންދާނެ. އާދެ! މިކަން އަޅުގަނޑުމެން އެގޮތަށް ކުރާނީ.

އަޅުގަނޑު ކުރިން މިދެންނެވިހެން އަޅުގަނޑު ވަރަށް އުފާކުރަން އިނގޭތޯ. ނަން ދަންނަވާ ބައިވެރިން މިތާ އެބަތިއްބެވި އެހުރިހާ ނަންތައް މިގަޑިގާއިކީމަ ކަމަކު ނުދާނެ ކަންނޭގޭ. އެހެންނަމަވެސް އިނގޭތޯ އަޅުގަނޑުހަމަ ދަންނަވަންއޮތީ  އަޅުގަނޑުމެންގެ ސީޕީ އަދި މިނިސްޓަރ ވެސް ވިދާޅުވި ފަދައިން  އަދި ހުރިހާ ދުވަހަކު ބުނެވިފައޮންނާނެ ފަދައިން  އަޅުގަނޑުމެން ނޭދެން ދެން ތީގެ އެއްވެސް ބޭފުޅަކު ގައިދީއެއްގެ ގޮތުގައި މިހަތަރުފާރުގެ ތެރެއިން ފެންނާކަށް. އެކަން ނުކުރައްވާތި. ދިވެހި ރާއްޖެ ނައިބުރައީސް ޖަލަށް ވަޑައިގެން ދެއްވި ސެޓްފިކެޓް އަބަދު ފެންނަ ހިސާބުގަ ހަރުކޮށްފަ ބައިންދަންވާނެ. ކޮންމެ ދުވަހަކު އެއްއަށް ބަލާފަ ތިމަންނަ ދެން އެތަނަށް ނުގޮސް މި ސެޓްފިކެޓްގެ މައްޗަށް ތިމަންނަގެ ލައިފް ބިނާކުރަންވާނެއޭ ބުނަންވާނެ.  މާދަމާ ފެންނަންވާނީ އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާތަނެއްގައި އެންމެން ބަލައިގަންން މަގުބޫލު ރަނގަޅު މުވައްޒަފެއްގެ ގޮތުގައި. އަމިއްލައަށް ތެދުވެ މަސައްކަތެއް ލީޑްކުރާ މީހެއްގެ ގޮތުގައި. ވިޔަފާރިވެރިއެއްގެ ގޮތުގައި، އުފެއްދުން ތެރިއެއްގެ ގޮތުގައި ފެންނަންވާނީ. ތީގެ ތެރޭގައި ވަރަށް ހުނަރުހުރި ޒުވާނުންއެބަތިބި. އަޅުގަނޑުމެން ދެންމެ ސްޓޭޖަށް ބަލާލީމަ އިނގޭ ސާޅީސް އަހަރުން މަތީގެ ދެތިން ބޭފުޅަކު ނޫނީއާ ނެތް. އެއީ އަޅުގަނޑުމެންގެ ގައުމު އަޅުގަނޑުމެންގެ ގައުމު ބިނާކުރަން ތިބިމީހުން. ގައުމު ކުރިއަށް ގެންދަންވީގޮތް.

އާދެ! މިއަދު މިސަރުކާރުން މިދަނީ މިމަސައްކަތަށް އިރާދަކުރެއްވިއްޔާ ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދީގެން މަސައްކަތްކުރަމުން. އަޅުގަނޑު ގަބޫލުކުރަނީ ދައުލަތުގެ ހުރިހާ މުއައްސަސާތަކާ އަޅުގަނޑުމެންނާއި އެކު މަސައްކަތްކުރަންތިބި ސަރުކާރުގެ ޚާއްސަކޮށް އެސްއޯއެސްތަކާއި  އަޅުގަނޑުމެންނާއި އެކު މަސައްކަތްކުރަންތިބި ހުރިހާއެންމެން ގުޅިގެން ތިޔަ ބައިވެރިންނާއިއެކު ކުރިއަށްގޮސް އިރާދަކުރެއްވިއްޔާ ދެން އަންނަބެޗަކަށް އިތުރަށް މަގުތައް ފަހިވެ ފުޅާވެ މިއަށްވުރެވެސް އިތުރު ބައިވެރިންނާއިއެކު ރަނަގަޅަށް ކުރިއަށް ގެންދެވޭނެގޮތް ﷲ ސުބުޙާނަހޫ ވަތަޢާލާ މިންވަރުކޮށް ދެއްވުން.

 

އަޅުގަނޑުމެންގެ މަސައްކަތުގައި ބަރަކާތް ލައްވައި ކާމިޔާބު ދެއްވާށި. އަޅުގަނޑުމެން އެންމެނަށް ދެދުނިޔޭގެ ބައްޖަވެރިކަން ދެއްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކޮށްދެއްވާށި.    

ވަރަށް ބޮޑަށް ޝުކުރިއްޔާ.

ވައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.