ޝަހީދުންގެ ދުވަސް

ހިޖުރީ ކޮންމެ އަހަރެއްގެ ޝަޢުބާން މަހުގެ 1 ވަނަ ދުވަހަކީ ޝަހީދުންގެ ދުވަހެވެ. ޝަހީދުންގެ ދުވަހަކީ ދީނާއި ވަޠަނުގެ ޙައްޤުގައި އެބޭފުޅުންގެ ފުރާނަފުޅާއި ލެއިން ޤުރުބާން ވެވަޑައިގެންނެވި މަތިވެރި އަބްޠާލުންގެ ހަނދާންތައް ދިރުވައި އެހަނދާންތަކުން ޢިބްރަތް ލިބިގަތުމަށް ޚާއްޞަކުރެވިފައިވާ ދުވަހެކެވެ. ޝަހީދުންގެ ދުވަހަކީ ޕޯޗުގީޒުންނާ ކުރެއްވި ހަނގުރާމައިގައި ހިތްވަރުގަދަ ދިވެހިބަޠަލް އައްސުލްޠާން ޢަލީ (ހަވަނަ) ޝަހީދުވެވަޑައިގެންނެވި ދުވަހެވެ. އެރަދުންގެ ކޮލީ ނަންފުޅަކީ ސިރީ އައުދަ ސިއާކަ ކައްތިރި މަހާރަދުންނެވެ.