18-07-2024

ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަން ޑްރޯންތަކެއް ފުލުހުންނަށް ހަދިޔާކޮށްފި

ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަން ޑްރޯންތަކެއް ފުލުހުންނަށް ހަދިޔާކޮށްފިއެވެ. ހަދިޔާކޮށްފައިވަނީ 2 ޑްރޯންއެވެ.

 

ޑްރޯން ބޭނުންކުރާނީ ކަނޑުމަތީގެ އޮޕަރޭޝަންތަކުގައެވެ. ޔޫއެންއޯޑީސީއިން ހަދިޔާކުރި ޑްރޯންތައް ހަވާލުކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ޑޮރޯންތައް ބޭނުންކުރުމަށް ނިންމާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުންގެ މެރިން ޕޮލިސް ޑިވިޝަނުންނެވެ.

 

ޑްރޯންތަކާ ހަވާލުވުމަށް އެއްބަސްވުމުގައި މިނިސްޓްރީގެފަރާތުން ސޮ އިކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. އަދި ޔޫއެންޑީއޯސީގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަ ޔޫއެންއޯޑީސީގެ އޮފީހުގެ އިސްވެރިޔާ އެންރިކޯ ބޮނިންސެގްނާއެވެ. ޔޫއެންއޯޑީސީން ހަދިޔާކޮށްފައިވަނީ ކަނޑާއި ވައިގެ ތެރޭގައި ދުއްވޭ ފަދަ 2 ޑްރޯންއެވެ. މި ޑްރޯންތައް ބޭނުންކުރަން ހަމަޖެހިފައިވަނީ ޝޯޓް ރޭންޖް އޮޕަރޭޝަންތަކުގައެވެ.