30-03-2026

ޢަބްދުއްޝަކޫރު ޢަބްދުﷲ އާއި ޙަސަން ޙަމީދުގެ ތައުޒިޔާގެ ދަފުތަރު ހުޅުވާލައިފި

ދިވެހި ދައުލަތަށް 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ އާއި ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި ކައުންސިލް ޖެނެރަލް އަލްއުސްތާޛު ޙަސަން ޙަމީދުގެ ތައުޒިޔާގެ ދަފުތަރު ހުޅުވާލައިފިއެވެ.

 

މި ދަފުތަރު ހުޅުވާލައިފައި އޮންނާނީ މިއަދުން ފެށިގެން އަންނަ އެޕްރީލް މަހުގެ 2ގެ ނިޔަލަށެވެ. އެހެނިހެން މުއައްސަސާތަކުގެ މުވައްޒަފުންނަށް ދަފުތަރުގައި ސޮއިކުރުން ހުޅުވާލައިފައި އޮންނާނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:00 އިން 12:00 އަށެވެ.

 

ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންނަށް ދަފުތަރުގައި ސޮއިކުރުން ހުޅުވާލައިފައި އޮންނާނީ ކޮންމެ ދުވަހެއްގެ ވެސް މެންދުރު 1:00 އިން ހަވީރު 4:00 އަށެވެ.

 

ތައުޒިޔާގެ ދަފުތަރުގައި ސޮއިކުރައްވަން ބޭނުންފުޅުވާ ބޭފުޅުން، ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ވަޑައިގަތުމުން ސޮއިކުރެއްވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.