މި ސެކްޝަންގެ މަސައްކަތަކީ މައިގަނޑު މަސައްކަތްތަކަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާގެ މެންޑޭޓްތަކުން ލާޒިމުކޮށްފައިވާ މަސައްކަތްތައް ހާޞިލުކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމާއި، މިނިސްޓްރީގެ ދާއިރާއިން ހާޞިލްކުރުމަށް ބޭނުންވާ ލަނޑުދަނޑިތައް ހާޞިލްކުރެވޭނެ ދުރު ރާސްތާއާއި ކުރު ރާސްތާގެ ޕްލޭންތައް އެކުލަވާލައި ލަނޑުދަނޑިތައް ހާޞިލްކުރެވޭ މިންވަރު ވަޒަންކޮށް ކަމާގުޅޭ ފަރާތްތަކަށް ހިއްސާކުރުމެވެ. މިގޮތުން، ސިޔާސަތުތައް އެކަށައެޅުމަށް ބޭނުންވާ ކަރުދާސްތައް ތައްޔާރުކުރުމާއި، ޤައުމީ ތަރައްޤީގެ ޕްލޭންއާއި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ހޯމް ސެކްޓަރގެ މެޓްރިކްސްތައް ތައް ތައްޔާރުކުރުން ހިމެނެއެވެ. މީގެ އިތުރުން، ކޮންމެ އަހަރެއްގެ ނިއު ޕޮލިސީ އިނީޝިއޭޓިވްސްތަކާއި، ޕްރޮގްރާމް ބަޖެޓް ތައްޔާރުކުރުންވެސް ހިމެނެއެވެ.