02-10-2024

އިނގިރޭސިވިލާތުން ދާޚިލީ ވުޒާރާއަށް ކްރައިސިސް މެނޭޖްމަންޓް ޓޫލްކިޓެއް ހަދިޔާކޮށްފި

އިނގިރޭސިވިލާތުން ދާޚިލީ ވުޒާރާއަށް ކްރައިސިސް މެނޭޖްމަންޓް ޓޫލްކިޓެއް ހަދިޔާކޮށްފިއެވެ.

 

މިއީ އިނގިރޭސި ހައިކޮމިޝަނުން އަލީނިއާ އިންޓަނޭޝަނަލްއާ ގުޅިގެން ފޯރުކޮށްދީފައިވާ  ކްރައިސިސް ކޮމިއުނިކޭޝަން އެންޑް ކްރައިސިސް މެނޭޖްމަންޓް ޓޫލްކިޓެކެވެ.

 

މިޓޫލްކިޓަކީ ކްރައިސިސްތައް ފައިދާހުރި ގޮތެއްގައި މެނޭޖްކުރުމުގެ ގާބިލްކަން މިނިސްޓްރީގެ ކިބައިގައި އިތުރުކޮށް، ސާފު މުއާސަލާތު ކަށަވަރުކޮށްދީ، ކުއްލި ހާލަތްތަކުގައި ރައްދުދިނުމުގެ ސްޓްރެޓެޖީތައް ރަނގަޅު ކުރުމަށް ފަރުމާކޮށްފައިވާ ޓޫލްކިޓެކެވެ.

 

މި ކިޓަކީ މިވުޒާރާއިން ބޭއްވި ތަމްރީން ބައްދަލުވުންތަކުގައި ބައިވެރިންގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގައި ތައްޔާރުކޮށްފައިވާ އެއްޗެކެވެ.

 

މިޓޫލްކިޓަކީ މިވުޒާރާގެ ދަށުގައިވާ ހުރިހާ މުއައްސަސާތަކަށް ބޭނުންކުރެވޭ ގޮތަށް ކަސްޓަމައިޒްކޮށްފައިވާ ޓޫލްކިޓެވެ.