މި ސެންޓަރުގައި ތިބޭ ފަރާތްތަކުގެ ސައިކޮސޯޝަލް ސަޕޯޓް ދިނުމުގެ ގޮތުން އެކަމާއި ގުޅުން ހުރި ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ގޮތުން، ކަމާ ގުޅުން ހުރި ފަރާތްތަކާއި އެކު ކޯޑިނޭޓްކޮށް މަސައްކަތް ރާވާ ހިންގުން ހިމެނެއެވެ. މިގޮތުން މަސައްކަތްތަކުގެ ލިއެކިއުން ތައްޔާރުކޮށް، ރައްކާ ކުރުމާއި، މަސައްކަތާއި ފޯރުކޮއްދޭ ޚިދުމަތުގެ ފެންވަރު ދެމެހެއްޓުމުގެ ގޮތުން ކުއަލިޓީ އެޝުއަރަންސް ހަމަތަކާއި އެއްގޮތަށް މަސައްކަތް ކުރުން ހިމެނެއެވެ.