ބައިނަލްއަޤްވާމީ ރަޙްމަތްތެރިކަމުގެ ދުވަސް

ބައިނަލް އަޤްވާމީ ރަޙްމަތްތެރިންގެ ދުވަހަކީ އދ. ކަނޑައަޅާފައިވާ ދުވަހެކެވެ.

މިގޮތުން މިދުވަސް ފާހަގަ ކުރަމުން ގެންދަނީ ކޮންމެ އަހަރެއްގެ ޖުލައި 30 ވަނަ ދުވަހުއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި، މި ދުވަސް ފާހަގަ ކުރެއެވެ. މީގެ ސަބުބުން ޞުލްޙަވެރިކަމާއި އުފާވެރިކަން އިތުރުވެ، ގުޅުން ބަދަހިވެއެވެ.

ސަރުކާރުންނާއި އެކިއެކި ޖަމްޢިއްޔާ، ޖަމާޢަތްތަކުން މިދުވަސް ފާހަގަކުރުމަށް ޙަރަކާތްތައް ރާވާ ހިންގުމަށް އ.ދ އިން ބާރުއަޅައެވެ.