ބައިނަލްއަޤްވާމީ ހިލޭސާބަހަށް މަސައްކަތްކުރާ މީހުންގެ ދުވަސް

ބައިނަލް އަޤްވާމީ ހިލޭސާބަހަށް މަސައްކަތްކުރާ މީހުންގެ ދުވަސް، އ.ދ ފަރާތުން ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު ފާހަގަ ކުރެވެ.

ތާރީޚުގައި

މިދުވަސް ފާހަގަ ކުރަނީ އެ ޖަމްޢިއްޔާގެ ހިލޭސާބަހަށް މަސައްކަތްކުރާ މީހުންނާއި، އަދިވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިލޭސާބަހަށް މަސައްކަތްކުރާ މީހުން ވަރުބަލިކަމެއްނެތި ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

ފަގީރުންނާއި މުއްސަދީންގެ ދެމެދު އޮތް ފަރަގު އިތުރުވަމުންދާ ދިޔުމުން އަންގައިދެނީ މިކަމަށް ހައްލެއް ހޯދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމެވެ.

އޯގާތެރިކަމާއި އެއްބައިވަންތަކަން ގުޅުވައިދޭ ވަސީލަތަކީ ހިލޭސާބަހަށްކުރާ މަސައްކަތެވެ.

މިދެކަންތައްވެސް ގުޅިފައިވަނީ މައިގަނޑު އެއްކަމަކާއެވެ. އިތުބާރާއި އިޙްތިރާމާއި ހަމަހަމަކަމާއިއެކު އެކަކު އަނެކަކަށް ހިތްވަރިދިނުމުށެވެ.