ދިވެހިރާއްޖޭގެ މަސައްކަތްކުރަން އަންނަ ބިދޭސީ މުވައްޒަފުންގެ ހުއްދައާއި ގުޅުންހުރި މަސައްކަތް ކުރުމަށް ޚާއްޞަކޮށްފައިވާ މި ސެކްޝަނަކީ ޒަމާނީ ޓެކްނޮލޮޖީއާއި އިންޓަގްރޭޓެޑް ސިސްޓަމްތައް މެދުވެރިކޮށް، ބިދޭސީ މަސައްކަތްތަކުގެ އިދާރީ އަދި ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް މަސައްކަތް ކުރާ ސެކްޝަނެކެވެ. މި ސެކްޝަނުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ދިވެހިރާއްޖެއަށް އަންނަ ބިދޭސީ މުވައްޒަފުންގެ ވަޒީފާ އަދި އެމްޕްލޯއިމަންޓް ކަންކަން ބެލެހެއްޓުން، ސޮފްޓްވެއަރ ޑިވެލޮޕްމަންޓް، ސިސްޓަމް އިންޓަގްރޭޝަން އަދި ޓެކްނޮލޮޖީ ޙަރަކާތްތައް ހިންގުން ހިމެނެއެވެ. އަދި ޢާންމުންނަށް މަޢުލޫމާތު ދިނުމާއި ޝަކުވާ ބެލުން، ސްޓޭކްހޯލްޑަރުންނާ ގުޅުން ބެލެހެއްޓުމާއި ޓްރާންސްޕޭރެންސީ ކަށަވަރުކުރުން، ބިދޭސީ މުވައްޒަފުންގެ ވަރކް ޕަރމިޓް އަދި ވަރކް ސައިޓް އިންސްޕެކްޝަން، ވޮލަންޓަރީ ރިޓަރން ޕްރޮގްރާމް ތަންފީޛުކުރުން އަދި ބިދޭސީ އެމްޕްލޯއިމަންޓް ރެގިއުލޭޝަންތައް އަޕްޑޭޓް ކުރުން މީގެ ތެރޭގައި ހިމެނެއެވެ. މި ސެކްޝަނުގެ އަމާޒަކީ ދިވެހިރާއްޖޭގެ މަސައްކަތުގެ ވެށި އިތުރަށް ހަރުދަނާކޮށް، ބިދޭސީ މުވައްޒަފުންނާއި މަސައްކަތު ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމެވެ.
ސިސްޓަމް އެނަލިސިސް އެންޑް ކޮލިޓީ އެޝުއަރެންސް ޔުނިޓު
މި ޔުނިޓަކީ ޑިޕާޓްމެންޓްގެ މެނޭޖްމަންޓާއި، ކޮލިޓީ އެޝުއަރެންސް އާއި، މެދުނުކެނޑި އިމްޕްރޫވްމަންޓަށް ފޯކަސްކޮށް، ޓެކްނިކަލް ޑިވެލޮޕްމަންޓާއި ޔޫޒަރުންގެ ބޭނުންތަކާ ދެމެދު އޮތް ފަރަގު ކުޑަކުރުމަށް ޚާއްޞަ ސެކްޝަނެކެވެ.
ސިސްޓަމްސް ޑިވެލޮޕްމަންޓް ޔުނިޓު
ސިސްޓަމްސް ޑިވެލޮޕްމަންޓް ޔުނިޓަކީ ސޮފްޓްވެއަރ ޑިވެލޮޕްމަންޓް، ޑޭޓާބޭސް މެނޭޖްމަންޓް އަދި ސިސްޓަމް އިންޓަގްރޭޝަންގެ ދާއިރާއަށް ޚާއްޞަވެފައިވާ ޔުނިޓެކެވެ. މި ޔުނިޓުގެ އަމާޒަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އިދާރާގެ ޚިދުމަތްތައް އެންމެ އެދެވޭ ގޮތުގައި ތަރައްޤީކުރުމެވެ.
ކޮމިއުނިކޭޝަން އެންޑް އެވެއަރނަސް ޔުނިޓު
މި ޔުނިޓުގެ މައިގަނޑު މަސައްކަތްތަކަކީ ޑިޕާޓްމަންޓުގެ ޚިދުމަތްތަކާއި، ގުޅުންހުރި ޤާނޫނު، ގަވާއިދު އަދި އުސޫލުތަކާ ބެހޭގޮތުން ޢާންމުންނަށް މަޢުލޫމާތު ދިނުމާއި، ޝަކުވާތައް ބަލައިގަތުމެވެ. މީގެއިތުރުން، ކަމާގުޅުންހުރި ފަރާތްތަކަށާއި ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ޑިޕާޓްމަންޓުގެ ސިސްޓަމްތަކަށް އަހުލުވެރިކުރުވުމެވެ. އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ކޮންޓެންޓް އުފެއްދުމާއި، ސްޓޭކްހޯލްޑަރުންނަށް އަޕްޑޭޓް ދިނުމާއެކު، ޑިޕާޓްމަންޓުގެ ޓްރާންސްޕޭރެންސީއާއި ސްޓޭކްހޯލްޑަރ އެންގޭޖްމަންޓް ކަށަވަރުކުރުމުގެ މަސައްކަތްތައް ކުރުމެވެ.
ޕަރމިޓް ކްލެސިފިކޭޝަން އެންޑް ސްޓޭންޑަޑައިޒޭޝަން ޔުނިޓު
މި ޔުނިޓުގެ މައިގަނޑު މަސައްކަތްތަކަކީ ދިވެހިރާއްޖެއަށް ވަޒީފާ އަދާކުރަން އަންނަ ބިދޭސީންނާ ގުޅޭ މަސައްކަތުގެ ބާވަތްތަކާއި މަޤާމުތައް ދެނެގަނެ، އެ ކަންކަން ބައިނަލްއަޤްވާމީ ސްޓޭންޑަޑަށް ފެއްތުމެވެ. މީގެއިތުރުން، ކުރީގެ އުސޫލުތަކާއި ސްޓޭންޑަޑުތަކަށް ދޫކޮށްފައިވާ ހުއްދަތައް މިހާރުގެ އުސޫލުތަކަށް ބަދަލުކުރުމާއި، އެކި ވުޒާރާތަކުން ދޫކުރާ ހުއްދަތައް ޑިޕާޓްމަންޓުގެ ކްލެސިފިކޭޝަނަށް މެޕްކުރުމުގެ މަސައްކަތް ކުރުމެވެ. އަދި ޔުނިޓުގެ މަސައްކަތްތަކާއި ޚިދުމަތްތަކުގެ ފެންވަރު މެދުކެނޑުމެއްނެތި ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރުމެވެ.
އެންފޯސްމަންޓް އެންޑް ވޮލަންޓަރީ ރިޓަރން ޔުނިޓު
މި ޔުނިޓަކީ ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަންޖެހޭ ހާލަތްތަކުގައި ފިޔަވަޅު އެޅުމާއި، އަނބުރާ ޤައުމަށް ދާން ބޭނުންވާ ބިދޭސީންނަށް ވޮލަންޓަރީ ރިޓަރން ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ އެންމެހާ މަސައްކަތްތައް ކުރުމަށް ކަނޑައެޅިފައިވާ ޔުނިޓެވެ.
އިންސްޕެކްޝަން އެންޑް މޮނިޓަރިންގ ޔުނިޓު
ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމަށް ހެދިފައިހުރި ޤާނޫނާ ޤަވާއިދުގެ ދަށުން ބާރުލިބިގެން ބިދޭސީން ވަޒީފާއަދާކުރާ ތަން "ވަރކް ސައިޓް" އިންސްޕްކްޓް ކުރުމާއި، ވަރކް ޕަރމިޓްގެ ދަށުން ވަޒީފާ އަދާކުރާ ބިދޭސީންނާއި,
ވަޒީފާދޭ ފަރާތްތައް މޮނިޓަރ ކުރުމާ, އަދި އެމްޕްލޯއިމަންޓް އެޖެންސީގެ ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރާ އެޖެންސީތައް އިންސްޕެކްޓް ކުރުމާއި މޮނިޓަރިންގ ގެ އެންމެހާ މަސައްކަތްތައް ކުރާނީ މި ޔުނިޓްއިންނެވެ.