ޤަވާއިދާޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއްހޯދުމަށް ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް 4،000 އަށް ވުރެ ގިނަމީހުންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފިއެވެ.
މި އޮޕަރޭޝަން ފެށީ މިއަހަރުގެ މެއި މަހުގެ 02 ވަނަ ދުވަހުއެވެ.
ރާއްޖޭގެހުރިހާ ރަށެއްގައިވެސް މި އޮޕަރޭޝަން ކުރިއަށްގެންދިޔުމަށް ނިންމާފަވާއިރުމީހުން ދިރިއުޅޭ 45 ރަށެއްގައި މިހާރު ވަނީ މި އޮޕަރޭޝަން ފަށާފައެވެ. މިހާތަނަށް ވަނީ އޭގެ ތެރެއިން 8 ރަށެއްގައި ތިބި ހުރިހާ ބިދޭސީންގެމައުލޫމާތު ނަގާފައެވެ.
އެ 45 ރަށުން ވަނީ ޖުމްލަ 4،272 ބިދޭސީއެއްގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފައެވެ.
"އޮޕަރޭޝަން ކުރަނގި" ގެ ބައެއް ހިސާބުތައް
ހއ. ދިއްދޫން 390 ބިދޭސީން
ރ. އަލިފުށިން 178 ބިދޭސީން
ރ. ދުވާފަރުން 140 ބިދޭސީން
ކ. ގާފަރުން 105 ބިދޭސީން
ކ. ހިންމަފުށިން 701 ބިދޭސީން
ކ. މާފުށިން 1،076 ބިދޭސީން
ލ. ގަމުން 200 ބިދޭސީން
ސ. ހިތަދޫން 114 ބިދޭސީން
"އޮޕަރޭޝަންކުރަނގި" ފެށުމަށް ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ދާޚިލީ ވަޒީރުޢަލީ ޢިހުސާން ވިދާޅުވީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް 3އަހަރު ދުވަހުގެ ތެރޭގައި ހައްލު ލިބިގެންދާނެ ކަމަށެވެ. އެގޮތުން،ފުރަތަމަ މަސައްކަތެއްގެ ގޮތުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރޕްރިންޓާއި ފޮޓޯ އަދި މައުލޫމާތު އެއް އަހަރު ދުވަހުގެ ތެރޭގައިއެއްކުރެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިޕްރޮގްރާމުގެ ފުރަތަމަ މަރުހަލާގައި ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތުއެއްކުރި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަކީ މަގުސަދެއް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތުފަހިކޮށްދެވޭނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ފުރަތަމަމަރުހަލާ ނިމުމަށްފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ޚިލާފަށް އުޅޭބިދޭސީންގެ ބަޔޯ މެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ޤައުމުތަކުގެއެމްބަސީތަކާއި ގުޅިގެން އެމީހުން ފޮނުވާލުމަށް ވަނީ ނިންމާފައެވެ.
ބިދޭސީންގެމައްސަލަ ހައްލުކުރުމަށް ދާޚިލީ ވުޒާރާ އާއި ފިވެހި ފުލުހުންގެޚިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ދަނީމަސައްކަތްކުރަމުންނެވެ.