ހާފްވޭ ހައުސްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު

                      `

 

ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް) ގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒު ޢިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅު

(29 ޖުލައި 2022)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމްއެފެއާޒް މުޙައްމަދު މާހިރު ޢީސާ، ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު، އެމްޓީސީސީގެ ސީއޯއޯ ޝާހިދު ހުސެއިން، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ޑިރެކްޓަރ ޖެނެރަލް ހުނައިނާ ލަތީފް، ހޯރަފުށީ ކައުންސިލްގެ އިއްޒަތްތެރި މެމްބަރުން، މިރަށުގެ ލޮބުވެތި އަޚުންނާއި އުޚްތުން އައްސަލާމް ޢަލައިކުމް ވަރަޙުމަތުﷲ ވަބަރަކާތުހޫ.

އާދެ! މިއަދަކީ އަނެއްކާވެސް އަޅުގަނޑުމެންގެ މަސައްކަތުގެ ތެރެއިން މިރަށުގަ އަޅުގަނޑުމެންނާއެކު މިއޮންނަ ގުޅުމުގެ ތެރެއިން ވަރަށް އުފާވެރި ދުވަހެއް. އާދެ! މިރަށުގެ ރައްޔިތުން މުޅިރާއްޖެއާއި ރަށުގެ ތަރައްގީއަށް ދެއްވާ އިސްކަމާއި ސަމާލުކަމާއި އެކަމުގައި ސަރުކާރުގެ މުއައްސަސާތަކާއެކުގައި ގުޅިގެން މަސައްކަތް ކުރުމުގެ ހީވާގިކަން އަޅުގަނޑުމެންގެ މިކަހަލަ ކޮންމެ ދަތުރަކުން ކޮންމެ މަސައްކަތަކުން ވަރަށް ރީތިކޮށް ފެނިގެންދޭ. ވަކިން ޚާއްޞަކޮށް އަޅުގަނޑުމެންގެ މިދަތުރުތަކުގައި އަދި ވަކިން ޚާއްޞަކޮށް މިއަދުގެ ދަތުރުގައި ތިޔަ ބޭފުޅުން ތިކިއުއްވި މަރުހަބާއާއި މިހެނދުނުގެ ވަގުތުގައި ހުރިހާ ބޭފުޅުން ވަޑައިގެން ތިކޮށްދެއްވި ބުރަ މަސައްކަތަކީ އަޅުގަނޑުމެން އެކަން ހިތުގެ އެންމެ އަޑިން ބަލައިގަންނަކަމެއް. އެހެން ކަމުން އަޅުގަނޑުގެ އަމިއްލަ ނަމުގައާއި އަޅުގަނޑުމެންގެ މިމުޅިޓީމުގެ ނަމުގައި ރަށުގެ ހުރިހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރަން.

އާދެ! އަޅުގަނޑު ހިތުން ގައުމެއްގައި އަމަންއަމާންކަން ކަށަވަރުވެ ހަމަޖެހުމާއި މަސްލަހަތު ގާއިމުވެ ކުރިއެރުމާއި ފާގަތިކަން ލިބިގެންދާނީ އެމުޖުތަމައެއް ބިނާވެގެންވާ ނިޒާމުގެ ފުރިހަމަ ކަމުގެ މައްޗަށް. އޭގެ މައްޗަށް މުޖުތަމައު ބިނާކުރެވިފައިވާ ޝަރުޢީ އަދި ޤާނޫނީ ނިޒާމަކީ ފުރިހަމަ ނިޒާމެއްނަމަ އެމުޖުތަމަޢަކީ ފުރިހަމަ ފާގަތި އަމާން މުޖުތަމައަކަށް ވެގެންދާނެ. މިހަޤީގަތް ދެނެތިބެގެން ރައީސް އިބރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރަގެ އެންމެ ކުރީކޮޅުގައި ވުޖޫދުވެގެން ނުވަތަ ވުޖޫދުކުރެވިގެން ދިޔަ އެއް ޤާނޫނަކީ  ޤާނޫނު ނަންބަރު 18/2019 ކުޑަކުދިންގެ އަދުލުގެ ޤާނޫނު.

އާދެ! އިންސާނީ މުޖުތަމައެއްގައި ހުންނަން ޖެހޭ ހުރިހާ ސިފަތަކާއިއެކު ބަދަހިކޮށް ބޭއްވުމަށްޓަކައި އިލްމުވެރިން ވިދާޅުވަނީ ޚާއްޞަކޮށް ޤާނޫނީ އިލްމުވެރިން ވިދާޅުވަނީ އެންމެ މުހިންމުކަމަކީ ކޮމްޕްރިހެންސިވް، ޝާމިލް ފުރިހަމަ ޤާނޫނެއް އޮތުމެވެ. އަދި އެއްއަށްފަހު ފުރިހަމަކޮށް ވަށާޖެހޭގޮތަށް އެޤާނޫނު ތަންފީޒް ކުރުމެވެ. އާދެ! އަދި ޤާނޫނެއް އޮތަކަސް ކަމަކުނުދޭ. އެޤާނޫނޫ އޭގެ އެންމެ ފުރިހަމަ ޒާތުގައި އެޤާނޫނު ތަންފީޒް ކުރުމެވެ. އަދި އޭގެ މައްޗަށް އެމުޖުތަމައެއްގެ އަހުލުވެރިން އަހުލުވެރިވެ ބިނާވެ ހަރުދާނާވުމެވެ. އާދެ! މިގޮތުން ގައުމުތައް ހަމަޖެހެނީ ގައުމުތައް ކުރިއަރާދަނީ. ގައުމުތަކަކީ އިންސާނުންނަށް ރަނގަޅު މަގުދައްކާދޭ ތަންތަނަށްވަނީ.

ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙުމަތާއެކު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ އިސްނެންގެވުމާއެކުގައި  އަޅުގަނޑުމެން ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެނައީ. އެއްފަހު 19/2019 އަކީ ކުޑަކުދިންގެ ޙައްޤުތަކުގެ ޤާނޫނު އާދެ! ރާއްޖޭގައި ޒަމާންތަކެއްވަންދެން މުޖުތަމައުގައި ވަލްނަރަބްލް ހާލަތުގައި ތިބެ އަދި ނުރައްކާތެރި ހާއްލައްތަކަށް ކުށްތަކަށް ހުށަހެޅިގެންދާ ކުދީން އެންމެހެޔޮގޮތުގައި ތަރުބިއްޔަތުކޮށް މުޖުތަމައުއަށް އަނބުރާ ގެނައުމުގެ މަސައްކަތަކީ ދުވަސްތަކެއް ވަންދެން އެކަން ހައްލުނުކުރެވިއޮތް މައްސަލައެއް. އެމައްސަލައަށް ހައްލެއް ގެނައުމަށްޓަކައި 2019 އިން ފެށިގެން އަޅުގަނޑުމެން ކުރަމުން އައިމަސައްކަތް އެއްމަސައްކަތުގެ މައްޗަށް އަނެއްމަސައްކަތް ބިނާކުރަމުން ތަރުތީބުކުރަމުން ބައްޓަން ކުރަމުންއައިސް މިއަދު މިދަނީ އަޅުގަނޑުމެން މިރަށުގައި އާދެ! މީގެ ކުރީގެ މަރުހަލާތައް ފުރިހަމަކުރުމަށްފަހުގައި އެކުދިން މުޖުތަމައަށް އަނބުރާ އެއްކޮށް މުޖުތަމައާއެކު ދިރިއުޅުމުގެ ފުރިހަމަ ނިޒާމެއް ގެނައުމަށްޓަކައި ކަޑައްތު ކުރާނެ މަރުހަލާތަކުގެ ތެރެއިން ގާތްގަނޑަކަށް 4 ވަނަ މަރުހަލާއެއްގެ ގޮތުގައި  ހާފުވޭހައުސް ނުވަތަ ރީއިންޓަގްރޭޓް ކުރުމަށްޓަކައި ހާފްވޭ ހައުސް އިރާދަކުރެއްވިއްޔާ ބިންގާއެޅިގެންމިދަނީ. އަޅުގަނޑު އުއްމީދުކުރަނީ މިއަންނަ އަހަރުގެ ކުރީކޮޅުގައި މިމަސައްކަތް އެއްކޮށް އާދެ! އެމްޓީސީސީގެ ހުނަރުވެރި ހީވާގި ޓީމުން ނިންމައި ދެއްވައި އަޅުގަނޑުމެންނާއި ހަވާލުކޮށް އަމަލީގޮތުން މިއަންނައަހަރު މިމަސައްކަތް ފެށިގެންދާނެކަމަށް އަޅުގަނޑު އިރާދަކުރެއްވިއްޔާ ހަމަ ޔަގީން ކުރަން.

އާދެ! މީއަޅުގަނޑުމެން ސަރުކާރު ފުރަތަމަ ފެށި އިރުއްސުރެ ކުރަހާފައޮތް ރީތިމަގުތަކުގައި ހިނަގަމުންއައިސް އަޅުގަނޑުމެންނަށް އޭގެ ނަތީޖާއާއި ހަމައަށް ދެވޭ ހިސާބު. އެނގިވަޑައިގަންނަވާނެ ކުރިން މިދެންނެވިހެން މިފަދަ މަސައްކަތްތަކަކީ އެއްދުވަހުން ދެދުވަހުން ނިންމާލެވޭނެ ކަންކަމެއްނޫން. އާދެ! އަޅުގަނޑުމެންގެ މިމުޖުތަމައު ކުރިން ދެންނެވިހެން ގާތްގަނޑަކަށް ތިންލައްކަ ފަންސާސް ހާސް ހަތަރުލައްކައެއްހާ ދިވެހިން އުޅޭ މުޖުތަމައެއްގެ ތެރޭގައި އަޅުގަނޑުމެން ދެކޭކަށް ބޭނުމެއްނޫން އަޅުގަނޑުމެންގެ އުފެދިގެންއަންނަ ޒުވާނުންގެ ތެރޭގައި މިއިންކޮންމެ ރަށެއްގައި ފަނަރަ ވިއްސަކަށް ކުދިންނަކީ އަޅުގަނޑުމެން މައިންބަފައިންނާއި މުޅިމުޖުތަމައު ހިތާމަކޮށް އަދި އޭގެ ބޮޑު ގެއްލުން މުޅި ގައުމަށް އަންނަފަދަ ހާލަތަކަށް މިކަންކަން ދާކަށް. އާދެ! އަޅުގަނޑު ކުރިން ދެންނެވިހެން ޝަރުއީ ޤާނޫނީ އިލްމުވެރިން އެވިދާޅުވީ އަޅުގަނޑުމެންނަށް ގިނަފަހަރަށް މިވާގޮތަކީ ޤާނޫނާއި ޝަރުޢީ ނިޒާމާއި ޚިލާފުވާއިރަށް ފިޔަވަޅު ނޭޅިގެން މިއުޅެނީ. އަދަބެއް ނުދެވިގެން މިއުޅެނީ. އެއީ އާއްމު ވިސްނުން. އާއްމު މުޖުތަމައުގެ ހާލަތު. އެހެންނަމަވެސް އަދަބަކާ ފިޔަވަޅަކާ ހަމައަށްމިދަނީ ވަރަށް ގިނަ ކަންކަން ފެއިލްވެގެން ނުވަތަ ގިނަ ކަންކަން ރަނގަޅަށް ނުކުރެވިގެން. އާދެ! ކުށެއް ކޮށްގެން ކުށެއްގެ ސަބަބުން މީހެއްގެ މައްޗަށް ޝަރުއީ ގާނޫނީ އަދަބެއް މިއަންނަނީ އިލްމުވަރިން ވިދާޅުވަނީ ހަތަރުވަނައަށޭ ނުވަތަ ތިންކަމެއް ފުރިހަމަކޮށް އަދާނުކުރެވުނީމައޭ. އެންމެ ފުރަތަމަ ކޮންމެ އިންސާނަކު ފަރުދެއްގެ ހައިސިއްޔަތުން އޭނަ ހިފަހައްޓަންޖެހޭ ޝަރުޢީ ޤާނޫނީ ހަމަތަކާއި އުސޫލުތައްހުރޭ. އެއިންސާނާ އޭނަގެ އުމުރުގެ ތަފާތު ހާލަތްތަކުގައި މެދުވެރިވާ ކަންކަމުގެ ސަބަބުން އޭނަގެ އަމިއްލަ ނަފުސު ހަމަތަކުގައި ނުހިފެހެއްޓި ފެއިލް ވެއްޖެއްޔާ އެޢީ ފުރަތަމަ ލެވެލް ފަހަނައަޅާ ދިޔައީ. އާދެ! ކޮންމެ އިންސާނެއްގެ މައްޗަށް އެބައޮތް އޭނަގެ އަމިއްލަނަފުސް ޝަރުޢީ ޤާނޫނީ ހަމަތަކުގައި ހިފެހެއްޓުން. އެހެންވީމަ އަމިއްލަ ނަފުސުގައި ހިފެހެއްޓުނީ ކޮންމެވެސް ސަބަބަކާހުރެ. އެހެންވީމަ އެހިސާބުން އެއީ ފުރަތަމަ ލެވެލް ފެއިލްވީ.  އާދެ! އަދިވެސް އޭނައަށް ފިޔަވަޅުއަޅާ އަދަބުދޭކަށް ނުޖެހޭ އާދެ! ދެން އޮތީ ކޮންދިމާއެއްތޯ. އޭނަގެ އަމިއްލަ އާއިލާ. އޭނަގެ މައިންބަފައިން. އެއްބަނަޑު ތިމާގެ މީހުން. އެމީހުން އެބަޖެހޭ އޭނަމިހާރު އަސްލު މަގުން ނިކުމެއްޖެކަން ގަބޫލުކޮށް މަގާހަމައަށް ގެނައުމަށް އޭނައަށް މަގުފަހިކޮށްދީ ހިތްވަރުދީ މަގުދައްކައިދީ އޭނައަށް ރަނގަޅުގޮތަށް އާދެވުމަށްޓަކައި މަގު ތަނަވަސްކޮށްދިނުމަށް.

އާދެ! ކޮންމެއަކަސް އާއިލާއަށްވެސް މައިބަފައިންނަށްވެސް އެއްބަނޑު ތިމާގެ މީހުނަށްވެސް އެކަންނުކުރެވުނީ. އެހިސާބުންވެސް އަދި ނުދޭ ދައުލަތުގެ ތަންފީޒީ ނިޒާމުތަކާހަމައަށް ދާކަށް. އާދެ! ދެންއޮތީ އޭނަގެ ވަށައިގެންވާ އަވަށްޓެރިންނާއި މުޖުތަމައު. މުޖުތަމައުގައި ހިމެނޭ ހަރު ހެޔޮވިސްނޭ މީހުން. އެމީހުން އެބަ ދަނެގަންނަންޖެހޭ ތިމަންނަމެންގެ މުޖުތަމައުގައި މިއަދު އަސްލު މަގުން އެއްފަރާތްވެފައިވާ ފަރުދަކު އެބަހުރިކަން. އެފަރުދު އެގޮތަށް ދާކަމަށްވާނަމަ އޭގެ ބޮޑު ގެއްލުން އަންނަނީ މުޅިމުޖުތަމައަށްކަން. އެހިސާބުން އެއެންމެންގެ ޒިންމާއެއްއެއީ އޭނާ މަގާހަމައަށް ގެނައުމަށްޓަކައި ކުރަންޖެހޭ ހުރިހާކަމެއް އެންމެން އެއްވެގެން ކުރުން. އާދެ! ކޮންމެއަކަސް އެމަރުހަލާވެސް ފެއިލްވީމަ ދެންމިދަނީ  ގާނޫނީގޮތުން އަޅަންޖެހޭ  ފިޔަވަޅުތަކާހަމައަށް. އާދެ! މިޒަމާނުގައި ވެއްޖެއްޔާ ފުލުހުންނާއި ކޯޓްތަކާއި ހަމައަށް.

އާދެ! މިއަދުގެ އަޅުގަނޑުމެންގެ ކުޑަކުދިންގެ އަދުލުގެ ނިޒާމު ބައްޓަން މިކުރަނީ މިހިސާބަށް ނުގޮސް އާދެ! ކީއްވެތޯ އަޅުގަނޑުމެންގެ ލޯބިވާ އަޅުގަނޑުމެންގެ ދެލޯފަދައިން ލޯބިވާ 14،15،16 އަހަރުގެ ކުދިން 15 އަހަރަށް 20 އަހަރަށް ޖަލަށްލާންވީ ކީއްވެގެންތޯ؟ ކޮބައިތޯ އޭގެއިން އަޅުގަނޑުމެންގެ އާއިލާތަކަށް މުޖުތަމައުއަށް ލިބޭފައިދާއަކީ؟ އާދެ! އެހެންކަމުން އަޅުގަނޑުމެން އެންމެން ވިސްނަންއެބަޖެހޭ. މިސާލަކަށް މިރަށް ކިހާވަރެއްތޯ؟ 3500 މީހުންގެ އާބާދީއެއްގައި އާއްމުބަހުރުވައިން ދަންނަވާކަމަށްވާނަމަ އަތްފަޔަށް ކުޑަކޮށްނުކުޅަދާނަވާކަހަލަ ވިއްސަކަށް ކުދިންތިބޭ ވާހަކަމީހުން ދެއްކުން މީއަޅުގަނޑުމެން ބޭނުންވާ ކަމެއްނޫންދޮއްތޯ. އެއާއިލާވެސް ބޭނުންވާނެކަމެއްނޫން. އެހެންވީމަ އަޅުގަނޑުމެން މިއަދު އަޅުގަނޑުމެންގެ ނިޒާމު އެބަ ބައްޓަންކުރަންޖެހޭ އިނގޭތޯ. އަޅުގަނޑުމެން އެންމެންވެގެން  ބައްޓަންކުރަންއެބަޖެހޭ. އެފަދަ ކަމެއް އެއްވެސް ކުއްޖެއްގެ ކިބައިން ފާހަގަކުރެވޭ ހިސާބުން ފެށިގެން ކުރިން ދެންނެވިހެން އޭނަގެ އާއިލާއާއި އަވަށްޓެރިންނާއި ސުކޫލާއި ކައުންސިލާއި މިހުރިހާ އެންމެން ގުޅިގެން ޚާއްޞަ އިސްކަމެއް ޚާއްޞަ ސަމާލުކަމެއްދެވިގެން ޤާނޫނީ ފިޔަވަޅާއި ހަމައަށް ދިއުމުގެކުރިން އެކުއްޖަކު އެފަރުދަކު މުޖުތަމައަށް އަނބުރާ ގެނައުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް.

އާދެ! މިދުނިޔޭގައި އެތަންމިތާގައި ތަޖުރިބާކުރެވިފައިއޮތް ނިޒާމެއް އަދި އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ހަމަގާތްގަނޑަކަށް ބުނެވިދާނެކަންނޭގެ މިނިޒާމުގެ ބައެއްބައިތައް ގާތްގަނޑަކަށް އަށްޑިހައިގެ ފަހުކޮޅުގައި ނުވަދިހައިގެ ތެރޭގައި އަމަލުކުރުމުގެ ނަތީޖާއެއްގެ ގޮތުން ރަނަގަޅު ނަތީޖާތަކެއްލިބި ހަމަވަރަށް ވަރުގަދަ މީހުންތަކެއްވެސް ނުވަތަ ފަރުދުންތަކެއްވެސް އުފެދިފަ އެބަހުއްޓޭ.

އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަދު މިގާއިމުކުރާ ނިޒާމުގެ ސަބަބުން އަޅުގަނޑު ޔަގީންކުރަނީ ﷲ ސުބުހާނަހޫ ވަތަޢާލާގެ ހެޔޮރަޙްމަތާއެކު އަޅުގަނޑުމެން އެންމެންގެ ހީވާގި މަސައްކަތާއެކުގައި ރާއްޖޭގައި މިއަދު އަޅުގަނޑުމެންގެ ކުރިމަގު ބަނަކުރަމުންދާ މިބޮޑުމައްސަލައަށް ހައްލެއްލިބުމަށް އިރާދަކުރެއްވިއްޔާ މަގުފަހިވެގެންދާނެކަމަށް.

އަޅުގަނޑު ހަމަހަގީގަތުގައިވެސް ހޯރަފުށި ކައުންސިލްގެ ރައީސް އަދި ހުރިހާ މެމްބަރުން   އަދި  މިދާއިރާގެ އިއްޒަތްތެރި ރައްޔިތުންގެ މަޖިލިހުގެ މެންބަރަށާއި އަޅުގަނޑުމެން އޮފީހުގައި މަސައްކަތްކުރައްވާ ހުރިހާ މެންބަރުންނަށާއި އަދި އެމްޓީސީސީގެ ހީވާގި ޓިމަށް މިމަސައްކަތުގައި ތިއުފެއްލެވި ބުރައާއި މިއަދާއިހަމައަށް ވަޑައިގަތުމަށްޓަކައި ތިކުރެއްވި ހުރިހާ މަސައްކަތަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު ތިހުރިހާ ބޭފޫޅުންނަށް  ޝުކުރުދަންނަވަން. މިރަށުގެ ހުރިހާ ވެރިންނާއި ލޮބުވެތި ރައްޔަތުންނަށް ޝުކުރުދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ  ﷲ ސުބުހާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ މަސައްކަތުގައި ބަރަކާތްލައްވައި އަޅުގަނޑުމެން އުއްމީދުކުރާގޮތަށް މިމަސައްކަތްނިމި އެކަމުގެ ހެޔޮނަތީޖާއާއި ކާމިޔާބު އަޅުގަނޑުމެން އެންމެނަށް މިންވަރުކޮށްދެއްވުން.   

ވަރަށް ބޮޑަށް ޝުކުރިއްޔާ.  

 ވައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.