ހުޅުމާލެ ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތު

بسماللهالرحمنالرحيم

 

 

ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބުދުﷲ ދެއްކެވި ވާހަކަފުޅު

(01 ސެޕްޓެމަބަރ 2020)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

 

ކޮމިޝަނަރ އޮފްޕޮލިސް މުޙައްމަދު ޙަމީދު ، ޑެޕިއުޓީ ކޮމިޝަނަރއޮފް ޕޮލިސް  ޢަބުދުލް މަންނާނު ޔޫސުފް،  އެޗް،ޑީސީގެމެނޭޖިންގޑިރެކޓަރސްހައިލް އަޙްމަދު ،ފުލުހުންގެ އިސް އޮފިސަރުން ވަޑައިގެން ތިއްބެވި އެންމެހާ  އިއްޒަތްތެރިން އައްސަލާމު އަލައިކުމް ވަރަޙްމަތުވަބަރަކާތުހޫ.

 

އާދެ! ކޮވިޑް 19 ގެ ސަބަބުން ދިމާވެފައިވާ ދަތިތަކާ ހުރަސްތަކާއެކު، އަޅުގަނޑުމެންގެ މުހިންމު ހަފްލާ  މިމުހިންމު ދުވަހުގައިބާއްވަން ޖެހުމުގެ ސަބަބުން މިހަފްލާއަށް ހީނަރުކަންލިބިއަދަދު މަދުކުރަން ޖެހިފައިވީނަމަވެސް އަޅުގަނޑުމެންގެ މިހަފްލާއަކީ ވަރަށް މުހިންމު ހަފްލާއެއް.

އާދެ! އެހެން ބޭފުޅުންވެސް އިޝާރާތް ކުރެއްވި ފަދައިން ދިވެހި ފުލުހުންގެ މަސައްކަތް މުސްތަގިއްލު ގޮތެއްގައި ގާއިމުކުރެވި 16 އަހަރުފުރިގެންމިދާ އުފާވެރި ދުވަހަކީ އަޅުގަނޑު ހިތުން ފުލުހުންނަށް ވަރަށް މުހިންމު ދުވަހެއް. އެހެން ކަމުން ކޮމިޝަނަރއޮފް ޕޮލިސް އަށާއި ޑެޕިއުޓީ ކޮމިޝަނަރއޮފް ޕޮލިސް އަދި އިސް އޮފިސަރުންނާއި ހުރިހާ ފުލުންނާއި އަދި ފުލުހުންގެ އާއިލާތަކަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ވަރަށް އިޚްލާޞް ތެރިކަމާއި އެކު އަރިސްކުރަން.

އާދެ ހުޅުމާލޭގައި ފުލުހުންގެ މިފަދަ ފުރިހަމަ ސްޓޭޝަނެއް، މަރުކަޒެއް ގާއިމު ކުރެވިގެން ދިއުމަކީ އަޅުގަނޑު ހިތުން ފުލުހުން އަދާކުރަންޖެހޭ މުހިންމު ޒިންމާއަށްޓަކައި ވަރަށް މުހިންމު ފިޔަވަޅެއް .އާދެ! މިދުވަހަކީ އަޅުގަނޑުމެން އުންމީދު ކުރަމުން އައިދުވަހެއް. ހުޅުމާލޭގެ އާބާދީ އިތުރުވެ ޚިދުމަތްތައް ގިނަވެ، ރައްޔިތުންގެ ހަރަކާތްތައް ފުޅާވެ އަދި މުޅިވެއްޓަށް އަންނަ ބަދަލުތަކާއެކުގައި ހުޅުމާލޭގައި ފުލުހުންގެ ފަރާތުން ދޭންޖެހޭ ޚިދުމަތްތަކަކީ  އަޅުގަނޑުހިތުން ފުޅާކުރުން ކޮންމެހެން ބޭނުންތެރި ޚިދުމަތްތަކެއް.

އާދެ! އިންސާނީ މުޖުތަމައަކަށް ބަލާއިރު އެމުޖުތަމައަކަށް ލިބެންޖެހޭ އެންމެ  މުހިންމު ބަހާއަކީ އަމާންކަން . އާދެ! ކީރިތި ޤުރުއާނަށް ނަޒަރު ހިންގާލުމުން ވަރަށް ސާފުކޮށް މިކަން އަޅުގަނޑުމެނަށް އަންގައިދޭ. ޞުބުޙާނަޙޫ ވަތަޢާލާ ޤުރައިޝް ވަންހައިގެ މީހުނަށް ޞުބުޙާނަޙޫ ވަތަޢާލާއަށް އެއިލާހުގެ އެއްކައުވަންތަކަމަށް އަޅުކަން ކުރުމަށް، އެންމެ ފުރަތަމަ ބާއްވައިލެއްވުނު ސޫރަތްތަކުގެތެރެއިން ކުރުކުރު ސޫރަތެއްގައި ވަޙީކުރައްވަނީ لِإِيلَافِقُرَيْشٍ.إِيلَافِهِمْرِحْلَةَالشِّتَاءِوَالصَّيْفِ.فَلْيَعْبُدُوارَبَّهَـٰذَاالْبَيْتِ. الَّذِيأَطْعَمَهُممِّنجُوعٍوَآمَنَهُممِّنْخَوْفٍ. އާދެ! ޤުރައިޝް ވަހައިގެ މީހުނަށް އަރަބިންނަށް ދެއްވި މަތިވެރި ނިޢުމަތްތައް ހަނދާން ކޮށްދެވަމުން ވަޙީކުރައްވަނީ ފަހެ ތިޔަބައިމީހުން ތިމަންއިލާހަށް އަޅުކަން ކުރާހުށިކަމެވެ. އާދެ! ކީއްވެގެންތޯ އަޅުކަން ކުރންޖެހުނީ . އެއިލާހަކީ ތިޔަބައިމީހުން ބަނޑުހައި ހޫނުކަމުގައި ވަނިކޮށް ތަނަވަސްކަމާއި ކާބޯތަކެތި ތިޔާގިކަމާއެކު ދެއްވުމަށް  ޝާމަށާއި ޔަމަނަށް ދަތުރުކުރެވޭނެގޮތް ހައްދަވައިދެއްވި އިލާހެވެ. އާދެ! އެހެންކަމުންމާނައަކީއިޤްތިޞާދީތަނަވަސްކަމާއިފުދުންތެރިކަން. އާދެ! ދެވަނަ ސަބަބަކީ ވوَآمَنَهُممِّنْخَوْفٍ.  ބިރުވެރިކަމާއިނާމަންކަމުގެތެރޭގައިތިއްބާއަމާންކަމާއިސަލާމަތާއިރައްކާތެރިކަންހޯއްދަވައިދެއްވި. އާދެ! މިދެސިފަމުޖުތަމަޢެއްގައިއޮތުންއެއީމުޖުތަމައުދެމިއޮތުމަށްޓަކައިލާޒިމްކުރާ ދެސިފަ. އެމުޖުތަމައުގެ ފުދުން ތެރިކަމާއި ، ތަނަވަސް ކަމާއި އަމާންކަމަޢި އަދިރައްކާތެރިކަން.އަމާންކަމާއިރައްކާތެރިކަންކަށަވަރުވެގެންއަންނަނީމިއަދުގެމިދުނިޔޭގައި  ފުލުހުންކުރާމަސައްކަތުގެނަތީޖާއަކުން. އާދެ! އެހެންކަމުން ދިވެހި ފުލުހުންގެ ބޮލުގައި އެޅިފައިވާ މި މުހިންމު ޒިންމާއަކީ  އަޅުގަނޑު ހިތުން އެކަމަށްޓަކައި ފުލުހުން އެޒިންމާ ހަނދާންކުރާހާލު  އެއަށް އަޅުގަނޑުމެން ފަޚުރުވެރިވެ ޝުކުރުވެރިވާކަމެށް. އަދި މިސަރުކާރުން ފުލުހުންނާ ދޭތެރޭގައި  އަންނަނީ ވަރަށް މަތީ އުއްމީދުތަކެއް ކުރަމުން. އަދި ފުލުހުންގެ ޚިދުމަތް ފުރިހަމަކޮށް ފުލުހުންނަށް ގާއިމުކޮށްދޭންޖެހޭ ވަސީލަތްތައް ގާއިމުކޮށްދިނުމަކީ ސަރުކާރުގެ  މުހިންމު ޒިންމާއެއްގެގޮތުގައިދެކެ މަސައްކަތް ކުރަމުން މިދަނީ.

 

އަޅުގަނޑުމެން އެދެނީ ފުލުހުނަކީ ރައްޔިތުން އެދޭފަދަ  ޚިދުމަތެއްކުރަން .ރައްޔިތުންގެ ފުރިހަމަ ލޯތްބާއި އިޙްތިރާމް ލިބިގެންވާ ބަޔަކަށް ވުން. އާދެ! މިސިފަ ފުރިހަމަ ކުރުމަށްޓަކައި  ފުލުހުންގެ މުއައްސަސާގެ ޝަރަފާއި ކަރާމަތް  ހިމާޔަތް ކުރުމަކީ ކޮންމެ ފުލުހެއްގެ ބޮލުގައި އެޅިފައިވާ ފަރުދީޒިންމާއެއް. ފުލުހުންގެ ތެރެއިން އެއްފަރުދަކު  ނުވަތަ މަދުއަދެއްގެ ފުލުހުންކޮޅެއް ކުރާކަމެއްގެ ނަތީޖާއެއްގެގޮތުން  ރައްޔިތުންގެ ހިތުގައި ފުލުހުންނާއިމެދު ނުތަނަވަސްކަމާއި ހިތްހަމަނުޖެހުން އުފެދިގެން ދިއުމީ އަޅުގަނޑުމެން އެންމެން ހިތާމަކުރާކަމެއް.  އާދެ!އެހެންކަމުންފުލުހުންގެމިމުހިންމުދުވަހުގައި   އަޅުގަނޑު ހަމަހުރިހާފުލުހުންނަށްއިލްތިމާސްކުރަންރައްޔިތުންގެފުރިހަމަލޯއްބާއިއިހްތިރާމާއިއިތުބާރަތްޓަކައިމިމުއައްސަސާގެކަރާމަތާއިޝަރަފަށްޓަކައިކޮންމެފަރުދެއްމެއެފަރުދެއްގެފުރިހަމަޒިންމާއަދާކުރަންޖެހޭ.

 

އާދެ! ފުލުހުންނަކީ މިމުއައްސަސާގެ އުސޫލުތަކާއި ހަމަތައް ވަރަށް ފުރިހަމައަށް ގާއިމުކޮށްފައިވާ މުއައްސަސާއެއް. އަދި މި މުއައްސަސާގައި ވަރަށް ޤާބިލު  ހުނަރުވެރި ކުޅަދާނަ އޮފިސަރުންތަކެއް ތިބިމުއައްސަސާއެއް . މުއައްސަސާގެ މަސައްކަތް ބައްޓަންކުރަމުން އަންނަނީ އެއްދުވަހުން އަނެއްދުވަހަށް މުޅިދުނިޔެއާ  ޤައުމަށް އަންނަބަދަލުތަކަށް ބަލައިގެން ޚިދުމަތްދިނުމުގައި ހުނަރުވެރިކަމާއެކު ޚިދުމަތް ފޯރުކޮށްދެވޭފަދަ ގޮތެއްގައި. މިމަސައްކަތަކީ އެއްދުވަހުން ދެދުވަހުން ނިންމާލެވޭ ވަރުގެ ކަމެއްނޫން. މި މަސައްކަތަކީ އިސް އޮފިސަރުންނާއި ސަރުކާރާއި ރައްޔިތުންގެ ފުރިހަމަ ތާއިދާއި އެހީ ތެރިކަން ބޭނުންވާނެކަމެއް. މިކަމުގައި ފުލުހުންގެ ލީޑަރޝިޕުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތަކީ އަޅުގަންޑުހިތުން އަޅުގަނޑުމެންގެ ސަރުކާރުން އިތުބާރާއެކު ބަލައިގަންނަކަމެއް. މިހާތަނަށް މިސަރުކާރުގެ  މުއްދަތުގެ ތެރޭގައި ރާއްޖޭގެ އަމަންއަމާންކަމާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުކޮށް ރައްޔިތުންގެ މެދުގައި އުފެދިފައިވާ ބިރުވެރިކަން ނައްތާލުމަށް  ފުލުހުންކޮށްދެއްވާފައިވާ މަސައްކަތަކީ އަޅުގަންޑުމެން ވަރަށް އުފަލާއެކު ބަލައިގަންނަ މަސައްކަތެއް. އާދެ! އޭގެ ނަތީޖާއެއްގެ ގޮތުން ވޭތުވެ މިދިޔަ 17 ވަރަކަށް މަސްދުވަހު  އާންމުގޮތެއްގައި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށް ލޭއޮހުރުވުމާއި ތަޅާފޮޅުންފަދަ ގިނަކަންކަން ހުއްޓުވާލެވިފައިވޭ.

 

އާދެ! އަޅުގަނޑު ހިތުން ހުޅުމާލޭ ފުލުހުންނަކީ މި ކަމުގައި ވަރަށްވެސް މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހޭ ބައެއް. އާދެ! ހުޅުމާލޭގެ މުޅިވެށްޓަށް އަންނަމުންދާ ބަދަލުތަކަކީ އޭގެނަތީޖާއެއްގެގޮތުން އަޅުގަނޑުމެން ސަމާލުވެ ރައްކާތެރިވެ ތިބެގެންމެނުވީ ފުލުހުންގެ ފަރާތުން ރައްޔިތުންނަށް އަދާކޮށްދޭންޖެހޭ ފުރިހަމަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެވޭނެކަމެއްނޫން . އާދެ! އެހެންކަމުން  މިސްޓޭޝަންގެ ސަބަބުން އަޅުގަނޑު އުއްމީދުކޮށް ޔަޤީންކުރަނީ އިރާދަކުރެއްވީއްޔާ މިކަމަށް މަގުފަހިވެގެންދާނެކަމަށް. އާދެ މިމުހިންމު ބިނާ މިހިސާބަށް ގެނައުމަށްޓަކައި ބުރަމަސައްކަތްތަކެއް ކޮށްދެއްވި ހުރިހާ ފަރާތްތަކަށް އަޅުގަނޑުވެސް މިފުރުޞަތުގައި ޝުކުރު އަދާކުރަން . އެގޮތުން ޚާއްޞަކޮށް އެޗް ޑީސީގެ އިސްވެރިންނަށް  ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު އަދާކުރަން. އާދެ! މިއުފާވެރި ދުވަހަކީ އަޅުގަނޑުމެނަށް މިދަތި ހާލަތުގައި ނަމަވެސް އަޅުގަނޑުމެންގެ ހަރަކާތްތައް ފުރިހަމަ ގޮތުގައި ގެންދެވި މިކަމުގައި ހިތްހަމަޖެހުމާއި ބައްޖަވެރިކަމާއިހަމައަށް ވާސިލުވާނެ ދުވަހެއްކަމުގައި ސުބުޙާނަހޫ ވަތަޢާލާ ލެއްވުން. އަދި މުޅުދުނިޔެއާއި ދިވެހިރާއްޖެއަށް ދިމާވެފައިވާ މި ނުރައްކާތެރި ބަލިމަޑުކަމުން ސަލާމަތްވެ އަވަހަށް ރައްކާތެރިކަމާއި އަމާންކަމާއި ފާގަތިކަމަށް އެދި ސުބުޙާނަހޫ ވަތަޢާލާ އަށް ދުޢާކުރަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން، ވަރަށް ބޮޑަށް ޝުކުރިއްޔާ

ވައްސަލާމުއަލައިކުމް ވަރަޙްމަތުވަބަރަކާތުހޫ.