ބައިނަލްއަގުވާމީ އަހިންސާ ދުވަސް

ބައިނަލް އަޤްވާމީ އަހިންސާ ދުވަސް ފާހަގަ ކުރަމުން ގެންދަނީ އިންޑިޔާ އަށް މިނިވަންކަން ހޯދައިދިނުމަށް ހިންގި ޙަރަކާތްތަކުގެ ލީޑަރު އަދި ފަލްސަފާއާއި އަހިންސާގެ ސްޓްރޭޓެޖީގެ ބާނީ، މަހާތްމާ ގާންދީގެ އުފަންދުވަސް ކަމުގައިވާ 2 އޮކްޓޯބަރު ގައެވެ.

ތާރީޚުގައި

އިންޑިޔާއަށް މިނިވަންކަން ހޯދައިދިނުމުގައި މައި ރޯލެއް އަދާކުރި މަހާތުމާ ގާންދީއަކީ މަދަނީ ޙައްޤު ހޯދުމަށާއި އިޖްތިމާޢީ ބަދަލުތައް ގެނެއުމަށް އަހިންސާ ބޭނުންކުރަން މުޅިދުނިޔެއަށްވެސް ބާރުއަޅާ ލާމަސީލު ނަމޫނާއެކެވެ. ގާންދީއަކީ އެންމެ އަނިޔާވެރި އަދި ދަތި ޙާލަތްތަކުގައިވެސް އަނިޔާކުރުމާއި ދެކޮޅު ވިސްނުމެއް ގެންގުޅުއްވި ބޭފުޅެކެވެ.

 

އަހިންސާގެ އުޞޫލަކީ، އިޖްތިމާޢީ އަދި ސިޔާސީ ބަދަލުގެނައުމުގައި އެއްވެސްކަހަލަ ޖިސްމާނީ އަނިޔާއެއްދިނުމާއި ދެކޮޅުއުޞޫލެކެވެ. "ޢާންމު ރައްޔިތުންގެ ސިޔާސަތު" ގެ ގޮތުގައި ސިފަކުރެވޭ އުޞޫލަކީ، އިޖްތިމާޢީ އިންސާފު ހޯދުމަށް ކުރެވޭ ކޯޅުންތަކުގައި ދުނިޔޭގެ ބޮޑު އާބާދީއެއް ބޭނުންކުރާ އުޞޫލެކެވެ.