ތާރީޚު

1932
މަޙްކަމަތުއް ދާޚިލިއްޔާގެ ނަމުގައި ވުޒާރާއެއް އުފެދި އެވުޒާރާގެ ޚިދުމަތް ރާއްޖެއަށް ލިބެންފެށީ ދިވެހިރާއްޖޭގެ ރައްޔިތުން ގާނޫނު އަސާސީއެއް ލިބިގަތުމާ ގުޅިގެންނެވެ. އެއީ 1932 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަދުވަހެވެ. އެދުވަހަކީ ދިވެހި ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އިޢުލާންކުރެއްވި ދުވަހެވެ. އެދުވަހު ކީރިތި މަހާރަދުން އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން 3 ގެ ފަރާތްޕުޅުން އިއްވެވި ޚުޠުބަތުލް ޢަރުޝީގައި ވިދާޅުވެފައި ވަނީ "ރާއްޖޭގެ އެތެރެ ފުށުގެ އަމަންބެލެހެއްޓުމަށް ވަޒީރުއްދާޚިލިއްޔާ ކަމުގައި އަލްއުސްތާޛް އަޙުމަދު ކާމިލްދީދީ ހަމަޖެއްސެވިކަމަށެވެ".