ކޭސް މެނޭޖްމެންޓް ސެކްޝަން

އޮފީސް އޮފް އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް

މި ސެކްޝަނުގެ މައިގަނޑު މަސައްކަތަކީ ޤައިދީންނާއި، ބަންދުމީހުންނާއި، އެމީހުންގެ ޢާއިލާތަކުން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއަށް ހުށަހަޅާ ޝަކުވާތަކުގެ ތެރެއިން، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަސްއޫލިއްޔަތުތަކާ ގުޅުންހުރި ޝަކުވާތައް ބަލައި، އެ ޝަކުވާއަކާއި ގުޅިގެން އެހެން މުއައްސަސާތަކުން މަޢުލޫމާތު އެއްކޮށް ދިރާސާކޮށް ޝަކުވާ ހުށަހަޅާ ފަރާތަށް ޖަވާބު އެރުވުމެވެ. މީގެ ތެރޭގައި ޤައިދީންނާއި ބަންދުމީހުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތްތަކާއި މި ނޫންވެސް އެހެނިހެން ޚިދުމަތްތައް ލިބުމުގައި ދިމާވާ ގޮންޖެހުންތަކުގެ ސަބަބުން ހުށަހަޅާ ޝަކުވާތައް ހިމެނެއެވެ.