މި ސެކްޝަނުގެ މައިގަނޑު މަސައްކަތަކީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލް ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން، މިނިސްޓަރ މީހުން ބަންދުކުރުމަށް ނުވަތަ ޖަލެއްގެ ގޮތުގައި ކަނޑައަޅުއްވާ ތަންތަނަކީ އިންސާނީ ހައްޤުތަކުގެ އާންމު މިންގަނޑަކުން މީހުން ބަންދުކުރުމަށް އެކަށީގެންވާ ތަނެއްތޯ ބެލުމަށް އިންސްޕެކްޓްކޮށް މިނިސްޓަރއަށް ރިޕޯޓް ހުށަހެޅުމާއި،
އެ ޤާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްޢޫލިއްޔަތުތައް އަދާކުރުމަށް ޖަލުތަކާއި ބަންދު މަރުކަޒުތަކަށް ޒިޔާރަތްކޮށް ގަވާއިދުން އިންސްޕެކްޓްކުރުމަށްފަހު މިނިސްޓަރަށް ރިޕޯޓް ހުށަހެޅުމާއި، ޖަލުގައި ބަންދުގައި ހުރި މީހަކު މަރުވެއްޖެނަމަ ނުވަތަ ޖަލެއްގައި ނުރައްކާތެރި އިންސިޑެންޓެއް ދިމާވެއްޖެ ޙާލަތެއްގައި އެކަން ހިނގާފައިވާގޮތް ދިރާސާކޮށް، އިދާރީ ތަހުޤީޤެއް ހިންގައި، ކަން ހިނގާފައިވާ ގޮތުގެ ރިޕޯޓް މިނިސްޓަރއަށް ހުށަހެޅުމެވެ. މީގެ އިތުރުން އިންސްޕެކްޓަރގެ ފަރާތުން މިނިސްޓަރަށް ހުށަހަޅާ ރިޕޯޓްތަކުގައި ޖަލުތަކާއި ބަންދު މަރުކަޒުތަކުން އިސްލާޙްކުރުމަށް އިންސްޕެކްޓަރގެ ފަރާތުން ހުށަހަޅާ ރެކޮމެންޑޭޝަންތަކާއެއްގޮތަށް އެ ތަންތަނުން ޢަމަލު ކުރަމުންދޭތޯ ބަލާ މޮނިޓަރ ކުރުމުގެ މަސައްކަތްކުރުމަކީ ވެސް މި ސެކްޝަނުގެ މަސްއޫލިއްޔަތުގެ ގޮތުގައި ހިމެނޭކަމެކެވެ.