މަގާމުގެ ކުރިއެރުމާއި ޝަރަފުގެ ކުލަ ދިނުން

`

 

ޕޮލިހުންނަށް މަގާމުގެ ކުރިއެރުން ދިނުމާއި ޝަރަފުގެ ނިޝާނާ ކުލަ ދިނުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒު ޢިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅު

17 އޮކްޓޯބަރ 2019

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޙަމީދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބުދުލްމައްނާން ޔޫސުފް، އެސިސްތެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އެސިސްޓެންޓުން އަދި އެގްޒެކްޓިވް ބޯޑުގެ އެންމެހާ ކޮމިޝަންޑް އޮފިސަރުން އަދި ފުލުހުންގެ  ހުރިހާ ރޭންކުތަކެއްގައި ތިއްބެވި އެންމެހާ ޢިއްޒަތްތެރި އޮފިސަރުން އައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.

އާދެ! ވަރަށް އުފާވެރި ދުވަހެއް. ވަރަށް ހިތްހަމަޖެހޭ ދުވަހެއް. ވަރަށް ގިނަ އިޙްސާސްތަކެއް ގެނެސްދޭ ދުވަހެއް. އަޅުގަނޑު ހިތުން ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުމެންނަށް، ތިޔަ ބޭފުޅުންގެ އާއިލާތަކަށް އުފާވެރި ދުވަހެއް. އެހެންކަމުން ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހިތުގެ އެންމެ ފުންމިނުން ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން. ޝުކުރެއް އަރިސްކުރަން. ވަރަށް ބޮޑަށް މަރުޙަބާ ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ! މިއަދު ދެންމެ ކޮމިޝަނަރ އޮފް ޕޮލިސް ވަރަށް ކުރުކުރު ވަރަށް މުހިންމު ވާހަކަފުޅެއް އެވިދާޅުވީ. އެއްކޮޅުން އަޅުގަނޑު ހިތުން ވަރަށް ބޮޑު ޗެލެންޖެއް އެދެއްވީ. އަޅުގަނޑު ތަންކޮޅެއް މިކަހަލަވަގުތަކަށްވާތީ ކޮންމެވެސް ވާހަކައެއްބުނަންމިއައީ. އެހެންނަމަވެސ ކޮމިޝަނަރ އެހާކުރުކޮށްލެއްވީމަ ވަރަށްބޮޑު ޗެލެންޖަކަށްވީ. އަޅުގަނޑަށް އެހާކުރުނުކޮށްލެވިދާނެ. އެހެންނަމަވެސް ދިގެއް ނުކުރާނަން.

އާދެ! އަޅުގަނޑަށް އެނގިފައިވާގޮތުން އެންމެ ސީނިއަރ ބޭފުޅުންނަށް މިކުލަޔާއި ޝަރަފުގެ ނިޝާންތައް ދެވުން ދުވަސްކޮޅެއް ފަހުގަމިއައީ. އަދި ބައެއް ބޭފުޅުން ދުވަސްކޮޅަކަށް ފަހުގަ ޕްރޮމޯޝަންވެސް ލިބިގެންމިއައީ. އާދެ އެހެންކަމުން މިފަދަ މުހިންމު ވަގުތެއްގައި އަޅުގަނޑުމެން މުއައްސަސާގެ ޒިންމާއާއި މަސްއޫލިއްޔަތާއި އަޅުގަނޑުމެންގެ ކިބައިން އެދެވޭ ކަންތައްތަކާއި އަޅުގަނޑުމެން ކުރަންޖެހޭ ކަންކަމާމެދުގައި ހަމަ ފުންކޮށް ވިސްނާލަން އަޅުގަނޑުމެން އެބަޖެހޭ. އާދެ! އެންމެ ފުރަތަމަ ކުރިއެރުމަށް ބަލާއިރު އިންސާނި ޠަބިއްޔަތާއި އިންސާނި ފިޠްރަތުގައި އަބަދުވެސް ކުރިއަރާދިއުން އޭނާ ހުންނަ މަގާމުން އަނެއްމަގާމަށް މައްޗަށް ދިއުން. އާދެ! ﷲ ސުބުޙާނަހޫ ވަތަޢާލާ ދުނިޔޭގައި ލައްވާފައިވާ ނިޒާމުމީ. އަދި ޤިޔާމަތް ދުވަހުގެ މިނިޒާމުގެ މަތިވެރިކަން މާބޮޑު. އެއީ ރަސޫލުﷲ ޙަދީޘެއްގައިވޭ. އަބަދުމެ އަޅުކަންކުރާ އަޅުވެރިއަކަށްވުރެ ޢިލްލިބިގެން އަޅުކަންކުރާމީހާ . އިލްމުއުގެނި އިލްމުލިބިގެން އަޅުކަންކުރާ މީހާގެ ދަރަޖަ ﷲ ޤިޔާމަތްދުވަހުން ދަރަޖަ މަތިވެރި ކުރައްވައޭ ތަރިތަކުގެ މައްޗަށް ހަނދު މާތްކުރެއްވި ފަދައިން. ބައްލަވާތަފާތު. ހަނދަކާ ތަރިއަކާ. އަދި އެހެންވީމަ ކުރިއަށް ދިއުމުގެ މިނިޒާމު ބިނާވެފައި މިއޮންނަނީ މައިގަނޑު ދެކަމެއްގެ މައްޗަށް. އާދެ! އަޅުގަނޑުމެންވެސް ދެންމެ  ކޮމިޝަނަރވެސް ވިދާޅުވި. ޕްރޮމޯޓް ކުރުމުގެ އުސޫލުތަކާ ހަމަތައްވެސް ހަމަ ހަރުދަނާކުރަންވީ. އަބަދު ކުރަންޖެހޭ ކަމެއް. މިހާރުވެސް އޮތީ ރަނަގަޅަށް އެކަމަކު މިއަށްވުރެވެސް ރަނގަޅުކުރަންވީ. އާދެ! މައިގަނޑު ދެކަމެއްގެ މައްޗަށް އިންސާނާ ކުރިއަރާ މަތިވެރިވެގެންދަނީ. އެއީ އޭނަ ހޯދާ އިލްމާއި ހުނަރާއި ޤާބިލުކަމުގެ މައްޗަށް. އެއާއެކުގަ އެއިލްމާއި ހުނަރާއެކުގަ އިޚްލާޞްތެރިކަމުގެ  މައްޗަށް. އާދެ! މިދެސިފަ ނެތި މީހަކަށް މާޤާމެއް ޙައްޤެއް ނުވާނެ. ވަރަށް އިޚްލާޞް ތެރިއަކު ހުރެދާނެ. އެކަމަކު އޭނައަކި އެކަމަށް ބޭނުންވާ ހުނަރާއި ޢިލްމުލިބިގެންވާ މީހެއްނޫން . އެހެންވިއްޔާ އަޅުގަނޑު އުސޫލު މިދަންނަވަނީ އިނގޭތޯ. ފަހަރެއްގައި އެއްވެސް ބޭފުޅަކު ހިތުގަ ނުޖެހުން އެދެން. އުސޫލު މިދަންނަވަނީ. ފަހަރެއްގަ މި މުއައްސަސާގެ ވަރަށް ގިނަ ދުވަސްތައް ހޭދަކުރައްވަފާނެ. އެހެންނަމަވެސް ވަރަށް އިޚްލާޞްތެރި ބޭފުޅަކަށް ވެދާނެ. އެކަމަކު ހުނަރާ ޤާބިލުކަން ތަންނުދޭ  މުއައްސަސާގެ ވަކިލެވެލްއަކަށް ލީޑުކުރާކަށް. އެހެންވިއްޔާ އެ ފުރުޞަތާ ހަމައަށް ދިއުމަށްޓަކައި އެބަޖެހޭ އަޅުގަނޑުމެންގެ ދެސިފަ ފުރިހަމަކުރަން.

އާދެ! މުއައްސަސާއަށްޓަކާ ދީނަށްޓަކައި ރައްޔިތުންނަށްޓަކައި އިޚްލާޞްތެރިމީހަކަށް ވާންޖެހޭ އެއާއެކުގައި ޢިލްމާއި ހުނަރާއި ޤާބިލިއްޔަތުކަން އިތުރުކުރަންޖެހޭ. އަޅުގަނޑުމެން އެންމެންގެ ކިބައިގަ ހުންނަންޖެހޭ ސިފައެއް. މިމުއައްސަސާއެކުގައި މި މުއައްސަސާގެ ތިބޭފުޅުންނާއެކުގަ މަސައްކަތްކުރަން އަޅުގަނޑުހުރިކަމަށްވާނަމަ އަޅުގަނޑުވެސް އެބަޖެހޭ ފަންނާހުނަރު ދަސްކުރަން. ކޮމިޝަނަރ އޮފް ޕޮލިސްވެސް އެބަޖެހޭ ޑެޕިއުޓީ ކޮމިޝަނަރވެސް އެބަޖެހޭ. އެސިސްޓެންޓް ކޮމިޝަނަރވެސް އެބަޖެހޭ. އަބަދުމެ ކުރިއަށް ދިއުމަށްޓަކައި އަޅުގަނޑުމެން ޢިލްމާ ހުނަރު ދަސްކޮށް އަޅުގަނޑުމެން އިޚްލާޞްތެރިކަން މަތިވެރިކޮށް ރައްޔިތުންނަށް މިޚިދުމަތައް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެންގެ ފުރިހަމަ ޒިންމާއާއި ދައުރު އަދާކުރަން. އާދެ އެހެންކަމުން ހަމަކޮމިޝަނަރވެސް ވިދާޅުވިފަދައިން އަޅުގަނޑުމެން މިއަދު މިއުފަލެއް ލިބިގަންނައިރު އަޅުގަނޑުމެން މައްޗަށް މިއަންނަނީ ވަރަށް ބޮޑު ޒިންމާއެއް. ވަރަށް ބޮޑު މަސްއޫލިއްޔަތެއް. ވަރަށް ބޮޑު އަމާނާތެއް. އާދެ! އެކަމަށް ވިސްނާ ތައްޔާރުވުމަކީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ ކޮންމެ ބޭފުޅަކު ވިސްނަންޖެހޭ ކަމެއް. އާދެ! މިމުއައްސަސާގެ ކިބައިން، ޚާއްޞަކޮށް މުއައްސަސާގެ އިސްފަރާތްތަކުގެ ކިބައިން ، ޕްރޮމޯޓް ވެގެންދާ ފަރާތްތަކުގެ ކިބައިން ، ރައްޔިތުން އެދޭ އުއްމީދުކުރާ ކަންތައްތައް އެބަހުރި. ރައްޔިތުން ބޭނުންވާ ގޮތްތަކެއް އެބަހުރި. އާދެ! އެކަން އެހެންވާންޖެހެނީ ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ހެދިބޮޑުވެގެންދަނީ މުއައްސަސާތައް ބެލެހެއްޓިގެންދަނީ މުއައްސަސާތައް ފުރިހަމަވެގެންދަނީ ރައްޔިތުންގެ ބައިވެރިވުމުން. ރައްޔިތުންގެ ބައިތުލްމާލުން. ރައްޔިތުންކުރާ  މަސައްކަތުން ދައުލަތަށްލިބޭ އާމްދަނީން. އާދެ! އެހެންކަމުން ކޮންމެ މުއައްސަސާއެއްގެ މައްޗަށް ރައްޔިތުންގެ ބައިވެރިވުމާއި ރައްޔިތުންގެ އެއްބާރުލުމާއި ރައްޔިތުންގެ އެދުމާއި އުއްމީދު އޮންނަންޖެހޭނެ. އާދެ! އެހެންކަމުން މިމުއައްސަސާއަކީ އަޅުގަނޑުހިތުން ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް ވަރަށްބޮޑު އެދުމެއް އޮންނަ މުއައްސަސާއެއް. ރައްޔިތުން މިމުއައްސަސާގެ ކިބައިން އެދޭ ގިނަކަންތައްތަކެއް އެބަހުރި. އާދެ! ތިބޭފުޅުން ވިސްނަވާ. ރައްޔިތަކަށް ބޮޑުކަމެއްދިމާވާ ކޮންމެ ހިނދަކު އެންމެ ފުރަތަމަ މުއައްސަސާތަކުގެ ތެރެއިން ހަނދާނަށް އަންނާނީ ފުލުހުންގެ މުއައްސަސާ. ކަނޑުމަތީގެ ހާދިސާއެއް ދިމާވީ. އެވަގުތު އެކަމުން ސަލާމަތްވާން ދަތިވީ. ފުލުހުންނަށް ގުޅާނީ. އަލިފާނުގެ ހާދިސާއެއް ދިމާވީ. ފުލުހުންނަށް ފުރަތަމަ ގުޅާނީ. އާއިލާގެ ތެރޭގައި މައްސަލައެއް ދިމާވީ. ފުލުހުންނަށް ފުރުތަމަގުޅާނީ. މުދަލަށް ގެއްލުމަށްލިބުނީ. ފުލުހުންނަށް ފުރަތަމަ ގުޅާނީ. އާދެ! އެހެންކަމުން ރައްޔިތުން އުއްމީދުކުރޭ މީގެ ކޮންމެ ވަގުތެއްގައި ކޮންމެ ހާލަތެއްގައި އެންމެ އަވަސްކަމާއި އެންމެ ފުރިހަމަކަމާއެކުގައި ފުލުހުންގެ މުއައްސަސާ ރެސްޕޯންޑުކުރުން. އާދެ! އަޅުގަނޑުމެންގެ ޒިންމާއެއް. ރައްޔިތުން އެއެދޭ މިންވަރަށް ރައްޔިތުން އެއެދޭގޮތަށް އެކަންކަމަށް ރެޕޯންޑުކުރުން އެއީ މިމުއައްސަސާގެ އެންމެވަރުގަދަ އެންމެ މުހިންމު އެއްއަމާޒު. އަޅުގަނޑުމެން ކުރަންޖެހޭކަންތައް. އަޅުގަނޑުމެންނާ ހަވާލުކުރެވިފައިވަނީ އެކަން. ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން. ރައްޔިތުން އެންމެ ބޮޑަށް ބެނުންވަނީ ސުލްޙަ މަސަލަސްކަމާއި ހަމަޖެހުން.  ރައްޔިތުން އެންމެ ބޮޑަށް ބެނުންވަނީ ބޮޑުވެދަތިވެ އުނދަގޫވާ ކަންތައްތަކުން އަރައިގަނެވޭނެ މަގުތައް. އާދެ! އެކަމުގައި އެންމެ މުހިންމު ޒިންމާއަކާއި މަސްއޫލިއްޔަތެއް އަދާކުރަންޖެހޭ އެއް މުއައްސަސާއަކީ  މިމުއައްސަސާކަމާދޭތެރޭ އަޅުގަނޑުހިތުން އަޅުގަނޑުމެން އެކަކުވެސް ޝައްކެއް ނުކުރާނެ. އާދެ! އެހެންވެ އަޅުގަނޑުމެން މަތީ ރޭންކުތަކަށް ދަތުރުކުރަމުން ދާހިނދު އަޅުގަނޑުމެންގެ ކޮންމެ އޮފިސަރަކު ވިސްނަންޖެހޭނެ ތިމާއާކިހާބޮޑު ޒިންމާއެއްތޯ ކިހާބޮޑު މަސްއޫލިއްޔަތެއްތޯ މިހަވާލުކުރެވިފައިވަނީ. މިކަން، މިލިބުނު އުފަލާޝަރަފާއެކުގަ މިޒިންމާ އެންމެ ހެޔޮގޮތުގައި އަދާކޮށްދެވޭނެތޯ އަޅުގަނޑުމެން ވަރަށް ވިސްނާ ފިކުރުކުރަންޖެހޭނެ. އާދެ! އަޅުގަނޑު ހިތުން މިއަދު މިމުއައްސަސާގެ ޚާއްޞަކޮށް ޕްރޮމޯޝަން ލިބުނު ބޭފޫޅުންގެ އަރިހުން އަޅުގަނޑު ވަރަށް މުހިންމު ދެކަމަކަށް އެދެންމިއަދު. އާދެ އެއީ ތިމާގެ އަމިއްލަ އެދުމާ މަސްލަޙަތަށްވުރެ ރައްޔިތުން މަސްލަޙަތާއި އުއްމީދުތައް އިސްކުރަންފަށާ. އާދެ! ތިމާގެ އެދުމާއި ތިމާގެ މަސްލަޙަތާއި ތިމާބޭނުންވާގޮތަށްވުރެ ރައްޔިތުންގެ  އެދުމާއި އުއްމީދާއި މަސްލަޙަތު އިސްކުރަންފަށާ. އާދެ! ދެވަނަ ކަމަކީ ޙަޤީގަތުގައިވެސް މިވަގުތަށް ވަރަށް މުހިންމުކަމެއް. އަޅުގަނޑު ހިތުން ކޮންމެ މަދަނީ އިންސާނީ ތަހުޒީބު މުޖުތަމައެއްގެ އެންމެ މުހިންމު އެއްސިފައަކީ އެބައެއްގެ ސަލާމަތާއި އަމާންކަން ކަށަވަރުކުރަން އޮންނަ މުއައްސަސާއަމެދު އިތުބާރާއި ޔަޤީންކަން އޮތުން.  އާދެ! އެހެންކަމުން މިމުއައްސަސާގެ ކަރާމަތާއި މުއައްސަސާގެ ޝަރަފާއި ޢިއްޒަތް ދަމަހަޢްޓަންތިއްބެވީ ތިބޭފުޅުން. އާދެ! އެހެންކަމުން އަޅުގަނޑުމެން ކޮންމެ އޮފިސަރަކީ. ތިމާގެ އަމިއްލަ އެދުމާއި މަސްލަޙަތު. މިމުއައްސަސާގެ ކަރާމަތާއި ޝަރަފާއި ޢިއްޒަތާއި ފުށުއަރާހިނދު ތިމާގެ އަމިއްލަ އެދުމާއި މަސްލަޙަތު ދޫކޮށް މުއައްސަސާގެ ޝަރަފާއި ކަރާމާއި ޢިއްޒަތް ދެމެހެއްޓޭނެ ބޭފުޅަކަށްވާން އެބަޖެހޭ. އެސިފަ އެބައަށަގަންނަވަންޖެހޭ އެސިފަ އެބަލިބިގަންނަންޖެހޭ. އާދެ! އެހެންކަމުން އަޅުގަނޑު ހިތުން މިދެސިފަ އުފެއްދުމުގެ ބަދަލުގައި އަމިއްލައެދުންތަކާއި  މަސްލަޙަތާއި، ބޭނުންވާކަންތައް އިސްކުރެވޭނަމަ  ކެރިއާމެދުގައި އިތުރުއެހެން ވިސްނުމަކުން ވިސްނަންޖެހޭނެ. އަޅުގަނޑުހިތުން އަޅުގަނޑުވަރަށް ވިސްނާފައި މިދަންނަވަނީ. ރައްޔިތުންގެ މަސްލަޙަތު އިސްކޮށް މުއައްސަސާގެ ޝަރަފް ދެމެހެއްޓުމަށް ތިމާގެ އެދުންތައް އުއްމީދުތައް ބޭނުންތައް ފުށުއަރާކަމަށްވާނަމަ ކޮންމެވެސް އެހެންވިސްނުމެއް ވިސްނަންވާނެ. އާދެ އަޅުގަނޑުމެން މިދެސިފަ އަށަގަންނުވައިގެން ކުރިއަށްދާނަމަ އަޅުގަނޑުހިތުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކިބައިން ރައްޔިތުން އުއްމީދުކުރާ ޝަރަފްވެރި އަބުރުވެރި ޢިއްޒަތްތެރި މުއައްސަސާއަކަށް މިމުއައްސަސާވެގެންދާނެ. އާދެ! އެކަމަށްޓަކައި މިއަދުވެސް އަޅުގަނޑުމެން މަގާމުގެ ކުރިއެރުން ހޯދާމިދެވުނީ. އަޅުގަނޑުހިތުން ސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން މަސައްކަތްކުރައްވާ  މިމުއައްސަސާއަށް ބޭނުންވާ ވަސީލަތްތަކާއި މުއައްސަސާގެ ޚިދުމަތްތައް ކުރިއެރުމަށް  ފޯރުކޮށްދޭންޖެހޭ ވަސީލަތްތައް ފޯރުކޮށްދެވޭތޯ ސަރުކާރުން ވަރަށް އިސްކަން ދެއްވައިގެން މަސައްކަތްކުރައްވާ. އާދެ!. ކުރިން ދެންނެވިހެން. ދިގެއް ނުކުރާނަމޭ. އެހެންނަމަވެސް  ހަމަ މަގާމުގެ ކުރިއެރުން ލިބުމާއެކުގައި ވަރަށް މުހިންމު އަޅުގަނޑުއަމިއްލަ ނަފުސަށް އަބަދުވެސް ވިސްނާ އެއްޗެއް ދަންނަވާލާނަން ޚާއްޞަކޮށް މިތަނަށް އައިސްސުރެންފެށިގެން. ރަސޫލުﷲ ގެވަރަށް މުހިންމު ޙަދީޘެއް.  ރަސޫލުﷲ ޙަދީޘު ކުރައްވާނީ "اتق دعوة المظلوم ، فإنها ليس بينها وبين الله حجاب އަނިޔާ ލިބިފައިވާ މީހާގެ ދުޢާއަށްޓަކައި ބިރުވެތިވެ ރައްކާތެރިވާށެވެ. އަނިޔާ ލިބިފައިވާ މިހާގެ ދުޢާއާ ދޭތެރޭގައި ބިރުވެތިވެ ރައްކާތެރިވާށެވެ. އެހެނީ ހަމަކަށަވަރުން އނިޔާލިބިފައިވާ މީހާގެ ދުޢާއާ ﷲއާ ދޭތެރޭގައި އެއްވެސް ހުރަހެއް ނުވާނެއެވެ. އަޅުގަނޑުމެންނަށް ފެންނާނެ ވަރަށް ވަރުގަދައަށް ތިބޭމީހުން ކުއްލިއަކަށް އައިސް ޖެހޭތަން. އާދެ! މިތަނުގައި މިޙަދީޘް ގެންނަން ޖެހުނީ ކީއްވެގެންތޯ. ކުރިންމި ދެންނެވިހެން އަޅުގަނޑުމެން ކޮންމެ މީހަކީ ރައްޔިތެއްގެ އާދައިގެ އެންމެ ނިކަމެތި ފަރުދެއްގެ ކިތަށްކަންކަމާ ޒިންމާވާންޖެހޭ މީހެއްތޯ. އަޅުގަނޑުމެން ކުރިމައްޗަށް އަންނަނީ ރައްޔިތެއްގެކިތައް އެދުމާ އުއްމީދާ ޝަކުވާތޯ. އޭގެ ކުރިމަތީގައި އަޅުގަނޑުމެން  އަދުލުވެރިނުވެއްޖެނަމަ އިންސާފުވެރި ނުވެއްޖެނަމަ ޙައްޤުއަދާ ނުކުރެވިއްޖެނަމަ އަޅުގަނޑުމެންނަކީ އެމީހާއަށް އެފަރުދަކަށް އަނިޔާކުރާމީހެއް. އޭނައަށް ޙައްޤުލިބިގެންވޭ އޭނައަށް އަނިޔާކުރިމީހާގެ މައްޗަށް ދުޢާކުރުން. އޭނަގެ ދުޢާއާއި ﷲއާ ދޭތެރޭގައި ހުރަހެއްނުވޭ. އެހެންވެ އަޅުގަނޑުއަމިއްލަ ނަފުސަށްހަމަ ކަނޑައަޅައިގެންހުންނަން ބައެއްބޭފުޅުންގެ އަރިހު ދަންނަވަން މިމުއައްސަސާއާއެކު މަސައްކަތްކުރަންފެށިފަހުން ޚާއްޞަކޮށް. އަޅުގަނޑުމެން ބޭނުންވޭ ވަރަށް ވަރުގަދަ އުސޫލެއް ހިފަހައްޓަން. އެއީ ފަހަރުގައި ކުށްކުރާ ކޮންމެމީހަކު ހޯދާ އޭނައަށް ދޭންޖެހޭ އަދަބު ނުދެވިދާނެ ފަހަރުގައި. އަޅުގަނޑުމެންގެ ޒިންމާއެއް އެކަންކުރުން. އެކަމަށް ގަދައަޅާ ހިތްވަރުކުރުން. ރޭދުވާ ހޭލާތިބުން އެއީ އެކުށުން މުޖުތަމަޢެއް ސަލާމަތްކުރަންޖެހޭނެ. ކުށްތައް މުޖުތަމަޢުން ނެތިކުރަންޖެހޭނެ. އެހެންވީމަ އަޅުގަނޑުމެން ޒިންމާއެއްތާ. ހުރިހާ ކުށްވެރިންހޯދާ އޭނައަށް ގާނޫނީ ގޮތުން ދޭންޖެހޭ ޙައްޤުއަދަބުދިނުން. އެކަމަކު ފަހަރުގައި ހުރިހާ ކުށްވެރިންހޯދާ ޤާނޫނުގެ ކުރިމަތީގައި އޭނައަށް ދޭންޖެހޭއަދަބު ނުދެވިދާނެ. ފަހަރުގައި. އެކަމަކު މީއަސްލު މުހިންމު ޕޮއިންޓަކީ . ކުށެއްނުކުރާމީހަކަށް އަޅުގަނޑުމެން އަދަބެއް ދީގެންނުވާނެ. ކުށްކުރާ ހުރިހާ އެންމެން ފަހަރުގައި ހޯދައިނުގެނެވިދާނެ. އެކަމަކު ކުށެއްނުކުރާ މީހަކަށް އަދަބެއް ދެވިގެން ނުވާނެ. އެކަން ކުރެވިއްޖެއްޔާ ވެއްޓެނީ ކޮންތާކަށްކަން މިޙަދީޘުގެ މައްޗަށް. އެހެންވެ އަޅުގަނޑުމިތާ މިގެނައީ. ކުށެއްނުކުރާމީހަކަށް އަދަބެއް ދެއްވިއްޖެއްޔާ އަޅުގަނޑުމެންގެ މައްޗަށް  ޙައްޤުވެގެންވަނީ މިކަންތައް އަޅުގަނޑުމެންނަށް ބޮޑު މުސީބާތެއް އުމުރުގެ އެންމެފަހުކޮޅުގައި ޢައިލާއަށް، މައިންބަފައިންނަށް، ދަރިންނަށްއައިސް ކޮންމެފަދަ ކަމެއް ޖެހިދާނެ. އާދެ! އެހެންކަމުން އަލުގަނޑުމެންގެ އަމިއްލަނަފްސަށް ހެޔޮއެދެއްޏާ އަޅުގަނޑުމެންގެ އާއިލާއަށް ހެޔޮއެދެންޏާ އަޅުގަނޑުމެންގެ ރަޙްމަތްތެރިންނަށް ހެޔޮއެދެންޏާ އަލުގަނޑުމެންނުވާނެ ދުރުމީހަކަށް އަޅުގަނޑުމެންނާ ދެބަސްވާފަރާތަކަށް  އަޅުގަނޑުމެންނާ ވިސްނުން ދިމާނުވާ ފަރާތަކަށް އަނިޔާއެއްކޮށްގެންނެއް. އާދެ! އަދުލު އިންސާފު ގާއިމުކުރުމަކީ އެއީ. ޤާނޫނުގެ ކުރިމަތީގައި ޝަރީޢާ ކުރިމަތީގައި ހަމަހަމަކުރުން އިންސާފުޤާއިމުކޮށްދިނުމަކީ. އާދެ! މީ އަޅުގަނޑުމެން މިމުއައްސަސާގެ ކިބައިން އެދޭ އެދުން. މިމުއައްސަސާ ބައްޓަންވާންޖެހޭގޮތް މިމުއައްސަސާގެ ކުރިމަގުއޮތްގޮތް. އާދެ! މިކަމުގައި ޙަޤީގަތުގައިވެސް ކޮމިޝަނަރ އޮފް ޕޮލިސް، މުޅިލީޑަރޝިޕަށް އެއްކޮށް ކުރަމުން އެގެންދާ މަސައްކަތް ވަރަށް ޝުކުރުވެރިކަމާއެކު ބަލައިގަންނަން. އެނގިވަޑައިގަންނަވާނެ ފަދައިން، ފުލުހުންގެ ޤާނޫނު އިޞްލާޙް ކުރުމުގެ މަސައްކަތް ކުރެވެމުންދާއިރުގައި އަންނަ ބަދަލުތަކާއެކުގައި ހެޔޮމަގަށް ދަތުރުކުރުމުގެ ވިސްނުން  އަޅުގަނޑުމެން ބަހައްޓަވަންވާނެ. އާދެ! އަޅުގަނޑު ޤަބޫލުކުރަނީ އަބަދުވެސް އިޞްލާޙު ކުރުމަކީ ހެވެއް، ރަނގަޅެއް، މޮޅުގޮތެއް، ކުރިއެރުމެއް. ޤާނޫނެއް އިޞްލާޙްކުރެވިގެންދާއިރު އަޅުގަނޑުމެނަށް ދަތި ގޮތެއް އުނދގޫ ގޮތެއް ފަހަތަށް ދިއުމެއް އައިސްގެންނުވާނެ. އަބަދުވެސް އިޞްލާޙް އަންނާނީ ކުރިއަށް ފިޔަވަޅެއް އެޅުމުގެ މައްޗަށް. އަޅުގަނޑު އުއްމީދު ކުރަނީ ފުލުހުންގެ ޤާނޫނު އިޞްލާޙް ވެގެންދާނީ އެގޮތުގައި ކަމަށް އެކަމުގައި އަޅުގަނޑުމެން އެންމެންގެ ސަޕޯޓް ލީޑަރޝިޕަށް ދިނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑުއެދުމެއް . ވަރަށް ބޮޑު އުއްމީދެއް. މާދިގުވެއްޖެކަންނޭގޭ މިހިސާބުން އަޅުގަނޑުގެ ވާހަކަ ކުރުކޮށްލާނަން. ވައްސަލާމުޢަލައިކުން ވަރަޙްމަތުﷲ ވަބަރަކާތުހޫ.