ޔޫތް ލީޑަރސް ފޯރަމް ނިންމުގެ ރަސްމިއްޔާތު

   `

 

ށ. މިލަންދޫ ގައި ބޭއްވުނު ޔޫތް ލީޑަރސް ފޯރަމް ނިމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒު ޢިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅު

(21 މެއި 2022)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

ރައްޔިތުން މަޖިލީހުގެ މިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޢަލީ ރިޒާ ކޮމަންޑޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު މުޙައްމަދު ރާޝިދު. ށ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޢާއު، މިލަންދޫގެ ކައުންސިލްގެ ރައީސް ޢަބުދުﷲ ޢާތިފް، މިނިސްޓްރީގެ އިސްވެރިން، އަޅުގަނޑުމެންގެ ލޮބުވެތި ފެސިލިޓޭޓަރުން، ޔޫތްލީޑަރސް ނެޓް ވާކްގެ ހީވާގި މުރާލި ބައިވެރިން، މިދިޔަ ތިންދުވަހުގެ އަޅުގަނޑުމެންގެ އެންމެ މުހިންމު އެކުވެރިން ބައިވެރިން ،ފޯރަމުގެ ލޮބުވެތި ބައިވެރިން އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.

 އާދެ! ދެންމެގަ ނަޖުމާވެސް ވީދާޅުވި ދޮއްތޯ ކުއްލިގޮތަކަށޭ. އަޅުގަނޑުވެސް ވަރަށް އުނދަގޫ ގޮތަކަށްމިވީ ފޯރަމެއްގެ ތެރޭން އެހެންގޮތަކަށްގޮއްސަ ، ކުއްލިއަކަށް އެހްން ގޮތަކަށް ވާހަކަދައްކަންވީމަ އެހެންވެ އަޅުގަނޑުވެސް މިދާންވީ ކޮންޓޯނަކުންކަން އުނދގޫވެފަ މިއިނީ  ދެތެއްބުނާކަމަށްވާނަމަ . އަޅުގަނޑުމެން މިފޯރަމުގައި މިދިޔަ ތިންދުވަހުގެ ތެރޭގައި ހުރިހާ ކުދިންނަށްވެސް އެނގޭނެހެން ވަރަށް ބައިވަރު މަޢުލޫމާތު ، ވަރަށް ބައިވަރު އެކްޓިވިޓީސްތައް ، ވަރަށް ބައިވަރު ހަރަކާތްތައް ، ވަރަށް ބައިވަރު ވިސްނުންތައް ޖަމާކޮށްދީފި. މިހުރިހާ ކަމަކަށް ފަހުގައި އަޅުގަންޑުވެސް ވިސްނައިގެން މިހުރީ މާގިނަވާހަކަތަކެއް ދެއްކުން އެއީ މިވަގުތު މުހިންމު ކަމެއްނޫން. އެހެންވީމަ އަޅުގަނޑު ހަމަ މިވިސްނީ މިފަހަރުގެ މިވަގުތަށް ތިބައިވެރިންނާއި ވަކިވެގެންދާއިރު މިތިންދުވަހު ނޫނީ ދެދުވަހު ދެވުނު ހުރިހާ އެއްޗެއްގެ މައްޗަށް ތިކުދިންގެ އަނެއްހެން ބުނާނަމަ މަރުދުވަހާއި ޖެހެންދެން ސިކުނޑީގަ ހަރުކޮށްފަ ބަހައްޓާނެ އަޅުގަނޑުމެން އަރަބިބަހުން މިކިޔަނީ ޤަވާޢިދު ނުވަތަ އުސޫލު އިނގްލިޝްއިން އާއްމުކޮށް ބޭނުންކުރާނީ ޕްރިންސިޕްލްސް ، އެކަހަލަ އުސޫލުތަކެއް، އުސޫލުތަކުގެ ތެރެއިން ކޮންމެވެސް އެތިކޮޅެއް ބުނާނަން.

އާދެ! ހަމަޔަގީނުންވެސް އަޅުގަނޑުމެން އިސްލާމީ ތާރީޚަށް  ނުވަތަ އިންސާނިއްޔަތުގެ ތާރީޚަށް ބެލިކަމުގައިވިއަސް ، މުޖުތަމައެއް ގޮވައިގެން ، ގައުމެއްގެ ރައްޔިތެއް ގޮވައިގެން ، އިންސާނުންތަކެއް ގޮވައިގެން ކުރިއަށްދާބަޔަކު ލީޑަރަކު ހަމަޔަގީނުންވެސް މި އުސޫލުތަކަށް ތަބާނުވެ އޭނައަކަށް ކުރިއަށް ނުދެވޭނެ. މީގެ ތެރެއިން އެތިކޮޅެއް މިގެންނަނީ. އެހެން ނަމަވެސް ކޮންމެވެސް މިންވަރެއް ހަމަނަޖުމާ ބުނިވާހަކަހަނދާންވަނީ ކުއްލިއަކަށް އިނގޭތޯ. މާބޮޑަކަށް ނުއެއްލިޔަން. އެކަމަކު މިބަޔަށް ދިއުމުގެ ކުރިން އެބަޖެހޭ ކަންނޭގޭ ހަގީގަތުގައިވެސް އިނގޭތޯ. އަޅުގަނޑު ހިތަށްއަރާ މިނިސްޓްރީގައި އަޅުގަނޑުމެން ވަރަށް ބައިވަރު މަސައްކަތް އެބަކުރަމޭ .ވަރަށް ކުދި ކުދި ވަރަށް ބޮޑެތިކަންތައްތައްވެސް އެބަ ކުރަން. އެހެންނަމަވެސް މިކުރެވޭ ހުރިހާ މަސައްކަތުގެ ތެރެއިން މިކަހަލަ ފޯރަމަކަށްވުރެ އުފާވެރިކަމާއި ހިތްހަމަޖެހުމާއި ކަމެއް ކުރެވުނު ކަމުގެ އިހްސާސް ގެނެސްދޭ ކަމެއް ނުވޭ. އެއީ އަޅުގަނޑުމެން ދޫކޮށްފަދާ އެހެންކަންކަން ހުންނާނެ އެހުރިގޮތަށް އެއަށް ދެން ބަދަލެއް ގެންނާނެ މީހަކު  ނައަންނާނެ، އެގޮތަށް ހުރެގެން ވީރާނަވެގެންދާނީ ގިނަފަހަރު . އެކަމަކު އަޅުގަނޑުމެން މިއަށް މިދޫކޮށްލަނީ ކޯއްޗެއް. ދިރުމެއް އާ އުފެއްދުމެއް އާ ވިސްނުމެއް. މިހިފައިގެން ތިޔަލީޑަރުން ނިކުމެ ކުރާކަންތައް އެއީ. އަޅުގަނޑުމެން މިހާރު މިކުރާ ކަންތަކަށްވުރެ އެތަށް ގުނައެއް ފުރިހަމަ ،މޮޅު ، ރަނަގަޅުކަންކަން ކަމުގައި ވެގެން ހިނގައިދާނެ. އެހެންވެއްޖެއްޔާ އޭގެ ހިތްހަމަޖެހުމާއި އުފާ އަޅުގަނޑުމެނަނަށް އަސްލުގަ ލިއްބައިދޭނެ.

 އަޅުގަނޑު ހިތުން އަޅުގަނޑުމެން ފަށައިގެން މިއައީ ހަމަފުރަތަމަވެސް މިނިސްޓްރީން މިކަން ނިންމުމަށްފަހުގައި އަޅުގަނޑު ފުރަތަމަވެސް ގުޅާލީ މިދާއިރާގެ ޢިއްޒަތްތެރި މެމްބަރު މިރަށުގެ ލޮބުވެތި އަޚް ޢަލީ ރިޒާއާ. އެދުވަހުން ފެށިގެން   މިއަދާ ހަމައަށް މި ފޯރަމް ކާމިޔާބުކުރުމަށްޓަކައި އަޅުގަނޑުހިތުން އެމަނިކުފާނަށް ފޮރެޅޭނެ އެންމެ ގާބުރިއެއްވެސް ނުފޮރޮޅާ ނުބާއްވާ. ވަރަށް ބޮޑަށް ޝުކުރިއްޔާ . ހަމައެހެންމެ ރާޝިދުވެސް ވަރަށް ކާރިން މިކަމުގައި އުޅުއްވި. އަޅުގަނޑުގެ ޓީމް ވަރަށް ގާތުން މަސައްކަތް ކޮށްދެއްވި. މިރަށުގެ ކައުންސިލް ، އަދި ޢާތިފް އިސްކޮށް ހުންނަވާ މުޅިކައުންސިލް އެއްކޮށް މަސައްކަތް ކޮށްދެއްވި.  ހުރިހާ ޑަބްލިޔުޑިސީ އެއްކުރައްވައިގެން މަސައްކަތް ކުރެއްވި. ރަށުގެ ރައްޔިތުން ބައިވެރި ކުރެއްވި އަޅުގަނޑުމެންނަށް މަރުޙަބާ ކިޔަން ވާރެއާތެމިގެން ކޯޓްލައިގެން ނިކުންނެވި. މިހުރިހާކމަކީ އަޅުގަނޑުމެންގެ ހިތައް އުފަލުން  ފޮޅިގެން ޝުކުރުން ފުރިގެންވާކަމެއް. އަޅުގަނޑުމެންގެ ފަރާތުން ޝުކުރުގެ ލިސްޓް ގެނެސްދެއްވައިފި އަޅުގަނޑު ހަމަ ތިޔަ ހުރިހާ ބޭފުޅުނަށް އަޅުގަނޑުމެން އެންމެންގެ ނަމުގައި ވަރަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން.

އާދެ! ދަނަނަވާލަން ހިތަށް އެރި ކަންތަކުގެ ތެރޭގައި ތިން ހަތަރު އުސޫލެއް އަޅުގަނޑު މިގެނައީ ރަސޫލުﷲ  ޙަދީޘް ކުރައްވާފައިވަނީ ކުރިން ބުނިހެން މީ ޕްރިންސިޕަލެއް އޮތްގޮތަށް އޮތް ދުނިޔޭގެ ތާރީޚަށް ބަލާލި ކޮންމެ ތަނަކުންވެސް މީތި އައްނާނެ ރަސޫލުﷲ ޙަދީޘް ކުރައްވަނީ ވަރަށް ކުރުކުރު ޙަދީޘެއްމީ  لحكمة ضالة المؤمن أينما وجدها أخذها ތަނެއްގައި ހިކުމަތެއް އޮވެއްޖެއްޔާ މާނައަކީ އެއްމެވައިސް ޑިސިޝަނެއް ޙިކުމަތެއް އޮވެއްޖެއްޔާ އެއީ މުއުމިނއްގެ އަމިއްލަ ޙައްގެކޭ އެއީ . އޭނަ އޭތި ގެއްލިގެން ހޯދަމުން މިހެންދާން. މިހާރު އަމިއްލަ ފައިވާން ގެއްލިގެން ހޯދަމުންދަނިކޮށް ކޮންމެވެސް ކުއްޖަކު އަރައިގެންނޭ ބުނެފިއްޔާ ބުނާނެ ތީތިމަންނައެއްޗެކޭ ދޭށޭ.   އެހެންތާވާނީ. ދޮއްތޯ. އަމިއްލަ ފޯނުގަނޑު ގެއްލިގެން އުޅުނަސް ބުނާނެ. ކޮންތާކުހޭ މަގޭފޯނޭދޭށޭ. އެހެންވީމަ ޙިކުމަތްތެރިކަން އޮތިއްޔާ ، ޙިކުމަތެއް ވެއްޖެއްޔާ ،ނޮލެޖެއް ވެއްޖެއްޔާ އެއީ މުއިމިނެއްގެ ޙައްގެކޭ. އޭނަ އޭތި ގެއްލިގެން ހޯދަނީއޭ. ކޮންމެ ތަނެއްގެ އޮތަސް އޭނައޭތި ނަގާނެ. އެހެންވީމަ އޭނަ އެޖެހުނުތަނަކުން އޭތި ދަމައިގަންނާށޭ އެއީ އޭންގެ އެއްޗެކޭ. އެނުބަލާށޭ ކާކުތޯ ދެނީ. ކާކުއަތުގަތޯ އޮތީ.   ތިމަންނައާ ފިކުރު ދިމާވޭތޯ. ފިކުރު ދިމާނުވޭތޯ. މުސްލިމެއްތޯ ކާފަރައްތޯ ކުރިސްޓިއަނެއްތޯ އަނެކައްޗެއްތޯ ނުބަލާށޭ . ޖެހުނުތަނަކުން އޭތި ނަގާށޭ. އެއީ އޭނަގެ އެއްޗެއްކޭ. އެހެންވީމަ އަޅުގަނޑުމްނގެ ތެރެއިން ލީޑަރެއް ހުރިއްޔާ އެއްޗެއް ހޯދަންޖެހޭ ކޮންމެ ތަނަކުންވެސް.

 ވަރަށް ރީތި ޙާދިޘާ އެއް ވަރަށް ކުރުކުރު ހާދިޘާއެއް އެކމަކު މިޙާދިޘާ ކުއްލިއަކަށް އައިމަ އަޅުގަނޑަށް ހީވަނީ ހަމަކިޔާދޭން ޖެހޭނެހެން. މިދިމާވާގޮތަކީ އަބޫހުރައިރާ ރަޟިއަﷲ އަންހާއަށް ރަސޫލުﷲ މިހަވާލުކުރއްވާފައިވަނީ ޒަކާތުގެ މުދާ ބަލަހައްޓަން ފަގީރުންނަށް ޒަކާތްދޭން. އެއްރޭ ދަންވަރު މިހޭލެވެނީ މުސްކުޅިވަރެއްގެ މީހަކުވަދެ އޭތިކޮޅު ނަގައިގެންދާންވެގެން އުޅެނިކޮށް މިފެންނަނީ. ގޮސް ހިއްފަހައްޓައިފި. މީ މުސްލިމުންގެ ޒަކާތޭ. ވައްކަންކުރަނީއޭ. މާދަމާ ގެންދާނަމޭ ރަސޫލުﷲ އަރިހަށް އަދަބުދޭން. ދެންހަމަ ރޮއިހޭރި އާދޭސްކޮށް މީނަވަރަށް ގިނަ އުޒުރުތައް ދައްކައިފި. ތިމަންނަގެ ތިބެއޭ ޔަތީމު ކުދިންކޮޅައް.  ކާނެ އެއްޗެއްނެތޭ ދެން މިހެންކިޔާފަ ވަރަށް ބައިވަރުވާހަކަތަކެއް ދައްކައިފި. އެންމެފަހުން އަބޫހުރައިރާގެ ހިތަށް ރަހްމުވަދެގެން ވިދާޅުވެއްޖެ އޯކޭ ތިކަހަލަކަމެއް ދުވަހަކުވެސް ނުކުރައްޗޭ.. ދާށޭ. ކިޔާފަ ދޫކޮށްލާއިފި. ފަތިސްނަމާދު ކުރި ގޮތަށް ރަސޫލުﷲ އައްސަވައިފި. އަބޫހުރައިރާ ކަލޭގެ ބައިވެރިޔާ ރޭގަ ކީއްހޭ ކުރީ. އެއްވެސް މީހަކު ނުދަންނަ ކަމެއް ރަސޫލުﷲ ވަގުތުން ސުވާލުކުރެއްވީ. ރަސޫލާއޭ މިހެންނޭވީ ތިމަންނަ އޭނައަށް ހަމްދަރުދީވެގެން ދޫކޮށްލީއޭ. އެއްޗެއް ވިދާޅެއްނުވޭ. ދެވަނަރޭ ގޮއްސި . ހަމަ މިސަކަރާތެއްޖަހައި މީނައައިސް ވަރަށް ފާޑުފާޑުގެ އުޒުރު ދައްކައިގެން ގެންގޮއްސި. ދެން އަބޫހުރައިރާ މިވިސްނީ ރަސޫލުﷲ އެނގުނަސް ނޭގުނަސް ދެން ކުރާނެ ކަމެއްނެތޭ. ދެން މީނަ ނުއެއް ގެންދެވޭނެތާ.  މިހާ މުސްކުޅި ބަލިކަށި މީހަކު ކިހިނެއްތްހޭ ގެނދާނީ އެހެންކިޔާފަ  ދޫކޮށްލާފި. ހަމަ ފަތިސް ނަމާދު ނިމުނުގޮތަށް ސުވާލުކުރައްވަފި. ދެވަނަރޭ ގޮއްސި ތިންވަނަރޭ ހަމަމިސަކަރާތް ޖަހައިފި. އަބޫހުރައިރާ ކީކޭ ވިދާޅުވީ. އަނހާ މިރޭ ދެންދުލެއް ނުކުރާނަން.   ދެވަނޭ ގޮއްސިއޭ ދެން ތިންވަނަރޭ ދެން ދޫކޮށްނުލާމޭ. ދެންމީނަ ވަރަށް އާދޭސްކޮށްފި ދަރިންކޮޅުގެ ނިކަމެތި ހާލާއި ނުކައިއޭ ތިބޭނީ. ހެނދުނުވާއިރުވެސް މަރުވެދާނެއޭ. ކިޔާފަ މިހުރިހާ އެއްޗެއް ކިޔައިފި، ދެން އެކަމަކު ބުނަންހެއްޔޭ މަބުނާއެއްޗެއް ކިޔާބަލާށޭ. ދެން ނައަންނާނަމޭ. ކޯއްޗެއްހޭބުނީމަ އާޔަތުލް ކުރުސިކިޔާށޭ. ދެން މަށެއް ނައަންނާނަމޭ. ފަތިސްނަމާދު ކުރެއްވިގޮތަށް  ރަސޫލުﷲ ސުވާލުކުރެއްވި. އަބޫހުރައިރާ ކޮބާ ތިބާގެ ބައިވެރިޔާއާ އެއްކޮށް ކޮންކަންތަކެއްހޭ ހިނގީ. ރަސޫލުﷲ އަށްވަޙީލިބޭ ޖިބްރީލް އަލައިހިއްސަލާމް ޚަބަރު ދެއްވާ. ވިދާޅުވެއްޖެ ރޭގަ މީނަ މިހެން ބުނެފިއޭ. ކީއްވެހޭ މިހެން މިބުނީ. ރަސޫލުﷲ ޙަދީސް ކުރެއވި އަބޫހުރައިރާއޭ އެއީ ޝައިޠާނާއޭ. ޞަދަޤަކަ ވަހުވަ ކަދޫބަ. އޭނަހަދަނީ ހުސްދޮގުކަމަށްވިއަސް މިފަހަރު އެބުނީ ތެދެކޭ. އޭގައި ހިފާށޭ. އޭނަހަދަނީ ހުސްދޮގޭ. އެކަމަކު އެބުނީ ތެދެކޭ. އޭގައި ހިފާށޭ. އޭނަބުނީ ކީކޭ ނިދަންއޮށޯނަމުން ކުރުޘި ކިޔައިފިއްޔާ ތިމަންނަ ނައަންނާނަމޭ. އަހަރުން ކިހިނެއް ހަދާނީ. އޭރުން ނައަންނާނެތާދޯ. މީގެ އަސްލު ހަގީގަތަކީ ކިތަންމެ ނުބައިމީހެއްކާރިންވެސް ޙިކުމަތެއް ހެޔޮބަހެއް ރަނަގަޅު ނަޞޭހަތެއް ލިބިއްޖެއްޔާ އޭތިހޯދަންވާނެ. އެއީ އޭނަގެ އެއްޗެއްނޫން. ތިމާގެ އަމިއްލައެއްޗެއް. އަޅުގަނޑުމެންގެ މިކަހަލަ ގާބިލު ފެސިލިޓޭޓަރުން މިހުރިހާ އެއްޗެއް މިވިދާޅުވެ ދެއްވީހަމަ. އޭގެން ބޭފުޅަކު ތިބޭފުޅުން ގޯސް އެއްވެސް އެއްޗެއް އެއްމެ ވޯޑެއްވެސް ވިދާޅުނުވާނެކަމަށް އަޅުގަނޑު ގަބޫލުކުރަން. އެހެންވީމަ އަޅުގަނޑުމެންނަށް ވަރަށް ބައިވަރު އެއްޗެހި އެބޭފުޅުންއެދެއްވީ.

ދެވަނަ ކަމަކީ ކީރިތި ޤުރުއާނުގެ އާޔަތަކުންނެގޭ ޕްރިންސިޕަލެއް. އެއީ  ﷲ ސުބުޙާނަހޫ ވަތަޢާލާ ވަހީ ކުރައްވަނީ     ٱلَّذِينَ يَسْتَمِعُونَ ٱلْقَوْلَ فَيَتَّبِعُونَ أَحْسَنَهُۥٓ ۚ أُو۟لَـٰٓئِكَ ٱلَّذِينَ هَدَىٰهُمُ ٱللَّهُ ۖ وَأُو۟لَـٰٓئِكَ هُمْ أُو۟لُوا۟ ٱلْأَلْبَـٰبِ .  އެބައިމީހުންނަކީ ވާހަކައެއް އަޑުއަހައިފިނަމަ އޭގެތެރޭގައި ހުރި އެންމެ ހެޔޮ އެއްޗެހިނަގާ އެއަށް އެންމެ ހެޔޮ ގޮތުގައި ޢަމަލުކުރާ މީހުންނެވެ. އަދި އިތުކޮށްލާނަން ވާހަކައެއް އަޑުއަހައިފިއްޔާ އޭގެ ތެރޭގައޮތް އެންމެ ހެޔޮއެއްޗެއް ނަގާފަ އެއްއަށް އެންމެ ހެޔޮގޮތުގައި ޢަމަލުކުރާ މީހުންނޭ. އެމީހުންނަކީ ކޮންކަހަލަބައެއް.  أُو۟لَـٰٓئِكَ ٱلَّذِينَ هَدَىٰهُمُ ٱللَّهُ ۖ އެއީ އެމީހުންނަށް ތެދުމަގު ދެއްކެވި މީހުނޭ   وَأُو۟لَـٰٓئِكَ هُمْ أُو۟لُوا۟ ٱلْأَلْبَـٰبِ .  އަދި އެބައިމީހުންނަކީއޭ ބުއްދިވެރިންނަކީ. އެހެންވީމަ އަޅުގަނޑަކަށް ނޭގެ މިހާރު އިވުނުހާ އެއްޗެއް ރެކޯޑިންގަވެސް ފާހަގަކުރެވޭ ވަރަށް ވުރެވެސް ހަފްސީއަށް ތަންކޮޅެއް ގިނަވެގެން ހިގައްޖެކަންނޭ ބައެއްއެއްޗެހި. އަޅުގަނޑުމެން ހަދަންޖެހެނީ ކިހިނެއް. އަޅުގަނޑުމެންނަށް ހައްލު އެގެންޖެހޭ. އަޅުގަނޑު އަސްލު ބޭނުންވެގެން މިއުޅެނީ އެގެން ކޮންތަންކޮޅެއްތޯ. ލުޢައްޔު ދެގަޑިއިރު ވާހަކަ ދެއްކެވިއިރު ހުރިހާ އެއްޗަކަށް ކިހިނެއްތޯވާނީ ހުރިހާއެއް ނުބެހެއްޓޭނެ ދޯ ސިނކުޑިއަކު. އެހންވީމަ އޭގެތއރެއިން އެންމެ ހެޔޮ އެތިކޮޅު ނަގާފަ ބަހައްޓަފަ އެއަށް އަމލުކުރަންވީ. ރަނގަޅުވާހަކަތައް އަޑުއަހާފަ އޭގެތެރެއިން އެންމެ ހެޔޮ އެއްޗަށް ޢަމަލުކުރާ މީހުން أُو۟لَـٰٓئِكَ ٱلَّذِينَ هَدَىٰهُمُ ٱللَّهُ ۖ އެއީ ﷲ ތެދުމަގު ދެއްކެވި މީހުންނޭ. އެއީއޭ ބުއްދިވެރިންނަކީ. އެގޮތަށް ކަންކުރާމީހުން އެއީއޭ ބުއްދިވެރިންނަކީ. އެހެންވީމަ އަޅުގަނޑުމެންނަށް ވަރަށް ބައިވަރު އެއްޗެހި ވަރަށް ގިނަ ތަންތަނުން އަޑުއިވޭނެ. ވަރަށް ގިނަ އެއްޗެހި އަޑު އަހައިގެން ބޭނުންވާ އަސްލު އެތިކޮޅު ލިބޭނީވެސް. އެހެންވީމަ އެއެތިކޮޅަށް އަމަލުކުރީމަ އެއީ އެންމެ ބުއްދިވެރި މީހަކީ.

ތިންވަނައަށް އިމާމު ޤަޒާލީ ރަޙްމަތުﷲ ޢަލައިހި. އެކަލޭގެފާނަކީ ދެން  އެސީރަތަކަށް ނުދެވޭނެތާދެން ދޮއްތޯ. އެންމެ ލޮބުވެތި އެންމެ ލޯބިވާ ދަރިވަރު އިމާމު ޤަޒާލީ ދެން ތަންކޮޅެއް އުމުރުން ދުވަސްވެގެންގޮސް އަވަހާރަ ވެދާނެކަމަށް ބިރުގަތީމަ ވިދާޅުވަނީ ތިމަންނައަށް 05 ވަސީއަތެއް ކުރާށޭ. ދެން މަރުވީމަވެސް ކުރާނެކަމެއް. ތިމަންނައަށް ވަޞީއަތެއް ކޮށްބަލާށޭ އުސްތާޛޭ. ފަހަތުން ނިދިއަންނަނިތަ. މާގިނައިރުވީދޯ. އަޅުގަނޑު ކުރުކުރަން އުޅުނީ ދެންއެކަމަކު ކީއްކުރާނީ. މިބުނަނީ ތިމަންނަށް ދޭށޭ ރަނަގަޅު ނަޞޭހަތެއް ނޫނީ ވަޞީއްޔަތެއް ކުރާށޭ. ކިހިނެއް ހައްދަވަނީ ބޮޑުފޮތެއް ލިޔަނީ. މީއެބޭކަލުންގެ ޢިލްމުހުރިވަރުން ވާގޮތް .އެކަމަކު ފަށްޓަވަނީ ވަރަށް ރީތި އިބާރާތަކުންއިނގޭތޯ . ޔާބުނައްޔަ. އަލްޢަމަލު ބިލާ އިލްމިން ލާޔަކޫނު. ވަލް ޢިލްމު  ބިލާޢަމަލިން ޖުނޫން."

އޭ ދަރިފުޅާއޭ ޢިލްމާ ނުލާ ޢަމަލެއް ނުކުރެވޭނެއޭ. ބަލާ މި ޕްރިންސިޕަލް ވަރުގަދަކަން. ޢިލްމާ ނުލާ އަމަލެއް ނޮއޮއްނާނެއޭ. އެހެންވީމަ ކަމެއްކުރަންޏާ އެކަމެއް ކުރުމުގެ ކުރިން ކުރަންޖެހޭ ކަމަކީ ކޮބާ؟ އެކަން ދަސްކޮށް އެއާބެހޭ ނޮލެޖްހޯދުންއެއީ. އޯކޭ މިސާލަކަށް އަޅުގަނޑުމެން މީހަކު ޤުރުއާން ހިތުދަސްކޮށްލައިފިއޭ ކިޔާނެ. އެކަމަކު ސައުންޑު ދާގޮތެއް ނޭގޭނެ. އަނެއްބޭފުޅަކު އައިސް ފަންކާއެއް ހަދާފާނެ. އޭނައަކަށް ނޭގޭ ދެންހުރި ކަންތަކެއްކުރަން. ކޮންމެކަމެއްވެސް ކުރާމިހަކައްތާ އެކަންއިގޭނީ. އެހެންވީމަ މިވިދާޅުވަނީ ކީކޭ. އެއްވެސް އަމަލެއް ނުކުރެވޭނެއޭ އެފަރާތުގެ އިލްމެއް ލިބިގެންނޫނިއްޔާ. ދެންއަންނަބައި އަދި މާއިންޓްރެސްޓް އަމަލުނުކުރާ އިލްމެއް ދަސްކޮށްފަ ހުރިއްޔާ ކަލޭތީ ބޮޑުމޮޔައެކޭ. އިލްމުތަކެއް ދަސްކޮށްފަ އެއަކަށް އަމަލެއްނުކުރޭ ފަންކާ ހަދަންދަސްކުރީ. އޭނާ އުޅެނީ ވޯޓަރ ސްޕޯޓްސްގައި. ދެކޮޅެއް ދިމައެއް ނުވާނެއެއްނޫން. ކުރާކަންތައް ދަސްކުރަންޖެހޭނީ . ދެން ރަނަގަޅު އެހެން ބައިވަރު ނޮލެޖްލިބޭނެ. އޭނަ ދަސްކުރިއެއްޗެއް އޭނަޖެހޭނެ އަމަލީ ގޮތުން ކުރަން. އެހެންވީމަ ތިންދުވަސްވަންދެން މިހުރިހާއެއްޗެއް އަޅާފަ ފޮނުވާލީމަ ދެން ގޮސް ރަށުގަ ނިދަން އޮވެއްޖެއްޔާ ކިހިނެއްހަދާނީ. ރައީސް ހަމައެކަނި ކައުންސިލުން ހިންގައިގެން ކަމަކު ނުދާނެ. މިދަސްކޮށްދިން ހުރިހާ އެއްޗެއް ޖެހޭނެ ލައިފްގަ ބަރާބަރަށް ގެންދަން.

އެހެންވީމަ މީގެ ޚުލާޞާއަކީ އަސްލުގަ ކުރަން ބޭނުންވާކަމެއް ދަސްކުރާށޭ. ދަސްކުރި އެއްޗަކަށް އަމަލުކުރާށޭ. އޭރުން މީހާދާނީ އިރާދާކުރެއްވިއްޔާ ކުރިއަށް. ދެން އަސްލުގަ ތަންކޮޅެއް ކޮންޓްރޯވާޝަން އެއްޗެއް ކަންނޭގޭ އެހެންނަމަވެސް މީވަރަށް ވަރުގަދަ އުސޫލެއް ވަރަށް ބައިވަރު އެއްޗެއްހި ކިޔައިގެން ވަރަށް ގިނައެއްޗެހި ވިސްނައިގެން މިދެތިން ދުވަހުގަ މިދިޔަ ކަންތަކުގެ ތެރެއިން ކުރެވުނު އެންމެ ބޮޑު އިހްސާސްއަކީމީ. މީހަމައެއްގޮތަކަށްވެސް ވަކިބޭފުޅަކާ ދިމާލަށް ބުނާއެއްޗެއްނޫން. މީހަމަ ދުނިޔޭގެ ކަންކަންހިނގާގޮތަށް.  ޕްރިންސިޕަލްއެއް. އަޅުގަނޑުދާނީ އަޅުގަނޑުގެ ގައުމަށް އަޅުގަނޑުމެން މިއައިރަށް ކަމަށްވިއަސް އަޅުގަނޑުމެންގެ މުޅިގަނއުމުކަމަށްވިއަސް މިހިސާބަށް މިއައީ މިއާދެވުނު ހިސާބަށް އާދެވިފަ މިތިބީ. ވަރަށް ގިނަބަޔަކު އުފުލި ބުރައާއި އޮހޮރި ދަލާއި ވެވެޑައިގެންނެވި ގުރުބާނީއާއި ބޮޑެތި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން. އަޅުގަނޑުމެން މިތިބަތަންހަދާ ސްޓޭޖްހަދާ މިހުރިހާކަމެއްކޮށް. މިހިސާބަށް މިއާދެވުނީ މިހިސާބަށް އައުމަށްޓަކައި ވަރަށް ގިނަބަޔަކުއުފުލި ބުރައާއި ގުރުބާނީގެ ނަތީޖާއެއްގެގޮތުން. އާދެ! ދެން މިދަނީ ސުރުޚީއަށް. އަޅުގަނޑުމެންނަށް މިއަށްވުރެ ކުރިއަށް ނުދެވުނީ މިތަން އެއަރކޯން ނުކުރެވުނީ. އިގޭތޯ މިތަނުގައި މިއަށްވުރެ ރީތިފްލޯއެއް ހަދާނުލެވުނީ މިތަނުގައި މިއަށްވުރެ ރީތި ބެކް ގްރައުނޑެއް ނެތީ ކޮންމެވެސް ބަޔަކު ކުރަންޖެހޭ މަސައްކަތެއް ނުކޮށްދޫކޮށްލުމުގެ ނަތީޖާއެއްގެގޮތުން. އަޅުގަނޑު ޔަގީންކުރަން އެންމެންގެ ބޮލަށް ވަންނާނެކަން. މިހިސާބަށް ވަރަށް ގިނަބަޔަކު ގެނެސްދިނީމަ. އެކަމަކު އެއްއަށްވުރެ ކުރިއަށް ނުދިޔައީ ކޮންމެވެސް ބަޔަކު ކުރަންޖެހޭ ކަމެއް ނުކޮށްދޫކޮށްލާފައޮތުމުގެ ނަތީޖާ އެއްގެގޮތުން. އެހެންވީމަ ކަންކުރިމީހުނަށް ހެޔޮދުޢާކުރަމުން ޝުކުރުއަދާ ކުރަމުން ނުކުރެވިހުރި ކަންކަން ތިމާއަމިއްލައަށް އިސްނަގައިގެން ކުރާމީހަކަށް ތިޔައިން ކޮންމެ ލީޑަރަކުވާންޖެހޭނެ. ކުރި މީހުނަށް ޝުކުރު އެމީހުނަށް ހެޔޮދުޢާ ނުކޮށްހުރި ކަންކަންކުރާނީ ތިޔަކުދީން އަޅުގަނޑުމެން ތިޔަ ލީޑަރުން.

އާދެ! މިކަންކަމުގެ ތެރެއިން އެންމެ މުހިންމުކަމަކީ ހަމަހުރިހާކުދިން ވިސްނާތީމިއަށް އިނގޭތޯ. މިހިސާބަށް އާދެވުނީމަ އެހެންމީހަކު ކުރޭތޯ ބަލަންނުހުރެ މިކަންކުރާނީ ތިމަންނައޭބުނެ އަމިއްލައަށް އިސްނަގައިގެން ކުރާމީހަކަށް މެނުވީ ލީޑަރަކަށް ނުވެވޭނެ. އަދި އެހެންމީހަކު ކަނޑައެޅިގެން ނުބައިކޮށް ގޯސްކޮށްކުރާނަމަ ވެވުނު ގޮތަކުން އޭނަދުރުކޮށްފަ އެކަންކުރަންވާނީ ތިމާއަމިއްލައަށް. އަދި އެއްފަހަރު ބުނެލާނަން. ކަނޑައެޅިގެން އިނގޭ މީނަގޯސްކޮށްކަން ކުރަނީ  އެތާނގަ ޓިނުގަނޑު ޖަހާގޮތުން ހަމަޔަގީނޭ އޭގެއިން ފެންފައިބާ އެތަނުގެ ހުރިހާއެއްޗެއް ސީލިންގަޑާއެއްކޮށް ހަލާކުވެގެންދާނެ.  އެހެންވެއްޖެއްޔާ  އޭނަބުނީމަވެސް ރަނގަޅުނުކުރި ދެން ކީއްތޯ ކުރާނީ . އޭނާޖެހޭނީ ދުރުކުރަން. ދުރުކޮށްފަ އަމިއްލައަށް އިނގޭމީހާ އަމިއްލައަށް އިސްނަގައިގެން  ކުރާނީ އޭރުންއެކަންދާނީ ރަނގަޅަށް. އެހެންނޫނީ ދުވަހަކުވެސް ރަނަގަޅެއްނުވާނެ. އާދެ! އެއީ ލީޑަރުންނަކީ . އެކަން އަޅުގަނޑުމެން ލީޑަރުން ކުރަންޖެހޭނެ.

 އާދެ! އަޅުގަނޑު ޔަގީންކުރަން އަޅުގަނޑުމެން ގައުމަށްޓަކައި ގައުމުގެ މުސްތަގުބަލަށްޓަކައި ލީޑަރުން އުފެއްދުމަށް އަޅުގަނޑުމެންނަށް މިއަދު ލިބިފަ މިއޮތް ބަޖެޓްކޮޅާއި އަޅުގަނޑުމެންނާއިއެކު  މިއަދު މިތިއްބެއްވި ރަނަގަޅު ފެސިލިޓޭޓަރުންނާއި އަޅުގަނޑުމެން މުޅިޓީމް އައިސް މިތިންދުވަހުގެ ތެރޭގައި ވަރަށް މަސައްކަތްކުރައްވައިފި. އަޅުގަނޑު ޔަގީންކުރަން އެބޭފުޅުގެ މަސައްކަތް ކާމިޔާބުވާނެ. ތިޔކުދިން އަޅުގަނޑުމެންގެ އަތުން މިލިބުނު އެއްޗެއް ހިފައިގެންގޮސް ތިޔަ ކުދިންގެ އަމިއްލަ ކޮމިއުނިޓީގައި އެކަން ފުރިހަމައަށް ތަންފީޒް ކޮށްފިއްޔާ މާދަމާ ﷲ އިރާދަކުރެއްވިއްޔާ މިއަތޮޅު ފެންނާނީ މުޅިން އެހެން އަތޮޅެއްގެ ގޮތުގައި. އެޔަގީންކަން އަޅުގަނޑު އަރުވަން.

 އަޅުގަނޑުގެ ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ މަސައްކަތުގައި ބަރަކާތްލައްވައި ކާމިޔާބު މިންވަރުކޮށްދެއްވުން އަޅުގަނޑުމެން އެންމެނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވުން. ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.  

ވައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.