07-09-2025

'އިމިގްރޭޝަން އިންސައިޓްސް'ގެ ނަމުގައި ޕްރޮގްރާމެއް އިފްތިތާހުކޮށްފި

އިމިގްރޭޝަން އިންސައިޓްސް"ގެ ނަމުގައި ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ.

 

މި ޕްރޮގްރާމްގެ އިފްތިތާހުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިޙްސާންއެވެ.

 

އިމިގްރޭޝަންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު މި ޕްރޮގްރާމުގެ ބޭނުމަކީ އިމިގްރޭޝަނުގެ ޚިދުމަތްތަކުގެ މައުލޫމާތު އާންމު ރައްޔިތުންނަށާއި ބޭރު މީހުންނަށް ފަސޭހައިން ލިބޭނެ ގޮތްތައް އޮޅުން ފިލުވުމެވެ.

 

"އިމިގްރޭޝަން އިންސައިޓްސް" ނަމުގައި އިފްތިތާޙުކުރި ޕްރޮގްރާމްއަކީވެސް މިކަމުގެ ބައެއް ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. މި ޕްރޮގްރާމްގެ މަޤްސަދަކީ އިމިގްރޭޝަންގެ ޚިދުމަތްތަކުގެ ތެރެއިން އެންމެ ގިނައިން އޮޅުންއަރާ ކަންތައްތައް ސާފުކޮށްދިނުމާއި، އެންމެ ފަހުގެ މަޢުލޫމާތުތައް ތަފްސީލާއެކު އާންމުންނަށް ފޯރުކޮށްދިނުމެވެ.

 

މި ޕްރޮގްރާމްއަކީ ޕޯސްޓެއް ނުވަތަ ކުރު ވީޑިއޯއެއްގެ ގޮތުގައި ގެނައުމަށް ނިންމަފައިވާ ޕްރޮގްރާމެކެވެ. އަދި މި ވީޑިއޯތައް މެދުވެރިކޮށް އިމިޤްރޭޝަން އޮފިސަރުން ތަފްސީލުކޮށް މައުލޫމާތުތައް ފޯރޮކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަހުން ފެށިގެން މި ޕްރޮގްރާމް ފެށިގެންދާނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

 

އިމިގްރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް އިމިގްރޭޝަން އޮފިސަރުންނަށް އަމާޒުކޮށްގެން އައު 3 ކެމްޕޭނެއް މިހާރުވެސް ވަނީ ފަށާފައެވެ. އެ ކެންޕޭނަކީ، ހިނިތުންވުމާއެކު ޚިދުމަތްދިނުން، ނަޒާހާތްތެރިކަން އިސްކުރުން އަދި އިންސާނިއްޔަތުކަން ދެމެހެއްޓުމެވެ.

އިންސާނިއްޔަތުކަން ދެމެހެއްޓުން ކެމްޕޭނުގައި ބޮޑަށް އަލިއަޅުއްވާލައްވާނީ ޚިދުމަތް ހޯދާ ހުރިހާ ފަރާތްތަކާމެދު އިޙްތިރާމާއި، ހަމަހަމަކަމާއި، ޤަދަރުވެރިކަމާއެކު މުޢާމަލާތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.