ސްޓްރެޓެޖީސް ޑިވެލޮޕްމަންޓް އެންޑް ސަޕޯޓް ސެކްޝަން

ރީހެބިލިޓޭޝަން އެންޑް ރީއިންޓަގްރޭޝަން ސަޕޯޓް ޑިޕާޓްމަންޓް

މި ސެކްޝަންގެ މައިގަނޑު މަސައްކަތުގެ ތެރޭގައި ހިމެނެނީ ޤާނޫނާ ޚިލާފުވާ ކުޑަކުދިންނާއި، މަސްތުވާ ތަކެތި ބޭނުންކުރާ މީހުންނާއި، ޙުކުމް ތަންފީޛުކުރަމުންދާ ގައިދީން އަދި ހަނގުރާމަވެރި ސަރަހައްދުތަކުން އަނބުރާ ގެނެވިފައިވާ މީހުން ރިހެބިލިޓޭޓް ކުރުމަށްފަހު މުޖުތަމަޢުއަށް ނެރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވެދީ، މޮނިޓަރކޮށް އަދި ޕޮލިސީ ލެވަލްގައި ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް ލަފާ ދިނުމެވެ. މި ފަރާތްތަކުގެ ފަރުވާ ޕްރޮގްރާމް އަދި ފަރުވާ ޕްރޮގްރާމް ކުރިއަށްދާގޮތް މޮނިޓާރކޮށް، ޕްރޮގްރާމް ތަންފީޛުކުރުމުގައި ހުރި ގޮންޖެހުންތައް ދެނަގެނެ، އެކަމަށް ހައްލު ހޯދުމަށް ޕޮލިސީ ލެވަލްގައި މަޝްވަރާތައް ކުރިއަށް ގެންދިއުމެވެ.