30-03-2026

ލ. ގަމުގައި ގާއިމްކުރި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކް ރަސްމީކޮށް ހުޅުވައިފި

ލ. ގަމުގައި ފުލުހުންނަށް ހާއްސަކޮށްގެން އިމާރާތްކުރި އެކޮމޮޑޭޝަން ބްލޮކް ރަސްމީކޮށް ހުޅުވައިފިއެވެ.

 

މިއީ އަތޮޅުތެރޭގެ ފުލުހުންގެ ހިދުމަތް ހަރުދަނާ ކުރުމާއި، ފުލުހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު މުހިންމު މަޝްރޫއެކެވެ.

 

ލ. ގަމުގައި ބޭއްވި ރަސްމިއްޔާތުގައި އެކޮމޮޑޭޝަން ހުޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާނާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ.

 

ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީނިއަރ އޮފިސަރުންނާއި އެކި ރޭންކުތަކުގެ ފުލުހުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

 

ހަތަރު ފަންގިފިލާއަށް އިމާރާތްކޮށްފައިވާ 50 މީހުންގެ ޖާގައިގެ އިމާރާތުގެ މަޝްރޫއު ކުރިއަށް ގެންދިޔައީ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

 

ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަސީލަތްތައް ތަރައްގީކުރުމަށްޓަކައި ގިނަ މަޝްރޫއުތަކެއް އަތޮޅުތެރޭގައި ދަނީ ހިންގަމުންނެވެ.