23-02-2025

ކެފޭއަކުން ޚިދުމަތް ހޯދުމަށްފަހު ފައިސާ ނުދެއްކި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

މާލޭގެ ކެފޭއަކުން ޚިދުމަތް ހޯދުމަށްފަހު ފައިސާ ނުދެއްކި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

 

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އދ. މާމިގިލީ ހަނދުވަރުދޭގޭ އުމުރުން 23 އަހަރުގެ ޔާޝިން ރަޝީދު ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 20ވަނަ ދުވަހު ބުރުޒުމަގުގައި ހުންނަ ކެފޭއަކުން ޚިދުމަތް ހޯދުމަށްފަހު ފައިސާ ނުދައްކާ ދާން އުޅުނުކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައެވެ.

 

މި މައްސަލަ ފުލުހުން ތަޙުޤީޤުކުރަމުން އަންނައިރު ޔާޝިންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.