26-02-2025

ބިރުދައްކައި މާރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ހިޔާ ފުލެޓްގެ އެޕާޓްމަންޓަކަށް ވަދެ ބިރުދައްކައި މާރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

 

މިމައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ ފިޔާތޮށިގެ އުމުރުން 26 އަހަރުގެ މުހަންމަދު ލުބާން ޤައްހާރުއެވެ.

 

މީނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައެވެ.

 

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރައްވަމުންނެވެ.