މި ސެކްޝަންގެ މައިގަނޑު މަސައްކަތަކީ ކުލައިޓުންގެ އެސެސްމެންޓް ރިޕޯރޓްތައް ހަދާ، ސެންޓަރުގައި ހިންގޭ ޕްރޮގްރާމްތަކަށް އެދެވޭ ހެޔޮބަދަލުތަކެއް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ. މި ސެކްޝަންގެ ދަށުން
ހިނގަމުންދާނީ ދެ ޔުނިޓެވެ. މިގޮތުން މަސައްކަތްތަކުގެ ލިއެކިއުން ތައްޔާރުކޮށް، ރައްކާ ކުރުމާއި، މަސައްކަތާއި ފޯރުކޮއްދޭ ޚިދުމަތުގެ ފެންވަރު ދެމެހެއްޓުމުގެ ގޮތުން ކުއަލިޓީ އެޝުއަރަންސް ހަމަތަކާއި އެއްގޮތަށް މަސައްކަތް ކުރުން ހިމެނެއެވެ.
މޮނިޓަރިންގ އެންޑް އަފްޓަރކެއަރ ޔުނިޓު
މޮނިޓަރިންގ އެންޑް އަފްޓަރކެއަރ ޔުނިޓުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ރިހެބިލިޓޭޓް ކުރެވޭ ފަރާތްތަކުގެ ރީއިންޓަގްރޭޝަން ޕްރޮސެސް މޮނިޓަރކޮށް، އާފްޓަރ ކެއަރ ސަޕޯޓް ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، އެސެސްމަންޓް ރިޕޯޓުތައް ތައްޔާރުކުރުމާއި، ބައިނަލްއަޤްވާމީ އުސޫލުތައް ދެނެގަތުމަށް ދިރާސާކުރުމާއި، ސެންޓަރުގެ ޕްރޮގްރާމްތައް ރަނގަޅުކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދެނެގަތުމާއި، އަދި ކޮމިޓީތަކަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުން ހިމެނެއެވެ. މި މަސައްކަތްތަކުގެ މަޤްޞަދަކީ ރިހެބިލިޓޭޓް ކުރެވޭ ފަރާތްތައް މުޖުތަމަޢަށް އަނބުރާ ގެނައުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމެވެ.
ރެފެރަލް އެންޑް އައުޓްރީޗް ޔުނިޓު
ރެފެރަލް އެންޑް އައުޓްރީޗް ޔުނިޓަކީ އެން.އާރް.ސީގެ ޚިދުމަތްތައް ފުޅާކޮށް، އާންމުންނަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ މުހިންމު ބައެކެވެ. މި ޔުނިޓުން ކުރާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި އެކިއެކި އިދާރާތަކާއި ޖަމިއްޔާތަކާއެކު ގުޅުން ބަދަހިކުރުމާއި، ޓެރަރިޒަމްގެ އަސަރުކޮށްފައިވާ ފަރާތްތަކަށް އެހީތެރިވުމަށް ހިންގޭ ޕްރޮގްރާމްތަކާ ބެހޭ މަޢުލޫމާތު ފެތުރުމާއި، އެކި ފަރާތްތަކުން ލިބޭ ރިފަރަލްތައް ބަލައި ވަޒަންކުރުމާއި، އަދި ޚާއްޞަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ މަޢުލޫމާތުގެ ޑޭޓާބޭސްއެއް ބެލެހެއްޓުން ހިމެނެއެވެ.