25-02-2025

ސްކޭމާ ދުރަށް ވާވުގެ ނަމުގައި ޚާއްސަ ސެޝަންތަކެއް

"ސްކޭމާ ދުރަށް ވާވު" ގެ ނަމުގައި ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ވ. އަތޮޅުގައި ކުރިއަށް ގެންގޮސްފިއެވެ.

 

މިމަހުގެ 20 އިން 22އަށް ވ. އަތޮޅު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިޔަ މި ސެޝަންތަކަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރާއި ވ. އަތޮޅު ފުލުހުން އަދި ވ. އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަންތަކެކެވެ.

 

މި ސެޝަންތަކުގައި ސްކޭމްގެ މައްސަލަތަކާއި ސްކޭމްގެ މައްސަލަތަކާއި ސައިބަރ ކްރައިމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި އެފަދަ މައްސަލައެއް ދިމާވެއްޖެނަމަ އަމަލުކުރަންވީ ގޮތުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.

 

ވ. އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި މައުލޫމާތު ދީފައިވަނީ އެންޓި ސްކޭމް ސެންޓަރުގެ މުވައްޒަފުންނެވެ.